Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިންގެ ސުލްޙައިގެ މަޝްވަރާތައް، އެންމެ މައްސަލަ އަކަށް ކުޑައަޑި ވެއްޖެ: ވިޓްކޮފް

22 ޖެނުއަރީ 2026 | ބުރާސްފަތި 07:54

ހަނގުރާމަ ނިންމުމަށް ކުރިއަށް ގެންދަމުން އަންނަ މަޝްވަރާ ތަކާ ގުޅޭ ގޮތުން ވިޓްކޮފް ވިދާޅުވެފައި ވަނީ، އެ މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށާއި، އުންމީދީ ކަމަށް. އަދި މަޝްވަރާތައް ވަރަށް ބޮޑަށް ކުރިއަށް ގޮސްފައިވާ ކަމަށާއި، ދެ ޤައުމުގެ ދެ މެދުގައި މިހާރު ހައްލު ކުރަން އޮތީ އެންމެ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖެނުއަރީ 2026 | ބުރާސްފަތި 07:54
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު، ސްޓީވް ވިޓްކޮފް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު، ސްޓީވް ވިޓްކޮފް | ގެޓީ އިމޭޖަސް

ރަޝިޔާ އާއި ޔޫކްރެެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަޝްވަރާތައް، އެންމެ މައްސަލަ އަށް ކުޑައަޑި ވެފައިވާ ކަމަށް، އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވެއްޖެ އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން މެދު އިރު މައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ވިޓްކޮފް މިހެން ވިދާޅުވެފައި ވަނީ، ބުރާސްފަތި ދުވަހު ރަޝިޔާ އަށް ވަޑައިގެންނެވުމުގެ ކުރިންނެވެ. 

ސްވިޒަލެންޑުގެ ޑާވޯސްގައި ކުރިއަށް ދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ތެރެއިން، ޔޫކްރެއިންގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ވިޓްކޮފް ވިދާޅުވީ، އެ މައްސަލަ އެންމެ މައްސަލަ އަށް ކުޑަ ކޮށްފައިވާނެ ކަމަށެވެ. އެ މައްސަލައިގައި އެކި ގޮތް ގޮތަށް މަޝްވަރާ ކޮށްފައިވާތީ، މިއީ ހައްލު ކުރެވޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ދެ ޤައުމުން ވެސް އެ މައްސަލަ ހައްލު ކުރަން ބޭނުންވާ ނަމަ، އެމެރިކާ އިން އެކަން ކޮށްދޭނެ ކަމަށް ވިޓްކޮފް ވިދާޅުވެފައިވެ އެވެ، 

ނަަމަވެސް، އެ ވާހަކަ ތަކުގެ އިތުރު ތަފްސީލެއް ވިޓްކޮފް ހާމަ ކުރައްވާފައި ނުވެ އެވެ. ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ވިޓްކޮފް ރަޝިޔާ އަށް ވަޑައިގަންނަވާއިރު، އެ ދަތުރުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރާޑް ކުޝްނާ ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. މީގެ ކުރިން ވެސް ވިޓްކޮފް ވަނީ ރަޝިޔާގެ ވެރި ރަށް މޮސްކޯ އަށް ވަޑައިގެންފަ އެވެ. 

ހަނގުރާމަ ނިންމުމަށް ކުރިއަށް ގެންދަމުން އަންނަ މަޝްވަރާ ތަކާ ގުޅޭ ގޮތުން ވިޓްކޮފް ވިދާޅުވެފައި ވަނީ، އެ މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށާއި، އުންމީދީ ކަމަށެވެ. އަދި މަޝްވަރާތައް ވަރަށް ބޮޑަށް ކުރިއަށް ގޮސްފައިވާ ކަމަށާއި، ދެ ޤައުމުގެ ދެ މެދުގައި މިހާރު ހައްލު ކުރަން އޮތީ އެންމެ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހަތަރު ވަނަ އަހަރަަކަށް ގޮސްފައިވާއިރު، މި ހަނގުރާމަ ނިންމުމަކީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ވަރަށް ބޮޑު ވައުދުފުޅެކެވެ. އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަަކަށް ވަޑައިގެންނެވުމުގެ ކުރިން ވެސް، ޓްރަމްޕް ވަނީ އެ ހަނގުރާމަ ނިންމުމުގެ ވާހަކަ ވަރަށް ގިނައިން ދައްކަވައިފަ އެވެ.

މަސްދަރު: އޭއެފްޕީ

ރަޝިޔާ-ޔޫކްރެއިންސްޓީވް ވިޓްކޮފްރައީސް ޑޮނަލްޑް ޓްރަމްޕްޖަރެޑް ކުޝްނަރވޯލްޑް އިކޮނޮމިކް ފޯރަމްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2026

ބުރާސްފަތި ދުވަހު އެމެރިކާ އިން ރަސްމީކޮށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވަކިވާނެ

22 ޖެނުއަރީ 2026
ބުރާސްފަތި ދުވަހު އެމެރިކާ އިން ރަސްމީކޮށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވަކިވާނެ
22 ޖެނުއަރީ 2026

ހަމާސް އިން ޖެހޭނީ ހަތިޔާރު ބަހައްޓަން، އެހެން ނޫނީ ނައްތާލާނަން: ޓްރަމްޕް

22 ޖެނުއަރީ 2026
ހަމާސް އިން ޖެހޭނީ ހަތިޔާރު ބަހައްޓަން، އެހެން ނޫނީ ނައްތާލާނަން: ޓްރަމްޕް
21 ޖެނުއަރީ 2026

ގްރީންލޭންޑް ހޯދުމަކީ ގަނޑުފެންގަނޑެއް ހޯދުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން އެތަން ހޯދަން ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

21 ޖެނުއަރީ 2026
ގްރީންލޭންޑް ހޯދުމަކީ ގަނޑުފެންގަނޑެއް ހޯދުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން އެތަން ހޯދަން ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
21 ޖެނުއަރީ 2026

މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ކަމަށާއި، އެއާ އެކު އޯޓިޒަމް އާ ގުޅުވާ ޓްރަމްޕް ކުރެއްވި ތުހުމަތުތައް އައު ދިރާސާއަކުން ދޮގުކޮށްފި

21 ޖެނުއަރީ 2026
މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ކަމަށާއި، އެއާ އެކު އޯޓިޒަމް އާ ގުޅުވާ ޓްރަމްޕް ކުރެއްވި ތުހުމަތުތައް އައު ދިރާސާއަކުން ދޮގުކޮށްފި
21 ޖެނުއަރީ 2026

ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ

21 ޖެނުއަރީ 2026
ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ
21 ޖެނުއަރީ 2026

ޓްރަމްޕް ދަތުރު ކުރައްވަމުން ގެންދެވި އެއާ ފޯސް ވަން، އިލެކްޓްރިކަލް މައްސަލަ އެއް ޖެހި އަނބުރާލަން ޖެހިއްޖެ

21 ޖެނުއަރީ 2026
ޓްރަމްޕް ދަތުރު ކުރައްވަމުން ގެންދެވި އެއާ ފޯސް ވަން، އިލެކްޓްރިކަލް މައްސަލަ އެއް ޖެހި އަނބުރާލަން ޖެހިއްޖެ
21 ޖެނުއަރީ 2026

މެކްރޮން އައިނު އަޅުއްވައިގެން އުޅުއްވަނީ، އިންފެކްޝަނެއްގެ ސަބަބުން ލޮލަށް ލޭ އަރާފައި ހުރުމުން

21 ޖެނުއަރީ 2026
މެކްރޮން އައިނު އަޅުއްވައިގެން އުޅުއްވަނީ، އިންފެކްޝަނެއްގެ ސަބަބުން ލޮލަށް ލޭ އަރާފައި ހުރުމުން
21 ޖެނުއަރީ 2026

ތެލުގެ ވިޔަފާރިން ވެނެޒުއެލާ އަށް 300 މިލިއަން ޑޮލަރު ލިބިއްޖެ

21 ޖެނުއަރީ 2026
ތެލުގެ ވިޔަފާރިން ވެނެޒުއެލާ އަށް 300 މިލިއަން ޑޮލަރު ލިބިއްޖެ
21 ޖެނުއަރީ 2026

އަހަރެން މަރާލައިފި ނަމަ، ދުނިޔެ އިން ވެސް އީރާން ފޮހެލާނަން: ޓްރަމްޕް

21 ޖެނުއަރީ 2026
އަހަރެން މަރާލައިފި ނަމަ، ދުނިޔެ އިން ވެސް އީރާން ފޮހެލާނަން: ޓްރަމްޕް
20 ޖެނުއަރީ 2026

ދުނިޔެ މި މިސްރާބު ޖަހާފައި ވަނީ ހަމައެކަނި ބާރުގަދަ މީހާގެ ބަސް ހިނގާ، އިސްތިއުމާރީ ފިކުރުތައް އަލުން އާލާވަމުންދާ ޒަމާނަކަށް: ފްރާންސްގެ ރައީސް

20 ޖެނުއަރީ 2026
ދުނިޔެ މި މިސްރާބު ޖަހާފައި ވަނީ ހަމައެކަނި ބާރުގަދަ މީހާގެ ބަސް ހިނގާ، އިސްތިއުމާރީ ފިކުރުތައް އަލުން އާލާވަމުންދާ ޒަމާނަކަށް: ފްރާންސްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް