Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިފްކޯ

ރައީސް މުއިއްޒުގެ ވައުދުފުޅާ ހިލާފުވެ، މިފްކޯ ގެ ސެންޓަރު ތަކަށާއި ބޯޓުތަކަށް ކުޑަ އަގެއްގައި ކަންނެލި ގަންނަން ފަށައިފި

މިފްކޯ އިން ބޮޑުކަންނެލި ގަންނަން ފަށާ، ކަންނެލީގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާ އާއި ދޭތެރޭ ހިފަހައްޓާ ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްޒުމަކީ ރައީސް މުއިއްޒު ގެ ރިޔާސީ ވައުދެއް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2026 | ބުދަ 18:21
ބޮޑު ކަންނެލި މަސްވެރިންނަށް ރައީސް މުއިއްޒު ވީ ވަދުދުތައް ފުއްދުމަށް އެދި, ބޮޑު ކަންނެލި މަސްވެރިން ކުރި މުޒާހަރާ އެއްގެ ތެރެއިން

ބޮޑު ކަންނެލި މަސްވެރިންނަށް ރައީސް މުއިއްޒު ވީ ވަދުދުތައް ފުއްދުމަށް އެދި, ބޮޑު ކަންނެލި މަސްވެރިން ކުރި މުޒާހަރާ އެއްގެ ތެރެއިން | ސަން އޮންލައިން

ރިޔާސީ އިންތިހާބު ކެމްޕެއިން ތެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ވީ ވައުދާ ޚިލާފަށް މިފްކޯ އިން ބޮޑު ކަންނެލި ކިލޯއަކަށް 20 ރުފިޔާގެ ރޭޓުން މަސްވެރިން އަތުން ގަންނަން ފަށައިފި އެވެ.

ވެރިކަމަށް އަންނަން ވެެގެން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ބޮޑު ކަންނެލި ކިލޯއެއް 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދުގެ އަގެއްގައި މަސްވެރިން އަތުން ގަންނާނެ ކަމަށެވެ.

Advertisement - newsAdvertisement

މިފްކޯ އިން ބުނީ 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށާފައިވަނީ ކިލޯ އެއް 20 ރުފިޔާ ގެ ރޭޓުން ކަމަށާއި 15 ކިލޯ އަށްވުރެ މަތީގެ ކަންނެލި ގަންނަމުންދާނީ ކިލޯ އަކަށް 25 ރުފިޔާ ގެ ރޭޓުން ކަމަށެވެ. މި އަގުތަކަކީ ރައީސް މުއިއްޒު ވިދާޅުވި ވައުދާ ބޮޑު ތަނުން ތަފާތު ހެޔޮ އަގު ތަކެކެވެ.

އަންގާރަ ދުވަހު ކޫއްޑޫ ބަނދަރާއި އައްޑޫ ބަނދަރާއި ފުވައްމުލަކާއި ގދ. ގައްދޫ އާއި ގދ. ތިނަދޫ އިން މިފްކޯ ގެ ބޯޓުފަހަރަށް 10 ކިލޯ އާއި 15 ކިލޯ އާ ދެމެދުގެ ކަންނެލި ގަނެފައިވާ ކަމަށް މިފްކޯ އިން ބުންޏެވެ. މީގެ އިތުރުން މިފްކޯ އިން ބުނީ ކަޅުބިލަމަހެކޭ އެއްފަދައިން މިފްކޯ އަށް ކިރުވާ ކަންނެލި މަހަށްވެސް 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރަމުންދާ ކަމަށެވެ.

ސަރުކާރަށް ދެ އަހަރު ވީއިރު މިފްކޯ އިން މި މަހުގެ 11 ގައި ވަނީ ފުރަތަމަ ފަހަރަށް ކަނޑުއޮތްގިރިން ވެސް ބޮޑު ކަންނެލި ގަންނަން ފަށާފަ އެވެ. އޭގެ ފަހުން މިހާރު މިފްކޯގެ ބޯޓުތަކާއި ހުރިހާ ސެންޓަރަކަށް ވެސް ބޮޑު ކަންނެލި ގަންނަން މިވަނީ  ފަށާފަ އެވެ.

ބޮޑު ކަންނެލީގެ އަގު 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގައި ހިފަހައްޓައި، ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރު ވީއިރުވެސް މި ވައުދުތައް ފުއްދާ ނުދިނުމުގެ ސަބަބުން މަސްވެރިން ވަނީ ކަންބޮޑުވުންތައް އެތައް ފަހަރެއްގެ މަތިން ފާޅުކޮށް އިހުތިޖާޖު ވެސް ކޮށްފަ އެވެ. 

ވައުދުތައް ފުއްދުމަށް ގޮވާލައި މިދިޔަ މަހުގެ 10 ވަނަ ދުވަހު ފާހަގަކުރި މަސްވެރިންގެ ދުވަހުގައި މާލެ ފަޅުކައިރީގައި ގިނަ އަދަދެއްގެ މަސްދޯނި ތައް ބާއްވައިގެން ބޮޑު ކަންނެލި މަސްވެރިން ވަނީ އިހުތިޖާޖުކޮށްފަ އެވެ. ރައީސް މުއިއްޒު ބާރުގެ ބޭނުންކޮށްގެން މަސްވެރިންގެ އިހުތިޖާޖު ހުއްޓުވާފައިވާއިރު، އަދިވެސް އެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިފައެއް ނުވެ އެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިނުދީ، ސަރުކާރުން ވަނީ ވައުދުތައް ފުއްދަން އައު ތާރީހު ތަކެއް ދީ ވާހަކައިން ހުރިހާ ކަމެއް ހައްލު ކޮށްފަ ކަމަށް މަސްވެރިން ބުނެ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުމިފްކޯބޮޑު ކަންނެލި މަސްވެރިކަންބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެތެރެއަށް ބުޅަލުގެ ނަޖިސް އެޅެން ދޫކުރާނެ އުޒުރެއް ނުދެއްކޭނެ، ނުވަންޏާ ހަވާލުކުރޭ: މޭޔަރު އާދަމް އާޒިމް

މާލެތެރެއަށް ބުޅަލުގެ ނަޖިސް އެޅެން ދޫކުރާނެ އުޒުރެއް ނުދެއްކޭނެ، ނުވަންޏާ ހަވާލުކުރޭ: މޭޔަރު އާދަމް އާޒިމް

21 ޖެނުއަރީ 2026
ރައީސް ވިދާޅުވާ އެއްޗެއް ތަކުރާރު ކުރައްވަން އުޅުއްވި ފަލާހު އަށް މިފަހަރު އޮޅިވަޑައިގަތީ އަމިއްލަ އަށް ބަދަލު ކުރެއްވި ގާނޫނު!

ރައީސް ވިދާޅުވާ އެއްޗެއް ތަކުރާރު ކުރައްވަން އުޅުއްވި ފަލާހު އަށް މިފަހަރު އޮޅިވަޑައިގަތީ އަމިއްލަ އަށް ބަދަލު ކުރެއްވި ގާނޫނު!

21 ޖެނުއަރީ 2026
ށ.އަތޮޅު ކައުންސިލް އަކީ ވަރަށް ބޮޑު އެސެޓެއް ނަމަވެސް މިސަރުކާރު ގައި އެއަށް ވާނެ ގޮތެއް ނޭނގޭ: ކުރީގެ ކައުންސިލް މެންބަރު ސައުދުﷲ

ށ.އަތޮޅު ކައުންސިލް އަކީ ވަރަށް ބޮޑު އެސެޓެއް ނަމަވެސް މިސަރުކާރު ގައި އެއަށް ވާނެ ގޮތެއް ނޭނގޭ: ކުރީގެ ކައުންސިލް މެންބަރު ސައުދުﷲ

21 ޖެނުއަރީ 2026
ނ. ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2: އަވަސް އަރުވާލައިގެން ރައީސްގެ ވައުދު ފުއްދަން ދިރާސާ ނުކޮށް ކުރި މަސައްކަތުގެ ހިތި ނަތީޖާ ފެނިއްޖެ!

ނ. ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2: އަވަސް އަރުވާލައިގެން ރައީސްގެ ވައުދު ފުއްދަން ދިރާސާ ނުކޮށް ކުރި މަސައްކަތުގެ ހިތި ނަތީޖާ ފެނިއްޖެ!

20 ޖެނުއަރީ 2026
ރައީސް މުއިއްޒު ސަރުކާރުގެ ކުޑަކުދިންގެ ޕާކު ވަރަށް ތަފާތު! ކުޅޭ ސާމަނެއް ނެތް، 16 ލައިޓާއެކު ހުރީ ހުސް ބިމެއް

ރައީސް މުއިއްޒު ސަރުކާރުގެ ކުޑަކުދިންގެ ޕާކު ވަރަށް ތަފާތު! ކުޅޭ ސާމަނެއް ނެތް، 16 ލައިޓާއެކު ހުރީ ހުސް ބިމެއް

19 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު