Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެލިދޫ ޕާކު

ރައީސް މުއިއްޒު ސަރުކާރުގެ ކުޑަކުދިންގެ ޕާކު ވަރަށް ތަފާތު! ކުޅޭ ސާމަނެއް ނެތް، 16 ލައިޓާއެކު ހުރީ ހުސް ބިމެއް

ސިޓީސް މިނިސްޓްރީ އިން އާރްޑީސީ އާ ހަވާލުކޮށްގެން ވެލިދޫގައި ތަރައްގީ ކުރި ކުޑަކުދިންގެ ޕާކުގައި ކުޅޭ ސާމާނެއް ނެތި ހުސް ބިމެއްގެ ގޮތުގައި ހުރި އިރު 16 ވަރަކަށް ލައިޓު ޖަހާ ވަށާފާރު ވަނީ ރާނާފައި. ކައުންސިލް ރައީސް އާތިފް ވިދާޅުވީ ބޭނުންވާ ތަކެތި ނުލިބޭތީ ހުސްބިމަކަށް ވެފައިވާ ކަމަށާއި ރޭގަނޑު ކުޑަކުދިން ނުކުޅޭ އިރު އެހާ ބައިވަރު ލައިޓު ހުރީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށް. ރައްޔިތުން ވަނީ ހުސް ބިމަކަށް ޕާކެއް ނަންދީފައި އޮތުމާމެދު ފާޑުކިޔާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2026 | ހޯމަ 13:23
ނ. ވެލިދޫ ގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަރައްގީ ކޮށްފައިވާ ކުޑަކުދިންގެ ޕާކު

ނ. ވެލިދޫ ގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަރައްގީ ކޮށްފައިވާ ކުޑަކުދިންގެ ޕާކު | ރާއްޖެއެމްވީ

ނ. ވެލިދޫ ގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަރައްގީ ކޮށްފައިވާ ކުޑަކުދިންގެ ޕާކު ހުސް ބިމެއްގެ ގޮތުގައި އެއްވެސް ކުޅޭ ސާމާނެއް ނެތި ހުރީ އެ ތަކެތި އަދި ނާންނާތީ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ވެލިދޫ ކައުންސިލް ގެ ރައީސް އާތިފް ހުސައިން ވިދާޅުވެއްޖެ އެވެ.

މި މަޝްރޫއު އަކީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދިއަ މަޝްރޫއެވެ. މި މަޝްރޫއުގެ އެއްބަސް ވުމުގައި ސޮއި ކޮށްފައިވަނީ 2025 ވަނަ އަހަރުގެ މާޗް މަހުގަ އެވެ. 

މި މަޝްރޫއު އާރްޑީސީ އިން ނިންމާފައި ވީ ނަމަވެސް އެތަނުގައި ހުރީ 16 ވަރަކަށް ލައިޓު ޖަހާ ވަށާފާރު ރާނާފައިވާ ހުސް ބިމެކެވެ. ކުޅިވަރު ކުޅޭނެ އެއްވެސް އެއްޗެއް އެތަނުގައި ނެތެވެ. 

މިކަމާ ގުޅިގެން ރާއްޖެޓީވީ އާ ވާހަކަ ދައްކަވަމުން ކައުންސިލް ރައީސް އާތިފް ވިދާޅުވީ އެ ބިމަކީ ކުޑަކުދިންގެ ޕާކެއް އެޅުމަށްޓަކައި ތަރައްގީ ކުރާނެ ބިމެއް ހޯދުމަށް ސިޓީސް މިނިސްޓްރީ އިން އެދިގެން ދީފައިވާ ބިމެއް ކަމަށެވެ. އަދި އެތަނުގައި އަދިވެސް ހުސް ބިމެއް ހުރީ އެތަނަށް ބޭނުންވާ ތަކެތި ނުލިބޭތީ ކަމަށް ސަރުކާރުން ބުނާ ކަމަށް ވެސް އާތިފް ވިދާޅުވި އެވެ. 

ހުސް ބިމުގައި ހުރި ލައިޓުތަކަށް އިޝާރާތް ކުރައްވާ އާތިފް ވިދާޅުވީ އެތަނުގައި އެހާ ބައިވަރު ލައިޓު ހުރި ސަބަބެއް ނޭނގޭ ކަމަށެވެ. ކުޑަކުދިން އާންމު ކޮށް ރޭގަނޑު ކުޅެން ޕާކު ތަކަށް ނުދާއިރު އެހާ ބައިވަރު ލައިޓު އެތަނުގައި ހުރީ ކީއްވެ ތޯ އާތިފް ވެސް ވަނީ ސުވާލު އުފައްދާފަ އެވެ. 

ކައުންސިލް ރައީސް ގެ އިތުރުން ވެސް އެ ރަށުގެ ގިނަ ބައެއްގެ ފާޑު ކިޔުން މި ސަރުކާރުން ވެލިދޫ ގައި ތަރައްގީ ކޮށްފައިވާ ޕާކަށް އަމާޒުވަމުން ދެ އެވެ. ރައްޔިތުން ބުނަމުންދަނީ ހުސް ބިމަކަށް ޕާކެއް ނަން ދިނަސް އެތަން ޕާކަކަށް ނުވާނެ ކަމަށެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުއާތިފް ހުސެއިން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންނ.ވެލިދޫ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މި ސަރުކާރުން އިންޓްރެސްޓް ރޭޓް ބޮޑުކޮށް ލޯނު ނަގާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަ ކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ގޮވާލައްވައިފި

މި ސަރުކާރުން އިންޓްރެސްޓް ރޭޓް ބޮޑުކޮށް ލޯނު ނަގާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަ ކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ގޮވާލައްވައިފި

19 ޖެނުއަރީ 2026
ނ. ވެލިދޫ މަގު ހެދުމުގެ މަސައްކަތް: މިސަރުކާރުގައި މަސައްކަތް ކުރިއަކަށް ނުދޭ!

ނ. ވެލިދޫ މަގު ހެދުމުގެ މަސައްކަތް: މިސަރުކާރުގައި މަސައްކަތް ކުރިއަކަށް ނުދޭ!

18 ޖެނުއަރީ 2026
ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!

ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!

18 ޖެނުއަރީ 2026
ރައީސް މުއިއްޒަކީ ވާހަކައެއް ދައްކަވަންޏާ ދޮގު ހެއްދެވޭ ބޭފުޅެއް، ހުޅުމާލޭގެ މުނިިސިޕަލް ޚިދުމަތްތައް ކައުންސިލްއާ ހަވާލުނުކޮށް ވެސް ހައްދަވަނީ ދޮގު: މޭޔަރު އާޒިމް

ރައީސް މުއިއްޒަކީ ވާހަކައެއް ދައްކަވަންޏާ ދޮގު ހެއްދެވޭ ބޭފުޅެއް، ހުޅުމާލޭގެ މުނިިސިޕަލް ޚިދުމަތްތައް ކައުންސިލްއާ ހަވާލުނުކޮށް ވެސް ހައްދަވަނީ ދޮގު: މޭޔަރު އާޒިމް

18 ޖެނުއަރީ 2026
މަސައްކަތެއް ނެތި މުސާރަ ދިނުމަކީ ރިޝްވަތު ދިނުން، ރަނގަޅު ވެރިއަކު އެހެން ކަންތަކެއް ނުކުރާނެ: މޭޔަރު އާޒިމް

މަސައްކަތެއް ނެތި މުސާރަ ދިނުމަކީ ރިޝްވަތު ދިނުން، ރަނގަޅު ވެރިއަކު އެހެން ކަންތަކެއް ނުކުރާނެ: މޭޔަރު އާޒިމް

18 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު