Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ށ. އަތޮޅު ކައުންސިލް

ށ.އަތޮޅު ކައުންސިލް އަކީ ވަރަށް ބޮޑު އެސެޓެއް ނަމަވެސް މިސަރުކާރު ގައި އެއަށް ވާނެ ގޮތެއް ނޭނގޭ: ކުރީގެ ކައުންސިލް މެންބަރު ސައުދުﷲ

ށ.އަތޮޅު ކައުންސިލް އަކީ ވަރަށް ބޮޑު އެސެޓެއްކަން ފާހަގަކުރައްވައި ސައުދުﷲ ވިދާޅުވީ ކޮންމެ އަހަރަކު ވެސް ސާފު ފައިދާގެ ގޮތުގައި މިލިއަނުން ފައިސާ ލިބޭ ކަމަށް. ނަމަވެސް މިސަރުކާރުގައި ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލާއެކު ށ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ވާނެ ގޮތާއި، ހަރަދުތައް ބަލަހައްޓާނެ ގޮތާއި އަދި އެސެޓްތަކަށްވާނެ ގޮތް ނޭނގޭ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2026 | ބުދަ 08:13
ބުދަ ދުވަހު ކުރިއަށް ގެންދިޔަ ފަށާއިރު ޕްރޮގްރާމްގައި ށ. އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު ސައުދުﷲ އުސްމާން ވާހަކަ ދައްކަވަނީ

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ފަށާއިރު ޕްރޮގްރާމްގައި ށ. އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު ސައުދުﷲ އުސްމާން ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ށ.އަތޮޅު ކައުންސިލްއަކީ ވަރަށް ބޮޑު އެސެޓެއް ކަމަށާއި، މި ސަރުކާރުގައި ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލާއެކު އެސެޓު އޮތީ ވާނުވާގައި ކަމަށް ށ. އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު ސައުދުﷲ އުސްމާން ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ސައުދުﷲ ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކައުންސިލްތަކަށް ދިން ބާރުވެރި ކަމާއެކު، ށ.އަތޮޅު ކައުންސިލުން އާމްދަނީ ހޯދުމަށް ވަރަށް ބައިވަރު މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. ކޮންމެ އަހަރަކު ވެސް ބޮޑު އާމްދަނީ އެއް ހޯދާ ކަމަށާއި، އެ އާމްދަނީ ހުރިހާ ރަށަކަށް ބަހާ ކަަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އެގޮތުން ކައުންސިލުން ފާސްކޮށްގެން ރަށްވެހި ތަރައްގީއަށާއި، ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި، އިދާރާތަކަށް އެހީވާ ކަމަށާއި، އަދި ބައެއް ފަހަރު އީދުގެ ހަރަކާތްތަކަށް ވެސް ހަރަދު ކުރާ ކަމަށް ސައުދު ވިދާޅުވިއެވެ. 

ށ.އަތޮޅު ކައުންސިލްއަކީ ވަރަށް ބޮޑު އެސެޓެއްކަން ފާހަގަކުރައްވައި ސައުދުﷲ ވިދާޅުވީ ކޮންމެ އަހަރަކު ވެސް ސާފު ފައިދާގެ ގޮތުގައި މިލިއަނުން ފައިސާ ލިބޭ ކަމަށެވެ. ނަމަވެސް މިސަރުކާރުގައި ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލާއެކު ށ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ވާނެ ގޮތާއި، ހަރަދުތައް ބަލަހައްޓާނެ ގޮތާއި އަދި އެސެޓްތަކަށްވާނެ ގޮތް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ސައުދުﷲ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރަނީ ގާނޫނު އަސާސީ ރަނގަޅުކޮށް، ހިންގުން ހަރުދަނާ ކުރުމަށް ކަމަށެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުން ވީ ގޯސް ކަމަށާއި، އެއީ ހިންގުން ހަރުދަނާ ކުރުމަށް ގެނެސްފައިވާ އިސްލާހެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ލާރުމަޒީ ނިޒާމަށް ގެނައި އިސްލާހާއެކު ށ.އަތޮޅުގެ ރައްޔިތުންނަށް ލިބުނީ ގެއްލުން ކަމަށެވެ. 

އެއީ ށ.އަތޮޅު ރަައްޔިތުންގެ އެސެޓް. ށ.އަތޮޅު ކައުންސިލް އިދާރާގެ އެސެޓް. އެސެޓަކީ ށ.އަތޮޅުގެ ރައްޔިތުން މިއަދު ކޮށްފައި ހުރި މަސައްކަތް އޭރުން ފެށިގެން މިއަދާ ހިސާބަށް ކުރަމުންދިޔަ މަސައްކަތް ބައިވަރު ވިޔަފާރިތައް އެބަހުރި ށ.އަތޮޅު ކައުންސިލުން ކުރާ. ކޮޓަރި ކުއްޔަށް ދޫކުރާނެ. ދެން ގޮސް ބޭސް ފިހާރަ ކުރާނެ. ދެ ލޯންޗު އޮންނާނެ. ދެން އެހެން ގޮސް މިއަދާ ހިސާބަށް އައިރުގައި ގާތްގަނޑަކަށް މިލިއަނުން މަތީގައި ށ.އަތޮޅު ކައުންސިލްގެ ކޮންމެ އަހަރެއްގެ ސާފު ފައިދާ އޮންނާނެ. އެއީ މިއަތޮޅުގެ ރައްޔިތުންގެ ފައިސާ. ނަމަވެސް މި ހުރިހާ ބާރުތަކެއް މިއައި އިސްލާހާއެކު މިދިޔައީ  ރައީސުލްޖުމްހޫރިއްޔާގެ އަތްމައްޗަށް. މިފައިސާ ވެސް ހަރަދު ކުރާނީ ކިހިނެއް ކަމެއް ކޮން ގޮތަކަށް ކަމެއް ނޭނގޭ.
ށ. އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު ސައުދުﷲ އުސްމާން

މީގެ އިތުރުން ސައުދުﷲ  ވަނީ ށ.އަތޮޅު ކައުންސިލު އިދާރާ އުވާނުލައި ހިންގާނެ ކަމަށް ސަރުކާރުން ބުނާ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. 

ސައުދުﷲ ވިދާޅުވީ ކައުންސިލް އިދާރާއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ސިޔާސީ ގޮތުން ބޭފުޅުން އައްޔަން ކުރެއްވި ނަމަވެސް އެބޭފުޅުންނަކީ ރައްޔިތުން އިންތިޚާބު ކުރާ ބައެއް ނޫން ކަމަށެވެ. އެހެންކަމުން ކައުންސިލަރުން އަތޮޅު ތަރައްގީ ކުރުމަށް މަސައްކަތް ކުރި ގޮތަށް މަސައްކަތް ނުކުރާނެ ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރާނެ ކަމަށް އުންމީދު ނުކުރެވޭ އޭނާ ވިދާޅުވި އެވެ. 

ސައުދުﷲ އުސްމާންލާމަރުކަޒީ ނިޒާމުރައީސް ޑރ. މުހައްމަދު މުއިއްޒުށ. އަތޮޅު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2: އަވަސް އަރުވާލައިގެން ރައީސްގެ ވައުދު ފުއްދަން ދިރާސާ ނުކޮށް ކުރި މަސައްކަތުގެ ހިތި ނަތީޖާ ފެނިއްޖެ!

ނ. ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2: އަވަސް އަރުވާލައިގެން ރައީސްގެ ވައުދު ފުއްދަން ދިރާސާ ނުކޮށް ކުރި މަސައްކަތުގެ ހިތި ނަތީޖާ ފެނިއްޖެ!

20 ޖެނުއަރީ 2026
ރައީސް މުއިއްޒު ސަރުކާރުގެ ކުޑަކުދިންގެ ޕާކު ވަރަށް ތަފާތު! ކުޅޭ ސާމަނެއް ނެތް، 16 ލައިޓާއެކު ހުރީ ހުސް ބިމެއް

ރައީސް މުއިއްޒު ސަރުކާރުގެ ކުޑަކުދިންގެ ޕާކު ވަރަށް ތަފާތު! ކުޅޭ ސާމަނެއް ނެތް، 16 ލައިޓާއެކު ހުރީ ހުސް ބިމެއް

19 ޖެނުއަރީ 2026
މި ސަރުކާރުން އިންޓްރެސްޓް ރޭޓް ބޮޑުކޮށް ލޯނު ނަގާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަ ކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ގޮވާލައްވައިފި

މި ސަރުކާރުން އިންޓްރެސްޓް ރޭޓް ބޮޑުކޮށް ލޯނު ނަގާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަ ކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ގޮވާލައްވައިފި

19 ޖެނުއަރީ 2026
ނ. ވެލިދޫ މަގު ހެދުމުގެ މަސައްކަތް: މިސަރުކާރުގައި މަސައްކަތް ކުރިއަކަށް ނުދޭ!

ނ. ވެލިދޫ މަގު ހެދުމުގެ މަސައްކަތް: މިސަރުކާރުގައި މަސައްކަތް ކުރިއަކަށް ނުދޭ!

18 ޖެނުއަރީ 2026
ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!

ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!

18 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު