Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނ.ވެލިދޫ

ނ. ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2: އަވަސް އަރުވާލައިގެން ރައީސްގެ ވައުދު ފުއްދަން ދިރާސާ ނުކޮށް ކުރި މަސައްކަތުގެ ހިތި ނަތީޖާ ފެނިއްޖެ!

ނ. ވެލިދޫ އިންޑަސްޓްރިއަލް ޒޯނުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައި ވަނީ އީއައިއޭ ރިޕޯޓް ފާސް ނުކުރަނީސް ކަމަށް ވާ އިރު މިހާރު އެ ސަރަހައްދު ގިރައިގެން ދިއުމާއި ވަނީ ކުރިމަތިލާން ޖެހިފައި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2026 | އަންގާރަ 14:10
ނ.ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2 ގެ ހިއްކާފައިވާ ސަރަހައްދު

ނ.ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2 ގެ ހިއްކާފައިވާ ސަރަހައްދު | ރާއްޖެ އެމްވީ

ނ. ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2 ގެ ނަމުގައި ވެލިދޫ އިން ހިއްކި ބިމުގެ މަސައްކަތް އަވަސް އަރުވާލައިގެން ދިރާސާ ނުކޮށް ކުރުމުގެ ހިތި ނަތީޖާ ލިބެނީ ވެލިދޫ އަށް ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް ޖީހާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީ އަށް ދެއްވި ބަސްތީގަތުމެއްގަ އެވެ.

Advertisement - newsAdvertisement

އެ ޒޯނުގެ މަސައްކަތަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދަކަށްވުމާއި އެކު އެތަން ހިއްކުމުގެ މަސައްކަތް ކުރީ ތިމާވެއްޓަށް ކުރާނެ އަސަރު ވެސް ނުބަލާ ރައީސްގެ ވައުދު ފުއްދުމުގެ ނަމުގައި ކަމަށް އޭނާ ވަނީ ސިފަކުރައްވާފަ އެވެ.

މީގެ އިތުރުން އެ މަސައްކަތް ކުރަމުން ދިޔަ އިރު ވެސް އެ ސަރަހައްދު ހިއްކުމުން ކޮށްފާނެ ނޭދެވޭ އަސަރުތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެ ރަށު ކައުންސިލުން ވަނީ މަސައްކަތް ކޮށްފަ އެވެ.

އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ހިއްކުމާއި ގުޅިގެން އެ ސަރަހައްދު ގިރައިގެން ދިއުން ފަދަ މައްސަލަތައް ދިމާވެފައިވާކަން ޖީހާން ވަނީ ފާހަގަކުރައްވާފަ އެވެ. މިހާރުގެ ކައުންސިލް ގެ ދައުރު ފެށުނު ފަހުން އިންޑަސްޓްރިއަލް ޒޯނުގެ ނަމުގައި ބިމެއް ތަރައްޤީކޮށް އެތަނުން ބިން ކުއްޔަށް ވެސް ދީފައިވާ ކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. އެތަނާއި ގުޅުން ހުރި ބައިވަރު މަސައްކަތްތަކެއް ކޮށްފައި ވަނިކޮށް އިންޑަސްޓްރިއަލް ޒޯން 2 ގެ ނަމުގައި އިތުރު މަޝްރޫޢު އެއް މި ވެރިކަމުގައި ގެނައި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ ނޫން ގޮތަކަށް އެ މަސައްކަތް ކުރުމަށް ތަކުރާރުކޮށް ވެލިދޫ ކައުންސިލުން ސަރުކާރުގައި އެދިފައިވެ އެވެ.

ނ.ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2ގައި ހުންނަވާ ވެލިދޫ ކައުންސިލްގެ ނައިބު ރައީސް ޖީހާން ރާއްޖެ އެމްވީ އަށް އިންޓަރވިއު އެއް ދެއްވަނީ
ނ.ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2ގައި ހުންނަވާ ވެލިދޫ ކައުންސިލްގެ ނައިބު ރައީސް ޖީހާން ރާއްޖެ އެމްވީ އަށް އިންޓަރވިއު އެއް ދެއްވަނީ

އިންޑަސްޓްރިއަލް ޒޯނު 2 އަށް ކަނޑައެޅި ތަނަކީ އެކަމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށް ޖީހާން ވަނީ ވިދާޅުވެފަ އެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅަކަށް ވާތީ ކައުންސިލްގެ ބަހެއް ނެތި، ކައުންސިލުން އެދުނު އެދުމާއި ޚިލާފަށް އެ ޒޯންގެ މަސައްކަތް ކުރިކަން ޖީހާން ވަނީ ފާހަގަކުރައްވާފަ އެވެ.  

"ހިމާޔަތް ނުކުރެވި ރާފުށްޓާ ދިމާލުން ވެލި ފައިބައިގެން ދާތަން ފެންނާނެ. އެފަހުން އިތުރު ތަނެއް އޮއި ދައުރުކުރުމަށް ކަނޑާލި. އެ ތަނުން ވެސް ބެދި ފައި މިއޮތީ. ޕިކްނިކް އައިލޭންޑެއްގެ ހުވަފެން ވެސް ދެއްކި. މިހާރު އެތަން ވެސް ވީތަނެއް ނޭނގޭ." އޭނާ ވިދާޅުވި އެވެ.

ޕީއެންސީ އަކީ އަބަދުވެސް ލާމަރުކަޒީ ނިޒާމާއި ބީރަށްޓެހި ބައެއް ކަމަށާއި މި ފަސް ގަނޑު ގިރައިގެން ދާން ދޫކޮށްލާފައި ވަނީ ވެސް ސަރުކާރުގެ ގޮތް ދޫނުކުރުމުގެ ނަތީޖާ އެއްގެ ގޮތުން ކަަމަށް ޖީހާން ވަނީ ވިދާޅުވެފަ އެވެ.

ނ. ވެލިދޫ އިންޑަސްޓްރިއަލް ޒޯނުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައި ވަނީ އީއައިއޭ ރިޕޯޓް  ފާސް ނުކުރަނީސްކަން ވަނީ މީގެ ކުރިން ހާމަވެފަ އެވެ. ގާނޫނާއި ގަވާއިދުތައް ބުނާގޮތުން ކޮންމެ މަޝްރޫއުއެއް ފެށުމުގެ ކުރިން ވެސް އެ މަރުހަލާ ފުރިހަމަ ކުރަން ޖެހެ އެވެ. ވެލިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު ފާސްކުރީ އެންވަރަމެންޓް މިނިސްޓްރީ އިން ކަމަށް ވާ އިރު އެކަން ކޮށްފައި ވަނީ އާއްމު އުސޫލާއި ވެސް ޚިލާފަށެވެ.

ފައިނުޖީހާން މުހައްމަދުރައީސް ޑރ. މުހައްމަދު މުއިއްޒުއެމްޓީސީސީއީއައިއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ސަރުކާރުގެ ކުޑަކުދިންގެ ޕާކު ވަރަށް ތަފާތު! ކުޅޭ ސާމަނެއް ނެތް، 16 ލައިޓާއެކު ހުރީ ހުސް ބިމެއް

ރައީސް މުއިއްޒު ސަރުކާރުގެ ކުޑަކުދިންގެ ޕާކު ވަރަށް ތަފާތު! ކުޅޭ ސާމަނެއް ނެތް، 16 ލައިޓާއެކު ހުރީ ހުސް ބިމެއް

19 ޖެނުއަރީ 2026
މި ސަރުކާރުން އިންޓްރެސްޓް ރޭޓް ބޮޑުކޮށް ލޯނު ނަގާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަ ކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ގޮވާލައްވައިފި

މި ސަރުކާރުން އިންޓްރެސްޓް ރޭޓް ބޮޑުކޮށް ލޯނު ނަގާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަ ކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ގޮވާލައްވައިފި

19 ޖެނުއަރީ 2026
ނ. ވެލިދޫ މަގު ހެދުމުގެ މަސައްކަތް: މިސަރުކާރުގައި މަސައްކަތް ކުރިއަކަށް ނުދޭ!

ނ. ވެލިދޫ މަގު ހެދުމުގެ މަސައްކަތް: މިސަރުކާރުގައި މަސައްކަތް ކުރިއަކަށް ނުދޭ!

18 ޖެނުއަރީ 2026
ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!

ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!

18 ޖެނުއަރީ 2026
ރައީސް މުއިއްޒަކީ ވާހަކައެއް ދައްކަވަންޏާ ދޮގު ހެއްދެވޭ ބޭފުޅެއް، ހުޅުމާލޭގެ މުނިިސިޕަލް ޚިދުމަތްތައް ކައުންސިލްއާ ހަވާލުނުކޮށް ވެސް ހައްދަވަނީ ދޮގު: މޭޔަރު އާޒިމް

ރައީސް މުއިއްޒަކީ ވާހަކައެއް ދައްކަވަންޏާ ދޮގު ހެއްދެވޭ ބޭފުޅެއް، ހުޅުމާލޭގެ މުނިިސިޕަލް ޚިދުމަތްތައް ކައުންސިލްއާ ހަވާލުނުކޮށް ވެސް ހައްދަވަނީ ދޮގު: މޭޔަރު އާޒިމް

18 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު