Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވޯލްޑް އިކޮނޮމިކް ފޯރަމް

ދުނިޔެ މި މިސްރާބު ޖަހާފައި ވަނީ ހަމައެކަނި ބާރުގަދަ މީހާގެ ބަސް ހިނގާ، އިސްތިއުމާރީ ފިކުރުތައް އަލުން އާލާވަމުންދާ ޒަމާނަކަށް: ފްރާންސްގެ ރައީސް

ޑާވޯސް ގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގައި ފަރަންސޭސި ރައީސް މެކްރޮން ވަނީ ގްރީންލޭންޑާއި ވިޔަފާރީގެ ޓެރިފްތަކާ ގުޅޭ ގޮތުން އެމެރިކާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި.

ރާއްޖެ އެމްވީ | 20 ޖެނުއަރީ 2026 | އަންގާރަ 18:36
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ސްވިޒަލޭންޑްގެ ޑާވޯސްގައި ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ - ޖެނުއަރީ 20، 2026.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ސްވިޒަލޭންޑްގެ ޑާވޯސްގައި ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ - ޖެނުއަރީ 20، 2026. | އޭޕީ ފޮޓޯ

ގްރީންލޭންޑްގެ މައްސަލަ އާއި ދުނިޔޭގެ ވިޔަފާރިއާ ބެހޭ ގޮތުން އެމެރިކާ އިން އިއުލާނުުުު ކުރަމުންދާ ހަރުކަށި ސިޔާސަތުތަކާ ގުޅިގެން ސްވިޒަލޭންޑުގެ ޑާވޯސްގައި ބޭއްވުނު ވޯލްޑް އިކޮނޮމިކް ފޯރަމްގައި، ފަރަންސޭސި ރައީސް އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ، ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންދިއުމަށާއި އެކަމާ ގުޅޭ ވިޔަފާރީގެ ޓެރިފްތައް ކަނޑައެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.

ލޮލުގެ އިންފެކްޝަނެއްގެ ސަބަބުން އަވިއައިނު އަޅުއްވައިގެން ހުންނެވި ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން ވަނީ، މިއީ އެތައް އަހަރެއްގެ ގުޅުމާއި އެއްބާރުލުމަށް ބުރޫ އަރާ ފަދަ "އައު އިސްތިއުމާރީ އުސޫލެއް" ކަމަށް ސިފަކުރައްވައި އެކަމުގެ އިންޒާރު ދެއްވާފަ އެވެ.

ފަރަންސޭސި ރައީސްގެ ވާހަކަފުޅު ފެއްޓެވީ "މިއީ ސުލްހަވެރިކަމާއި، ހަމަޖެހުމާއި، ކަންކަން ލަފާކުރަން އެނގޭ ދުވަސްވަރެއް" ކަމަށް ވިދާޅުވެ މަޖާޒީ ގޮތަކަށެވެ. ނަމަވެސް، ބޮޑެތި ބާރުތަކުން ޒަމާނީ އިސްތިއުމާރީ ރޫހެއްގައި އަމަލުކުރާ ކަމަށް ވިދާޅުވެ، އެކަމުގެ އިންޒާރު ދެއްވަމުން އޭނާ ވިދާޅުވީ، ދުނިޔެ މި މިސްރާބު ޖަހާފައި ވަނީ އެއްވެސް އުސޫލެއް ނެތް ޒަމާނަކާ ދިމާލަށް ކަމަށެވެ. އެއީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމް ކުޑަކޮށް، ހަމައެކަނި ބާރުގަދަ މީހާގެ ބަސް ހިނގާ، އިސްތިއުމާރީ ފިކުރުތައް އަލުން އާލާވަމުންދާ ދުނިޔެ އެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

މީގެ އިތުރުން، ޓްރަމްޕްގެ ސަރުކާރަށް ފާޑުވިދާޅުވަމުން މެކްރޮން ވިދާޅުވީ، އެމެރިކާ އިން އެކުލަވާލާ ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން ޔޫރަޕްގެ އެކްސްޕޯޓް މަސްލަހަތުތަކަށް ގެއްލުންވެ، ޔޫރަޕް ބަލިކަށިކޮށްލުމަށް ފާޅުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކުރާ ފަދަ ގޮތަކަށް ޓެރިފްތައް ބޭނުން ކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސްދަރު: އޭޕީ

ގްރީންލޭންޑްއެމެރިކާވޯލްޑް އިކޮނޮމިކް ފޯރަމްރައީސް ޑޮނަލްޑް ޓްރަމްޕްއެމެނުއެލް މެކްރޮން

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރާންސް ގެ ރައީސް މެކްރޮން އާ އެކު އެއްވެސް މީހަކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، ވަރަށް އަވަހަށް އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ފްރާންސް ގެ ރައީސް މެކްރޮން އާ އެކު އެއްވެސް މީހަކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، ވަރަށް އަވަހަށް އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ފަރަންސޭސި ރައީސް މެކްރޮން ޓްރަމްޕަށް ފޮނުއްވި ޕްރައިވެޓް މެސެޖްތަކެއް ޓްރަމްޕް ސޯޝަލް މީޑިއާގައި ލީކު ކޮށްލައްވައިފި

ފަރަންސޭސި ރައީސް މެކްރޮން ޓްރަމްޕަށް ފޮނުއްވި ޕްރައިވެޓް މެސެޖްތަކެއް ޓްރަމްޕް ސޯޝަލް މީޑިއާގައި ލީކު ކޮށްލައްވައިފި

20 ޖެނުއަރީ 2026
ގްރީންލޭންޑުގެ މައްސަލައިގައި ނޭޓޯގެ ރުޓޭއާ ވަރަށް ކާމިޔާބު މަޝްވަރާ ތަކެއް ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ގްރީންލޭންޑުގެ މައްސަލައިގައި ނޭޓޯގެ ރުޓޭއާ ވަރަށް ކާމިޔާބު މަޝްވަރާ ތަކެއް ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ޓްރަމްޕް އާއި އަލް ޝަރާ ފޯނުން މަޝްވަރާ ކުރައްވައި، ވަރުގަދަ ސީރިއާ އަކަށް އެދިވަޑައިގެންފި

ޓްރަމްޕް އާއި އަލް ޝަރާ ފޯނުން މަޝްވަރާ ކުރައްވައި، ވަރުގަދަ ސީރިއާ އަކަށް އެދިވަޑައިގެންފި

20 ޖެނުއަރީ 2026
ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

20 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު