Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ގްރީންލޭންޑުގެ މައްސަލައިގައި ނޭޓޯގެ ރުޓޭއާ ވަރަށް ކާމިޔާބު މަޝްވަރާ ތަކެއް ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެ ޕޯސްޓުގައި ޓްރަމްޕް ވިދާޅުވީ، ސްވިޒަލެންޑުގެ ޑާވޯސްގައި ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި އެކި އެކި ލީޑަރުންނާ ބައްދަލު ކުރެއްވުމަށް ވެސް އެއްބަސްވެފަވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2026 | އަންގާރަ 08:00
އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް ރުޓޭ މީގެ ކުރިން ވައިޓް ހައުސްގައި ބައްދަލު ކުރެއްވުމުގެ ތެރެއިން

އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް ރުޓޭ މީގެ ކުރިން ވައިޓް ހައުސްގައި ބައްދަލު ކުރެއްވުމުގެ ތެރެއިން | ގެޓީ އިމޭޖަސް

ގްރީންލޭންޑުގެ މައްސަލައިގައި ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް މާކް ރުޓޭއާ ފޯނުން ގުޅުއްވައި، ވަރަށް ރަނގަޅު އަދި ކާމިޔާބު މަޝްވަރާ ތަކެއް ކުރެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ޓްރަމްޕް އެހެން ވިދާޅުވެފައި ވަނީ، އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ޓްރަމްޕް ވިދާޅުވީ ގްރީންލޭންޑަކީ ޤައުމީ އަދި ދުނިޔޭގެ ސަލާމަތަށް ވެސް ވަރަށް މުހިންމު ތަނެއް ކަމަށެވެ. އެކަމުގައި އެއްވެސް ފަރާތަކުން ފަހަތަށް ޖެހިގެން ނުވާނެ ކަމަށާއި، އެކަމުގައި ހުރިހާ ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އިތުރަށް އެ ޕޯސްޓުގައި ޓްރަމްޕް ވިދާޅުވީ، ސްވިޒަލެންޑުގެ ޑާވޯސްގައި ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި އެކި އެކި ލީޑަރުންނާ ބައްދަލު ކުރެއްވުމަށް ވެސް އެއްބަސްވެފަވާ ކަމަށެވެ. އެހެން ނަަމަވެސް، ބައްދަލު ކުރައްވާ ފަރާތް ތަކަކީ ކޮބައި ކަމެއް އެ ޕޯސްޓުގައި ޓްރަމްޕް ވިދާޅުވެފައި ނުވެ އެވެ. 

މީގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި ހަފުތާގައި އޮންނަ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ގްރީންލޭންޑު ހޯދުމުގެ ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި އެއީ ޑެންމާކަށް އެ ސަރަހައްދު ރައްކާތެރި ކުރެވޭނެ ޤާބިލުކަން ނެތުމުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. ޓްރަމްޕް އަންނަނީ އެމެރިކާގެ ބެލުމުގެ ދަށަށް ގްރީންލޭންޑު ގެނައުމުގެ ވާހަކަ ވަރަށް ގިނައިން ދައްކަވަމުންނެވެ.

ގްރީންލޭންޑަކީ ޑެންމާކުގެ މިނިވަން ސަރަހައްދެއް ކަމަށްވާއިރު، އެ ސަރަހައްދުގެ ރައްޔިތުންނަށް އެ މީހުންގެ ކަންކަން ބެލެހެއްޓުމުގެ ބާރު ލިބިފައިވެ އެވެ. ނަމަވެސް، ފޮރިން ޕޮލިސީ އާއި ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ބާރު އޮތީ ޑެންމާކުގެ އަތުގަ އެވެ. 

މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ، ގްރީންލޭންޑަކީ ލޮކޭޝަންގެ ގޮތުން މުހިންމު ސަރަހައްދެއް ކަމަށާއި، އެ ސަރަހައްދު އެމެރިކާގެ ބާރުގެ ދަށަށް ގެނެސް، އެމެރިކާގެ ބެލުމުގެ ދަށުން ކަންކަން ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަމަށެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވީ ނަމަވެސް، ޑެންމާކު އަދި ގްރީންލޭންޑުގެ ލީޑަރުން ވަނީ ޓްރަމްޕްގެ ވިސްނުންފުޅާ ދެކޮޅު ހައްދަވައިފަ އެވެ. އެގޮތުން ގްރީންލޭންޑަކީ ވިއްކާނެ ސަރަހައްދެއް ވެސް ނޫން ކަމަށް، އެ ޤައުމު ތަކުގެ ލީޑަރުން ވަނީ ވިދާޅުވެފަ އެވެ. ޑެންމާކު އަދި ގްރީންލޭންޑުގެ އިތުރުން، ބައިނަލްއަޤުވާމީ މުޖުތަމައު ވެސް ވަނީ ޓްރަމްޕްގެ ވާހަކަތަކާ ދެކޮޅު ހަދައިފަ އެވެ. 

މަސްދަރު: ރޮއިޓާސް

ގްރީންލޭންޑްރައީސް ޑޮނަލްޑް ޓްރަމްޕްމާކް ރުޓޭނޭޓޯޑެންމާކްވޯލްޑް އިކޮނޮމިކް ފޯރަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް އާއި އަލް ޝަރާ ފޯނުން މަޝްވަރާ ކުރައްވައި، ވަރުގަދަ ސީރިއާ އަކަށް އެދިވަޑައިގެންފި

ޓްރަމްޕް އާއި އަލް ޝަރާ ފޯނުން މަޝްވަރާ ކުރައްވައި، ވަރުގަދަ ސީރިއާ އަކަށް އެދިވަޑައިގެންފި

20 ޖެނުއަރީ 2026
ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

20 ޖެނުއަރީ 2026
ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ނޮބެލް ސުލްހައިގެ އިނާމު ނުލިބުމުން ދެން ކޮންމެހެން ހަމަ އެކަނި ސުލްހަ އަށް އުޅޭކަށް ނުޖެހޭ: ޓްރަމްޕް

ނޮބެލް ސުލްހައިގެ އިނާމު ނުލިބުމުން ދެން ކޮންމެހެން ހަމަ އެކަނި ސުލްހަ އަށް އުޅޭކަށް ނުޖެހޭ: ޓްރަމްޕް

19 ޖެނުއަރީ 2026
ގްރީންލޭންޑުން ރަޝިޔާގެ ނުރައްކާތެރިކަން ދުރު ކުރަން ޖެހޭ: ޓްރަމްޕް

ގްރީންލޭންޑުން ރަޝިޔާގެ ނުރައްކާތެރިކަން ދުރު ކުރަން ޖެހޭ: ޓްރަމްޕް

19 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު