Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓްރަމްޕް-މެކްރޮން

ފަރަންސޭސި ރައީސް މެކްރޮން ޓްރަމްޕަށް ފޮނުއްވި ޕްރައިވެޓް މެސެޖްތަކެއް ޓްރަމްޕް ސޯޝަލް މީޑިއާގައި ލީކު ކޮށްލައްވައިފި

މެސެޖުގައި ގްރީންލޭންޑާ ބެހޭ ގޮތުން ޓްރަމްޕް ކަންކުރައްވަމުން ގެންދަވާ ގޮތް ނުވިސްނޭ ކަމަށާއި، ސީރިއާ ގެ މައްސަލައިގައި ދެ ގައުމުގެ ވިސްނުން އެއްގޮތް ކަމަށާއި އަދި އީރާނާ ގުޅޭ ގޮތުން ވަރަށް މުހިންމު އަދި ބޮޑެތި ކާމިޔާބީތަކެއް ގުޅިގެން ހާސިލުކުރެވިދާނެ ކަމަށް ވެސް މެކްރޮން ވިދާޅުވެފައިވޭ.

ރާއްޖެ އެމްވީ | 20 ޖެނުއަރީ 2026 | އަންގާރަ 08:22
ވޮޝިންޓަންގެ ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން.

ވޮޝިންޓަންގެ ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން. | ރޮއިޓަސް

ފަރަންސޭސި ވިލާތުގެ ރައީސް އެމަނުއެލް މެކްރޯން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޮނުއްވި ޕްރައިވެޓް މެސެޖްތަކެއް ޓްރަމް ސޯޝަލް މީޑިއާގައި ލީކު ކޮށްލައްވައިފި އެވެ.

ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޮނުއްވި މެސެޖެއްގައި، ކުރި އަށް އޮތް ބުރާސްފަތި ދުވަހުގެ މެންދުރުފަހު ޕެރިހުގައި ޖީ7 ގެ ބައްދަލުވުމެއް އިންތިޒާމު ކުރެވިދާނެ ކަމަށް ވިދާޅުވެފައިވެ އެވެ. ޓްރަމްޕް އޭނާގެ 'ޓްރޫތް ސޯޝަލް' ޕްލެޓްފޯމުގައި އާންމުކުރި މި މެސެޖުގެ ސްކްރީންޝޮޓްގައިވާ ގޮތުން، ގްރީންލޭންޑާ ގުޅޭގޮތުން ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކާ މެދު މެކްރޮން ވަނީ ސުވާލު އުފައްދަވައި، އެކަން ވިސްނައިގަންނަން ދަތި ކަމަށް ވިދާޅުވެފަ އެވެ.

ޓްރޫތް ސޯޝަލް ޑޮނަލްޑް ޓްރަމްޕް ޕޯސްޓް ކުރެއްވި މެސެޖުތަކުގެ ސްކްރީންޝޮޓެއް
ޓްރޫތް ސޯޝަލް ޑޮނަލްޑް ޓްރަމްޕް ޕޯސްޓް ކުރެއްވި މެސެޖުތަކުގެ ސްކްރީންޝޮޓެއް

މި މެސެޖުތަކުގައިވާ ގޮތުން، އެ ބައްދަލުވުމުގެ ހަވާސާގައި ޔޫކްރެއިން، ޑެންމާކް، ސީރިއާ އަދި ރަޝިއާ ބައިވެރިވުމުގެ ފުރުސަތު އޮތް ކަމަށް މެކްރޮން ވިދާޅުވެފައިވެ އެވެ.  ސީރިއާ ގެ މައްސަލައިގައި ދެ ގައުމުގެ ވިސްނުން އެއްގޮތް ކަމަށާއި އަދި އީރާނާ ގުޅޭ ގޮތުން ވަރަށް މުހިންމު އަދި ބޮޑެތި ކާމިޔާބީތަކެއް ގުޅިގެން ހާސިލުކުރެވިދާނެ ކަމަށް ވެސް މެކްރޮން ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން، ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ފަރިއްކޮޅަކަށް ޕެރިހަށް ވަޑައިގަތުމަށް ވެސް މެކްރޮން ވަނީ ޓްރަމްޕަށް ދައުވަތު އަރުވާފަ އެވެ.

ޓްރަމްޕް އާންމުކުރެއްވި ސްކްރީންޝޮޓްގައި އޭނާ މެކްރޮނަށް ދެއްވި އެއްވެސް ޖަވާބެއް ފެންނާކަށް ނެތެވެ. އަދި މި މައްސަލައާ ގުޅޭގޮތުން ވައިޓް ހައުސްއިންނާއި މެކްރޮންގެ އޮފީހުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވި އެވެ.

މެކްރޮންގެ އަރިސް މަސްދަރަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ޓްރަމްޕް ހިއްސާކުރި އެ މެސެޖަކީ ސައްހަ މެސެޖެކެވެ.

ގްރީންލޭންޑް މިލްކުކުރުމަށް ޓްރަމްޕް ކުރައްވާ މުއާމަލާތްތަކާ ގުޅިގެން، ޔޫރަޕްގެ ބައެއް ގައުމުތަކުން އެތެރެކުރާ މުދަލުން ބޮޑެތި ޓެކްސްތަކެއް ނަގާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ. މި ނުތަނަވަސްކަމާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ލީޑަރުން ބުރާސްފަތި ދުވަހުގެ ރޭ ބްރަސަލްސްގައި ކުއްލި ސަމިޓެއް ބޭއްވުމަށް ވަނީ ތައްޔާރުވެފަ އެވެ.

މަސްދަރު: ރޮއިޓާސް

އެމެނުއެލް މެކްރޮންރައީސް ޑޮނަލްޑް ޓްރަމްޕްޖީ7ގްރީންލޭންޑްޔޫރަޕިއަން ޔޫނިއަން

ކޮމެންޓް

އިތުރަށް ކިޔާލަން

ގްރީންލޭންޑުގެ މައްސަލައިގައި ނޭޓޯގެ ރުޓޭއާ ވަރަށް ކާމިޔާބު މަޝްވަރާ ތަކެއް ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ގްރީންލޭންޑުގެ މައްސަލައިގައި ނޭޓޯގެ ރުޓޭއާ ވަރަށް ކާމިޔާބު މަޝްވަރާ ތަކެއް ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ޓްރަމްޕް އާއި އަލް ޝަރާ ފޯނުން މަޝްވަރާ ކުރައްވައި، ވަރުގަދަ ސީރިއާ އަކަށް އެދިވަޑައިގެންފި

ޓްރަމްޕް އާއި އަލް ޝަރާ ފޯނުން މަޝްވަރާ ކުރައްވައި، ވަރުގަދަ ސީރިއާ އަކަށް އެދިވަޑައިގެންފި

20 ޖެނުއަރީ 2026
ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

20 ޖެނުއަރީ 2026
ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ނޮބެލް ސުލްހައިގެ އިނާމު ނުލިބުމުން ދެން ކޮންމެހެން ހަމަ އެކަނި ސުލްހަ އަށް އުޅޭކަށް ނުޖެހޭ: ޓްރަމްޕް

ނޮބެލް ސުލްހައިގެ އިނާމު ނުލިބުމުން ދެން ކޮންމެހެން ހަމަ އެކަނި ސުލްހަ އަށް އުޅޭކަށް ނުޖެހޭ: ޓްރަމްޕް

19 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު