Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

ޣައްޒާގެ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން އެކުލަވައިލި ލަފާދޭ މަޖިލީހާ މެދު ހިތްހަމަނުޖެހި، ނަތަންޔާހޫ އޭނާގެ އިއްތިހާދުގެ ބައިވެރިންނާ ބައްދަލުކޮށްފި

ވައިޓް ހައުސް އިން ޣައްޒާ އެގްޒެކެޓިވް ބޯޑު އެކުލަވާލީ ޓްރަމްޕްގެ ސުލްހައިގެ މަޖިލީހުގެ ދަށުން ލަފާދޭ ބޯޑެއްގެ ގޮތުގައި. ތުރުކީގެ ޚާރިޖީ ވަޒީރާއި ގަތަރުގެ ޑިޕްލޮމެޓް އޭގައި ހިމެނޭތީ އިޒްރޭލުން ބޯޑާ މެދު އިއުތިރާޒް ކުރޭ.

ރާއްޖެ އެމްވީ | 18 ޖެނުއަރީ 2026 | އާދީއްތަ 16:22
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ރައީސް ޑޮނަލްޑް ޓްރަމްޕް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ރައީސް ޑޮނަލްޑް ޓްރަމްޕް | އޭޕީ ފޮޓޯ

ޣައްޒާގެ ކަންކަމާ ގުޅޭގޮތުން އެމެރިކާގެ ވައިޓް ހައުސް އިން އެކުލަވައިލި ލަފާދޭ މަޖިލީހުގައި ހިމެނޭ މެންބަރުންނާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާގެ އިއްތިހާދުގެ ބައިވެރިންނާ އާދީއްތަ ދުވަހު ބައްދަލުކޮށްފި އެވެ.

ވައިޓް ހައުސް އިން މި ހަފުތާގައި އިޢުލާންކޮށްފައި ވަނީ "ޣައްޒާ އެގްޒެކެޓިވް ބޯޑު" ގެ ނަމުގައި ކޮމިޓީއެއް އުފެއްދުމަށެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސަތުގެ ދަށުން ހިންގާ "ބޯޑް އޮފް ޕީސް" ނުވަތަ ސުލްހައިގެ މަޖިލީހުގެ ދަށުން މަސައްކަތްކުރާނެ ބޯޑެކެވެ. މިއީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕް ހުށަހަޅާފައިވާ 20 ނުކުތާގެ މައްޗަށް އެކުލެވޭ މަޝްރޫޢުގެ ބައެކެވެ.

މި ބޯޑަކީ ލަފާދޭ ދައުރެއް އަދާކުރާނެ ބޯޑެއް ކަމަށް ބުނެފައިވާއިރު، އޭގައި ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން އާއި ޤަޠަރުގެ ޑިޕްލޮމެޓް ޢަލީ އަލްޘަވާދީގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ބައެއް އިސް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ނަތަންޔާހޫގެ އޮފީހުން ވަނީ މި ބޯޑު އެކުލަވައިލާފައިވާ ގޮތާމެދު އިޢުތިރާޒު ކޮށްފަ އެވެ. އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، "ސުލްހައިގެ މަޖިލީހުގެ" ދަށުން ހިންގާ މި ބޯޑު އެކުލަވައިލުމުގައި އިޒްރޭލާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށާއި، މިއީ އެ ޤައުމުގެ ސިޔާސަތުތަކާ މުޅިން ޚިލާފު ކަމެއް ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާ ވާހަކަދެއްކުމަށް ނަތަންޔާހޫ ވަނީ އިޒްރޭލުގެ ޚާރިޖީ ވަޒީރަށް އަންގަވާފަ އެވެ.

އިޒްރޭލުން އިއުތިރާޒުކުރި ސީދާ ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް، ހަނގުރާމައަށް ފަހު ޣައްޒާގެ ކަންކަމުގައި ތުރުކީން އެއްވެސް ދައުރެއް އަދާކުރުމާ މެދު އިޒްރޭލުން ކުރިން ވެސް ވަނީ ވަރަށް ބޮޑަށް ދެކޮޅު ހަދާފަ އެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަނގުރާމަ ފެށުނީއްސުރެ މި ދެ ޤައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ތުރުކީގެ ޚާރިޖީ ވަޒީރުގެ އިތުރުން، ޓްރަމްޕް ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވެސް "ސުލްހައިގެ މަޖިލީހުގައި" ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު ދެއްވާފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އާދީއްތަ ދުވަހު އިޒްރޭލުގެ ކޯލިޝަން ސަރުކާރުގެ އިސްވެރިން ބައްދަލުކުރައްވައި މި ބޯޑާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ނަތަންޔާހޫގެ ލިކުޑް ޕާޓީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ކޯލިޝަންގެ ބައްދަލުވުން އޮތީ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

ނަތަންޔާހޫގެ ލިކުޑް ޕާޓީގެ އިތުރުން މި ކޯލިޝަންގައި ހިމެނެނީ ހަރުކަށި ފިކުރުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗްގެ "ރިލިޖަސް ޒަޔަނިސްޓް ޕާޓީ" އާއި ހަރުކަށި ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން ގްވީރުގެ "އޮޓްޒްމާ ޔެހޫދާ" ޕާޓީ އެވެ.

ވައިޓް ހައުސް އިން ހާމަކުރި ގޮތުގައި ޓްރަމްޕްގެ މި ޕްލޭން ބެހިގެން ވަނީ ތިން ބަޔަކަށެވެ. އެއީ ޓްރަމްޕް ރިޔާސަތު ބަލަހައްޓަވާ "ސުލްހައިގެ މަޖިލީހާއި"، ޣައްޒާ ހިންގުމަށް ހަމަޖެހިފައިވާ ފަލަސްޠީނުގެ ފަންނީ ބޭފުޅުންގެ ކޮމިޓީއަކާއި، ލަފާދޭ ރޯލެއް އަދާކުރާނެ "ޣައްޒާ އެގްޒެކެޓިވް ބޯޑު" އެވެ. ފަލަސްތީނުގެ ފަންނީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ހޮނިހިރު ދުވަހު މިޞްރުގެ ޤާހިރާގައި ވަނީ ބާއްވާފަ އެވެ.

މި ޑިޕްލޮމެޓިކް ހަރަކާތްތައް މި ހިނގަނީ، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭން މިހާރު ދެވަނަ މަރުހަލާއަކަށް ވަދެފައިވާ ކަމަށް އެމެރިކާ އިން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ. އެއީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މަރުހަލާ އިން، ޙަމާސްގެ ހަތިޔާރުތައް އަތުލުމުގެ މަރުހަލާ އަށް ބަދަލުވުމެވެ. 

ޣައްޒާބެންޖަމިން ނަތަންޔާހޫރައީސް ޑޮނަލްޑް ޓްރަމްޕްއިޒްރޭލް-ފަލަސްޠީންއެގްޒެކެޓިވް ބޯޑުބޯޑް އޮފް ޕީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް އުފެއްދި "ބޯޑް އޮފް ޕީސް" ގައި ދާއިމީ މެންބަރެއްގެ ގޮތުގައި ހިމެނުމަށް 1 ބިލިއަން ޑޮލަރު ދައްކަންޖެހޭ

ޓްރަމްޕް އުފެއްދި "ބޯޑް އޮފް ޕީސް" ގައި ދާއިމީ މެންބަރެއްގެ ގޮތުގައި ހިމެނުމަށް 1 ބިލިއަން ޑޮލަރު ދައްކަންޖެހޭ

18 ޖެނުއަރީ 2026
ގްރީންލޭންޑް އެމެރިކާ އިން ހޯދުމަށް ކުރާ މަސައްކަތައް އެއްބާރުލުން ނުދޭ ގައުމުތަކަށް އަދަބު ދޭނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން އެކަމަށް ވިލާތުން ރައްދު ދީފި

ގްރީންލޭންޑް އެމެރިކާ އިން ހޯދުމަށް ކުރާ މަސައްކަތައް އެއްބާރުލުން ނުދޭ ގައުމުތަކަށް އަދަބު ދޭނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން އެކަމަށް ވިލާތުން ރައްދު ދީފި

18 ޖެނުއަރީ 2026
ޣައްޒާ ބެލެހެއްޓުމަށް އުފެއްދި ނޭޝަނަލް ކޮމިޓީން އެ ކޮމިޓީގެ މަގްސަދުތައް ހާމަކޮށްފި

ޣައްޒާ ބެލެހެއްޓުމަށް އުފެއްދި ނޭޝަނަލް ކޮމިޓީން އެ ކޮމިޓީގެ މަގްސަދުތައް ހާމަކޮށްފި

18 ޖެނުއަރީ 2026
ޚާމަނާއީ އަކީ ބަލި މީހެއް، އީރާން އޮތީ އައު ލީޑާޝިޕް އަކަށް ބޭނުން ވެފައި: ޓްރަމްޕް

ޚާމަނާއީ އަކީ ބަލި މީހެއް، އީރާން އޮތީ އައު ލީޑާޝިޕް އަކަށް ބޭނުން ވެފައި: ޓްރަމްޕް

18 ޖެނުއަރީ 2026
ޣައްޒާގެ ގަވަނިން ބޮޑީއާ ދެކޮޅު ހަދާ ކަމަށް އިސްރާއީލް އިން ހާމަ ކޮށްފި

ޣައްޒާގެ ގަވަނިން ބޮޑީއާ ދެކޮޅު ހަދާ ކަމަށް އިސްރާއީލް އިން ހާމަ ކޮށްފި

18 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު