Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

ޣައްޒާ ގެ ވަގުތީ ސަރުކާރު އެކުލަވާލާ، އެ ސަރުކާރަށް ތާއީދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޓްރަމްޕް ޣައްޒާގެ އިދާރީ ކަންކަން ބަލަހައްޓާނެ ފަލަސްތީނުގެ ޓެކްނޮކްރެޓިކް ސަރުކާރަށް ތާއީދުކުރައްވައި، އޭނާ ރިޔާސަތުގައި ހިންގާ ބޯޑް އޮފް ޕީސް އެކުލަވާލެއްވި އިރު، ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ މަރުހަލާ ވަނީ ފަށާފައި.

ރާއްޖެ އެމްވީ | 16 ޖެނުއަރީ 2026 | ހުކުރު 05:34
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް އަލަށް އުފެއްދި "ފަލަސްތީނުގެ ޓެކްނޮކްރެޓިކް ސަރުކާރު" އަށް ތާއީދުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ. މީގެ އިތުރުން، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަމުން އަންނަ، އެހެން ނަމަވެސް ނާޒުކު ފައްތަރެއްގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ފަށާފައިވާކަން ވޮޝިންގޓަނުން ވަނީ އިޢުލާންކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ޓްރަމްޕް ވިދާޅުވީ، ޣައްޒާ ސަރަހައްދު ހިންގުމަށްޓަކައި، ބޯޑުގެ ހައި ރެޕްރެޒެންޓެޓިވްގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ 'ނޭޝަނަލް ކޮމިޓީ ފޯ ދަ އެޑްމިނިސްޓްރޭޝަން އޮފް ގާޒާ' ނުވަތަ ފަލަސްތީނުގެ ޓެކްނޮކްރެޓިކް ސަރުކާރަށް ތާއީދު ކުރައްވާ ކަމަށެވެ.

ޓްރަމްޕް ހުށަހެޅުއްވި މި ރޭވުމަށް އިޒްރޭލާއި ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތެއް ކަމަށްވާ ހަމާސް އިން މިދިޔަ އޮކްޓޯބަރު މަހު ވަނީ އެއްބަސްވެފަ އެވެ. މި ރޭވުމުގެ ދަށުން، އިންތިގާލީ މަރުހަލާގައި ޣައްޒާގެ އިދާރީ ކަންކަން ބަލަހައްޓާނީ ބައިނަލްއަގުވާމީ "ބޯޑް އޮފް ޕީސް" (ސުލްހައިގެ މަޖިލިސް) ގެ އިރުޝާދުގެ ދަށުން ހިންގާ ފަލަސްތީނުގެ ޓެކްނޮކްރެޓިކް އިދާރާއަކުންނެވެ.

އެހެން ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އޭނާ އަމިއްލަފުޅަށް ރިޔާސަތު ބަލަހައްޓަވާ "ބޯޑް އޮފް ޕީސް" މިހާރު އެކުލަވާލާފައިވާ ކަމަށާއި، އޭގެ މެންބަރުން ވަރަށް އަވަހަށް އިޢުލާން ކުރައްވާނެ ކަމަށެވެ.

އިޒްރޭލާއި ހަމާސް އިން އަންނަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވާ ކަމަށް ބުނެ އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތު ކުރަމުންނެވެ. އޮކްޓޯބަރު މަހު ހަނގުރާމަ މެދުކަނޑާލި ފަހުން ވެސް، އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި 440 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފަ އެވެ. އޭގެ ތެރޭގައި 100 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަނެއްކޮޅުން އިޒްރޭލުން ބުނާ ގޮތުގައި އެ ގައުމުގެ ތިން ސިފައިން ވަނީ މަރުވެފަ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ވަނީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި، އިޒްރޭލުގެ އެންމެ ފަހު އަސީރުގެ ހަށިގަނޑު ހޯދިފައި ނުވުމާއި، މިސްރާ އިންވެގެން އޮންނަ ޣައްޒާގެ ބޯޑަރު ހުޅުވުމަށް އިޒްރޭލުން ގަސްދުގައި ލަސްކުރަމުންދިއުމާއި، އަދި ހަމާސް އިން ހަތިޔާރު ބެހެއްޓުމަށް މިހާތަނަށް އިންކާރު ކުރުން ހިމެނެ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ މަރުހަލާއާ ގެން ކުރިއަށްދާއިރު، ވޮޝިންގޓަނާއި މެދުވެރިއެއްގެ ދައުރު އަދާކުރާ ބައިވެރިންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ އެވެ. އޭގެ ތެރޭގައި ހަމާސްގެ ހަތިޔާރު އަތުލުމުގެ އުނދަގޫ މަސައްކަތާއި، އެކަމާ ގުޅުވައިގެން އިޒްރޭލު ސިފައިން އިތުރަށް ފަހަތަށް ޖެހުމާއި، އަދި ބައިނަލްއަގުވާމީ ސުލްހަ ބަލަހައްޓާ ފައުޖެއް އެ ސަރަހައްދުގައި ގާއިމުކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މަސްދަރު: ރޮއިޓާސް

ޣައްޒާއިޒްރޭލު-ހަމާސްފަލަސްތީނުބޯޑް އޮފް ޕީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ޣައްޒާ ސުލްޙަ ބޯޑުގައި ބައިވެރިވުމަށް ސްޓާމާ ވިސްނަވަނީ

ޓްރަމްޕްގެ ޣައްޒާ ސުލްޙަ ބޯޑުގައި ބައިވެރިވުމަށް ސްޓާމާ ވިސްނަވަނީ

14 ޖެނުއަރީ 2026
ޣައްޒާގެ ޚާން ޔޫނިސް އަށް އިޒްރޭލުން ދިން ހަމަލާއެއްގައި ތިން މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގެ ޚާން ޔޫނިސް އަށް އިޒްރޭލުން ދިން ހަމަލާއެއްގައި ތިން މީހަކު ޝަހީދުކޮށްލައިފި

12 ޖެނުއަރީ 2026
އިޒްރޭލުން ޣައްޒާގެ ފަލަސްތީީނު ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އުޅޭކަމަށް ސޯމާލިއާގެ މިނިސްޓަރަކު ތުހުމަތުކުރައްވައިފި

އިޒްރޭލުން ޣައްޒާގެ ފަލަސްތީީނު ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އުޅޭކަމަށް ސޯމާލިއާގެ މިނިސްޓަރަކު ތުހުމަތުކުރައްވައިފި

11 ޖެނުއަރީ 2026
މޫނު ނިވާކޮށްގެން ތިބި ޔަހޫދީންތަކެއް ފަލަސްތީނުގެ ނުކުޅެދޭ މީހެއްގެ ގައިގާ ވަރަށް ރަހުމު ކުޑަކޮށް ލަޓިގަނޑުންނާއި ކޮޅުފައިންތަޅާ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުވެއްޖެ

މޫނު ނިވާކޮށްގެން ތިބި ޔަހޫދީންތަކެއް ފަލަސްތީނުގެ ނުކުޅެދޭ މީހެއްގެ ގައިގާ ވަރަށް ރަހުމު ކުޑަކޮށް ލަޓިގަނޑުންނާއި ކޮޅުފައިންތަޅާ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުވެއްޖެ

10 ޖެނުއަރީ 2026
އިޒްރޭލުން ހަމަލާދީ ޣައްޒާ ގައި ތިން މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ހަމަލާދީ ޣައްޒާ ގައި ތިން މީހަކު ޝަހީދުކޮށްލައިފި

04 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު