Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

ޣައްޒާ ބެލެހެއްޓުމަށް އުފެއްދި ނޭޝަނަލް ކޮމިޓީން އެ ކޮމިޓީގެ މަގްސަދުތައް ހާމަކޮށްފި

ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް އުފެއްދި ނޭޝަނަލް ކޮމިޓީ ފޯ ދަ އެޑްމިނިސްޓްރޭޝަން އޮފް ޣައްޒާ އިން ނެރުނު ބަޔާނުގައި، ޣައްޒާ އަލުން އާރާސްތުކުރުމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ފާގަތިކަމެއް ހޯދައިދިނުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދީފައިވޭ.

ރާއްޖެ އެމްވީ | 18 ޖެނުއަރީ 2026 | އާދީއްތަ 08:39
ނޭޝަނަލް ކޮމިޓީ ފޯރ ދަ އެޑްމިނިސްޓްރޭޝަން އޮފް ޣައްޒާ ގެ ޗީފް ކޮމިޝަނަރ އަލީ ޝާތު ކޮމިޓީގެ މިޝަން ސްޓޭޓްމަންޓްގައި ސޮއިކުރައްވަނީ

ނޭޝަނަލް ކޮމިޓީ ފޯރ ދަ އެޑްމިނިސްޓްރޭޝަން އޮފް ޣައްޒާ ގެ ޗީފް ކޮމިޝަނަރ އަލީ ޝާތު ކޮމިޓީގެ މިޝަން ސްޓޭޓްމަންޓްގައި ސޮއިކުރައްވަނީ | އެކްސް

ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް އަލަށް އުފެއްދި "ނޭޝަނަލް ކޮމިޓީ ފޯ ދަ އެޑްމިނިސްޓްރޭޝަން އޮފް ޣައްޒާ" (އެން.ސީ.އޭ.ޖީ) އިން ނެރުނު ބަޔާނުގައި، ޣައްޒާ އަލުން އާރާސްތު ކުރުމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ފާގަތިކަމެއް ހޯދައިދިނުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދީފިއެވެ.

އެ ކޮމިޓީގެ ޗީފް ކޮމިޝަނަރު އަދި ފަލަސްތީން އޮތޯރިޓީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާތު ހޮނިހިރު ދުވަހު މި ބަޔާން އާންމުކުރައްވަމުން ވިދާޅުވީ، އޭނާގެ ފުރަތަމަ ރަސްމީ މަސައްކަތަކީ މި ބަޔާން ބަލައިގަނެ، އެއަށް އަމަލުކުރަން ފެށުން ކަމަށެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ 2803 ވަނަ ގަރާރާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 20 ނުކުތާގެ ސުލްހައިގެ މަޝްރޫއުގެ ދަށުން ބާރު ލިބިގެން އުފައްދާފައިވާ މި ކޮމިޓީގެ މަގްސަދަކީ، ޣައްޒާ ގައި މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އިންތިގާލީ މަރުހަލާ އަކީ ފަލަސްތީނުގެ ކުރިމަގުގެ ފާގަތިކަމަށް އެޅޭ ވަރުގަދަ ބިންގަލަކަށް ހެދުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޓްރަމްޕްގެ ޣައްޒާގެ މަޝްރޫއުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަލަސްތީނުގެ ފަންނީ މާހިރުންގެ މައްޗަށް އެކުލެވޭ މި އިދާރާގެ ކަންކަން ބަލަހައްޓާނީ ބައިނަލްއަގުވާމީ "ބޯޑް އޮފް ޕީސް" އިންނެވެ. މި ބޯޑުގެ ބޭނުމަކީ އިންތިގާލީ މަރުހަލާގައި ޣައްޒާގެ އިދާރީ ކަންކަން ސުޕަވައިޒް ކުރުމެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސަތު ބަލަހައްޓަވާ "ބޯޑް އޮފް ޕީސް" ގެ އިރުޝާދުގެ ދަށުންނާއި، ޣައްޒާ އަށް ކަނޑައަޅާފައިވާ ހައި ރެޕްރެޒެންޓޭޓިވްގެ އެހީތެރިކަމާއެކު، އެ ކޮމިޓީގެ އަމާޒަކީ ހަމައެކަނި ޢުމްރާނީ ވަސީލަތްތައް ބިނާކުރުން ނޫން ކަމަށާއި، ރައްޔިތުންގެ ރޫހީ ދިރުން އާލާކުރުން ވެސް ހިމެނޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

ޣައްޒާގެ ހައި ރެޕްރެޒެންޓޭޓިވްގެ މަގާމު އަދާކުރައްވާނީ ނިކޮލާއި މިލަޑެނޯވް އެވެ. ވައިޓް ހައުސް އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިލަޑެނޯވް މަސައްކަތްކުރައްވާނީ "ބޯޑް އޮފް ޕީސް" އާއި އެން.ސީ.އޭ.ޖީ އާ ދެމެދު އޮންނަ މުހިންމު ގުޅުމެއްގެ ގޮތުގައި ކަމަށެވެ. އަދި ޣައްޒާގެ އިދާރީ ކަންކަމާއި، އާރާދުކުރުމުގެ މަސައްކަތްތައް ބެލެހެއްޓުމުގައި އެ ބޯޑަށް އެހީތެރިވެދީ، މަދަނީ އަދި ސަލާމަތީ ކަންކަން އޭނާ ވިލަރެސްކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން، އެން.ސީ.އޭ.ޖީ އިން ވަނީ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި، އިންސާނީ ހައްގުތަކަށް ކޮންމެހެން ބޭނުންވާ ފެނާއި، ކަރަންޓާއި، ސިއްހީ ހިދުމަތާއި، ތައުލީމު ފަދަ އަސާސީ ހިދުމަތްތައް އިއާދަކުރުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފަ އެވެ. އަދި ސުލްހަޔާއި، ޑިމޮކްރަސީ އަދި އަދުލުވެރިކަމުގެ މައްޗަށް ބިނާވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ވެސް ވަނީ އިސްކަންދީފަ އެވެ.

ނަޒާހަތްތެރިކަމާއި ދެފުށް ފެންނަ އުސޫލުތަކުގެ ދަށުން މަސައްކަތްކޮށް، ޣައްޒާގެ އިގްތިސާދު ވަރުގަދަކޮށް، ވަޒީފާނެތް މީހުންނަށް އައު ފުރުސަތުތައް ހޯދައިދިނުމަކީ އެ ކޮމިޓީގެ އަމާޒެކެވެ. އަދި ސުލްހައިގެ މަގުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި އަމިއްލަ ނިންމުންތައް ނިންމުމުގެ ބާރު ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އެން.ސީ.އޭ.ޖީ އާއެކު މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރޫބިއޯ ވިދާޅުވީ، ޣައްޒާގެ ރައްޔިތުންނަށާއި މުޅި ސަރަހައްދަށް ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ޑރ. އަލީ ޝާތު އާއި ނޭޝަނަލް ކޮމިޓީއާ އެކު މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ޣައްޒާފަލަސްތީނުއަލީ ޝާތުނޭޝަނަލް ކޮމިޓީ ފޯ ދަ އެޑްމިނިސްޓްރޭޝަން އޮފް ޣައްޒާބޯޑް އޮފް ޕީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ގަވަނިން ބޮޑީއާ ދެކޮޅު ހަދާ ކަމަށް އިސްރާއީލް އިން ހާމަ ކޮށްފި

ޣައްޒާގެ ގަވަނިން ބޮޑީއާ ދެކޮޅު ހަދާ ކަމަށް އިސްރާއީލް އިން ހާމަ ކޮށްފި

18 ޖެނުއަރީ 2026
ރޫބިއޯ އާއި ބްލެއާ ހިމަނައި، ޣައްޒާގެ ބޯޑު އޮފް ޕީސް އުފައްދަވައިފި

ރޫބިއޯ އާއި ބްލެއާ ހިމަނައި، ޣައްޒާގެ ބޯޑު އޮފް ޕީސް އުފައްދަވައިފި

17 ޖެނުއަރީ 2026
ޣައްޒާ ގެ ވަގުތީ ސަރުކާރު އެކުލަވާލާ، އެ ސަރުކާރަށް ތާއީދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޣައްޒާ ގެ ވަގުތީ ސަރުކާރު އެކުލަވާލާ، އެ ސަރުކާރަށް ތާއީދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

16 ޖެނުއަރީ 2026
ޣައްޒާގެ ޚާން ޔޫނިސް އަށް އިޒްރޭލުން ދިން ހަމަލާއެއްގައި ތިން މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގެ ޚާން ޔޫނިސް އަށް އިޒްރޭލުން ދިން ހަމަލާއެއްގައި ތިން މީހަކު ޝަހީދުކޮށްލައިފި

12 ޖެނުއަރީ 2026
އިޒްރޭލުން ޣައްޒާގެ ފަލަސްތީީނު ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އުޅޭކަމަށް ސޯމާލިއާގެ މިނިސްޓަރަކު ތުހުމަތުކުރައްވައިފި

އިޒްރޭލުން ޣައްޒާގެ ފަލަސްތީީނު ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އުޅޭކަމަށް ސޯމާލިއާގެ މިނިސްޓަރަކު ތުހުމަތުކުރައްވައިފި

11 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު