Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޯޑު އޮފް ޕީސް

ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026 | އަންގާރަ 06:42

ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަަމަށް ޓްރަމްޕް ވިދާޅުވުމާ އެކު، އެ ދައުވަތު ޕުޓިން ޤަބޫލު ކޮށްފައިވޭތޯ ނޫސްވެރިން ވަނީ ސުވާލު ކޮށްފައި. ނަމަވެސް، އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ޓްރަމްޕް ވިދާޅުވީ، ޕުޓިން އަށް ދައުވަތު ދެއްވާފައިވާ ކަަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖެނުއަރީ 2026 | އަންގާރަ 06:42
އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ޕުޓިން، ދެ ބޭފުޅުންނަކީ ވެސް ގާތް ގުޅުމެއް ބާއްވަވާ ދެ ބޭފުޅުން

އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ޕުޓިން، ދެ ބޭފުޅުންނަކީ ވެސް ގާތް ގުޅުމެއް ބާއްވަވާ ދެ ބޭފުޅުން | ގެޓީ އިމޭޖަސް

ސުލްޙައިގެ ބޯޑު ނުވަތަ ބޯޑު އޮފް ޕީސްގައި ބައިވެރިވުމުގެ ދައުވަތު، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އަށް ދެއްވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތައް ނިންމުމަށް، ނުވަތަ ޙައްލު ކުރުމަށް ޓްރަމްޕް ފައްޓަވާފައިވާ މަަސައްކަތުގެ ތެރެއިން ސުލްޙައިގެ ބޯޑު އުފައްދަވާފައިވާއިރު، ހޯމަ ދުވަހުގެ ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށެވެ. 

ޓްރަމްޕްގެ އިސް ނެންގެވުމުގެ މަތިން އުފައްދަވާފައިވާ މި ބޯޑުގައި ބައިނަލްއަޤުވާމީ ލީޑަރުން ހިމެނުމަށް ވެސް ޓްރަމްޕް ވަނީ ނިންމަވައިފަ އެވެ. މި ބޯޑުގެ މައިގަނޑު މަޤުސަދަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހިނގަމުން އަންނަ ހަނގުރާމަ އާއި، ހަނގުރާމައިގެ ޙަރަކާތް ތަކަށް ޙައްލު ހޯދުމެވެ. 

ސުލްޙައިގެ ނަމުގައި ޓްރަމްޕް ބޯޑެއް އުފައްދަވާފައިވާއިރު، އޭނާ އަންނަނީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އާއި، ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ވެސް ނިންމުމަށް މަސައްކަތް ކުރައްވަމުންނެވެ. ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައި ވީ ނަމަވެސް، އިސްރާއީލް އިން އަންނަނީ އެ އެއްބަސްވުމާ ޚިލާފު ވަމުންނެވެ.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހަތަރު ވަަނަ އަހަރަކަށް ގޮސްފައިވާއިރު، އެ ހަނގުރާމަ އަކީ ދުނިޔޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ބޮޑު ގޮންޖެހުމަކަށް ވަނީ ވެފަ އެވެ. އެ ހަނގުރާމަ އަށް ހައްލު ހޯދުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ވެސް އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. 

ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަަމަށް ޓްރަމްޕް ވިދާޅުވުމާ އެކު، އެ ދައުވަތު ޕުޓިން ޤަބޫލު ކޮށްފައިވޭތޯ ނޫސްވެރިން ވަނީ ސުވާލު ކޮށްފަ އެވެ. ނަމަވެސް، އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ޓްރަމްޕް ވިދާޅުވީ، ޕުޓިން އަށް ދައުވަތު ދެއްވާފައިވާ ކަަމަށެވެ. 

ބައިނަލްއަޤުވާމީ ސިޔާސީ ތަޖުރިބާކާރުން ބުނާ ގޮތުގައި، މިއީ ރަޝިޔާ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ރަނގަޅު ކުރުމަށް ޓްރަމްޕް ނަންގަވާފައިވާ ފިޔަވަޅެކެވެ. މީގެ އިތުރުން، އެކަމުގެ ސަބަބުން އިތުރު ސުލްޙަ އަކަށް މަގު ފަހި ވެގެން ދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވެ އެވެ. 

ނަމަވެސް، ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާ އިން ހަނގުރާމަ ކުރަމުން އަންނައިރު، އަދި ޔޫކްރެއިން އަށް ބޮޑެތި ގެއްލުން ތަކެއް ދެމުން އަންނައިރު، ސުލްޙައިގެ ބޯޑުގައި ޕުޓިން ހިމަނަން ދައުވަތު ދިނުމުން ބައެއް ފަރާތްތަކުން ފާޑު ކިޔުން ވެސް އަމާޒު ކޮށްފައިވެ އެވެ.

މަސްދަރު: ރޮއިޓާސް

ޑޮނަލްޑް ޓްރަމްޕްވުލަޑިމިއަރ ޕުޓިންބޯޑް އޮފް ޕީސްރަޝިޔާ-ޔޫކްރެއިންއިޒްރޭލް-ޣައްޒާރަޝިއާ-ޔޫއެސްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

18 އޯގަސްޓު 2026

މޮސްކޯ ސަރަހައްދަށް ޔޫކްރެއިނުން ޑްރޯން ފުންޏެއް އޮއްސާލައިފި

18 އޯގަސްޓު 2026
މޮސްކޯ ސަރަހައްދަށް ޔޫކްރެއިނުން ޑްރޯން ފުންޏެއް އޮއްސާލައިފި
17 އޯގަސްޓު 2026

ރަޝިޔާ އިން ދިން މިސައިލް ހަމަލާއެއްގައި ޔޫކްރެއިންގެ އެންމެ ބޮޑު ސްޓީލް ކާރުޚާނާ އަށް ބޮޑެތި ގެއްލުންތަކެއް ދީފި

17 އޯގަސްޓު 2026
ރަޝިޔާ އިން ދިން މިސައިލް ހަމަލާއެއްގައި ޔޫކްރެއިންގެ އެންމެ ބޮޑު ސްޓީލް ކާރުޚާނާ އަށް ބޮޑެތި ގެއްލުންތަކެއް ދީފި
16 އޯގަސްޓު 2026

މޮސްކޯއަށް އެތައް ސަތޭކަ ޑްރޯން ހަމަލާ، ކީވްގައި ތިން މީހުން މަރު

16 އޯގަސްޓު 2026
މޮސްކޯއަށް އެތައް ސަތޭކަ ޑްރޯން ހަމަލާ، ކީވްގައި ތިން މީހުން މަރު
13 އޯގަސްޓު 2026

ޖަޕާނުން މިލްކުވެރިކަމަށް ދައުވާކުރާ ކޫރީލް އައިލެންޑްސްއަށް ރަޝިޔާގެ ރައީސް ޕޫޓިން ޒިޔާރަތް ކުރެއްވުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

13 އޯގަސްޓު 2026
ޖަޕާނުން މިލްކުވެރިކަމަށް ދައުވާކުރާ ކޫރީލް އައިލެންޑްސްއަށް ރަޝިޔާގެ ރައީސް ޕޫޓިން ޒިޔާރަތް ކުރެއްވުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފި
12 އޯގަސްޓު 2026

އީރާާންއާ ދެކޮޅަށް އެމެރިކާ އިން އަޅަން އޮތް ދެ ފިޔަވަޅަކީ އިޤްތިސާދީ ގޮތުން އިނދަޖައްސާލުން، ނުވަތަ ވަރުގަދަ ހަމަލާތަކެއް ދިނުން: ޓްރަމްޕް

12 އޯގަސްޓު 2026
އީރާާންއާ ދެކޮޅަށް އެމެރިކާ އިން އަޅަން އޮތް ދެ ފިޔަވަޅަކީ އިޤްތިސާދީ ގޮތުން އިނދަޖައްސާލުން، ނުވަތަ ވަރުގަދަ ހަމަލާތަކެއް ދިނުން: ޓްރަމްޕް
11 އޯގަސްޓު 2026

އީރާން އިން މަޝްވަރާކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ޖެހޭނީ ބަދަލު ދޭން: ޓްރަމްޕް

11 އޯގަސްޓު 2026
އީރާން އިން މަޝްވަރާކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ޖެހޭނީ ބަދަލު ދޭން: ޓްރަމްޕް
10 އޯގަސްޓު 2026

ހަމާސް އިން ހަތިޔާރު ދޫކޮށްލިކަން ޔަޤީން ނުވަނީސް، އިސްރާއީލްގެ ސިފައިން އެ ސަރަހައްދުން ފޭބުމަށް ބޯޑު އޮފް ޕީސް އިން ބޭނުމެއް ނުވޭ!

10 އޯގަސްޓު 2026
ހަމާސް އިން ހަތިޔާރު ދޫކޮށްލިކަން ޔަޤީން ނުވަނީސް، އިސްރާއީލްގެ ސިފައިން އެ ސަރަހައްދުން ފޭބުމަށް ބޯޑު އޮފް ޕީސް އިން ބޭނުމެއް ނުވޭ!
07 އޯގަސްޓު 2026

ރަޝިއާއިން ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ގްލައިޑް ބޮން އަޅައިފި

07 އޯގަސްޓު 2026
ރަޝިއާއިން ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ގްލައިޑް ބޮން އަޅައިފި
06 އޯގަސްޓު 2026

ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި

06 އޯގަސްޓު 2026
ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި
05 އޯގަސްޓު 2026

ރަޝިޔާ އިން ޔޫކްރެއިންގެ ވެރިރަށަށް މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގައި 14 މީހުން މަރުވެއްޖެ

05 އޯގަސްޓު 2026
ރަޝިޔާ އިން ޔޫކްރެއިންގެ ވެރިރަށަށް މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގައި 14 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް