Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރައީސް ޑޮނަލްޑް ޓްރަމްޕް

ނޮބެލް ސުލްހައިގެ އިނާމު ނުލިބުމުން ދެން ކޮންމެހެން ހަމަ އެކަނި ސުލްހަ އަށް އުޅޭކަށް ނުޖެހޭ: ޓްރަމްޕް

ނޯވޭގެ ބޮޑުވަޒީރަށް ފޮނުއްވި މެސެޖެއްގައި ޓްރަމްޕް ވިދާޅުވީ އޭނާ ގިނަ ހަނގުރާމަތަކެއް ހުއްޓުވާފައިވާއިރު ވެސް ނޮބެލް ސުލްހައިގެ އިނާމު ނުދިނުމަށް ނޯވޭ އިން ނިންމުމުން ދެން އޭނާ ގެ ވިސްނުންފުޅު ބަހައްޓަވާނީ އެމެރިކާ އަށް މޮޅު އަދި ފައިދާ ހުރި ގޮތަށް ކަމަށް.

ރާއްޖެ އެމްވީ | 19 ޖެނުއަރީ 2026 | ހޯމަ 11:47
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | އޭއެފްޕީ

 ނޮބެލް ސުލްހައިގެ އިނާމު އޭނާ އަށް ލިބިވަޑައިނުގަތުމުން، މީގެ ފަހުން ހަމައެކަނި "ސުލްހަ އަށް" ވިސްނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޯވޭގެ ބޮޑުވަޒީރަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ނޯވޭގެ ބޮޑުވަޒީރު ޔޯނަސް ގާރ ސްޓޮރޭ އަށް ފޮނުއްވި މި މެސެޖުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާ 8 ހަނގުރާމަ އަށް ވުރެ ގިނަ ހަނގުރާމަ ހުއްޓުވާފައިވާއިރު ވެސް، އެ ގައުމުން އޭނާ އަށް ނޮބެލް ސުލްހައިގެ އިނާމު ނުދިނުމަށް ނިންމާފައި ވާތީ، މީގެ ފަހުން ހަމައެކަނި ސުލްހައާ މެދު ވިސްނުމުގެ އެއްވެސް މަޖުބޫރުކަމެއް އޮތް ކަމަކަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

އޭގެ އިތުރުން ޓްރަމްޕް ވިދާޅުވީ ދެން އޭނާ ގެ ވިސްނުންފުޅު ބަހައްޓަވާނީ އެމެރިކާ އަށް މޮޅު އަދި ފައިދާ ހުރި ގޮތަށް ކަމަށެވެ.

ރައީސް ޓްރަމްޕް ނޯވޭގެ ބޮޑުވަޒީރަށް ފޮނުއްވި މެސެޖް
ރައީސް ޓްރަމްޕް ނޯވޭގެ ބޮޑުވަޒީރަށް ފޮނުއްވި މެސެޖް

މި މެސެޖުގެ ސައްހަކަން މިކަމާ ގުޅުންހުރި މަސްދަރަކުން އޭއެފްޕީ ނިއުސް އެޖެންސީ އަށް ކަށަވަރުކޮށްދީފައިވާ އިރު، ނޯވޭ ގެ ބޮޑުވަޒީރު ވެސް ވަނީ ނޯވޭގެ 'ވީޖީ' ނޫހަށް މި މެސެޖް ޓްރަމްޕް ފޮނުއްވިކަން ކަށަވަރުކޮށްދެއްވާފަ އެވެ.

މީގެ އިތުރުން، އެމެރިކާގެ ބާރުގެ ދަށަށް ގްރީންލޭންޑް ނުގެނެވޭހާ ހިނދަކު ދުނިޔެ އަށް ސަލާމަތްތެރިކަމެއް ނެތް ކަމަށް ވެސް ޓްރަމްޕް އެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ. "ގްރީންލޭންޑްގެ ފުރިހަމަ އަދި މުޅި ކޮންޓްރޯލް އަހަރެމެންނަށް ނުލިބޭހާ ހިނދަކު، ދުނިޔެ އަކީ ރައްކާތެރި ތަނެއް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ.

ނޯވޭގެ ބޮޑުވަޒީރުގެ އޮފީހުން ވެސް ވަނީ މި މެސެޖުގެ ސައްހަކަން މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.

ގްރީންލޭންޑަކީ ޑެންމާކުގެ ދަށުން އަމިއްލަ އިދާރީ ހިންގުމެއް އޮންނަ ސަރަހައްދެކެވެ.

ޓްރަމްޕް ގެންދަވަނީ އެއްގޮތް ނެތިއްޔާ އަނެއް ގޮތަކުން ވިޔަސް ގްރީންލޭންޑް އެމެރިކާގެ ތަނަކަށް ހައްދަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މަސްދަރު: އޭއެފްޕީ

ރައީސް ޑޮނަލްޑް ޓްރަމްޕްނޮބެލް ސުލްޙައިގެ އިނާމުޔޯނަސް ގާރ ސްޓޮރޭނޯވޭގްރީންލޭންޑްއެމެރިކާ-ގްރީންލޭންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ގްރީންލޭންޑުން ރަޝިޔާގެ ނުރައްކާތެރިކަން ދުރު ކުރަން ޖެހޭ: ޓްރަމްޕް

ގްރީންލޭންޑުން ރަޝިޔާގެ ނުރައްކާތެރިކަން ދުރު ކުރަން ޖެހޭ: ޓްރަމްޕް

19 ޖެނުއަރީ 2026
ޣައްޒާގެ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން އެކުލަވައިލި ލަފާދޭ މަޖިލީހާ މެދު ހިތްހަމަނުޖެހި، ނަތަންޔާހޫ އޭނާގެ އިއްތިހާދުގެ ބައިވެރިންނާ ބައްދަލުކޮށްފި

ޣައްޒާގެ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން އެކުލަވައިލި ލަފާދޭ މަޖިލީހާ މެދު ހިތްހަމަނުޖެހި، ނަތަންޔާހޫ އޭނާގެ އިއްތިހާދުގެ ބައިވެރިންނާ ބައްދަލުކޮށްފި

18 ޖެނުއަރީ 2026
ޓްރަމްޕް އުފެއްދި "ބޯޑް އޮފް ޕީސް" ގައި ދާއިމީ މެންބަރެއްގެ ގޮތުގައި ހިމެނުމަށް 1 ބިލިއަން ޑޮލަރު ދައްކަންޖެހޭ

ޓްރަމްޕް އުފެއްދި "ބޯޑް އޮފް ޕީސް" ގައި ދާއިމީ މެންބަރެއްގެ ގޮތުގައި ހިމެނުމަށް 1 ބިލިއަން ޑޮލަރު ދައްކަންޖެހޭ

18 ޖެނުއަރީ 2026
ގްރީންލޭންޑް އެމެރިކާ އިން ހޯދުމަށް ކުރާ މަސައްކަތައް އެއްބާރުލުން ނުދޭ ގައުމުތަކަށް އަދަބު ދޭނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން އެކަމަށް ވިލާތުން ރައްދު ދީފި

ގްރީންލޭންޑް އެމެރިކާ އިން ހޯދުމަށް ކުރާ މަސައްކަތައް އެއްބާރުލުން ނުދޭ ގައުމުތަކަށް އަދަބު ދޭނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން އެކަމަށް ވިލާތުން ރައްދު ދީފި

18 ޖެނުއަރީ 2026
ޚާމަނާއީ އަކީ ބަލި މީހެއް، އީރާން އޮތީ އައު ލީޑާޝިޕް އަކަށް ބޭނުން ވެފައި: ޓްރަމްޕް

ޚާމަނާއީ އަކީ ބަލި މީހެއް، އީރާން އޮތީ އައު ލީޑާޝިޕް އަކަށް ބޭނުން ވެފައި: ޓްރަމްޕް

18 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު