Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ޑެންމާކު

ގްރީންލޭންޑުން ރަޝިޔާގެ ނުރައްކާތެރިކަން ދުރު ކުރަން ޖެހޭ: ޓްރަމްޕް

އާދީއްތަ ދުވަހު ޓްރަމްޕް ވިދާޅުވީ، ގްރީންލޭންޑުން ރަޝިޔާގެ ނުރައްކާތެރިކަން ދުރު ކުރަން ޖެހޭ ވަގުތު އައިސް ޖެހިފައިވާ ކަމަށާއި، އެކަން ކުރައްވާނެ ކަމަށް. އެގޮތުން ޓްރަމްޕް ވިދާޅުވީ، ރަޝިޔާގެ ނުރައްކާތެރިކަން އެ ސަރަހައްދުން ދުރު ކުރުމަކީ ޑެންމާކަށް ކުރެވިފައިވާ ކަމެއް ނޫން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2026 | ހޯމަ 06:57
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓަސް

ގްރީންލޭންޑޫގައި މިހާތަނަށް ރަޝިޔާގެ ނުރައްކާތެރިކަން ކުޑަ ކުރެވިފައި ނުވާ ކަމަށާއި، މިހާރު މިއީ އެ ސަރަހައްދުން ރަޝިޔާގެ ނުރައްކާތެރިކަން ދުރު ކުރަން ޖެހޭ ވަގުތު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

މިފަހަކަށް އައިސް ޓްރަމްޕް ގެންދަވަނީ ގްރީންލޭންޑު ހޯއްދެވުމުގެ ވާހަކަ ތަކުރާރުކޮށް ދައްކަވަމުންނެވެ. އަދި އެކަން ކުރުމަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް ކޮންމެހެން ވެސް ބޭނުންވާ ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އެގޮތުން އެއް ގޮތެއް ނެތިއްޔާ، އަނެއް ގޮތަކުން ވެސް އެކަން ކުރައްވާނެ ކަމަށް މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

އާދީއްތަ ދުވަހު ޓްރަމްޕް ވިދާޅުވީ، ގްރީންލޭންޑުން ރަޝިޔާގެ ނުރައްކާތެރިކަން ދުރު ކުރައްވާނެ ކަމަށެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ، ރަޝިޔާގެ ނުރައްކާތެރިކަން އެ ސަރަހައްދުން ދުރު ކުރުމަކީ ޑެންމާކަށް ކުރެވިފައިވާ ކަމެއް ނޫން ކަމަށެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވީ ނަމަވެސް، ޑެންމާކު އަދި ގްރީންލޭންޑުގެ ލީޑަރުން ވަނީ ޓްރަމްޕްގެ ވިސްނުންފުޅާ ދެކޮޅު ހައްދަވައިފަ އެވެ. އެގޮތުން ގްރީންލޭންޑަކީ ވިއްކާނެ ސަރަހައްދެއް ވެސް ނޫން ކަމަށް، އެ ޤައުމު ތަކުގެ ލީޑަރުން ވަނީ ވިދާޅުވެފަ އެވެ. ޑެންމާކު އަދި ގްރީންލޭންޑުގެ އިތުރުން، ބައިނަލްއަޤުވާމީ މުޖުތަމައު ވެސް ވަނީ ޓްރަމްޕްގެ ވާހަކަތަކާ ދެކޮޅު ހަދައިފަ އެވެ. 

ގްރީންލޭންޑަކީ ޑެންމާކުގެ މިނިވަން ސަރަހައްދެއް ކަމަށްވާއިރު، އެ ސަރަހައްދުގެ ރައްޔިތުންނަށް އެ މީހުންގެ ކަންކަން ބެލެހެއްޓުމުގެ ބާރު ލިބިފައިވެ އެވެ. ނަމަވެސް، ފޮރިން ޕޮލިސީ އާއި ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ބާރު އޮތީ ޑެންމާކުގެ އަތުގަ އެވެ. 

މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ، ގްރީންލޭންޑަކީ ލޮކޭޝަންގެ ގޮތުން މުހިންމު ސަރަހައްދެއް ކަމަށާއި، އެ ސަރަހައްދު އެމެރިކާގެ ބާރުގެ ދަށަށް ގެނެސް، އެމެރިކާގެ ބެލުމުގެ ދަށުން ކަންކަން ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަމަށެވެ. 

ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އެމެރިކާ އާއި ޑެންމާކާ ދެމެދު އޮތް ގުޅުން އަސަރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ. ބައެއް މާހިރުން ފާހަގަ ކޮށްފައިވާ ގޮތުގައި، ގްރީންލޭންޑާ ބެހޭ ގޮތުން ޓްރަމްޕް ދައްކަވަނީ ބައިނަލްއަޤުވާމީ ޤާނޫނާ ވެސް ޚިފާލު ވާހަކަ ތަކެކެވެ. 

މަސްދަރު: ރޮއިޓާސް

ގްރީންލޭންޑްރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ-ޑެންމާކް

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން އެކުލަވައިލި ލަފާދޭ މަޖިލީހާ މެދު ހިތްހަމަނުޖެހި، ނަތަންޔާހޫ އޭނާގެ އިއްތިހާދުގެ ބައިވެރިންނާ ބައްދަލުކޮށްފި

ޣައްޒާގެ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން އެކުލަވައިލި ލަފާދޭ މަޖިލީހާ މެދު ހިތްހަމަނުޖެހި، ނަތަންޔާހޫ އޭނާގެ އިއްތިހާދުގެ ބައިވެރިންނާ ބައްދަލުކޮށްފި

18 ޖެނުއަރީ 2026
ޓްރަމްޕް އުފެއްދި "ބޯޑް އޮފް ޕީސް" ގައި ދާއިމީ މެންބަރެއްގެ ގޮތުގައި ހިމެނުމަށް 1 ބިލިއަން ޑޮލަރު ދައްކަންޖެހޭ

ޓްރަމްޕް އުފެއްދި "ބޯޑް އޮފް ޕީސް" ގައި ދާއިމީ މެންބަރެއްގެ ގޮތުގައި ހިމެނުމަށް 1 ބިލިއަން ޑޮލަރު ދައްކަންޖެހޭ

18 ޖެނުއަރީ 2026
ގްރީންލޭންޑް އެމެރިކާ އިން ހޯދުމަށް ކުރާ މަސައްކަތައް އެއްބާރުލުން ނުދޭ ގައުމުތަކަށް އަދަބު ދޭނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން އެކަމަށް ވިލާތުން ރައްދު ދީފި

ގްރީންލޭންޑް އެމެރިކާ އިން ހޯދުމަށް ކުރާ މަސައްކަތައް އެއްބާރުލުން ނުދޭ ގައުމުތަކަށް އަދަބު ދޭނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން އެކަމަށް ވިލާތުން ރައްދު ދީފި

18 ޖެނުއަރީ 2026
ޚާމަނާއީ އަކީ ބަލި މީހެއް، އީރާން އޮތީ އައު ލީޑާޝިޕް އަކަށް ބޭނުން ވެފައި: ޓްރަމްޕް

ޚާމަނާއީ އަކީ ބަލި މީހެއް، އީރާން އޮތީ އައު ލީޑާޝިޕް އަކަށް ބޭނުން ވެފައި: ޓްރަމްޕް

18 ޖެނުއަރީ 2026
ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ޓްރަމްޕް އުޅުއްވާތީ އެކަމާ ދެކޮޅަށް ޑެންމާކުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ޓްރަމްޕް އުޅުއްވާތީ އެކަމާ ދެކޮޅަށް ޑެންމާކުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

17 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު