Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

ޚާމަނާއީ އަކީ ބަލި މީހެއް، އީރާން އޮތީ އައު ލީޑާޝިޕް އަކަށް ބޭނުން ވެފައި: ޓްރަމްޕް

ޕޮލިޓިކޯގެ އިންޓަވިޔުގައި ޓްރަމްޕް ވަނީ ޚާމަނާއީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. އަދި ޚާމަނާއީ އަކީ ބަލި މީހެއްް ކަމަށާއި، އީރާންގެ ވެރިން ވެރިކަން ކުރަނީ ރައްޔިތުން ބަލިކަށި ކޮށްގެން ކަމަށް ޓްރަމްޕް ވިދާޅުވި. އެގޮތުން ޤައުމެއްގެ ލީޑަރުގެ ހައިސިއްޔަތުން ޚާމަނާއީ ކުށްވެރި ވަނީ، ޤައުމު ފުރިހަމަ އަށް ހަލާކު ކޮށްފައިވާތީ ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖެނުއަރީ 2026 | އާދީއްތަ 06:27
އެމެރިކާގެ ރައީސް ޓްރަމްޕް، އަދި އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ

އެމެރިކާގެ ރައީސް ޓްރަމްޕް، އަދި އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ | ރޮއިޓަސް

އީރާން އޮތީ އައު ލީޑާޝިޕް އަކަށް ބޭނުންވެފައި ކަމަށާއި، އައު ލީޑާޝިޕެއްގެ ވަގުތު އައިސް ޖެހިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އިޤްތިސާދީ ދަތި ކަމުގެ ސަބަބުން އީރާންގައި ކުރިއަށް ދިޔަ މުޒާހަރާ ތަކަށް މަޑު ޖެހުމެއް އައިސްފައިވާ ވަގުތެއްގަ އެވެ. އީރާންގައި ކުރިއަށް ދިޔަ މުޒާހަރާ ތަކަށް މީގެ ކުރިން ޓްރަމްޕް އާއި އެމެރިކާ އިން ވަނީ ވަރަށް ބޮޑަށް ހިތްވަރު ވެސް ދީފަ އެވެ. 

އެމެރިކާގެ ޕޮލިޓިކޯ އަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާން އަށް އައު ލީޑާޝިޕެއް ބޭނުންވާ ވަގުތު އައިސް ޖެހިފައިވާ ކަމަށެވެ. 

މި ވާހަކަތައް ޓްރަމްޕް ދައްކަވާފައިވާއިރު، މުޒާހަރާ ތަކުގެ ސަބަބުން އީރާން ވަރަށް ބޮޑަށް ހަލަބޮލި ވެގެން ދިޔަ އެވެ. އަދި އީރާންގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ޓްރަމްޕް އަށް ތުހުމަތު ތަކެއް ކުރައްވައިފަ އެވެ. އެގޮތުން އީރާންގައި ފެށުނު މުޒާހަރާ ތަކުގެ ފަހަތުގައި އޮތީ އެމެރިކާ އާއި އިސްރާއީލް ކަމަށާއި، އެކަމުގެ ސަބަބުން ލިބުނު ގެއްލުން ތަކުގެ ޒިންމާ ޓްރަމްޕް ނަންގަވަން ޖެހޭނެ ކަމަށް ޚާމަނާއީ ވިދާޅުވެފައިވެ އެވެ. 

މުޒާހަރާ ތަކުގައި ބައިވެރިވި މީހުންނާ ދެކޮޅަށް އީރާން އިން ހަމަލާ ދީ، މީހުން ހައްޔަރުކޮށް، އަދި ބަޔަކު މަަރައިފި ނަމަ، އެމެރިކާ އިން އެކަމާ ދެކޮޅަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް އޮތީ ދެއްވައިފަ އެވެ. ނަމަވެސް، މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ އީރާންގެ ލީޑާޝިޕް އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އެގޮތުން ގިނަ އަދަދެއްގެ ބަޔަކަށް މަރުގެ އަދަބު ދިނުމަށް ނިންމި ނިންމުން ބާތިލު ކޮށްފައިވާތީ، އެކަމަށް ޝުކުރު އަދާ ކުރައްވާ ކަަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް، އީރާން އިން ބުނެފައި ވަނީ އެއްވެސް ބަޔަކަށް މަރުގެ އަދަބު ދިނުމުގެ ވިސްނުމެއް އަދި ޕްލޭނެއް ވެސް ނެތް ކަމަށެވެ. 

ޕޮލިޓިކޯގެ އިންޓަވިޔުގައި ޓްރަމްޕް ވަނީ ޚާމަނާއީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ޚާމަނާއީ އަކީ ބަލި މީހެއްް ކަމަށާއި، އީރާންގެ ވެރިން ވެރިކަން ކުރަނީ ރައްޔިތުން ބަލިކަށި ކޮށްގެން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެގޮތުން ޤައުމެއްގެ ލީޑަރުގެ ހައިސިއްޔަތުން ޚާމަނާއީ ކުށްވެރި ވަނީ، ޤައުމު ފުރިހަމަ އަށް ހަލާކު ކޮށްފައިވާތީ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕް ވިދާޅުވެފައި ވަނީ ލީޑާޝިޕް އަކީ ރައްޔިތުން ބިރު ގަތުމާއި، މަރާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އެއީ އިހުތިރާމް އާއި، ބަދަހު ކަމާ ގުޅުން ހުރި ކަމެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފަ އެވެ. ޚާމަނާއީ އަކީ ބަލި މީހެއް ކަމަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، ޤައުމު ރަނގަޅަށް ހިންގައި މީހުން މެރުން ހުއްޓާލަން ޖެހޭ ކަމަށެވެ. 

ޚާމަނާއީ އަށް ފާޑު ވިދާޅުވެ، އީރާންގެ ލީޑާޝިޕް ބަދަލު ވާން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، އެމެރިކާ އިން ބޭނުން ވަނީ އީރާންގެ ވެރިކަން ބަދަލު ކުރަން ކަމަށް މީގެ ކުރިން ވެސް އީރާން އިން ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި އެމެރިކާގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖަހާނެ ކަމަށް ޚާމަނައީ އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. 

މަސްދަރު: އަލް އަރަބިއްޔާ

ރައީސް ޑޮނަލްޑް ޓްރަމްޕްއާޔަތުﷲ އަލީ ޚާމަނާއީއެމެރިކާ-އީރާންއީރާން މުޒާހަރާ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2026

އީރާނުގެ މަސްރަހު މިވަގުތު ބަލިކަށިކޮށް އޮތް ނަމަވެސް، އެމެރިކާ އިން އެ ގައުމަށް ދޭ ކޮންމެ ހަމަލާ އަކީ ނުރައްކާތެރި ހަނގުރާމަ އެއް ފެށިދާނެ ކަމެއް: ތަޖުރިބާކާރުން

17 ޖެނުއަރީ 2026
އީރާނުގެ މަސްރަހު މިވަގުތު ބަލިކަށިކޮށް އޮތް ނަމަވެސް، އެމެރިކާ އިން އެ ގައުމަށް ދޭ ކޮންމެ ހަމަލާ އަކީ ނުރައްކާތެރި ހަނގުރާމަ އެއް ފެށިދާނެ ކަމެއް: ތަޖުރިބާކާރުން
17 ޖެނުއަރީ 2026

އީރާނު ގައި ހަމަ ނުޖެހުން އުފައްދަން އެތެރެވި ޓެރަރިސްޓް ގްރޫޕެއް ހޯދައި، އެމީހުންގެ ހަރަކާތްތައް ހުއްޓުވައިފި

17 ޖެނުއަރީ 2026
އީރާނު ގައި ހަމަ ނުޖެހުން އުފައްދަން އެތެރެވި ޓެރަރިސްޓް ގްރޫޕެއް ހޯދައި، އެމީހުންގެ ހަރަކާތްތައް ހުއްޓުވައިފި
17 ޖެނުއަރީ 2026

މެކްސިކޯ އާއި މެދުތެރޭ އެމެރިކާގެ ވައިގެ ސަރަހައްދުގައި "އަސްކަރީ ހަރަކާތްތަކެއް" ހިންގާ ކަމަށް ބުނެ އެމެރިކާ އިން އިންޒާރު ދީފި

17 ޖެނުއަރީ 2026
މެކްސިކޯ އާއި މެދުތެރޭ އެމެރިކާގެ ވައިގެ ސަރަހައްދުގައި "އަސްކަރީ ހަރަކާތްތަކެއް" ހިންގާ ކަމަށް ބުނެ އެމެރިކާ އިން އިންޒާރު ދީފި
17 ޖެނުއަރީ 2026

އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރު، ވެނެޒުއެލާގެ ވަގުތީ ރައީސްއާ ބައްދަލު ކުރައްވައިފި

17 ޖެނުއަރީ 2026
އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރު، ވެނެޒުއެލާގެ ވަގުތީ ރައީސްއާ ބައްދަލު ކުރައްވައިފި
17 ޖެނުއަރީ 2026

ރޫބިއޯ އާއި ބްލެއާ ހިމަނައި، ޣައްޒާގެ ބޯޑު އޮފް ޕީސް އުފައްދަވައިފި

17 ޖެނުއަރީ 2026
ރޫބިއޯ އާއި ބްލެއާ ހިމަނައި، ޣައްޒާގެ ބޯޑު އޮފް ޕީސް އުފައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު