Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވިލާތް

ގްރީންލޭންޑް އެމެރިކާ އިން ހޯދުމަށް ކުރާ މަސައްކަތައް އެއްބާރުލުން ނުދޭ ގައުމުތަކަށް އަދަބު ދޭނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން އެކަމަށް ވިލާތުން ރައްދު ދީފި

ޓެކްސް ބޮޑުކުރާނެ ކަމަށް އެމެރިކާ އިން ދީފައިވާ އިންޒާރާ މެދު އަމަލުކުރާނެ ގޮތެއް ނިންމުމަށްޓަކައި، ވިލާތުގެ އިއްތިހާދުގެ 27 ގައުމުގެ ސަފީރުން އާދީއްތަ ދުވަހު ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި.

ރާއްޖެ އެމްވީ | 18 ޖެނުއަރީ 2026 | އާދީއްތަ 08:59
ޔޫރަޕިއަން ޔޫނިއަން އަދި އެމެރިކާގެ ދިދަ

ޔޫރަޕިއަން ޔޫނިއަން އަދި އެމެރިކާގެ ދިދަ | ގެޓީ އިމޭޖަސް

އެމެރިކާ އަށް ގްރީންލޭންޑް ހޯދުމުގެ ފުރުސަތު ތަނަވަސް ކޮށްދެންދެން، ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން އެމެރިކާ އަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސް (ޓެރިފް) ބޮޑުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، މިއީ އިގްތިސާދީ ގޮތުން "ނުރައްކާތެރި ދަށު ދަރަޖައަކަށް" ކަންކަން ހިނގައިދާނެ ކަމެއް ކަމަށް ވިދާޅުވެ ވިލާތުގެ އިއްތިހާދުގެ ލީޑަރުން ހޮނިހިރު ދުވަހު އިންޒާރު ދެއްވައިފި އެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަރ ލޭޔަން އާއި ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ އެކްސް ގައި ކުރެއްވި ޕޯސްޓުތަކެއްގައި ވިދާޅުވީ، "ޓެކްސް ބޮޑުކުރުމުގެ ސަބަބުން އެޓްލާންޓިކްގެ ދެބިތުގެ ގުޅުމަށް ބުރޫ އަރައި، ކަންކަން ނުރައްކާތެރި މިސްރާބަކަށް ހިނގައިދާނެ" ކަމަށެވެ. އަދި ވިލާތުގެ ގައުމުތައް އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި، ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރުމުގައި ދެމިތިބޭނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.

އިއްތިހާދުގެ އެންމެ އިސް ޑިޕްލޮމެޓް ކާޔަ ކާލަސް ވިދާޅުވީ، ޓެކްސް ބޮޑުކުރުމުގެ ސަބަބުން އެޓްލާންޓިކް ކަނޑުގެ ދެފަރާތުގެ ގައުމުތަކުގެ ތަނަވަސްކަމަށް ގެއްލުން ލިބޭނެ ކަމަށެވެ. އަދި މީގެ ސަބަބުން، ޔޫކްރެއިން ގައި ރަޝިޔާ ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ވިލާތުން ކުރަމުންދާ "މައިގަނޑު މަސައްކަތަށް" ސަމާލުކަން ކުޑަވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ ޗައިނާ އާއި ރަޝިޔާ އަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް. އެކުވެރި ގައުމުތަކުގެ މެދުގައި އުފެދޭ ބައިބައިވުންތަކުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ އެ ގައުމުތަކަށް،" ކަލަސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޓެކްސް ބޮޑުކުރުމުގެ ސަބަބުން ވިލާތާއި އެމެރިކާ ވެސް ފަގީރުވެ، ދެފަރާތުގެ މެދުގައި އޮތް ތަނަވަސްކަމަށް ބުރޫއަރާނެ ކަމަށެވެ. އަދި ގްރީންލޭންޑްގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުމެއް އޮތް ނަމަ، އެކަމާ ބެހޭގޮތުން ނޭޓޯގެ ތެރެއިން މަޝްވަރާ ކުރެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޓެކްސް ބޮޑުކުރާނެ ކަމަށް ދީފައިވާ އިންޒާރާ މެދު އަމަލުކުރާނެ ގޮތެއް ނިންމުމަށްޓަކައި، ވިލާތުގެ އިއްތިހާދުގެ 27 ގައުމުގެ ސަފީރުން އާދީއްތަ ދުވަހު ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގްރީންލޭންޑްއެމެރިކާ-ވިލާތްނޭޓޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާމަނާއީ އަކީ ބަލި މީހެއް، އީރާން އޮތީ އައު ލީޑާޝިޕް އަކަށް ބޭނުން ވެފައި: ޓްރަމްޕް

ޚާމަނާއީ އަކީ ބަލި މީހެއް، އީރާން އޮތީ އައު ލީޑާޝިޕް އަކަށް ބޭނުން ވެފައި: ޓްރަމްޕް

18 ޖެނުއަރީ 2026
ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ޓްރަމްޕް އުޅުއްވާތީ އެކަމާ ދެކޮޅަށް ޑެންމާކުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ޓްރަމްޕް އުޅުއްވާތީ އެކަމާ ދެކޮޅަށް ޑެންމާކުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

17 ޖެނުއަރީ 2026
ގްރީންލޭންޑް އެމެރިކާގެ ތަނަކަށް ހަދަން ކުރާ މަސައްކަތާ ދެކޮޅު ހަދާ ގައުމުތަކަށް އަދަބު ދެއްވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

ގްރީންލޭންޑް އެމެރިކާގެ ތަނަކަށް ހަދަން ކުރާ މަސައްކަތާ ދެކޮޅު ހަދާ ގައުމުތަކަށް އަދަބު ދެއްވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

17 ޖެނުއަރީ 2026
މެކްސިކޯ އާއި މެދުތެރޭ އެމެރިކާގެ ވައިގެ ސަރަހައްދުގައި "އަސްކަރީ ހަރަކާތްތަކެއް" ހިންގާ ކަމަށް ބުނެ އެމެރިކާ އިން އިންޒާރު ދީފި

މެކްސިކޯ އާއި މެދުތެރޭ އެމެރިކާގެ ވައިގެ ސަރަހައްދުގައި "އަސްކަރީ ހަރަކާތްތަކެއް" ހިންގާ ކަމަށް ބުނެ އެމެރިކާ އިން އިންޒާރު ދީފި

17 ޖެނުއަރީ 2026
އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރު، ވެނެޒުއެލާގެ ވަގުތީ ރައީސްއާ ބައްދަލު ކުރައްވައިފި

އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރު، ވެނެޒުއެލާގެ ވަގުތީ ރައީސްއާ ބައްދަލު ކުރައްވައިފި

17 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު