Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިއާ

ޖަރުމަނަށް ކުރައްވަން އޮތް ދަތުރުފުޅު އަލް ޝަރާ ކެންސަލް ކުރައްވައިފި

ޖަރުމަނު ސަރުކާރުގެ ތަރުޖަމާނަކު އާދީއްތަ ދުވަހު ވިދާޅުވީ، އަންގާރަ ދުވަހު ޖަރުމަނަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރައްވާފައިވާ ކަމަށް. އެ ދަތުރުފުޅުގައި ސީރިއާގެ ރައްޔިތުން އަނބުރާ އެ މީހުންގެ ޤައުމަށް ފޮނުވުމުގެ މަސައްކަތުގައި ޖަރުމަނުގެ ދައުރާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހާމަ ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2026 | ހޯމަ 07:25
ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ

ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ | ރޮއިޓަސް

ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ ޖަރުމަނަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ކުރައްވާފައިވާ ކަަމަށް ޖަރުމަނު ސަރުކާރުން ހާމަ ކޮށްފި އެވެ. 

ޖަރުމަނު ސަރުކާރުގެ ތަރުޖަމާނަކު އާދީއްތަ ދުވަހު ވިދާޅުވީ، އަންގާރަ ދުވަހު ޖަރުމަނަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރައްވާފައިވާ ކަމަށެވެ. އެ ދަތުރުފުޅުގައި ސީރިއާގެ ރައްޔިތުން އަނބުރާ އެ މީހުންގެ ޤައުމަށް ފޮނުވުމުގެ މަސައްކަތުގައި ޖަރުމަނުގެ ދައުރާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހާމަ ކޮށްފައިވެ އެވެ. 

އާދީއްތަ ދުވަހު އަލް ޝަރާ ވަނީ، ކުރުދީންގެ ލީޑާޝިޕްގެ ދަށުން ހިންގާ ސީރިއަން ޑިމޮކްރެޓިކް ފޯސަސްގެ އިސްވެރިޔާ މަޒްލޫމް އަބްދީއާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަަމަށް އިއުލާން ކުރައްވައިފަ އެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ސިފައިން އުތުރާއި، އިރުމަތީ ކުރުދީން ކޮންޓްރޯލް ކުރާ ސަރަހައްދު ތަކަށް ދިޔުމަށް ފަހު، ހަނގުރާމަ ހުއްޓުމަށް ހިމެނެ އެވެ. 

އެކަމާ ގުޅޭ ގޮތުން އަލް ޝަރާ ވިދާޅުވެފައި ވަނީ، އެއްބަސްވުމުގެ ތަފްސީލުތައް ފައިނަލް ކުރުމަށް ހޯމަ ދުވަހު އަބްދީއާ ބައްދަލު ކުރައްވާނެ ކަމަށެވެ. 

ދިގު މުއްދަތެއް ވަންދެން ސީރިއާގައި ވެރިކަން ކުރަމުން އައި ބަޝާރު އަލް އަސަދުގެ ވެރިކަން ވައްޓާލުމަށް ފަހު، ސީރިއާގެ ރައީސް ކަމަށް އަލް ޝަރާ ވަޑައިގެންނެވީ 2024 ވަނަ އަހަރު އެވެ. އޭގެ ފަހުން ޖަރުމަނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެ ޤައުމުގެ ޗާންސެލަރު ފްރެޑްރިކް މާޒް އާއި، އެ ޤައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމައިއާ، އަލް ޝަރާ ބައްދަލު ކުރައްވާ ގޮތަށް ވެސް އޮތީ ހަމަޖެހިފަ އެވެ.

ޖަރުމަނު ސަރުކާރުގެ ތަރުޖަމާނަކު ފާއިތުވި ހަފްތާގައި ވިދާޅުވެފައި ވަނީ، ސީރިއާގެ އައު ސަރުކާރާ އެކު ގުޅުން ބަދަހިކޮށް، ގުޅުން ވަރުގަދަ ކުރުމަށް ޖަރުމަނުން އޮތީ ތައްޔާރަށް ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

އަހުމަދު އަލް-ޝަރާޖަރުމަނުސީރިއާސީރިއަން ޑިމޮކްރެޓިކް ފޯސަސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ ސިފައިން ސީރިއާ ގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

އެމެރިކާ ސިފައިން ސީރިއާ ގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

11 ޖެނުއަރީ 2026
ޖަރުމަނު ވިލާތުގެ ރައީސް ގެ ހަރުކަށި ފާޑުވިދާޅުވުން ޓްރަމްޕަށް - ފޭރޭ މީހުންގެ ހާއްޔަކަށް ދުނިޔެ ބަދަލު ވެއްޖެ!

ޖަރުމަނު ވިލާތުގެ ރައީސް ގެ ހަރުކަށި ފާޑުވިދާޅުވުން ޓްރަމްޕަށް - ފޭރޭ މީހުންގެ ހާއްޔަކަށް ދުނިޔެ ބަދަލު ވެއްޖެ!

08 ޖެނުއަރީ 2026
ޖަރުމަނު ބޭންކެއްގެ ތިޖޫރީ ތޮރުފާލައިގެން އެތައް ހާސް މިލިއަން ޔޫރޯ ވަގަށް ނަގައިފި

ޖަރުމަނު ބޭންކެއްގެ ތިޖޫރީ ތޮރުފާލައިގެން އެތައް ހާސް މިލިއަން ޔޫރޯ ވަގަށް ނަގައިފި

31 ޑިސެމްބަރު 2025
އިގުތިސާދީ ގޮތުން އިންޑިއާ އިން ޖަޕާނު ފަހަތައް ޖައްސާލައިފި

އިގުތިސާދީ ގޮތުން އިންޑިއާ އިން ޖަޕާނު ފަހަތައް ޖައްސާލައިފި

30 ޑިސެމްބަރު 2025
ބޮންޑައި ބީޗުގެ ހަމަލާގައި އަނިޔާވި އަޙުމަދު ބުނީ، އޭނާ ބޭނުން ވަނީ މައުސޫމް މީހުން ސަލާމަތް ކުރަން ކަމަށް

ބޮންޑައި ބީޗުގެ ހަމަލާގައި އަނިޔާވި އަޙުމަދު ބުނީ، އޭނާ ބޭނުން ވަނީ މައުސޫމް މީހުން ސަލާމަތް ކުރަން ކަމަށް

30 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު