Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޫރީލް އައިލެންޑްސް

ޖަޕާނުން މިލްކުވެރިކަމަށް ދައުވާކުރާ ކޫރީލް އައިލެންޑްސްއަށް ރަޝިޔާގެ ރައީސް ޕޫޓިން ޒިޔާރަތް ކުރެއްވުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

13 އޯގަސްޓު 2026 | ބުރާސްފަތި 17:21

ރަޝިޔާގެ ބާރުގެ ދަށުގައިވާ ކޫރީލް އައިލެންޑްސްއަށް ރައީސް ޕޫޓިން ކުރެއްވި ޒިޔާރަތާ ގުޅިގެން، އެއީ ޖަޕާނުގެ މިލްކެއް ކަމަށް ބުނެ ޓޯކިޔޯއިން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފި. މި ދަތުރުފުޅަކީ ޖަޕާނުގެ ސިޔާސަތުތަކާ ޚިލާފު އަދި ރައްޔިތުންގެ އިހުސާސްތަކަށް ދިން އަނިޔާއެއް ކަމަށް އެ ގައުމުން ބުނާއިރު، ޕޫޓިން ވަނީ ޖަޕާނުން ރަޝިޔާގެ ބިމަށް ދައުވާކުރާ ކަމަށް ވިދާޅުވެފައި

ރާއްޖެ އެމްވީ | 13 އޯގަސްޓު 2026 | ބުރާސްފަތި 17:21
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން، 2026 އޯގަސްޓް 13 ވަނަ ދުވަހު، ކޫރީލް އައިލެންޑްސްގެ އެންމެ ބޮޑު ރަށް ކަމަށްވާ އިޓުރުޕް އައިލެންޑް (ޖަޕާނުން ކިޔާ ގޮތުން ނަމަ އެޓޮރޯފޫ) ގެ ކޫރިލްސްކްގައި އެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން، 2026 އޯގަސްޓް 13 ވަނަ ދުވަހު، ކޫރީލް އައިލެންޑްސްގެ އެންމެ ބޮޑު ރަށް ކަމަށްވާ އިޓުރުޕް އައިލެންޑް (ޖަޕާނުން ކިޔާ ގޮތުން ނަމަ އެޓޮރޯފޫ) ގެ ކޫރިލްސްކްގައި އެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ | އޭޕީ ފޮޓޯ

ރަޝިޔާގެ ބާރުގެ ދަށުގައި އޮތް، ނަމަވެސް ޖަޕާނުން މިލްކުވެރިކަމަށް ދައުވާކުރާ ކޫރީލް އައިލެންޑްސްއަށް ރަޝިޔާގެ ރައީސް ވުލަޑީމިއަރ ޕޫޓިން ފުރަތަމަ ފަހަރަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.

ރަޝިޔާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު ޕޫޓިން ވަނީ ކޫރީލް އައިލެންޑްސްގެ އެންމެ ދެކުނަށް އޮންނަ އިޓުރުޕް ރަށަށް ޒިޔާރަތްކުރައްވައި، އެ ސަރަހައްދުގެ ގަވަރުނަރާ ބައްދަލުކުރައްވާފަ އެވެ. އަދި މި ދަތުރުފުޅުގައި އެ ރަށުގައި ހުންނަ މަސް ބަންދުކުރާ ކާރުޚާނާއަކަށާއި، ހޮސްޕިޓަލަކަށް އަދި ސުކޫލަކަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރެއްވި އެވެ.

މި ޖަޒީރާ ރަށްތަކުގެ ތެރެއިން އެންމެ ދެކުނަށް އޮތް ހަތަރު ރަށަކީ ޖަޕާނުގެ މިލްކެއް ކަމަށް އެ ގައުމުން ބުނަމުންދާއިރު، ޖަޕާނުން އެ ރަށްތަކަށް ކިޔަނީ "ނޮދަން ޓެރިޓަރީޒް" އެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ސޯވިއެޓް ޔޫނިއަނުން ހިފި މި ރަށްތަކުގެ މައްސަލައަކީ މޮސްކޯ އާއި ޓޯކިޔޯއާ ދެމެދު އޮންނަ ގުޅުމަށް އަބަދުވެސް ހުރަސްއެޅެމުންދާ މައިގަނޑު ސަބަބެވެ.

ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ ވިދާޅުވީ، ޕޫޓިން އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތަކީ "ދުވަހަކުވެސް ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށާއި، އެއީ ޖަޕާނުގެ ރައްޔިތުންގެ އިހުސާސްތަކަށް ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓަކައިޗީ ވިދާޅުވީ، ރަޝިޔާގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެ ސަރަހައްދަށް ޒިޔާރަތްކުރެއްވުމަކީ، "ނޮދަން ޓެރިޓަރީޒް" އާ މެދު ޖަޕާނުން ޒަމާނުއްސުރެ ގެންގުޅެމުންދާ ސިޔާސަތާ މުޅިން ޚިލާފު ކަމެއް ކަމަށެވެ.

ޖަޕާނުގެ ޚާރިޖީ ވަޒީރު ތޮޝިމިޓްސޫ މޮޓެގީ ވެސް ވަނީ ޕޫޓިންގެ މި ދަތުރުފުޅަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ތާރީޚީ ގޮތުންނާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ބަލާއިރު ވެސް އެ ރަށްތަކަކީ ޖަޕާނުގެ އަމިއްލަ ފަސްގަނޑެއް ކަމަށެވެ. ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި މައްސަލައިގައި ރަޝިޔާގެ ސަފީރު ހާޒިރުކޮށް، ޕޫޓިންގެ ދަތުރުފުޅާ މެދު އޮތް ނުރުހުން ފާޅުކޮށް ވަނީ ވަރަށް ބޮޑަށް އިހުތިޖާޖުކޮށްފަ އެވެ.

ރަޝިޔާއިން ޖަޕާނަށް ބިރުދައްކަމުން ނުދާ ކަމަށް ޕޫޓިން ވިދާޅުވުން

2022 ވަނަ އަހަރު ޔޫކްރެއިންގައި ފެށުނު ހަނގުރާމައާ ގުޅިގެން ޓޯކިޔޯ އާއި މޮސްކޯގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ޖީ7 ގެ ގައުމުތަކާ ގުޅިގެން ޖަޕާނުން ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، ޔޫކްރެއިނަށް ފައިސާގެ އެހީއާއި ހަތިޔާރު ނޫން ދިފާއީ ސާމާނު ފޯރުކޮށްދީފަ އެވެ.

ބުދަ ދުވަހު ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވީ، ޖަޕާނުން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ އެއްވެސް އަސާސެއް ނެތި ކަމަށެވެ.

ޕޫޓިން ވިދާޅުވީ، ޖަޕާނުން ރަޝިޔާއަކީ އެ ގައުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް ސިފަކޮށްފައިވާ ކަމަށާއި، ނަމަވެސް ރަޝިޔާއިން ޖަޕާނަށް އެއްވެސް ބިރެއް ނުދައްކާ ކަމަށެވެ. އަދި އޭގެ ބަދަލުގައި ރަޝިޔާގެ ބިމުގެ މިލްކުވެރިކަމަށް ދައުވާކުރަނީ ޖަޕާނުން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މައްސަލަ ޖެހިފައިވާ ކޫރީލްގެ ހަތަރު ރަށަކީ، ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސިއުލާ އިން ފެށިގެން ޖަޕާނުގެ އުތުރުގެ މައި ރަށް ކަމަށްވާ ހޮކައިޑޯއާ ހަމައަށް ދެމިގެން ގޮސްފައިވާ އަލިފާން ފަރުބަދަތަކުގެ މައްޗަށް އެކުލެވޭ ޖަޒީރާ ރަށްތަކެކެވެ.

މި ރަށްތަކަށް ދެ ގައުމުން ކިޔާ ނަންތައް ދާދި އެއްގޮތެވެ. ރަޝިޔާ ބަހުން ކުނާޝިރް، ހަބޮމާއީ، ޝިކޮޓާން އަދި އިޓުރުޕް ކިޔާއިރު، ޖަޕާނު ބަހުން ކިޔަނީ ކުނާޝިރީ، ހަބޮމާއީ، ޝިކޮޓާން އަދި އެޓޮރޯފޫ އެވެ.

ގާތްގަނޑަކަށް 20،000 ރަޝިޔާ ރައްޔިތުން ދިރިއުޅޭ މި ރަށްތަކަކީ މޫސުން ވަރަށް ގޯސް ސަރަހައްދެއް ނަމަވެސް، އެތަނަކީ ރަނާއި ރިހި ފަދަ މަޢުދަނުތަކުން މުއްސަނދި، އަދި މަސްވެރިކަމަށް ވަރަށް ރަނގަޅު ސަރަހައްދެކެވެ.

1945 ވަނަ އަހަރު ރަޝިޔާއިން މި ރަށްތައް ހިފުމަށްފަހު، އެތަނުގައި ދިރިއުޅެމުންދިޔަ 17،000 އެއްހާ ޖަޕާނު ރައްޔިތުން ވަނީ އެ ސަރަހައްދުން ބޭރުކޮށްލާފަ އެވެ.

އޭގެ ފަހުން، ފިނި ހަނގުރާމައިގެ ދުވަސްވަރު ސޯވިއެޓް ޔޫނިއަނުން އެމެރިކާއާއި އެމެރިކާގެ އެންމެ ގާތް ބައިވެރިޔާ ކަމަށްވާ ޖަޕާނާ ދެކޮޅަށް ކުރި މަސައްކަތުގައި، މި ރަށްތަކަކީ ކަނޑާއި ވައިގެ އަސްކަރީ މަރުކަޒުތައް ގާއިމުކުރި އިސްތިރާތީޖީ ގޮތުން މުހިންމު ތަނަކަށް ވެގެންދިޔަ އެވެ. އަދި ފާއިތުވި އަހަރުތަކުގައި ރަޝިޔާއިން ވަނީ އެ ރަށްތަކުގައި އެ ގައުމުގެ އަސްކަރީ ބާރު ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.

ޕޫޓިން ކޫރީލް އައިލެންޑްސްއަށް ވަޑައިގަތީ، ބުދަ ދުވަހު ރަޝިޔާގެ ކަނޑުގެ ސިފައިން ތަމްރީނުތަކެއް ކުރިއަށްގެންދިޔަ ސަކާލިން ރަށަށް ކުރެއްވި ޒިޔާރަތަށް ފަހުގަ އެވެ.

ރަޝިޔާގެ މީޑިއާތަކުން ބުނާ ގޮތުގައި، ސަކާލިންގައި ހުންނަވައިގެން ޕޫޓިން ވަނީ ރަޝިޔާގެ އިރުމަތީ ބޯޑަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ޚާއްސަ ބައްދަލުވުމެއް ބާއްވަވާފަ އެވެ.

ވުލަޑިމިއަރ ޕުޓިންކޫރީލް އައިލެންޑްސްޖަޕާން-ރަޝިޔާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ޖުލައި 2026

އީރާންގެ "މަދިރި ފްލީޓް" އަށް ޕުޓިން ތައުރީފު ކުރައްވައިފި

28 ޖުލައި 2026
އީރާންގެ "މަދިރި ފްލީޓް" އަށް ޕުޓިން ތައުރީފު ކުރައްވައިފި
06 ޖުލައި 2026

ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖުލައި 2026
ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ދީފި
05 ޖުލައި 2026

ޗައިނާ އާއި ރަޝިއާގެ އަސްކަރީ މަނަވަރުތައް ގުޅިގެން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ

05 ޖުލައި 2026
ޗައިނާ އާއި ރަޝިއާގެ އަސްކަރީ މަނަވަރުތައް ގުޅިގެން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ
04 ޖުލައި 2026

ޔޫކްރެއިން އަށާއި އެގައުމަށް އެހީވާ ފަރާތްތަކަށް ޕޫޓިންގެ ވަރުގަދަ އިންޒާރެއް

04 ޖުލައި 2026
ޔޫކްރެއިން އަށާއި އެގައުމަށް އެހީވާ ފަރާތްތަކަށް ޕޫޓިންގެ ވަރުގަދަ އިންޒާރެއް
01 ޖުލައި 2026

ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި

01 ޖުލައި 2026
ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި
28 ޖޫން 2026

ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ސާފުކުރާ ދެ ކާރުޚާނާ އަކަށް ހަމަލާ ދީފި

28 ޖޫން 2026
ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ސާފުކުރާ ދެ ކާރުޚާނާ އަކަށް ހަމަލާ ދީފި
18 ޖޫން 2026

ޔޫކްރޭނުން މޮސްކޯއަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާތައް ދީފި

18 ޖޫން 2026
ޔޫކްރޭނުން މޮސްކޯއަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާތައް ދީފި
16 ޖޫން 2026

ޕޫޓިންއަށް ފާޑުކިޔަމުންދިޔަ ރަޝިޔާގެ ކުރެހުންތެރިއަކު ޕޮލެންޑުގައި ބަޑިޖަހައި މަރާލައިފި

16 ޖޫން 2026
ޕޫޓިންއަށް ފާޑުކިޔަމުންދިޔަ ރަޝިޔާގެ ކުރެހުންތެރިއަކު ޕޮލެންޑުގައި ބަޑިޖަހައި މަރާލައިފި
16 ފެބުރުއަރީ 2026

ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް

16 ފެބުރުއަރީ 2026
ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް
29 ޖެނުއަރީ 2026

ޕުޓިން އާއި އަލް ޝަރާ ބައްދަލު ކުރައްވައި، ސީރިއާގައި ރަޝިޔާގެ ސިފައިން ތިބުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

29 ޖެނުއަރީ 2026
ޕުޓިން އާއި އަލް ޝަރާ ބައްދަލު ކުރައްވައި، ސީރިއާގައި ރަޝިޔާގެ ސިފައިން ތިބުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް