Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗައިނާ-ރާއްޖެ

މި ސަރުކާރުން ޗައިނާ ސަރުކާރާއި އެކު ސޮއިކުރި ހޮސްޕިޓަލް ގެ މަޝްރޫޢު އަކީ ކުރީ ސަރުކާރުގައި ފަންޑުވެސް ހަމަޖެހިފައިވާ ކަމެއްކަން ހާމަވެއްޖެ

ވިލިމާލޭގައި ޗައިނާ ހިލޭ އެހީ ގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް މަޝްރޫޢުގެ އިމްޕްލިމެންޓޭޝަން އެގްރިމަންޓްގައި 19 ޖެނުއަރީ 2026 ގައި ސޮއިކުރެވުނު އިރު މިއީ ޗައިނާ ސަރުކާރު ގެ ހިލޭ އެހީގައި އެމްޑީޕީ ސަރުކާރުގައި 2023 ވަނަ އަހަރު ހަމަޖެހުނު ފަންޑަކުން ކުރާ ކަމެއް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2026 | އަންގާރަ 10:20
ވިލިމާލޭގައި ޗައިނާ ހިލޭ އެހީގެދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް މަޝްރޫޢުގެ އިމްޕްލިމެންޓޭޝަން އެގްރިމަންޓްގައި ސޮއިކުރުން

ވިލިމާލޭގައި ޗައިނާ ހިލޭ އެހީގެދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް މަޝްރޫޢުގެ އިމްޕްލިމެންޓޭޝަން އެގްރިމަންޓްގައި ސޮއިކުރުން | މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗަރ

މި ސަރުކާރުން ޗައިނާ ސަރުކާރާއި އެކު ސޮއިކުރި ހޮސްޕިޓަލް ގެ މަޝްރޫޢު އަކީ ކުރީ ސަރުކާރު ގައި ފަންޑުވެސް ހަމަޖެހިފައިވާ ކަމެއްކަން ހާމަވެއްޖެ އެވެ.

ވިލިމާލޭގައި ޗައިނާ ހިލޭ އެހީގެދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް މަޝްރޫޢު ގެ އިމްޕްލިމެންޓޭޝަން އެގްރިމަންޓްގައި ސޮއިކޮށްފައި ވަނީ 19 ޖެނުއަރީ 2026 ވީ ހޯމަ ދުވަހު އެވެ.

Advertisement - newsAdvertisement

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރު ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. ޗައިނާ ސަރުކާރު ގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އެމްބަސީ ގެ ކައުންސެލަރ ޒެންގް ޒޫ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކަމަކީ ޗައިނާ ސަރުކާރު ގެ ހިލޭ އެހީގައި އެމްޑީޕީ ގެ ސަރުކާރުގައި 2023 ވަނަ އަހަރު ހަމަޖެހުނު ފަންޑަކުން ކުރާ ކަމެކެވެ. ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ވެރިކަމުގައި ޗައިނާ ސަރުކާރުން ރާއްޖެ އަށް 70 މިލިއަން ރުފިޔާ ގެ ތެރެއިން 58 މިލިއަން ޚާއްސަ ކުރީ ސިއްޙީ ދާއިރާ އަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ ކުރިން ރަށްރަށުގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލްތައް ބަދަލުކޮށް، ވިލިމާލޭގައި އެ ހޮސްޕިޓަލް ތަރައްޤީކުރުމަށް ނިންމާފަ އެވެ.

ރާއްޖެއެމްވީ އަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ގޮތުން 23 އޮގަސްޓް 2023 ވީ ބުދަ ދުވަހު ޗައިނާ އާއި ރާއްޖޭގެ ސަރުކާރާއި ދެމެދު ބޭއްވި ބައްދަލުވުމެއްގައި މިކަމާއި ގުޅުން ހުރި މަޝްވަރާތައް ވަނީ ކުރެވިފަ އެވެ. ވަރޗުއަލްކޮށް ބޭއްވި އެ މީޓިންގައި ހިންގާފައިވާ މަސައްކަތްތަކުގެ ޔައުމިއްޔާ އިން އެނގޭ ގޮތުން މި ބައްދަލުވުމުގައި ރައީސް އޮފީހާއި، ހެލްތް މިނިސްޓްރީ ގެ އިތުރުން ފޮރިން މިނިސްޓްރީ ގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ ޗައިނާ ސަރުކާރު ގެ އެހީގައި ޤާއިމް ކުރާ 4 ހޮސްޕިޓަލާއި ގުޅޭ ގޮތުންނެވެ. 

މި ނޫހަށް ވަނީ މި މަސައްކަތުގެ އީއައިއޭ އަދި ފީސިބިލިޓީ ސްޓަޑީ އާއި މެދު ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ލިޔެކިޔުން ލިބިފަ އެވެ. އެމްޑީޕީ ސަރުކާރުން އޭރު ނިންމާފައި ވަނީ ހއ.ދިއްދޫ، ދ.ކުޑަހުވަދޫ، ގއ.ވިލިގިލީގެ އިތުރުން ރ.އަލިފުށީގައި ހޮސްޕިޓަލް ޤާއިމްކުރުމަށެވެ. އެކަން ބަދަލުކޮށްފައި ވަނީ މި ސަރުކާރުންނެވެ. މި ނޫހަށް ލިބިފައިވާ ލިޔުންތަކުން އެ ސަރަހައްދުތައް ހޮސްޕިޓަލް އެޅުމަށް ބަލާފައިވާ ކަމާއި، ޕްރޮޖެކްޓާއި ގުޅުން ހުރި ތަފްސީލީ ފީސިބިލިޓީ ސްޓަޑީ އެއް ހަދާފައިވާކަން ހާމަވެ އެވެ. އެ ލިޔެކިޔުންތަކުން އެނގޭ ގޮތުން ހޮސްޕިޓަލް އެޅުމަށް އެންމެ އެކަށީގެންވާ ސަރަހައްދުތައް ދެނެގަނެ، އެކަމަށް ކަނޑައަޅާނެ ސަރަހައްދުތައް ވެސް އެ ސަރުކާރުން ވަނީ ނިންމާފަ އެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ ހެލްތް މިނިސްޓްރީ ގެ ބެލުމުގެ ދަށުންނެވެ. މި މަސައްކަތުގެ ފީސިބިލިޓީ ސްޓަޑީ އިން ދައްކާ ގޮތުން މި މަސައްކަތް ފަށާތާ 24 މަސް ދުވަސްތެރޭ ނިންމޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެ ހޮސްޕިޓަލްތަކަކީ އުމްރާނީ އަދި ވަސީލަތުގެ ގޮތުން ތަނަވަސް ޒަމާނީ ތަންތަނަށް ހެދުމަށް އޭރު ކުރެވުނު މަޝްވަރާތަކުގެ އަލީގައި ނިންމާފައި ވެ އެވެ.

މާލެ ސަރަހައްދަށް ސިއްހީ ޚިދުމަތްތައް ޖަމާވެފައި އޮތުމަކީ މިހާރު ވެސް އާއްމުން ގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ. ކުރީ ސަރުކާރުން އަތޮޅު ތެރޭގައި ހޮސްޕިޓަލްތައް އެޅުމަށް ނިންމީ އަތޮޅުތެރޭގެ ސިއްހީ ޚިދުމަތް ރަނގަޅުކޮށް، މާލެ އަށް ސިއްހީ ފަރުވާ ހޯދަން އިރުއިރުކޮޅާ އަންނަން ޖެހޭ އައުމަށް ހައްލު ހޯދާ ދިނުމުގެ މަޤްސަދުގަ އެވެ.

ޗައިނާ-ރާއްޖެޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްވިލިމާލެ ޑރ. އަބްދުﷲ މުއްތަލިބުރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލެ އައު ހޮސްޕިޓަލްގެ ކުރެހުންތަކާއެކު އަނެއްކާ ވެސް ރައްޔިތުންނަށް ހުވަފެނެއް؟

ވިލިމާލެ އައު ހޮސްޕިޓަލްގެ ކުރެހުންތަކާއެކު އަނެއްކާ ވެސް ރައްޔިތުންނަށް ހުވަފެނެއް؟

19 ޖެނުއަރީ 2026
ވީކްއެންޑް ނުނިމޭތީ އަދިވެސް ބޯހިޔާވަހިކަމުގެ ސިޔާސަތު ގެ މައުލޫމާތު ސަރުކާރަށް ދެވޭ ވަރެއް ނުވޭ! ބުނަނީ 30 މިނިޓު ކޯލްގައި މަޑުކޮށްލަން!

ވީކްއެންޑް ނުނިމޭތީ އަދިވެސް ބޯހިޔާވަހިކަމުގެ ސިޔާސަތު ގެ މައުލޫމާތު ސަރުކާރަށް ދެވޭ ވަރެއް ނުވޭ! ބުނަނީ 30 މިނިޓު ކޯލްގައި މަޑުކޮށްލަން!

18 ޖެނުއަރީ 2026
"ބޯހިޔާވަހިކަން އެންމެންނަށް" އިއުލާންކުރުން: ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ ވަޒީރު އިއްވީ އެންމެ 5 މިނިޓުގެ ބަޔާނެއް!

"ބޯހިޔާވަހިކަން އެންމެންނަށް" އިއުލާންކުރުން: ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ ވަޒީރު އިއްވީ އެންމެ 5 މިނިޓުގެ ބަޔާނެއް!

18 ޖެނުއަރީ 2026
މި ދައުރު ނިމެންވާއިރަށް ރަޖިސްޓްރީ ހަދާފައި ގޯތި ހަވާލުކުރާނަން: މިނިސްޓަރު މުއްތަލިބު

މި ދައުރު ނިމެންވާއިރަށް ރަޖިސްޓްރީ ހަދާފައި ގޯތި ހަވާލުކުރާނަން: މިނިސްޓަރު މުއްތަލިބު

18 ޖެނުއަރީ 2026
ރައީސް މުޢިއްޒު ގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާ ސަރުކާރެއް ނޫން: ރައީސް ސޯލިހް

ރައީސް މުޢިއްޒު ގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާ ސަރުކާރެއް ނޫން: ރައީސް ސޯލިހް

16 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު