Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޕްރައިމަރީ 2026

ރައީސް މުޢިއްޒު ގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާ ސަރުކާރެއް ނޫން: ރައީސް ސޯލިހް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާ ސަރުކާރެއް ނޫންކަމަށާއި މިސަރުކާރުން ދަނީ ބާރުތައް އެއްކުރަމުންކަމަށް. ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ގެނައުމަށް އެމްޑީޕީން މަސައްކަތް ކުރަންޖެހޭކަމަށާއި ރާއްޖެއަށް ތަރައްގީ ގެނެވޭނީ ބާރުތައް ދޫކޮށްލައިގެންކަމަށް އެމަނިކުފާނު ވިދާޅުވި.

އަލީ ޝާހީން
އަލީ ޝާހީން | 16 ޖެނުއަރީ 2026 | ހުކުރު 13:55
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް | ރާއްޖެ އެމްވީ

ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ތާއީދުކުރަ ސަރުކާރެއް ނޫންކަމަށް ކުރީގެ ރައީސް އިބްރަހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީގައި ވޯޓުލެއްވުމަށްފަހު ރާއްޖެ އެމްވީ އަށް ދެއްވި ބަސްތީގަތުމެއްގަ ރައީސް ސޯލިހު ވިދާޅުވީ، ރައީސް މުޢިއްޒު ގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާ ސަރުކާރެއް ނޫން ކަމަށާއި އެއްވެސް ހާލެއްގައި ބާރުތައް ދޫކޮށްލައިގެން ވެރިކަން ކުރަން އެނގޭ ބޭފުޅުންނެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ރައްޔިތުންގެ އަތްމައްޗަށް ބާރުތައް އަނެއްކާވެސް ގެނައުމަށްޓަކައި އެމްޑީޕީން ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ، މިސަރުކާރުން ދަނީ ފަހަރަކަށްވުރެ ފަހަރެއް ބާރުތައް އެއްކުރަމުންކަމަށެވެ. 

ލާމަރުކަޒީ ނިޒާމު އޮންނަ ގޮތުން، މިހާރު އޮތްގޮތުންވެސް ސަރުކާރަށް ބަޖެޓުން ވަކިބައެއް ކައުންސިލްތަކަށް ދޫކޮށްލަން އެބަޖެހޭ ވަކިބައެއް. އެހިސާބުން ކަންކުރުމުގެ ބާރު މިއޮންނަނީ ކައުންސިލް ތަކަށް. މިއީ އެއްވެސް ހާލަތެއްގައި މައިސަރުކާރުން ކަންބޮޑުވާންޖެހޭ ކަމެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖެ އަށް ތަރައްގީ އަދިވެސް ގެނެވޭނީ ބާރުތައް ދޫކޮށްލައިގެން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވި، ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީގެ އެމްޑީޕީ ޕްރައިމަރީ އަކީ މިހާތަނަށް ބޭއްވޭ މިފަދަ އެންމެ އިންސާފުވެރި، މިނިވަން އިންތިޚާބު ކަމަށެވެ. އަދި މިއީ ޑިމޮކްރަސީ އެއްގައި އަންނަނާނެ އެންމެ އުފާވެރި ދުވަސް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި، މިއީ ރައްޔިތުންގެ ބާރުވެރިކަން ދައްކުވައިދޭ ދުވަސް ކަމަށާއި މި އިންތިޚާބަށް ފަހު ވެސް ބަލިވާ ކެނޑިޑޭޓުން އެމްޑީޕީ އާއި އެކުގައި ތިބުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީލާމަރުކަޒީކުރުންލޯކަލް ކައުންސިލް އިންތިހާބުއެމްޑީޕީ ޕްރައިމަރީ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2026

އާދަމް އާޒިމް އެމްޑީޕީ މެންބަރުންނަށް: ހިތްވަރު ލިބެނީ ޕާޓީ އިން ދޭ ލޯތްބާއި ގަދަރުގެ ސަބަބުން، އެމްޑީޕީ ކުރިއަށް ގެންދިއުމުގަ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެން

17 ޖެނުއަރީ 2026
އާދަމް އާޒިމް އެމްޑީޕީ މެންބަރުންނަށް: ހިތްވަރު ލިބެނީ ޕާޓީ އިން ދޭ ލޯތްބާއި ގަދަރުގެ ސަބަބުން، އެމްޑީޕީ ކުރިއަށް ގެންދިއުމުގަ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެން
16 ޖެނުއަރީ 2026

ޕީއެންސީ އިން ވިސްނަނީ އެންމެ މީހެއްގެ ޚިޔާލަށް ކަންކަން ކުރަން، ވެރިކަން ކުރުމުގެ ނިޒާމް އެއްކޮށްލުމަކީ ރައީސްގެ މުޅި ވިސްނުން: ޝާހިދު

16 ޖެނުއަރީ 2026
ޕީއެންސީ އިން ވިސްނަނީ އެންމެ މީހެއްގެ ޚިޔާލަށް ކަންކަން ކުރަން، ވެރިކަން ކުރުމުގެ ނިޒާމް އެއްކޮށްލުމަކީ ރައީސްގެ މުޅި ވިސްނުން: ޝާހިދު
16 ޖެނުއަރީ 2026

އަލީ އާޒިމް ފޯނުން ގުޅުއްވާ އާދަމް އާޒިމް އަށް މަރުހަބާ ވިދާޅުވެއްޖެ

16 ޖެނުއަރީ 2026
އަލީ އާޒިމް ފޯނުން ގުޅުއްވާ އާދަމް އާޒިމް އަށް މަރުހަބާ ވިދާޅުވެއްޖެ
16 ޖެނުއަރީ 2026

މާލޭގެ މޭޔަރުގެ ޓިކެޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި

16 ޖެނުއަރީ 2026
މާލޭގެ މޭޔަރުގެ ޓިކެޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި
16 ޖެނުއަރީ 2026

ޕްރައިމަރީ އިން ފެނުނީ އުފާވެރި މަންޒަރެއް، މިއީ އެމްޑީޕީ އިން ދެއްކި ނަމޫނާ އެއް: ނަޝީދު

16 ޖެނުއަރީ 2026
ޕްރައިމަރީ އިން ފެނުނީ އުފާވެރި މަންޒަރެއް، މިއީ އެމްޑީޕީ އިން ދެއްކި ނަމޫނާ އެއް: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު