Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ. އަބްދުﷲ މުއްތަލިބު

މި ދައުރު ނިމެންވާއިރަށް ރަޖިސްޓްރީ ހަދާފައި ގޯތި ހަވާލުކުރާނަން: މިނިސްޓަރު މުއްތަލިބު

18 ޖެނުއަރީ 2026 | އާދީއްތަ 09:46

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަން ސްކީމުގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް. މިއަދަދަކީ ފައިނޭންސް ޔަގީންވެފައިވާ އަދަދަށް ވުމުން އެއަށްވުރެ ގިނައިން ވެސް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި. މިއީ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ދައުރުގެ ތެރޭގައި ފުރިހަމަކުރާ ހަމައެކަނި ސަރުކާރަށް މި ސަރުކާރު ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި.

އަލީ ޝާހީން
އަލީ ޝާހީން | 18 ޖެނުއަރީ 2026 | އާދީއްތަ 09:46
ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު | މިނިސްޓްރީ އޮފް ހައުސިން

މި ސަރުކާރުގެ "ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މި ދައުރުގެ ތެރޭގައި 15،000 ގޯތީގެ އިންވަކިކޮށް، ރަޖިސްޓްރީ ވެސް ހަވާލުކޮށް ނިންމާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ސްކީމުގެ ދަށުން މިހާރު ތަރައްޤީކުރަން ނިންމާފައިވާ ހުރިހާ ބޯހިޔާވަހި ކަމަކީ، އެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތް ހަމަޖެހިފައިވާ މަސައްކަތްތަކެއް ކަމަށެވެ. އަދި މިއީ އާއިލީ ބޯހިޔާވަހިކަމަށް ޚާއްޞަ ސްކީމެއް ނަމަވެސް، ވަކިވަކި ފަރުދުންނަށްވެސް ފޯމު ހުށައެޅޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އަޅުގަނޑުމެން މި ދައުރު ތެރޭގައި ގޯތިތައް ދީ ރަޖިސްޓްރީ ހަދާ، އިން ވަކިކޮށް ގޯތި ހަވާލު ކުރާނަން. އަޅުގަނޑުމެން އިއުލާން ކުރާ 7،900 ފްލެޓަކީ މިހާތަނަށް ފައިނޭންސް ޔަޤީންވެފައިވާފުލެޓް ތަކުގެ އަދަދު. 
ޑރ.ޢަބްދުﷲ މުއްތަލިބު

މުއްތަލިބު ވިދާޅުވީ ކުރިމަތިލާން މިހާރު ހުޅުވާލާފައިވާ 7،900 ފްލެޓަކީ އެޅޭނެކަން މިހާރު ޔަގީންވެފައިވާ އަދަދު ކަމަށާއި އެއަށްވުރެ ގިނައިން ވެސް ފްލެޓްތައް އެޅޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. މިގޮތުން ބެންކް އޮފް މޯލްޑިވްސް އިން އިމާރާތްކުރާ ފްލެޓްތައް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށާއި އިންޑިއާ ސަރުކާރުން އަޅަން ޔަގީންކަން ދީފައިވާ 4،000 ފްލެޓްގެ މަސައްކަތް ކުރިއަށްދާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އޭގެއިތުރުން ސައުދީ ފަަންޑާއި އެހެނިހެން ތަންތަނުން ވެސް ފްލެޓްތައް އަޅަން ޔަގީންކަން ލިބިފައިވާކަން މުއްތަލިބު ފާހަގަކުރެއްވި އެވެ. މުއްތަލިބު ވިދާޅުވީ ސަރުކާރަކުން ބޯހިޔާވެހިކަމުގެ މަޝްރޫއެއް ފަށައިގެން އެ ބޯހިޔާވެހިކަމުގެ މަޝްރޫއެއް ދައުރުގެ ތެރޭގައި ނިންމާ ހަމައެކަނި ސަރުކާރަށް މި ސަރުކާރު ވެގެންދާނެ ކަމަށެވެ. 

މި ސަރުކާރުން ވަނީ 7،900 ފުލެޓާއި، 1250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ނިންމާފަ އެވެ.

ޑރ. އަބްދުﷲ މުއްތަލިބުބޯހިޔާވަހިކަން އެންމެންނަށްއާއިލީ ބޯހިޔާވަހިކަންހައުސިންގް މިނިސްޓްރީ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2026

"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް އަށް އެދި ކުރިމަތިލާން ހުޅުވާލައިފި

18 ޖެނުއަރީ 2026
"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް އަށް އެދި ކުރިމަތިލާން ހުޅުވާލައިފި
15 ޖެނުއަރީ 2026

މާލެ ސަރަހައްދުން ދޫކުރާ ބިމާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލުން އާދިއްތަ ދުވަހަށް ފަސްކޮށްފި

15 ޖެނުއަރީ 2026
މާލެ ސަރަހައްދުން ދޫކުރާ ބިމާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލުން އާދިއްތަ ދުވަހަށް ފަސްކޮށްފި
15 ޖެނުއަރީ 2026

ފުށިދިއްގަރު ފަޅުން ބޯހިޔާވަހިކަން ހޯދުމަށް ފޯމް ހުށަނޭޅުމަށް ގޮވާލައިފި

15 ޖެނުއަރީ 2026
ފުށިދިއްގަރު ފަޅުން ބޯހިޔާވަހިކަން ހޯދުމަށް ފޯމް ހުށަނޭޅުމަށް ގޮވާލައިފި
03 ޖެނުއަރީ 2026

"އެމްޑީޕީ އިން ތުޅާދޫގައި ގާއިމުކުރި ހައުސިންގ ޔުނިޓުތަކަށް މިނިސްޓްރީން ހުޅުވައިލުމަކީ ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރާ ކަމެއް"

03 ޖެނުއަރީ 2026
"އެމްޑީޕީ އިން ތުޅާދޫގައި ގާއިމުކުރި ހައުސިންގ ޔުނިޓުތަކަށް މިނިސްޓްރީން ހުޅުވައިލުމަކީ ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރާ ކަމެއް"
29 ޑިސެމްބަރު 2025

ބޯހިޔާވަހިކަމަށް ޚާއްސަ ކުރި 2025 އަހަރު ރައްޔިތުންނަށް ޔަގީން ވެގެންދިޔައީ ލިބުނު ބޯހިޔާވަހިކަން ވެސް ލޫޓުވާލިކަން!

29 ޑިސެމްބަރު 2025
ބޯހިޔާވަހިކަމަށް ޚާއްސަ ކުރި 2025 އަހަރު ރައްޔިތުންނަށް ޔަގީން ވެގެންދިޔައީ ލިބުނު ބޯހިޔާވަހިކަން ވެސް ލޫޓުވާލިކަން!
28 ޑިސެމްބަރު 2025

ގެޒެޓްކޮށްފައިވާ ފައިނަލް ލިސްޓަށް ފްލެޓް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވީ ވައުދާ ޚިލާފުވެ، ފްލެޓު ލިބުނު 450 ށް ވުރެ ގިނަ މީހުންގެ އަތުން ފްލެޓު އަތުލި ކަމަށް އެއްބަސްވެއްޖެ

ކުރީ ސަރުކާރުން އާންމު ކުރި ފުލެޓު ލިބޭ މީހުން ގެ ލިސްޓް އިން އުނި ކުރި މީހުންގެ އަދަދު ހާމައެއް ނުކުރި!

28 ޑިސެމްބަރު 2025
ކުރީ ސަރުކާރުން އާންމު ކުރި ފުލެޓު ލިބޭ މީހުން ގެ ލިސްޓް އިން އުނި ކުރި މީހުންގެ އަދަދު ހާމައެއް ނުކުރި!
28 ޑިސެމްބަރު 2025

ދީފައި އޮތް ތަނަކުން ގޯތި ދެއްވާނެ ކަމަށް މުއިއްޒު ވީ ވައުދާ ޚިލާފަށް ގިރާވަރު ފަޅުން ދޭން ނިންމާފައި އޮތް 1،114 ގޯތި ގުޅީފަޅަށް ބަދަލުކުރަނީ

28 ޑިސެމްބަރު 2025
ދީފައި އޮތް ތަނަކުން ގޯތި ދެއްވާނެ ކަމަށް މުއިއްޒު ވީ ވައުދާ ޚިލާފަށް ގިރާވަރު ފަޅުން ދޭން ނިންމާފައި އޮތް 1،114 ގޯތި ގުޅީފަޅަށް ބަދަލުކުރަނީ
21 ޑިސެމްބަރު 2025

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު

21 ޑިސެމްބަރު 2025
ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު
20 ޑިސެމްބަރު 2025

ހުޅުމާލެ ފޭސް ތިނަކުން 7 ސައިޒެއްގެ 698 ގޯތީގެ ގުރު ނެގުން ފަށައިފި

20 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް ތިނަކުން 7 ސައިޒެއްގެ 698 ގޯތީގެ ގުރު ނެގުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް