Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވިލިމާލެ ހޮސްޕިޓަލް

ވިލިމާލެ އައު ހޮސްޕިޓަލްގެ ކުރެހުންތަކާއެކު އަނެއްކާ ވެސް ރައްޔިތުންނަށް ހުވަފެނެއް؟

ކައުންސިލް އިންތިޚާބު ބޯމަތިވެފައިވަނިކޮށް، ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި. ސަރުކާރުން 2024 އަދި 2025 ގައި ވެސް އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވެސް ބުނެފައިވޭ. މިހާރު މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އަމަލީ މަސައްކަތް ފެށުމަކީ އަމާޒެއް ކަމަށް ބުނި ނަމަވެސް ޔަގީންކަން ނުދޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2026 | ހޯމަ 11:44
ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ ކުރެހުމެއް

ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ ކުރެހުމެއް | މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗަރ

ރާއްޖެއިން ރަނގަޅު ސިއްހީ ޚިދުމަތް ނުލިބޭ ޝަކުވާ އަކީ އާއްމު ޝަކުވާ އެކެވެ. މިޝަކުވާ ބޮޑުވެފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގަ އެވެ. އެއީ މީގެ ކުރިން ލިބުނު ޚިދުމަތްތައް މިހާރު ނުލިބޭތީ އެވެ. މުޅި ރާއްޖޭގެ 4 ސަރަހައްދުން އަދި މާލެސިޓީގެ ބޭސްފަރުވާގެ ހުރިހާ ޚިދުމަތެއް ރަނގަޅު ކޮށްދެއްވާނެ ކަމަށާއި، ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ވެސް ޒަމާނީ ފެންވަރުގެ ބޮޑު ހޮސްޕިޓަލެއް ގާއިމް ކޮށްދެވާނެ ކަމުގެ ހުވަފެން ރިޔާސީ އިންތިޚާބާއި، ރައްޔިތުން މަޖިލީހުގެ ކެންޕޭންގެ ތެރޭގައި ވެސް އެމަނިކުފާނު ދެއްވި އެވެ. 

އަނެއްކާ ވެސް ރާއްޖެ ކުރިމަތިލަމުން މިދަނީ އިންތިޚާބަކަށެވެ. އެއާއެކު މިހާރު އައު މަޝްރޫއުތައް ފެށުމާއި، އެއްބަސްވުންތަކުގައި ސޮއިކުރާ މަންޒަރު ފެނުން ގިނަވާނެ ކަމާމެދު ޝައްކެތް ނެތެވެ. ލޯކަލް ކައުންސިލް އިންތިޚާބަށް ކުޑަތަން ވެފައިވަނިކޮށް، އަނެއްކާ ވެސް މިވަނީ ވިލިމާލޭގައި އަޅާ ހޮސްޕިޓަލް ގެ އަމަލީ މަސައްކަތް ފެށުމަށް ބޮޑު ރަސްމިއްޔާތެއް ބާއްވައި، އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. 

ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކުރުން
ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކުރުން

ބިނާރާ ބެހޭ ވުޒާރާ އިން މައުލޫމާތުދޭ ގޮތުގައި، ދެން ކުރިއަށްދާނީ ބީލަމުގެ އުސޫލުން މި މަޝްރޫއުއަށް ކޮންޓްރެކްޓަރެއް ކަނޑައެޅުމުގެ މަރުހަލާ އެވެ. އަދި ކޮންޓްރެކްޓަރަކު ހޯދާ، މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ފެށުމަކީ އަމާޒެއް ކަމަށް ވެސް އެ ވުޒާރާ އިން ބުނެފައިވެ އެވެ. 

އެހެންކަމުން މަޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ވެސް ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އަޅާ 112 އެނދުގެ ޓާޝަރީ ފެންވަރުގެ މި ހޮސްޕިޓަލް ގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގެ އުއްމީދެއް ނެތެވެ. 

އެއީ މިހޮސްޕިޓަލާ ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހުތައް ދީފައިވާތީ އެވެ. 2024 ވަނަ އަހަރުގެ ތެރޭގައި ވެސް އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިސަރުކާރުން ބުނެފައިވެ އެވެ.

ރިޔާސީ ބަޔާން 2025 އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ހޮސްޕިޓަލުގެ ދަތިކަން ހައްލު ކުރުމަށް، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ވެސް 2025 ގައި ފެށޭނެ ކަމަށެވެ.

އޭގެފަހުން 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ވިލިމާލެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހޮސްޕިޓަލެއް އެޅުމަށް ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށާއި، ފަންޑިންގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް 2025 ވަނަ އަހަރު ނިމިގެންދިޔައިރު ވެސް މި ހޮސްޕިޓަލް ގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައިނުވެ އެވެ.

އަނެއްކާ ވެސް 2026 ވަނަ އަހަރާއެކު، ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައިވަނިކޮށް، އަމަލީ މަސައްކަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކުރި މަންޒަރު ރައްޔިތުންނަށް މިވަނީ ދައްކާފަ އެވެ. އަދި މިއަހަރުގެ 3 ވަނަ ކުއާޓަރުގައި އަމަލީ މަސައްކަތް ފެށޭނެ އުއްމީދެއް ދިން ނަމަވެސް ޔަގީންކަން ނުދެ އެވެ. އެހެންކަމުން މި މަޝްރޫއު ކުރިއަށް ގެންދިޔުމުގައި ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ކަމާމެދު ސުވާލު އުފެދޭނުންތޯ އެވެ.

ވިލިމާލެ ލޯކަލް ކައުންސިލް އިންތިޚާބު 2026ސިއްހީ ދާއިރާވިލިމާލޭ ހޮސްޕިޓަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިނަދޫ ސިޓީގެ ތަރައްގީ ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމުގެ މާހައުލެއް ގާއިމް ކުރުމަށް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދޭން ޖެހޭ: މޭޔަރު ސައުދު

ތިނަދޫ ސިޓީގެ ތަރައްގީ ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމުގެ މާހައުލެއް ގާއިމް ކުރުމަށް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދޭން ޖެހޭ: މޭޔަރު ސައުދު

18 ޖެނުއަރީ 2026
ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ވެރިކަމެއް ކުރުމުގެ ނިޒާމް ބައްޓަން ކޮށްދިނީ އެމްޑީޕީ އިން: އަލީ ނިޒާރު

ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ވެރިކަމެއް ކުރުމުގެ ނިޒާމް ބައްޓަން ކޮށްދިނީ އެމްޑީޕީ އިން: އަލީ ނިޒާރު

18 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ކައުންސިލް އިންތިޚާބާ ދިމާކޮށް ހީލަތްތެރި ރޭވުންތަކެއް ރާވަމުން: ފަލާހް

ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ކައުންސިލް އިންތިޚާބާ ދިމާކޮށް ހީލަތްތެރި ރޭވުންތަކެއް ރާވަމުން: ފަލާހް

17 ޖެނުއަރީ 2026
ފެހެންދޫގެ ވޯޓުގެ ނަތީޖާ އެއްވަރުވުމާއި ގުޅިގެން މިހަފްތާ ތެރޭގައި އިންތިޚާބު ބާއްވާނަން: ފަލާހު

ފެހެންދޫގެ ވޯޓުގެ ނަތީޖާ އެއްވަރުވުމާއި ގުޅިގެން މިހަފްތާ ތެރޭގައި އިންތިޚާބު ބާއްވާނަން: ފަލާހު

17 ޖެނުއަރީ 2026
ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް ސައުދު ކާމިޔާބު ކުރައްވައިފި

ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް ސައުދު ކާމިޔާބު ކުރައްވައިފި

17 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު