Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޗައިނާ-ރާއްޖެ

ޗައިނާ އިން މުއިއްޒު ސަރުކާާރަށް އައު ލޯނެއް ނުދޭނެ، ނަގާފައި ހުރި ލޯނުތައް 5 އަހަރަށް ފަސްކޮށްދޭން ވީ އެއްބަސްވުން ވަނީ ސިއްރުކޮށްފައި، ލޯނު ތައް އެޅޭނީ ދެން އަންނަ ސަރުކާރެއްގެ ބޮލުގައި: އޯއާރްއެފް

އޯއާރުއެފްގެ ދިރާސާއިން ދައްކާގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އިން 1.4 ބިލިއަން އާއި 3.1 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ނަގާފައިވާ ލޯނުތައް ރައީސް ސޯލިހުގެ ވެރިކަމުގައި ދައްކަން ފަށާފައިވީ ނަމަވެސް، ޗައިނާގެ ސިޔާސަތު ބަދަލުވެ، ރާއްޖެއަށް މުއިއްޒުގެ ވެރިކަމުގައި އިތުރު ލޯނެއް ނުދޭން ވަނީ ނިންމާފައި. އެހެން ނަމަވެސް 2025 ވަނަ އަހަރުގެ އޮކްޓޯބަރުގައި ދަރަނިތައް 5 އަހަރަށް ފަސްކޮށްދިނުމަށް އެއްބަސްވެފައި ވުމާއެކު ޗައިނާގެ ލޯނުތަކުގެ ބުރައިގެ ބާކީ އުފުލަން ޖެހޭނީ ދެން އަންނަ ސަރުކާރަކުން.

ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2025 | އާދީއްތަ 11:59
ޗައިނާގެ ބެއިޖިންގައި ޖެނުއަރީ 9، 2024 ގައި ޓިއަންއަންމެން ސްކުއަރގައި ރާއްޖެ އާއި ޗައިނާގެ ގައުމީ ދިދަ ވިހުރެނީ

ޗައިނާގެ ބެއިޖިންގައި ޖެނުއަރީ 9، 2024 ގައި ޓިއަންއަންމެން ސްކުއަރގައި ރާއްޖެ އާއި ޗައިނާގެ ގައުމީ ދިދަ ވިހުރެނީ

ޗައިނާ އިން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެން އައު ލޯނެއް ނުދޭނެ ކަމަށާއި، އެހެން ނަމަވެސް ނަގާފައި ހުރި ލޯނުތައް 5 އަހަރަށް ފަސްކޮށްދޭން ވަނީ އެއްބަސްވެފައި ކަމަށާއި އެއާއެކު ޗައިނާ އަށް ދައްކަން ހުރި ލޯނު ތަކުގެ ބާކީ އެޅޭނީ ދެން އަންނަ ސަރުކާރެއްގެ ބޮލުގައި ކަމަށް އޮބްޒާވަރ ރިސާޗް ފައުންޑޭޝަން (އޯއާރުއެފް) އިން ޝާއިއު ކުރި ދިރާސާ ރިޕޯޓެއް ގައި ބުނެފި އެވެ.

އެ ދިރާސާ ގައި ފާހަގަ ކޮށްފައިވާ ގޮތުގައި ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި (2013-2018) ދިވެހިރާއްޖޭގައި ޗައިނާގެ ނުފޫޒު ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. މި ދުވަސްވަރު ދިވެހި ސަރުކާރުން ވަނީ ބޮޑެތި އަދަދުތަކުން ޗައިނާ ގެ ފައިސާ ތަރައްޤީގެ މަޝްރޫޢުތަކަށް، ލޯނުގެ ގޮތުގައްޔާއި ދައުލަތުގެ ގެރެންޓީގެ ގޮތުގައި ހޯދާފަ އެވެ. ޗައިނާ އިން ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރާއި 3.1 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ބޮޑެތި ދަރަނިތަކެއް ނަގާފައިވެ އެވެ. ކޮވިޑް-19 ބަލިމަޑުކަން ރާއްޖެއަށް ކުރިމަތިވި އިރު، ދަރަނިތައް އޮތީ ދައްކަން ފަށަން ޖެހިފައެވެ. އޭގެ ބުރަ އުފުލާން ފަށަށް ޖެހުނީ ފަހުން އައި އިބްރާހިމް ސޯލިހުގެ ސަރުކާރަށެވެ. ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ޗައިނާގެ ދަރަނިތައް ދައްކަން ފަށާފައެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ވެސް ރާއްޖޭގައި އޮތީ ދަރަނި ބޮޑުވެފައިވާ އިޤްތިޞާދެކެވެ. ބެއިޖިން އާ ޕީޕީއެމް ގެ ވެރިންނާ އޮތް ގާތް ގުޅުންތަކުގެ ބޭނުން ހިފައި، ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ވަނީ ދަރަނި ރީސްޓްރަކްޗަރ ކޮށްދިނުމަށާއި އިތުރު ލޯނުތަކަށް އެދިވަޑައިގެންފައި ކަމަށް އެ ލިޔުމުގައިވެ އެވެ. 

އޭރު މަޝްރޫޢުތަކަށް ޗައިނާ އިން ފައިސާ ހޯދައިގެން މަސައްކަތް ކުރަމުން ދިޔައިރު، ބޮޑެތި މަޝްރޫއުތައް ހިންގަމުން ވެސް ގެންދިޔައީ ޗައިނާގެ ދައުލަތުގެ ކުންފުނިތަކުންނެވެ. ނަމަވެސް، އޯއާރްއެފް ގެ ދިރާސާ ގައި ބުނެފައި ވަނީ މިހާރު ޗައިނާ އިން ތަރައްގީ ގައި ބައިވެރިވާ ގޮތް ތަފާތު ކަމަށެވެ. ޗައިނާގެ ކުންފުނިތަކުން މަޝްރޫއުތައް ހިންގުމުގައި ބައިވެރިވާ އިރު، ފައިސާ އަންނަނީ ޗައިނާ އަކުން ނޫނެވެ. ފަންޑު ކުރަނީ ދިވެހި ސަރުކާރުންނެވެ. ނުވަތަ ކޮންމެވެސް އެހެން ފަރާތަކުންނެވެ. 

އޯއާރްއެފް ގެ ދިރާސާ ރިޕޯޓުގައި ބުނެފައިވަނީ، ޗައިނާ އިން ވަނީ ރާއްޖެ އަށް އިތުރު ލޯނު ދިނުމަށް ދެކޮޅު ހަދާފައި ކަމަށެވެ. މީގެ އެތައް ސަބަބުތަކެއް ހުރެދާނެކަން ފާހަގަ ކުަރަމުން ބުނެފައި ވަނީ ޗައިނާއިން ބޮޑެތި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް ވުރެ ކުދި މަޝްރޫޢުތަކަށް މިހާރު އިސްކަންދިނުމާއި، ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ހިންގަމުން ދިޔަ ހަރަކާތްތައް ދުނިޔޭގެ ފެންވަރުގައި މަޑުޖެހުމާއި؛ ރައީސް މުޢިއްޒު އަށާއި ދިވެހި އިޤްތިޞާދަށް އޮތް އިތުބާރު ކުޑަވުން ހިމެނޭ ކަމަށެވެ. ދަރަނީގެ ދަންތުރަ އެއްގެ ގޮތުގައި ސިފަކުރުމުގެ ނުރައްކަލާއި، ސްރީލަންކާގެ ދަރަނި ރީސްޓްރަކްޗަރ ކުރުމުގައި ލިބުނު ގެއްލުންތައް ވެސް މި ނިންމުން ނިންމުމުގައި ރިއާޔަތް ކޮށްފައިވުން އެކަށީގެންވާ ކަމަށް ލިޔުމުގައިވެ އެވެ. އޭރުގެ ޗައިނާގެ އެންވޯއީ ވިދާޅުވެފައިވަނީ ލޯނު ރީސްޓްރަކްޗަރ ކުރުމަކީ އައު ލޯނުތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިކުރާނެ ކަމެއް ކަމަށެވެ.

މިކަން މިހެން ހުރުމާއެކު، ޗައިނާގެ ސަމާލުކަން މުޅިންހެން ހުރީ ދަރަނި ރީސްޓްރަކްޗަރ ކުރުމަށެވެ. 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް މުޢިއްޒު ބެއިޖިންއަށް ކުރެއްވި ދަތުރުފުޅުގައި، މަޝްވަރާތައް ދިގުދެމިގެން ދިޔަ ނަމަވެސް، ޗައިނާ ސަރުކާރުން ވަނީ ދަރަނީގެ ކަންކަމުގައި ލުޔެއް ދިނުމަށް އެއްބަސްވެފައެވެ.

މި ފާއިތުވި މުއްދަތުގެ ތެރޭގައި، ޗައިނާގެ ދަރަނީގެ ސްޓޮކް ދަށްވަމުން ދިޔުމުން ދައްކުވައިދިނީ ދިވެހި ސަރުކާރުން ލޯނުތައް ދައްކަމުން ދިޔަ ކަމެވެ. ހޯދުންތަކުން އެނގޭ ގޮތުގައި 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރު (ޖުލައި-ސެޕްޓެމްބަރު) އާއި 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރު (ޖުލައި-ސެޕްޓެމްބަރު) އާ ދެމެދު، ޗައިނާގެ މައިގަނޑު ލޯނުދޭ ފަރާތްތަކަށް ދައްކަންޖެހޭ ގާތްގަނޑަކަށް 78 މިލިއަން ޑޮލަރު ވަނީ ދައްކާފައެވެ. މީގެ އިތުރުން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗައިނާއިން ވަނީ 75 މިލިއަން ޑޮލަރުގެ ރީފައިނޭންސިން އެއް ވެސް ހަދައިދީފަ އެވެ.

ދަރަނި ލުއިކުރުމުގެ އެއްބަސްވުމެއް ދެ ގައުމުގެ ދެމެދުގައި 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ފައިނަލް ކުރެވިފައިވާ ކަމަށް އޯއާރްއެފް ގެ ދިރާސާ ގައި ފާހަގަ ކޮށްފައިވެއެވެ. މި އެއްބަސްވުން އާންމުކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މިއީ ކުރިން ކުރެވިފައިވާ މަޝްވަރާތަކާއި ވެފައިވާ ވައުދުތަކުގެ މައްޗަށް ބިނާވެފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ޗައިނާގެ ދަރަނި ފަސް އަހަރު ދުވަހަށް ފަސްކުރުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދަރަނީގެ ބުރަ އަންނަން އޮތް ސަރުކާރުގެ މައްޗަށް ފުރޮޅިގެންދާނެ ކަމަށް އޯއާރްއެފް އިން ބުނެފައިވެ އެވެ.

މަސްދަރު: އޮބްޒާވަރ ރިސާޗް ފައުންޑޭޝަން

ޗައިނާ-ރާއްޖެއޯއާރްއެފްބެލްޓް އެންޑް ރޯޑް

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި

މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި

23 ސެޕްޓެމްބަރު 2025
ސަރުކާރުން ގެރެންޓީދީގެން، ކައުންސިލް އިމާރާތްތަށް އަޅަން އާރުސީސީއަށް ބިލިއަނެއްހާ ރުފިޔާގެ ލޯނެއް!

ސަރުކާރުން ގެރެންޓީދީގެން، ކައުންސިލް އިމާރާތްތަށް އަޅަން އާރުސީސީއަށް ބިލިއަނެއްހާ ރުފިޔާގެ ލޯނެއް!

10 ސެޕްޓެމްބަރު 2025
ޗައިނާ އާއި ރާއްޖޭގެ ވިޔަފާރި ގުޅުން އިތުރަށް ވަރުގަދަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް: މިނިސްޓަރު ސައީދު

ޗައިނާ އާއި ރާއްޖޭގެ ވިޔަފާރި ގުޅުން އިތުރަށް ވަރުގަދަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް: މިނިސްޓަރު ސައީދު

01 ސެޕްޓެމްބަރު 2025
ޗައިނާއިން ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ދެ ރައީސުން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި

ޗައިނާއިން ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ދެ ރައީސުން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި

31 އޯގަސްޓު 2025
ކްރިޕްޓޯ ކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން އޮޅުވާލައިގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން 2.9 މިލިއަން ރުފިޔާ ނަގައިފި

ކްރިޕްޓޯ ކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން އޮޅުވާލައިގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން 2.9 މިލިއަން ރުފިޔާ ނަގައިފި

19 އޯގަސްޓު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު