Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޯހިޔާވަހިކަން

ބޯހިޔާވަހިކަމަށް ޚާއްސަ ކުރި 2025 އަހަރު ރައްޔިތުންނަށް ޔަގީން ވެގެންދިޔައީ ލިބުނު ބޯހިޔާވަހިކަން ވެސް ލޫޓުވާލިކަން!

ރައީސް މުއިއްޒުގެ ސަރުކާރުން 2025 ވަނަ އަހަރު ބޯހިޔާވަހިކަމުގެ އަހަރުގެ ގޮތުގައި ޕްރޮމޯޓްކުރި ނަމަވެސް އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިފައެއް ނުވޭ. ކުރީ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުއްޓުވައި، 450 އަށްވުރެ ގިނަ ރައްޔިތުންގެ އަތުން ފްލެޓު އަތުލިކަން މިވަނީ ކަށަވަރު ކުރެވިފައި. މީގެ އިތުރުން ބޯހިޔާވަކަމުގައި ރައީސް މުއިއްޒުގެ އެންމެ ބޮޑު ތަސައްވުރު ކަމަށްވާ ރަސްމާލެ މަޝްރޫއު ވެސް އޮތީ ފެއިލް ވެފައި. މިމަޝްރޫއު 2025 ވަނަ އަހަރު ނިންމާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް މިމަޝްރޫއު ނިމޭނެ ކަމަށް ސަރުކާރުން ބުނެފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2025 | ހޯމަ 10:27
ބޯހިޔާވަހިކަމުގެ މައްސަލަ

ބޯހިޔާވަހިކަމުގެ މައްސަލަ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން 2025 ވަނަ އަހަރު ޕްރޮމޯޓް ކުރަމުންދިޔައީ ބޯހިޔާވަހިކަމުގެ އަހަރުގެ ގޮތުގަ އެވެ. ރިޔާސީ އިންތިޚާބުގެ ކެންޕޭން ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ބޯހިޔާވަހިކަމާ ގުޅޭގޮތުން ވަރަށް ބޮޑެތި ހުވަފެން ތަކެއް ރައްޔިތުންނަށް އެމަނިކުފާނު ދަނީ ދައްކަމުންނެވެ. ބޯހިޔާވަހިކަމާ ގުޅޭގޮތުން އެކި ރަށްރަށުގައި އެކި ފަހަރުމަތިން ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި އެވެ. އެވަރުން ނުފުދިގެން މިއަހަރުގެ ބަޖެޓު ވެސް ބޯހިޔާވަހިކަމަށް ޚާއްސަ ކޮށްފައިވާ ކަަމަށް ވިދާޅުވެ، އެގޮތަށް ބަޖެޓު ވެސް ޕްރޮމޯޓް ކުރި އެވެ.

ނަމަވެސް 2025 ވަނަ އަހަރު މިސަރުކާރަށް ބޯހިޔާވަހިކަމާ ގުޅުންހުރި އެންމެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިފައިނުވެ އެވެ. ކުރީ ސަރުކާރުގައި ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ މަސައްކަތްތައް ގިނަ ދުވަސްތަކަކަށް އޮތީ ހުއްޓުވާފަ އެވެ. ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށް ނުދެ އެވެ. 2025 ވަނަ އަހަރުގެ ޑިސެންބަރު މަހު ހުޅުމާލެ ފޭސް-3 ހިއްކުމުގެ މަސައްކަތް ފެށި ނަމަވެސް މި މަޝްރޫއު އެއްކޮށް ނިންމާނެ ކަމަށް އެކިއެކި ތާރީޚުތައް ދީފައިވެ އެވެ. އަދި ކުރީ ސަރުކާރުގައި ނިންމާފައިވާ ގެދޮރުވެރިޔާ ފްލެޓުތައް ވެސް ލިބުނު ހުރިހާ ރައްޔިތުންނަށް ތަޅުދަނޑި ހަވާލު ކުރެވިފައިނުވާއިރު، ބިންވެރިޔާ ސްކީމުން ދޫކޮށްފައިވާ ގޯތިތައް ވެސް އޮތީ ވާނުވާގަ އެވެ. 

 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ ރަން ޒަމާނެއްގެ ފެށުން ކަމަށް މިސަރުކާރުން ބުނި ނަމަވެސް 28 ޑިސެންބަރު 2025 ގައި ދިވެހި ރައްޔިތުންނަށް ހާމަވެގެން ދިޔައީ ގެދޮރުވެރިޔާ ފްލެޓު ލިބުނު މީހުންގެ ތެރެއިން ގިނަ ބައެއްގެ އަތުން މިސަރުކާރުން ފްލެޓު އަތުލި ކަމެވެ. މީގެ ކުރިން ރަށުތެރޭގައި އެކިއެކި ގޮތްގޮތަށް އެވާހަކަތައް ދެކެވުނު ނަމަވެސް ސަރުކާރުން މިކަމަށް އެއްބަސްވެފައިނުވާތީ ހިޔާލު ތަފާތުވުން އޮތީ އުފެދިފަ އެވެ. މުޅި އަހަރު ތެރޭގައި ރައީސް މުއިއްޒުގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވަމުން ގެންދެވީ ފްލެޓާއި ގޯތި ދޭނެ ވާހަކަ އެވެ. ނަމަވެސް 2025 ވަނަ އަހަރު އެއީ ބޮޑު ދޮގެއްކަން ހާމަވެ، 450ށް ވުރެ ގިނަ ރައްޔިތުންގެ އަތުން ފްލެޓު އަތުލިކަން މިވަނީ ކަށަވަރު ކުރެވިފަ އެވެ. 

މީގެ އިތުރުން ބޯހިޔާވަކަމުގައި ރައީސް މުއިއްޒުގެ އެންމެ ބޮޑު ތަސައްވުރު ކަމަށްވާ ރަސްމާލެ މަޝްރޫއު ވެސް އޮތީ ފެއިލް ވެފަ އެވެ. ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުއްޓުވުމަށްފަހު، އެމަނިކުފާނު ދައުރުގެ ފުރަތަމަ 2 މަސްތެރޭ ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި ރަސްމާލެ ނިންމުމަށް ވެސް ގިނަ ތަރީހުތަކެއް ދެއްވި އެވެ.

18 ޑިސެންބަރު 2023 ގައި މަސައްކަތް ފަށައި ޖުމްލަ އަށް މަހުން ހިއްކަން ބުނި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގައި ހިމެނެނީ ޖުމްލަ 1153 ހެކްޓަރުގެ ބިމެވެ. އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އަށް މަސް ދުވަހުން ރަސްމާލެ ހިއްކާ ނިމޭނެ ކަމަށެވެ.

ނަމަވެސް، އޭގެފަހުން 27 ޖުލައި 2024 ގައި ރައީސް މުއިއްޒު ވަނީ މި މަޝްރޫއު ނިންމުމަށް އިތުރު އަށް މަސް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެފަހުން ވެސް މަސައްކަތް ކުރިއަށް ނުދެ އެވެ. އަދި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރަސްމާލެ ހިއްކާ ނިންމޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ހިއްކިފައިވަނީ ގާތްގަނޑަކަށް 215 ހެކްޓަރު ބިމެވެ. މި މަޝްރޫއު އެއްކޮށް ހިއްކާ ނުނިމޭނެކަން ޔަގީންވުމާއެކު މިހާރު މިމަޝްރޫއު ނިންމާނެ ކަމަށް ބުނެފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ކަމަށެވެ.

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ އިތުރުން އަތޮޅުތެރޭގެ ހާލަތު ވެސް އޮތީ މި ގޮތަށެވެ. ކުރީ ސަރުކާރުގައި ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވެސް ކުރިއަށް ނުގެންދެ އެވެ. ބައެއް ރަށްރަށުގައި އިމާރާތް ކޮށްފައިވާ ރޯ ހައުސްތަކާ ފްލެޓުތައް ހަލާކު ވާން ވަނީ ދޫކޮށްލާފަ އެވެ. މިފަހުން ބ.ތުޅާދޫ ރޯހައުސް އަދި ޅ.ހިންނަވަރުގެ ހައުސިން ޔުނިޓްތައް ވީރާނާ ވަމުންދާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކޮށްފައިވެ އެވެ.

ރާއްޖޭގެ އުތުރުގައި 20000 ހައުސިން ޔުނިޓް އަދި ދެކުނުގައި 20000 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާއިރު، އެއްބަސްވުންތަކުގައި ސޮއި ކުރުމާއި، މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން ހޯދުމަށް އިއުލާން ކުރުމަށްފަހު ބާތިލް ކުރުން ފިޔަވައި އެއްވެސް ކަމެއް ހިނގާފައިނުވެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް ދެއަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިއީ ރައްޔިތުން ބޯހިޔާވަހިކަމުން މަހުރޫމް ވެގެން ދިޔަ ދެ އަހަރެވެ. ބޯހިޔާވަހިކަމަށް ޚާއްސަކުރި 2025 ވަނަ އަހަރުން ރައްޔިތުންނަށް ޔަގީން ކުރެވިގެން ދިޔައީ ރައްޔިތުންނަށް ލިބުނު ބޯހިޔާވަހިކަން ވެސް ސަރުކާރުން ލޫޓުވައިފި ކަމެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުބޯހިޔާވަހިކަންޑރ. އަބްދުﷲ މުއްތަލިބުގެދޮރުވެރިޔާ ފްލެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭ ގައި އޮތީ ކޮން ނިޒާމެއް ކަމެއް ނޭނގޭ، މިއީ ދިމްޔާތުން މޮޑެފައިވާ ވާނުވާ ނޭނގޭ ނިޒާމެއް: ވަކީލް ނިޝާން

ރާއްޖޭ ގައި އޮތީ ކޮން ނިޒާމެއް ކަމެއް ނޭނގޭ، މިއީ ދިމްޔާތުން މޮޑެފައިވާ ވާނުވާ ނޭނގޭ ނިޒާމެއް: ވަކީލް ނިޝާން

31 ޑިސެމްބަރު 2025
ފާޑު ކިޔުން ބޮޑުވުމާ ގުޅިގެން ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ

ފާޑު ކިޔުން ބޮޑުވުމާ ގުޅިގެން ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ

31 ޑިސެމްބަރު 2025
ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް

ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް

31 ޑިސެމްބަރު 2025
2025: ސަރުކާރެއް ހިންގަން ނޭނގުނު އަހަރެއް!

2025: ސަރުކާރެއް ހިންގަން ނޭނގުނު އަހަރެއް!

30 ޑިސެމްބަރު 2025
2025: ރައްޔިތުންނަށް އެންމެ ގިނަ އަދަދެއްގެ ބިންގާ ފެނުނު އަހަރު!

2025: ރައްޔިތުންނަށް އެންމެ ގިނަ އަދަދެއްގެ ބިންގާ ފެނުނު އަހަރު!

30 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު