Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގިރާވަރުފަޅު-ގުޅީފަޅު

ދީފައި އޮތް ތަނަކުން ގޯތި ދެއްވާނެ ކަމަށް މުއިއްޒު ވީ ވައުދާ ޚިލާފަށް ގިރާވަރު ފަޅުން ދޭން ނިންމާފައި އޮތް 1،114 ގޯތި ގުޅީފަޅަށް ބަދަލުކުރަނީ

28 ޑިސެމްބަރު 2025 | އާދީއްތަ 09:49

ގިރާވަރުފަޅުން ދޭން ނިންމި 1،114 ގޯތި ގުޅީފަޅަށް ބަދަލު ކުރީ ގިރާވަރުފަޅުގައި ދިރިއުޅުމުގެ އެކަށީގެންވާ މާހައުލު ނެތުމުން ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވި. ހިއްކުން ހުއްޓިފައި އޮތް ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި ޖެނުއަރީ މަހު ގުރުނެގުން ބާއްވާނެ ކަމަށާއި ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ގޯތިތައް ހަވާލު ކުރާނެ ކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވި.

ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2025 | އާދީއްތަ 09:49
ގިރާވަރު ފަޅުން ހިއްކާފައިވާ ސަރަަހައްދު

ގިރާވަރު ފަޅުން ހިއްކާފައިވާ ސަރަަހައްދު

އެމީހަކަށް ގޯތި ދީފައި އޮތް ތަނަކުން ދީފައި އޮތް މިންވަރަކަށް ގޯތި ދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވީ ވައުދާ ޚިލާފުވެ ގިރާވަރުފަޅުން ދޭން ނިންމި 1،114 ގޯތި ގުޅީފަޅަށް ބަދަލުކުރާ ގޮތަށް ސަރުކާރުން ހަމަ ޖައްސައިފި އެވެ.

ގޯތިތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަން އިއުލާނު ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގަ އެވެ.

ރައީސް މުއިއްޒު ގެ ސަރުކާރުން މި ގޮތަށް ނިންމި އިރު ރައީސް ސޯލިހް ގެ ސަރުކާރުން ވަނީ ގިރާވަރު ފަޅުން 5،186 ގޯތި ދޭން ނިންމާފައެވެ. އަދި ގޯތި ތައް ލިބޭ ފަރާތްތަކަށް އެކަން އޮތީ އަންގާފަ އެވެ.

އެހެން ނަމަވެސް މި ސަރުކާރުން ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް 4072 ގޯތި ނެގޭ ގޮތަށް ހަދާ ޕްލޭނަށް ގެނައި ބަދަލު ގެޒެޓް ކުރުމަށް ތައްޔާރު ވެފައިވާ ކަން ހާމަ ކުރައްވަމުން މުއްތަލިބު އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުން ގޯތިތައް ގުޅީފަޅަށް ބަދަލު ކުރަން ނިންމި ސަބަބަކީ، ގިރާވަރުފަޅުގައި އެންމެ އެކަށީގެންވާ ވަރަށް ދިރިއުޅުމުގެ މާހައުލު ގާއިމުވެފައި އޮތް ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.

ކުރީ ސަރުކާރުން 160 ހެކްޓަރުގެ ބިން ހިއްކައިގެން ގިރާވަރު ފަޅުން ގޯތި ދިނުމަށް ނިންމާ ސަރުކާރު ބަދަލުވި އިރު 50 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް އޮތީ ހިއްކާ ނިންމާފައެވެ. 

މިހާރު ހިއްކުން ހުއްޓިފައި އޮތް ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި ޖެނުއަރީ މަހު ގުރުނެގުން ބާއްވާނެ ކަމަށާއި ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ގޯތިތައް ހަވާލު ކުރާނެ ކަމަށާއި، ހުއްޓިފައި އޮތް ހިއްކުމުގެ މަސައްކަތް ހުޅުމާލެ ފޭސް ތިނެއް ހިއްކާ ނިމުމުން ފަށާނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ. އަދި ބިން ހިއްކާ ނިމެމުންދާ ވަރަކަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޮތީ ހުޅުމާލެ ފޭސް ދޭކާއި އަލަށް ހިއްކާ ހުޅުމާލޭ ފޭސް ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅުން ޖުމްލަ 9،000 ގޯތި ދޭން ނިންމައިފަ އެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ގުޅީފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައި އެ ހުރިހާ މަސައްކަތެއްގެ ސްޕީޑް އަވަސް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ވިދާޅުވީ ގިރާވަރުފަޅުން ހިއްކަން، ބާކީ އޮތް 113 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެދުވަހު ފެއްޓެވީ ކަމަށާއި ގިނަ ވެގެން ގިނަވެގެން 10 މަސް ދުވަހު ތެރޭގައި މަސައްކަތް ނިންމަވާނެ ކަމަށެވެ. އޭގެ އިތުރުން ގިރާވަރު ފަޅުން ހިއްކާ ބިމުގައި މަގު ހެދުމާއި ފެނާއި ކަރަންޓުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ޖުލައި މަހު ބަޔަކާ ހަވާލު ކޮށްގެން ފަށާނެ ކަމަށެވެ.

މަޝްރޫއުތައް ކުރިއަށް ދާ ގޮތް ބައްލަވާލެއްވުަމަށްފަހު މުއިއްޒު ވިދާޅުވީ، އެމަނިކުފާނު "ބޭނުންވަނީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާ މި ކަހަލަ ހުރިހާ މަޝްރޫއުތަކަކީ ކުރިއަށް ވުރެ މާ ބާރު ސްޕީޑުގައި ކުރިއަށް ދާ، އޭގެ ނަތީޖާ މާ ރަނގަޅަށް ނެރެދޭ، ރަނގަޅު މަޝްރޫއުތަކެއް،" ގެ  ގޮތުގައި ހެއްދެވުން ކަމުގައެވެ.

އޭގެ އިތުރުން "މާލޭގެ ރައްޔިތުން، މާލޭގައި ދިރިއުޅޭ ރައްޔިތުން ހިމެނޭހެން މި ފަސް އަހަރުގެ ތެރޭގައި ގޯއްޗެއް ނުލިބޭ، ގެދޮރެއް ނުލިބޭ އެކަކު ވެސް ނުހުންނާނެ،" ކަމަށް ވެސް މުއިއްޒު އެ ދުވަހު އޮތީ ވިދާޅުވެފަ އެވެ.

ގިރާވަރުފަޅުގުޅީފަޅުޑރ. އަބްދުﷲ މުއްތަލިބު

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ގުޅީފަޅު ކައިރިން މަރުވެފައި އޮތްވާ ފެނުނީ ޗައިނާ އަންހެނެއް

19 ޑިސެމްބަރު 2025
 ގުޅީފަޅު ކައިރިން މަރުވެފައި އޮތްވާ ފެނުނީ ޗައިނާ އަންހެނެއް
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
12 އޮކްޓޯބަރު 2025

ގިރާވަރުގެ ބައެއް ގޯތި ރަސްމާލެއަށް ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުންދީފި

12 އޮކްޓޯބަރު 2025
ގިރާވަރުގެ ބައެއް ގޯތި ރަސްމާލެއަށް ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުންދީފި
12 އޮކްޓޯބަރު 2025

ފުލެޓް ކުއްޔަށް ދޭނަމަ އަތުލެވޭ ގޮތަށް ގާނޫނުގައި ހިމަނަނީ

12 އޮކްޓޯބަރު 2025
ފުލެޓް ކުއްޔަށް ދޭނަމަ އަތުލެވޭ ގޮތަށް ގާނޫނުގައި ހިމަނަނީ
12 އޮކްޓޯބަރު 2025

75 ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތަކަށް 2 ކޮޓަރީގެ ފުލެޓް ދޭންޖެހިދާނެ: މިނިސްޓަރު މުއްތަލިބު

12 އޮކްޓޯބަރު 2025
75 ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތަކަށް 2 ކޮޓަރީގެ ފުލެޓް ދޭންޖެހިދާނެ: މިނިސްޓަރު މުއްތަލިބު
12 އޮކްޓޯބަރު 2025

މި ސަރުކާރަށް ޗޮއިސް އެއް ލިބުނު ނަމަ ގުޅީފަޅު ވެސް ހިއްކުން ހުއްޓާލާނެ: އަސްލަމް

12 އޮކްޓޯބަރު 2025
މި ސަރުކާރަށް ޗޮއިސް އެއް ލިބުނު ނަމަ ގުޅީފަޅު ވެސް ހިއްކުން ހުއްޓާލާނެ: އަސްލަމް
11 އޮކްޓޯބަރު 2025

ގެދޮރުވެރިޔާ ފްލެޓް ތައް ކުއްޔަށް ދޭނަމަ އެއްބަސްވުން ބާތިލްކޮށް އަތުލާނެ ކަމުގެ އިންޒާރު ދީފި

11 އޮކްޓޯބަރު 2025
ގެދޮރުވެރިޔާ ފްލެޓް ތައް ކުއްޔަށް ދޭނަމަ އެއްބަސްވުން ބާތިލްކޮށް އަތުލާނެ ކަމުގެ އިންޒާރު ދީފި
01 އޮކްޓޯބަރު 2025

ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ފްލެޓު ދޫކޮށް، ދިރިއުޅެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް އެ މަސައްކަތް ވެސް ފެއިލް

01 އޮކްޓޯބަރު 2025
ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ފްލެޓު ދޫކޮށް، ދިރިއުޅެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް އެ މަސައްކަތް ވެސް ފެއިލް
17 ސެޕްޓެމްބަރު 2025

އަމިއްލަ ފަރުދުންގެ ދިރިއުޅުން ހަނާވެ، ވިޔަފާރިތައް ބަނގުރޫޓްވާ އިރުވެސް ސައީދުގެ ކަމަކީ ފޮނި ބައިސާ ކެނޑުން: އަމީރު

17 ސެޕްޓެމްބަރު 2025
އަމިއްލަ ފަރުދުންގެ ދިރިއުޅުން ހަނާވެ، ވިޔަފާރިތައް ބަނގުރޫޓްވާ އިރުވެސް ސައީދުގެ ކަމަކީ ފޮނި ބައިސާ ކެނޑުން: އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް