Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަން

މާލެ ސަރަހައްދުން ދޫކުރާ ބިމާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލުން އާދިއްތަ ދުވަހަށް ފަސްކޮށްފި

މާލެ ސަރަހައްދުން ބިމާއި ފުލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލުމުގެ ތާރީހު ޖަނަވަރީ 18 އަށް ލަސްކުރީ ހަފްތާ ބަންދާއި ދިމާވާތީ ކަމަށް ބުނޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 08:18
ފުލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ބުރާސްފަތި ދުވަހު ހުޅުވާލާނެ ކަމަށް ކުރިން ބުނި ނަމަވެސް އާދިއްތަ ދުވަހަށް މިހާރު ވަނީ ބަދަލު ކޮށްފައި

ފުލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ބުރާސްފަތި ދުވަހު ހުޅުވާލާނެ ކަމަށް ކުރިން ބުނި ނަމަވެސް އާދިއްތަ ދުވަހަށް މިހާރު ވަނީ ބަދަލު ކޮށްފައި | ރާއްޖެއެމްވީ

މާލެ ސަރަހައްދުން ދޫކުރާ ބިމާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލުން އާދިއްތަ ދުވަހަށް ފަސްކޮށްފި އެވެ. 

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ބިމާއި ފުލެޓަށް އެދި ވަރަށް ގިނަ ފަރާތްތަކަކުން އެޕްލައިން ކުރާނެ ކަމަށް ލަފާ ކުރެވޭތީ އާއި ހަފްތާ ބަންދާ ދިމާކޮށް ހުޅުވުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެތީ 18 ޖެނުއަރީ ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގައި ޕޯޓަލް އާންމުކޮށް ހުޅުވަން ނިންމާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މީގެ ކުރިން ހައުސިންގ މިނިސްޓްރީ އިން ބުނީ ގޯއްޗާއި ފުލެޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ ޖަނަވަރީ 15 އިން ފެށިގެން އޭޕްރިލް 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

މި އުސޫލުގެ ދަށުން، މާލޭ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި ފްލެޓު ދޫކުރާނެ އެވެ. އޭގެ ތެރޭގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ 15،000 ގޯތި ދޫކުރާނެ އެވެ. މީގެ ތެރެއިން 10،000 ގޯތި ދޫކުރަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3000 ގޯތި އަދި މައިމުޅަވުމުގެ ސަބަބުން ގޯތި މިލްކުކުރުމުން މަހުރޫމުވެފައިވާ މީހުންނަށް 500 ގޯއްޗާއި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީ ކުރުމަށް ދަތިވާ ގޯތިތަކާ ލާޖައްސައިގެން ގޯތި ބަަދަލު ކުރާ މީހުންނަށް 1،500 ގޯއްޗެވެ. 

ފުލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން 7500 ފުލެޓް ދޫކުރަން އޮތީ ނިންމާފަ އެވެ. އެއީ މާލޭގެ ރަށްވެހިންނަށް 4000 ފުލެޓް، މާލޭގައި ރަށްވެހިފައިނުވާ މަލޭގައި ދިރިއުޅޭ މީހުންނަށް 1500 ފުލެޓް، 18 އަހަރުން ދަށުގެ ކުދިން ބަލަހައްޓާ އެކަނިވެރި މައިންނާއި ބަފައިންނަށް 100 ފުލެޓް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 100 ފުލެޓް، އަލަތު ކައިވެނި ކުރާ ފަރާތްތަކަށް 250 ފުލެޓް ހިމެނެ އެވެ. 

މީގެ އިތުރުން ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް 50 ފުލެޓް، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 200 ފުލެޓް، ޖުޑީޝަރީ ދާއިރާގެ މުވައްޒަފުންނަށް 100 ފުލެޓް، މަސްވެރިންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް 100 ފުލެޓް ހިމެނެ އެވެ. އަދި މައިމުޅަވުމުގެ ސަބަބުން ގޯތި މިލްކު ކުރުމުން މަހުރޫމުވެފައިވާ މީހުންނަށް 50 ފުލެޓް، ވެށިފަހި އަދި ހިޔާ މަޝްރޫއުން ފްލެޓު ލިބޭނެ ކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓު ނުލިބޭ މީހުންނަށް 300 ފުލެޓް ހިމެނެ އެވެ. 

ފުލެޓް ދެވޭ އިތުރު ކެޓަގަރީތަކުގެ ތެރޭގައި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ފަރާތްތަކަށް 50 ފުލެޓް، ފުލުހުންނަށް 100 ފުލެޓް، ސިފައިންނަށް 100 ފުލެޓް، ސިވިލް ސަރވިސް މުވައްޒަފުންނަށް 200 ފުލެތް އަދި އެކި އިދާރާތަކާއި މުވައްސަސާތަކަށް ހާއްސަ 300 ފުލެޓް ހިމެނެ އެވެ. 

ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީބޯހިޔާވަހިކަން އެންމެންނަށްއާއިލީ ބޯހިޔާވަހިކަންހިޔާވެހި ޕޯޓަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފުށިދިއްގަރު ފަޅުން ބޯހިޔާވަހިކަން ހޯދުމަށް ފޯމް ހުށަނޭޅުމަށް ގޮވާލައިފި

ފުށިދިއްގަރު ފަޅުން ބޯހިޔާވަހިކަން ހޯދުމަށް ފޯމް ހުށަނޭޅުމަށް ގޮވާލައިފި

15 ޖެނުއަރީ 2026
މާލެ ސަރަހައްދުން 7،500 ފްލެޓާއި 15،000 ގޯތި ދޫކުރާ ސްކީމެއް

މާލެ ސަރަހައްދުން 7،500 ފްލެޓާއި 15،000 ގޯތި ދޫކުރާ ސްކީމެއް

16 ނޮވެމްބަރު 2025
 އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ

އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ

04 ސެޕްޓެމްބަރު 2025
ގޯތީގެ އެއްބަސްވުމަށް ބަދަލު ގެނައީ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ހުރުމުން: މުއްތޮލިބު

ގޯތީގެ އެއްބަސްވުމަށް ބަދަލު ގެނައީ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ހުރުމުން: މުއްތޮލިބު

07 ޖުލައި 2025
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު