Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓީވީޓޯކް

ރާއްޖޭގެ މުސްތަގުބަލަށް ރައީސް އަށް ލިބިދީފައިވާ ބާރުތައް އަދިވެސް ކުޑަ ކުރަން ޖެހޭ: އަލީ ހުސެއިން

އަލީ ހުސެއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކީ 5 އަހަރަށް ރައްޔިތުން އިންތިޚާބު ކުރާ މަގާމެއް ކަމަށާއި، އެއީ ރަސްގެފާނެއް ނޫން ކަމަށް. ރައީސް މުއިއްޒަށް އިޝާރާތް ކުރައްވައި އަލީ ހުސެއިން ވިދާޅުވީ އެއީ ބާރުތައް އެއްކުރުމުގައި ހައްދުން ނައްޓާފައިވާ ބޭފުޅެއް ކަމަށް. އަދި ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް ބަދަލު ގެންނަނީ ވެސް އެ މަގުސަދުގައި ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 08:38
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ދިވެހިރާއްޖޭގެ މުސްތަގުބަލަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުތައް އަދިވެސް ކުޑަ ކުރަން ޖެހޭ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ކެންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ އަލީ ހުސެއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކީ 5 އަހަރަށް ރައްޔިތުން އިންތިޚާބު ކުރާ މަގާމެއް ކަމަށާއި، އެއީ ރަސްގެފާނެއް ނޫން ކަމަށެވެ. ނަމަވެސް ބައެއް މީހުންނަށް އެއީ ރަސްކަލެއް ކަމަށް ސިފަވާ ކަމަށާއި، ނަމަވެސް އެއީ 5 އަހަރު ދުވަހުގެ ވަޒީފާ އެއް އަދާ ކުރާ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ޑިމޮކްރަސީ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވާ ބޭފުޅަކަށް ބޭނުން ކަމެއް ނުކުރެވޭނެ ކަމަށެވެ. ގައުމާއި ރައްޔިތުންގެ ކަންކަން ގޯސްކޮށް ކުރާނަމަ މަގާމުން ދުރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަލީ ހުސެއިން ވިދާޅުވީ މިހާރު ގައުމުގެ ހާލަތަށް ބަލާއިރު، ކަންކަން ހިނގާ ގޮތް ވަޒަން ކުރުމަށްފަހު މިހާރު ވެސް ރައީސުލްޖުމްހޫރިއްޔާ ލިބިދޭ ބާރުތައް ހަނި ކުރަން ޖެހޭ ކަމަށެވެ. 

އޭނާ ކަންކަން ގޯސްކޮށް ކުރަންޏާ ބޭލެން ވެސް ޖެހޭނެ. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ކުޑަވާން ޖެހޭ މިގައުމުގައި. އަޅުގަނޑުމެންނަށް މިފެންނަނީ މިދިޔަ ފަހަރު މިސާލަކަށް ރައީސް އިބޫ އެގޮތަށް ބާރުތައް ބޭނުން ކުރެއްވި ވާހަކަ އެއް  ނޫން. އެކަމަކު ބޭނުން ކުރަން ބޭނުންވި ނަމަ ކުރެވޭނެ.  ނުކުުރުން އެއީ މުޅިން އެހެން ކަމެއް. މިހާރު މިފެންނަނީ ހަމަ ހިތު ހުރި ގޮތަކަށް ބޭނުން ކޮށްލަނީ. ހިތު ހުރި ކަމެއް ކުރަނީ. މިއަދު ހިތަށް އެރީމަ މާދަމާ ގާނޫނު އަސާސީ އިސްލާހު ކޮށްލަންވީއޭ. ވަރިހަމައެއް ނުންހޭ އަދުރޭ މީޓިންއަކަށް އެދިގެން ނުވަ މަސް ވަންދެން މީޓް ނުކުރިއަސް ތިމަންނަ ފޮނުވާލީމަ ކުރާކަށްނުންހޭ ޖެހޭނީ. ހަމަ ސައިޒް ކޮށްލާފައި އެހުރީ. އަބްދުއްރަހީމް މީޓިއަކަށް އެދިގެން އުޅޭތާ  8 މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެނގޭތޯ. ހަމަ ސައިޒްކޮށްފައި ފިޔޮކެއްހެން ބަދެފައި އޭނީ ބައިންދާފައި. 
މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް އިޝާރާތް ކުރައްވައި އަލީ ހުސެއިން ވިދާޅުވީ އެއީ ބާރުތައް އެއް ކުރުމުގައި މިހާރު ހައްދުން ނައްޓާފައިވާ ބޭފުޅެއް ކަމަށެވެ. ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް ބަދަލު ގެންނަނީ ވެސް އެ މަގުސަދުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

އަލީ ހުސެއިން ވިދާޅުވީ ބާރުތައް ވަކިވެފައިވާ ރައްޔިތުން އެދޭ ސުލްހަވެރި ގައުމެއް ބޭނުންވާ ކަމަށްވާނަމަ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބާއްވައިގެން ނުވާނެ ކަމަށެވެ. މަޖިލިސް އިންތިޚާބު ބާއްވަން ޖެހޭނީ ރިޔާސީ އިންތިޚާބާ ދުރުގައި ކަމަށާއި، މަޖިލިސް އިންތިޚާބު ވާން ޖެހޭނީ މިޑްޓާމް އިލެކްޝަން އަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

އަލީ ހުސެއިންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގާނޫނުގައި ވާ ގޮތުން ކައުންސިލުން ހުއްދަ ނުދިނަސް ސަރުކާރުން ބޭނުންވާ ކަމެއް ކުރެވޭ؟ ދެން ކައުންސިލުން ބިން ނުދީގެން މަޝްރޫއު ނުހިންގޭ ކަމަށް ވިދާޅުވެ މުއިއްޒު މި ދެއްކެވީ ކޮން ވާހަކަ އެއް؟

ގާނޫނުގައި ވާ ގޮތުން ކައުންސިލުން ހުއްދަ ނުދިނަސް ސަރުކާރުން ބޭނުންވާ ކަމެއް ކުރެވޭ؟ ދެން ކައުންސިލުން ބިން ނުދީގެން މަޝްރޫއު ނުހިންގޭ ކަމަށް ވިދާޅުވެ މުއިއްޒު މި ދެއްކެވީ ކޮން ވާހަކަ އެއް؟

10 ޖެނުއަރީ 2026
ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލުން ބިން ހަވާލުނުކޮށްގެން: ރައީސް މުޢިއްޒު

ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލުން ބިން ހަވާލުނުކޮށްގެން: ރައީސް މުޢިއްޒު

09 ޖެނުއަރީ 2026
ރައީސް މުއިއްޒު އަބަދުވެސް ހުންނަވަނީ ބަނޑުހައިހޫނު ކަންމަތީގައި، އެފަދަ ބޭފުޅަކަށް ގައުމެއް ނުހިންގޭނެ: ކައުންސިލް މެންބަރު ޔަޝްފާ

ރައީސް މުއިއްޒު އަބަދުވެސް ހުންނަވަނީ ބަނޑުހައިހޫނު ކަންމަތީގައި، އެފަދަ ބޭފުޅަކަށް ގައުމެއް ނުހިންގޭނެ: ކައުންސިލް މެންބަރު ޔަޝްފާ

09 ޖެނުއަރީ 2026
ދުވާފަރަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދެއްވީ ކުރީގެ ރައީސް ސޯލިހު، މިސަރުކާރުން ދަނާލުގެ ބިންގާ ވެސް ދެ ފަހަރަށް މިހާރު ވަނީ އަޅާފައި!

ދުވާފަރަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދެއްވީ ކުރީގެ ރައީސް ސޯލިހު، މިސަރުކާރުން ދަނާލުގެ ބިންގާ ވެސް ދެ ފަހަރަށް މިހާރު ވަނީ އަޅާފައި!

09 ޖެނުއަރީ 2026
މި ސަރުކާރުން ޤަބޫލު ކުރާ ޤާނޫނީ ޕްރޮސެސް އަކީ 9 ގަޑި އިރު ތެރޭގައި ޤާނޫނު އަސާސީ އިސްލާހު ކުރުން: އަލީ ހުސައިން

މި ސަރުކާރުން ޤަބޫލު ކުރާ ޤާނޫނީ ޕްރޮސެސް އަކީ 9 ގަޑި އިރު ތެރޭގައި ޤާނޫނު އަސާސީ އިސްލާހު ކުރުން: އަލީ ހުސައިން

08 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު