Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދުވާފަރު ދަނާލު

ކައުންސިލުން ބިން ހަވާލުކުރިތާ 2 އަހަރު ވާން ކައިރި ވީއިރުވެސް، ދުވާފަރު ދަނާލު ގެ މަސައްކަތް ނުފެށޭ

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގައި ހިމެނޭ ދުވާފަރު ދަނާލުގެ މަސައްކަތް 2024 ވަނަ އަހަރު ސަރުކާރާ ބިން ހަވާލުކުރި ނަމަވެސް އަދި ނުފެށޭ. މަޖިލިސް އިންތިހާބާއި ރައީސްގެ ދަތުރުތަކާ ދިމާކޮށް ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަން މަސައްކަތްތަކެއް ކުރި ނަމަވެސް، ރައީސް މުއިއްޒު ވަޑައިގެން އެޅުއްވި ދަނާލުގެ ބިންގާ ވެސް މިހާރު ފެންނަން ނެތް. ކައުންސިލްތަކުން ބިން ނުދޭ ކަމަށް ރައީސް ވިދާޅުވުމަކީ ހަގީގަތް އޮޅުވާލުން ކަމަށާއި ސަރުކާރަށް އެދޭ ވަރަށް ބިން ދޫކޮށްފައިވާ ކަމަށް ދުވާފަރު ކައުންސިލް މެމްބަރު ޔަސްފާ ވިދާޅުވި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 03:32
ރަޢީސް މުއިއްޒު ގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގަ ހިމެނޭ، ރ. ދުވާފަރު ދަނާލު ގެ ބިންގާ އެޅުމަށް، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރަޢީސް މުއިއްޒު ގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގަ ހިމެނޭ، ރ. ދުވާފަރު ދަނާލު ގެ ބިންގާ އެޅުމަށް، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ދުވާފަރު ދަނާލުގެ މަސައްކަތް ކުރުމަށް ކައުންސިލުން 2024 ވަނަ އަހަރު ސަރުކާރާއި ބިން ހަވާލުކުރި ނަމަވެސް، އަދިވެސް އެ މަސައްކަތް ނުފަށާ ކަމަށް ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ވިދާޅުވެއްޖެ އެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެ ޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައި ޔަޝްފާ ވިދާޅުވީ، ދުވާފަރު ދަނާލަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ  ވައުދެއް ކަމަށާއި  ނަމަވެސް މި މަޝްރޫއުގެ ވާހަކަ ސަރުކާރުން ދައްކަން ފެށީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ކަމަށެވެ. އެގޮތުން މަޖިލިސް އިންތިހާބު ކެމްޕެއިން ތެރޭ ދަނާލެއް އެޅުމަށް ދުވާފަރުން ބިމެއް ހަމަޖެއްސުމަށް ސަރުކާރުން އެދުނު ކަމަށާއި، އަދި ކައުންސިލުން އެއްވެސް ކަހަލަ ލަސްކުރުމެއް ނެތި ބިން ހަމަޖައްސައިދީފައި ވާނެ ކަމަށް ޔަސްފާ ވިދާޅުވި އެވެ. މަޖްލިސް ކެމްޕެއިން ތެރޭގައި އޭރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު  މަރިޔަމް މާރިޔާ ދުވާފަރަށް ވަޑައިގަތުމުން، މިނިސްޓަރު އަރިހުން ދަނާލުގެ ބިންގާ އެޅުއްވުމަށް ކައުންސިލުން އެދުނު ނަމަވެސް، ކައުންސިލް އިމާރާތުގެ ތިރީގައި ކުޑަ ރަސްމިއްޔާތެއް ބާއްވައި މިނިސްޓަރު ފުރައިގެން ދިޔައީ ކަމަށް ޔަޝްފާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement
ރަޢީސް މުއިއްޒު ގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގަ ހިމެނޭ، ރ. ދުވާފަރު ދަނާލު ގެ ބިންގާ އެޅުމަށް، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރަޢީސް މުއިއްޒު ގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގަ ހިމެނޭ، ރ. ދުވާފަރު ދަނާލު ގެ ބިންގާ އެޅުމަށް، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ދުވާފަރު ދަނާލަކީ ރައީސް މުއިއްޒުގެ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެއް. ނަމަވެސް މިކަމުގެ ވާހަކަ އެއް ސަރުކާރުން ދެއްކީ 2024 ވަނަ އަހަރުގެ މަޖްލިސް އިންތިހާބާ ދިމާކޮށް. ސަރުކާރުން އެދުމުން ކައުންސިލުން ވަނީ މި މަޝްރޫއަށް ބިން ކަޑައަޅާ ސަރުކާރާ ބިން ހަވާލުކޮށްފަ. އޭގެ ފަހުން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ރައީސް މުއިއްޒު މި ރަށަށް ވަޑައިގަންނަން ވެގެން އަނެއްކާ ވެސް ސަރުކާރުން އަންގައިފި ދަނާލުގެ މަސައްކަތް ކުރުމަށް އަންނަ ވާހަކަ. ދެން ރައްޔިތުން ލޮލުގަ އަނދުން އަޅުވަން ވެގެން ކޮންމެވެސް ވަރަކަށް ގޯނި ކޮޅަކާއި ދަނގަނޑު ކޮޅެއް ގެނެސް މި ސަރަހައްދުގަ ބަހައްޓާލި. އަދި މިދިޔަ އަހަރު ރައީސް މުއިއްޒު ވަޑައިގެން ދަނާލުގެ ބިންގާ އެޅުއްވި ފަހުންވެސް އެއްވެސް މަސައްކަތެއް ނުހިނގާ. ރައީސް މުއިއްޒު އެޅުއްވި ބިންގާ ވެސް މިހާރު ފެންނަން ނެތް. 
ރ. ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ

އޭގެ ފަހުން އަނެއްކާ ވެސް ސަރުކާރުން ދަނާލުގެ ވާހަކަ ދައްކަން ފެށީ، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ރައީސް މުއިއްޒު ދުވާފަރަށް ވަޑައިގަންނަން ވެގެން ކަން ފާހަގަ ކުރައްވާ ޔަޝްފާ ވިދާޅުވީ، އެ ފަހަރު ރައްޔިތުންގެ ލޮލުގައި އިތުރަށް އަނދުން އަޅުވަން ވެގެން ކޮންމެވެސް ވަރަކަށް ގޯނި ކޮޅަކާއި ދަނގަނޑު ކޮޅެއް ގެނެސް އެ ސަރަހައްދުގައި ބަހައްޓާލި ކަމަށެވެ. 

މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު ދުވާފަރަށް ވަޑައިގެން ދަނާލުގެ ބިންގާ އެޅުއްވި ކަމަށާއި ނަމަވެސް އޭގެ ފަހުން ވެސް ދަނާލުގެ   އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށް ޔަޝްފާ ފާހަގަކުރެއްވި އެވެ. އަދި ރައީސް މުއިއްޒު ވަޑައިގެން އެޅުއްވި ބިންގާ ވެސް މިހާރު ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ދަނާލު އިމާރާތް ކުރަން ކައުންސިލުން ބިން ހަވާލުކުރި ފަހުން 2 އަހަރު ވާން ކައިރި ވެފަ ވާއިރު އަދި އެޅުނީ ބިންގާ އެކަނި؛ މިހާރު ބިންގާ ވެސް އެ ސަރަހައްދުން ފެންނަން ނެތް
ދަނާލު އިމާރާތް ކުރަން ކައުންސިލުން ބިން ހަވާލުކުރި ފަހުން 2 އަހަރު ވާން ކައިރި ވެފަ ވާއިރު އަދި އެޅުނީ ބިންގާ އެކަނި؛ މިހާރު ބިންގާ ވެސް އެ ސަރަހައްދުން ފެންނަން ނެތް

މީގެ އިތުރުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ކައުންސިލްތަކުން ބިން ނުދޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ ރައްޔިތުންނަށް ހަމަ ސީދާ ހަގީގަތް އޮޅުވާލުމަށް ދައްކަވާ ވާހަކަ އެއް ކަމަށް ޔަސްފާ ވިދާޅުވި އެވެ. އަދި ސަރުކާރުން ރަށްރަށުގައި ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ކައުންސިލްގެ ހުއްދައެއް ބޭނުން ނުވާ ކަމަށް މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވެފައިވާކަން ޔަޝްފާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ސަރުކާރުން އެދުނު ވަރަކަށް މިހާރުވެސް ދުވާފަރުން ބިން ދޫކޮށްފައިވާނެ ކަމަށާއި، ސަރުކާރުގެ އިހުލާސްތެރިކަމެއް ހުރިއްޔާ މިހާރުވެސް މަސައްކަތް ފަށަންވީ ކަމަށް ޔަސްފާ ވިދާޅުވި އެވެ. އަދި ރަށަށް އަންނަ ކޮންމެ ތަރައްގީ އެއްގައިވެސް ދުވާފަރު ކައުންސިލް އޮތީ ސަރުކާރަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ކަމަށް ޔަޝްފާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރ. ދުވާފަރުދަނާލު

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީ ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި ދުވާފަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މިސަރުކާރުން އުވާލުމަށް ފަހު އަލުން ފެށި ނަމަވެސް މަޝްރޫއު ކުރިއަކަށް ނުދޭ: ކައުންސިލް މެންބަރު ޔަޝްފާ

ކުރީ ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި ދުވާފަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މިސަރުކާރުން އުވާލުމަށް ފަހު އަލުން ފެށި ނަމަވެސް މަޝްރޫއު ކުރިއަކަށް ނުދޭ: ކައުންސިލް މެންބަރު ޔަޝްފާ

14 ޖެނުއަރީ 2026
"ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން، ޒީރޯ ޓޮލަރެންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ވާހަކަ ދަންނަވަން"

"ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން، ޒީރޯ ޓޮލަރެންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ވާހަކަ ދަންނަވަން"

13 ޖެނުއަރީ 2026
ނޯށުން ރޯ ވަރަށް ގައުމުން ވައްކަން ކުރަނީ!

ނޯށުން ރޯ ވަރަށް ގައުމުން ވައްކަން ކުރަނީ!

12 ޖެނުއަރީ 2026
ރާއްޖޭގެ މުސްތަގުބަލަށް ރައީސް އަށް ލިބިދީފައިވާ ބާރުތައް އަދިވެސް ކުޑަ ކުރަން ޖެހޭ: އަލީ ހުސެއިން

ރާއްޖޭގެ މުސްތަގުބަލަށް ރައީސް އަށް ލިބިދީފައިވާ ބާރުތައް އަދިވެސް ކުޑަ ކުރަން ޖެހޭ: އަލީ ހުސެއިން

11 ޖެނުއަރީ 2026
ގާނޫނުގައި ވާ ގޮތުން ކައުންސިލުން ހުއްދަ ނުދިނަސް ސަރުކާރުން ބޭނުންވާ ކަމެއް ކުރެވޭ؟ ދެން ކައުންސިލުން ބިން ނުދީގެން މަޝްރޫއު ނުހިންގޭ ކަމަށް ވިދާޅުވެ މުއިއްޒު މި ދެއްކެވީ ކޮން ވާހަކަ އެއް؟

ގާނޫނުގައި ވާ ގޮތުން ކައުންސިލުން ހުއްދަ ނުދިނަސް ސަރުކާރުން ބޭނުންވާ ކަމެއް ކުރެވޭ؟ ދެން ކައުންސިލުން ބިން ނުދީގެން މަޝްރޫއު ނުހިންގޭ ކަމަށް ވިދާޅުވެ މުއިއްޒު މި ދެއްކެވީ ކޮން ވާހަކަ އެއް؟

10 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު