Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުޢިއްޒު

ގާނޫނުގައި ވާ ގޮތުން ކައުންސިލުން ހުއްދަ ނުދިނަސް ސަރުކާރުން ބޭނުންވާ ކަމެއް ކުރެވޭ؟ ދެން ކައުންސިލުން ބިން ނުދީގެން މަޝްރޫއު ނުހިންގޭ ކަމަށް ވިދާޅުވެ މުއިއްޒު މި ދެއްކެވީ ކޮން ވާހަކަ އެއް؟

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުން ކައުންސިލްތަކުގެ ހުއްދަ ނެތި ވެސް ސަރުކާރަށް ބޭނުންވާ މަޝްރޫއުތައް ހިންގޭއިރު ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށުގެ މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކުން ބިން ހަވާލު ނުކުރުމުން ކަމަށް. ނަމަވެސް ގާނޫނުން ކައުންސިލްގެ ހުއްދައެއް ނެތި ވެސް މަޝްރޫއުތައް ހިންގުމުގެ ބާރު ސަރުކާރަށް ލިބިދޭތީ، ރައީސް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް ގިނަ ބަޔަކު ދެކޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 14:33
ރައީސް މުޢިއްޒު އާއި ކައުންސިލުތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް

ރައީސް މުޢިއްޒު އާއި ކައުންސިލުތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް | ސޯޝަލް މީޑިއާ

ކައުންސިލު ގެ އިހުތިސާސް ގައި ހިމެނޭ ބިމެއް ނުވަތަ ތަނެއްގައި އެ ކައުންސިލެއް ގެ ހުއްދައާ ނުލާ ވެސް ސަރުކާރަށް ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ކަމެއް ހިންގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ބަދަލު ގެނައި ނަމަވެސް ރަށްރަށުގެ މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކާ ހުރެ ކަމަށް ވިދާޅުވެ ރައްޔިތުންނަށް އޮޅުވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާ ވެސް މަސައްކަތް ކުރައްވައިފި އެވެ. 

ކައުންސިލްތަކުގެ އިހްތިސާސު ގައި ހިމެނޭ ބިމެއް ނުވަތަ ތަނެއްގައި އެ ކައުންސިލެއްގެ ހުއްދައާ ނުލާ ވެސް ސަރުކާރަށް ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ބަދަލު ގެނަސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ. 

Advertisement - newsAdvertisement

އެ ގާނޫނަށް ސަރުކާރުން ގެނަސްފައިވާ އިސްލާހުގައި ވާ ގޮތުން "އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި" ކަމަކަށް ކައުންސިލުން ހުއްދަ ނުދީފި ނަމަ، އެ ހާލަތުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ދަށުން ހިންގާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހުއްދައާ އެކު އެ މަޝްރޫއު އެއް ނުވަތަ ހަރަކާތެއްގެ މަސައްކަތް އިދާރީ ދާއިރާތަކުގައި ކުރިއަށް ގެންދިއުމުގެ ބާރު ސަރުކާރަށް ލިބިގެންވެ އެވެ.

ނަމަވެސް ބުރާސްފަތި ދުވަހު ވެރިކަންކުރާ ޕީއެންސީގެ އޮފީސް އިމާރާތް ހުޅުވައިދެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރުން ރަށްތަކުގައި ހިންގަން މިހާރު ވެސް ސޮއިކޮށްފައިވާ ބައެއް މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކާ ހުރެ ކަމަށެވެ. 

ރައީސް މުއިއްޒު ވިދާޅުވީ އެކި ރަށްރަށު ގައި ހިންގަން ހަވާލުކޮށްފައިވާ މަޝްރޫއުތައް ހިނގާގޮތް ބަލަމުންދާ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި މީގެ ތިން މަސް ކުރިން ސޮއި ކޮށްފައި ހުރި މަޝްރޫއުތައް ވެސް ފަށައި ނުގަނެވިގެން އުޅެނީ ކައުންސިލުން އެ މަޝްރޫއު ހިންގަން ހަމަ ޖެހިފައިވާ ބިން ހަވާލު ނުކޮށްގެން ކަމަށެވެ. 

ބޭނުން ވަނީ ކައުންސިލް އިންތިޚާބަށް ފަހު ދެން ބާކީ އޮތް މުއްދަތުގައި އެތައް މަޝްރޫއު އެއް ބާރު ސްޕީޑުގަ ހިންގަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަން ކުރެވޭނީ ކައުންސިލް ތަކުން ސަރުކާރަށް އެއްބާރުލުން ދީގެން ކަން ފާހަގަ ކުރައްވި އެވެ.. 

ރައީސް މުއިއްޒު އެހެން ވިދާޅުވި ނަމަވެސް ގާނޫނުގައި ވާ ގޮތުން ކައުންސިލުން ހުއްދަ ދިންކަމުގައި ނުވިޔަސް ސަރުކާރުން ބޭނުންވާ މަޝްރޫއުއެއް ނުވަތަ ހަރަކާތެެއް ރަށްރަށުގައި ހިންގުމުގެ ބާރު ސަރުކާރަށް ގާނޫނުން ލިބިދެ އެވެ. އެހެން ކަމުން ކައުންސިލް ގޮނޑިތައް ނުލިބިއްޖެ ނަމަ ރަށްރަށުގައި މަޝްރޫއުތައް ނުހިންގޭނެ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާ ރައީސް އަނެއްކާ ވެސް މަސައްކަތް ކުރެއްވީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުލާމަރުކަޒީކުރުންލޯކަލް ގަވަމަންޓް އޮތޯރިޓީކައުންސިލް އިންތިޚާބުލާމަރުކަޒީ ގާނޫނު

ކޮމެންޓް

އިތުރަށް ކިޔާލަން

ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލުން ބިން ހަވާލުނުކޮށްގެން: ރައީސް މުޢިއްޒު

ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލުން ބިން ހަވާލުނުކޮށްގެން: ރައީސް މުޢިއްޒު

09 ޖެނުއަރީ 2026
ރައީސް މުއިއްޒު އަބަދުވެސް ހުންނަވަނީ ބަނޑުހައިހޫނު ކަންމަތީގައި، އެފަދަ ބޭފުޅަކަށް ގައުމެއް ނުހިންގޭނެ: ކައުންސިލް މެންބަރު ޔަޝްފާ

ރައީސް މުއިއްޒު އަބަދުވެސް ހުންނަވަނީ ބަނޑުހައިހޫނު ކަންމަތީގައި، އެފަދަ ބޭފުޅަކަށް ގައުމެއް ނުހިންގޭނެ: ކައުންސިލް މެންބަރު ޔަޝްފާ

09 ޖެނުއަރީ 2026
ދުވާފަރަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދެއްވީ ކުރީގެ ރައީސް ސޯލިހު، މިސަރުކާރުން ދަނާލުގެ ބިންގާ ވެސް ދެ ފަހަރަށް މިހާރު ވަނީ އަޅާފައި!

ދުވާފަރަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދެއްވީ ކުރީގެ ރައީސް ސޯލިހު، މިސަރުކާރުން ދަނާލުގެ ބިންގާ ވެސް ދެ ފަހަރަށް މިހާރު ވަނީ އަޅާފައި!

09 ޖެނުއަރީ 2026
ކުރީ ސަރުކާރުގައި މާލެ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް އަނެއްކާ ވެސް ގޮވާލައިފި

ކުރީ ސަރުކާރުގައި މާލެ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް އަނެއްކާ ވެސް ގޮވާލައިފި

07 ޖެނުއަރީ 2026
ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް

ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު