Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު އަބަދުވެސް ހުންނަވަނީ ބަނޑުހައިހޫނު ކަންމަތީގައި، އެފަދަ ބޭފުޅަކަށް ގައުމެއް ނުހިންގޭނެ: ކައުންސިލް މެންބަރު ޔަޝްފާ

9 ޖެނުއަރީ 2026 | ހުކުރު 08:11

ޔަޝްފާ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދަނީ ވަސީލަތްތަކާއި، އާލަތްތައް ނެތިގެން ކަމަށާއި، މަޝްރޫއުތައް ހިންގުމުގެ ގާބިލްކަން މިސަރުކާރުގެ ނެތް ކަމަށް. ވެރިކަން ކުރުމުގެ ގާބިލްކަން ނެތް ބޭފުޅަކު ވެރިކަމަށް އައުމުން ވާނެ ހުރިހާ ގޮތެއް މިހާރު ވަމުންދާ ކަމަށާއި، ކައުންސިލުތަކަށް ބަހުގެ ހަމަލާތައް ވެސް އަމާޒު ކުރާ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 9 ޖެނުއަރީ 2026 | ހުކުރު 08:11
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަބަދުވެސް ހުންނަވަނީ ބަނޑުހައިހޫނު ކަންމަތީގައި ކަމަށާއި، އެފަދަ ބޭފުޅަކަށް ގައުމު ނުހިންގޭނެ ކަމަށް ރ.ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ޔަޝްފާ ވަނީ  ބުރާސްފަތި ދުވަހުގެ ރޭ ވެރިކަންކުރާ ޕީއެންސީގެ އޮފީސް އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވާފަ އެވެ. ރައީސް ހިންގަން ބޭނުންވާ ބާރު މިނުގައި ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ނުހިންގެނީ ކައުންސިލްތަކުން ބިން ނުދީގެން ކަަމަށް ރައީސް ވިދާޅުވެފައިވާތީ އެކަމަށް ވެސް ޔަޝްފާ ފާޑު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޔަޝްފާ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދަނީ ވަސީލަތްތަކާއި، އާލަތްތައް ނެތިގެން ކަމަށާއި، މަޝްރޫއުތައް ހިންގުމުގެ ގާބިލްކަން މިސަރުކާރުގެ ނެތް ކަމަށެވެ.

ދުވާފަރުގެ ތަރައްގީ ވެސް ހުއްޓިފައިވާކަން ފާހަގަކުރައްވައި ޔަޝްފާ ވިދާޅުވީ އެ މަޝްރޫއުތައް ކުރިއަށް ނުދަނީ ބިން ނުދީގެން ނޫން ކަމަށެވެ.  

އަޅުގަނޑުމެން ރަށުގައި ތިއިން ޕޮލިސް ސްޓޭޝަން އެނގޭތޯ. ބޭނުންވި މިނެއްގައި ބޭނުންވި ހިސާބެއްގައި ބޭނުންވި ލޮކޭޝަނެއްގައި ކައުންސިލް މެންބަރެއްގެ އިއްތިފާގުން އަދި ޕީއެންސީ މެޖޯރިޓީ އެއޮތީ ދެއްވާފައި ޕޮލިސް ސްޓޭޝަން އަޅަން. މިހާރު ވެސް މަސައްކަތް ހުއްޓިފައި އެހުރީ ތަކެތި ނެތިގެން. މީގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެ. 
ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ

ޔަޝްފާ ވިދާޅުވީ ވެރިކަން ކުރުމުގެ ގާބިލްކަން ނެތް ބޭފުޅަކު ވެރިކަމަށް އައުމުން ވާނެ ހުރިހާ ގޮތެއް މިހާރު ވަމުންދާ ކަމަށާއި، ކައުންސިލުތަކަށް ބަހުގެ ހަމަލާތައް ވެސް އަމާޒު ކުރާ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށެވެ. ރައީސް މުއިއްޒު ހުންނަވަނީ އަބަދުވެސް ބަނޑުހައިހޫނު ކަންމަތީގައި ކަމަށާއި، އެފަދަ ބޭފުޅަކަށް ގައުމު ނުހިންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޔަޝްފާ ވިދާޅުވީ މިއަދު ރައްޔިތުން އެންމެ ބޮޑަށް ވިސްނަން ޖެހޭ  ކަމަކީ ރައީސް މުއިއްޒު ހަދަމުންދާ ދޮގުތަކަށް ކަމަށެވެ. އަދި މިސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭ ކަަމަށާއި، އެމަސައްކަތް ރައްޔިތުން ކުރާނެ ކަމަށެވެ. 

ރައީސް މުއިއްޒާއި، މިސަރުކާރުގެ ބޭފުޅުން ދޮގު ހަދައިގެން ބަނޑުފުރާނަމަ އެވާހަކަ ވެސް ރައްޔިތުން ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމަރިޔަމް ޔަޝްފާރ. ދުވާފަރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2026

ދުވާފަރަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދެއްވީ ކުރީގެ ރައީސް ސޯލިހު، މިސަރުކާރުން ދަނާލުގެ ބިންގާ ވެސް ދެ ފަހަރަށް މިހާރު ވަނީ އަޅާފައި!

09 ޖެނުއަރީ 2026
ދުވާފަރަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދެއްވީ ކުރީގެ ރައީސް ސޯލިހު، މިސަރުކާރުން ދަނާލުގެ ބިންގާ ވެސް ދެ ފަހަރަށް މިހާރު ވަނީ އަޅާފައި!
07 ޖެނުއަރީ 2026

ކުރީ ސަރުކާރުގައި މާލެ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް އަނެއްކާ ވެސް ގޮވާލައިފި

07 ޖެނުއަރީ 2026
ކުރީ ސަރުކާރުގައި މާލެ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް އަނެއްކާ ވެސް ގޮވާލައިފި
07 ޖެނުއަރީ 2026

ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް

07 ޖެނުއަރީ 2026
ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް
04 ޖެނުއަރީ 2026

އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާ ކުރެވޭނީ މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބިގެން: ރައީސް މުއިއްޒު

04 ޖެނުއަރީ 2026
އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާ ކުރެވޭނީ މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބިގެން: ރައީސް މުއިއްޒު
04 ޖެނުއަރީ 2026

ހީނާގެ "ތަރުޖަމާނާ އެކު" ޕޮޑްކާސްޓަށް އާންމުންގެ ފާޑުކިއުން!

04 ޖެނުއަރީ 2026
ހީނާގެ "ތަރުޖަމާނާ އެކު" ޕޮޑްކާސްޓަށް އާންމުންގެ ފާޑުކިއުން!
03 ޖެނުއަރީ 2026

ރައީސް މުއިއްޒުގެ މަތިވެރިކަން ދެއްކުމަށް ބޭއްވި ޑްރޯން ޝޯ އަށް، ރައްޔިތުންގެ ފައިސާ އިން 1.5 މިލިއަން ރުފިޔާ އިސްރާފު ކޮށްފި

03 ޖެނުއަރީ 2026
 ރައީސް މުއިއްޒުގެ  މަތިވެރިކަން ދެއްކުމަށް ބޭއްވި ޑްރޯން ޝޯ އަށް، ރައްޔިތުންގެ ފައިސާ އިން 1.5 މިލިއަން ރުފިޔާ އިސްރާފު ކޮށްފި
03 ޖެނުއަރީ 2026

ރައީސް މުއިއްޒު އެންމެ ދެ އަހަރު ތެރޭގައި މުޅިރާއްޖެ ވަނީ ފެއިލް ކޮށްފައި، ރައްޔިތުން މިކަމާ ދެކޮޅަށް ނުކުންނަން ޖެހޭ: މެންބަރު މައުރޫފް

03 ޖެނުއަރީ 2026
ރައީސް މުއިއްޒު އެންމެ ދެ އަހަރު ތެރޭގައި މުޅިރާއްޖެ ވަނީ ފެއިލް ކޮށްފައި، ރައްޔިތުން މިކަމާ ދެކޮޅަށް ނުކުންނަން ޖެހޭ: މެންބަރު މައުރޫފް
03 ޖެނުއަރީ 2026

ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު، ނިއު ރޭޑިއަންޓުގައި ރަޖިސްޓްރީ ކޮށްފި

03 ޖެނުއަރީ 2026
ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު، ނިއު ރޭޑިއަންޓުގައި ރަޖިސްޓްރީ ކޮށްފި
01 ޖެނުއަރީ 2026

ފަތާފައި ގޮސް ދުވާފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު އާއްމު ކޮށްފި

01 ޖެނުއަރީ 2026
ފަތާފައި ގޮސް ދުވާފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު އާއްމު ކޮށްފި
30 ޑިސެމްބަރު 2025

ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫގައި ތިއްބާ އެމީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ރައީސް މުއިއްޒު ހައްދަވައިފި

30 ޑިސެމްބަރު 2025
ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫގައި ތިއްބާ އެމީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ރައީސް މުއިއްޒު ހައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް