Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ.ދުވާފަރު

ދުވާފަރަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދެއްވީ ކުރީގެ ރައީސް ސޯލިހު، މިސަރުކާރުން ދަނާލުގެ ބިންގާ ވެސް ދެ ފަހަރަށް މިހާރު ވަނީ އަޅާފައި!

ދުވާފަރު ކައުންސިލް މެންބަރު ޔަޝްފާ ވިދާޅުވީ ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި މަގުތައް ތަރައްގީކޮށް ހޮސްޕިޓަލް ތަރައްގީ ކޮށްފައިވާ ކަމަށް. ކުޅިވަރު ދަނޑު ގާއިމް ކުރުމާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް 22 ހެކްޓަރު ބިމެއް ހިއްކާ ދީފައިވާ ކަމަށް. ވެރިކަން ބަދަލުވުމާއެކު ހުރިހާ މަޝްރޫއުތަކާއެކު ރަށް ހުއްޓިފައިވާ ކަމަށާއި، މިސަރުކާރުން 16 މަޝްރޫއުގެ ބިންގާ އެޅިނަމަވެސް މަސައްކަތް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 08:04
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު | ރާއްޖެ އެމްވީ

ރ.ދުވާފަރަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އެރަށު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ޔަޝްފާ ވަނީ ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ދުވާފަރުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކާވާފަ އެވެ. ތަރައްގީގެ ބޮޑު ބަދަލަކާއެކު މުޅި ރަށް ބަދަލު ކޮށްދެއްވީ ކުރީގެ ރައީސް ސޯލިހު ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވައި ޔަޝްފާ ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރު އައުމުގެ ކުރިން އެރަށުގެ މަގުތަކުގައި ހިނގާބިނގާވެ އުޅުމަކީ ދަތިކަމެއް ކަމަށާއި، މަގުތަކުގައި ވަރަށް އަޑިގުޑަންތައް ގިނަ ކަމަށެވެ. ރައީސް ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ބޮޑެތި މަގުތަކުގައި ތާރުއަޅާފައިވާ ކަމަށާއި، އަމާން ރައްކާތެރި މަގުތަކެއް ގާއިމް ކޮށްދިން ކަމަށެވެ. ސަރުކާރު  ބަދަލު ވެގެންދިޔައިރު ބޮޑެތި ހުރިހާ މަގެއްގެ މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޔަޝްފާ ވިދާޅުވީ ރައްޔިތުން އެދުނު ގޮތަށް ހޮސްޕިޓަލް ތަރައްގީ ކޮށްދިން ކަމަށާއި، ޒުވާނުން ބޭނުންވާ ގޮތަށް ކުޅިވަރު ކުޅޭނެ ދަނޑުތައް ގާއިމް ކޮށްދިން ކަމަށެވެ. އަދި އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން 22 ހެކްޓަރުގެ ބިމެއް ހިއްކައިދިން ކަމަށް އޭނާ ވިދާޅުވި އެވެ. 

ފަށާއިރު ޕްރޮގްރާމްގައި ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ވާހަކަ ދައްކަވަނީ
ފަށާއިރު ޕްރޮގްރާމްގައި ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ވާހަކަ ދައްކަވަނީ

ޔަޝްފާ ވިދާޅުވީ ދުވާފަރު ބަދަލު ކޮށްދެއްވީ ރައީސް ސޯލިހު ކަމަށާއި، ވެރިކަން ބަދަލުވެގެން ދިއުމާއެކު ހުރިހާ މަޝްރޫއުތަކާއެކު ރަށް ވެސް ހުއްޓިފައިވާ ކަަމަށެވެ. ނަމަވެސް އެންމެފަހުން ރައީސް ޑރ.މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ބަނދަރަށް ހައިމާކެއް އައިސް މަސައްކަތް ފެށި ކަމަށާއި، އޭގެ ދުވަސްކޮޅެއް ފަހުން މަސައްކަތް ހުއްޓި، މިހާރު ހައިމާކު ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޔަޝްފާ ވިދާޅުވީ 16 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ބިންގާ ވެސް އެޅި ކަމަށާއި، އޭގެ ތެރޭގައި ބައެއް މަޝްރޫއުތަކުގެ ބިންގާ ދެ ފަހަރަށް އަޅާފައިވާ ކަމަށެވެ.

އެގޮތުން އެރަށުގައި ދަނާލް އެޅުމަށްޓަކައި ރައްޔިތުން މަޖިލިސް އިންތިޚާބުގެ ކޭންޕޭން ދުވަސްވަރު ބިންގާ އެޅި ނަމަވެސް މިފަހުން ރައީސް މުއިއްޒުގެ ދަތުރުފުޅުގައި ވެސް ބިންގާ އެޅި ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި ބިންގާތައް އަޅަމުންދަނީ ސަރުކާރު ވަޒީރު ބޭފުޅުން ކަމަށާއި، ރައީސް މުއިއްޒު އެއްވެސް މަޝްރޫއެއްގެ ބިންގާ އަޅުއްވާފައިނުވާ ކަމަށް ޔަޝްފާ ވިދާޅުވި އެވެ. 

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަތްޕުޅުން އެއްވެސް ވަރަކަށް ބިންގާ އަޅާފައި ނޯންނާނެ. ބުނެވޭނެއްނުންތޯ ތިމަންނަ ކޮށްފައި އޮތް ކަމެއް ނޯންނާނޭ. އެމަޅިން ރެކެން ވެގެން ކުރާ ކަމެއް. 
ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ

ޔަޝްފާ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރާއެކު މުޅި ރަށް ހުއްޓިފައިވާ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. 

ރ. ދުވާފަރުއިބްރާހިމް މުހައްމަދު ސާލިހުމަރިޔަމް ޔަޝްފާރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުރީ ސަރުކާރުގައި މާލެ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް އަނެއްކާ ވެސް ގޮވާލައިފި

ކުރީ ސަރުކާރުގައި މާލެ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް އަނެއްކާ ވެސް ގޮވާލައިފި

07 ޖެނުއަރީ 2026
ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް

ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް

07 ޖެނުއަރީ 2026
އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާ ކުރެވޭނީ މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބިގެން: ރައީސް މުއިއްޒު

އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާ ކުރެވޭނީ މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބިގެން: ރައީސް މުއިއްޒު

04 ޖެނުއަރީ 2026
ހީނާގެ "ތަރުޖަމާނާ އެކު" ޕޮޑްކާސްޓަށް އާންމުންގެ ފާޑުކިއުން!

ހީނާގެ "ތަރުޖަމާނާ އެކު" ޕޮޑްކާސްޓަށް އާންމުންގެ ފާޑުކިއުން!

04 ޖެނުއަރީ 2026
 ރައީސް މުއިއްޒުގެ  މަތިވެރިކަން ދެއްކުމަށް ބޭއްވި ޑްރޯން ޝޯ އަށް، ރައްޔިތުންގެ ފައިސާ އިން 1.5 މިލިއަން ރުފިޔާ އިސްރާފު ކޮށްފި

ރައީސް މުއިއްޒުގެ މަތިވެރިކަން ދެއްކުމަށް ބޭއްވި ޑްރޯން ޝޯ އަށް، ރައްޔިތުންގެ ފައިސާ އިން 1.5 މިލިއަން ރުފިޔާ އިސްރާފު ކޮށްފި

03 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު