Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ. މުހައްމަދު މުޢިއްޒު

ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލުން ބިން ހަވާލުނުކޮށްގެން: ރައީސް މުޢިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށުގައި ހިންގަން ސޮއިކޮށްފައިވާ މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލްތަކުން ބިން ހަވާލުނުކޮށްގެން ކަމަށް. ތިން މަސް ކުރިން ސޮއިކޮށްފައިވާ މިސްކިތް، ސުކޫލް، ހެލްތު ސެންޓަރު އަދި ސްޕޯޓްސް މަޝްރޫއުތައް ބިން ހަވާލު ނުކުރުމުން ފަށައިނުގަނެވޭ ކަމަށް ރައީސް ވިދާޅުވި. ނަމަވެސް ފޯކައިދޫގައި މިސްކިތް ތަޅާލައި 2 މަސްވީއިރު އެއްވެސް މަސައްކަތެއް ނުކުރެވިފައިވާ ކަން ކައުންސިލުން ފާހަގަކުރި.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 08:17
ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވާހަކަފުޅުދައްކަވަނީ

ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވާހަކަފުޅުދައްކަވަނީ | ރައީސް އޮފީސް

ރަށްރަށުގައި ހިންގަން ސޮއި ކޮށްފައިވާ މަޝްރޫއުތައް ކުރިއަށް ނުދަނީ އެރަށްރަށު ގެ ކައުންސިލް އިން ބިން ހަވާލުނުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕީއެންސީގެ އޮފީސް އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސް ވިދާޅުވީ، އެކި ރަށްރަށުގައި ހިންގަން ހަވާލުކޮށްފައިވާ މަޝްރޫއުތައް ހިނގާގޮތް ބަލަން ކަމަށާއި އެގޮތުން ބައެއް ރަށްރަށުގައި މީގެ ތިން މަސް ކުރިން ސޮއި ކޮށްފައިހުރި ބައެއް މަޝްރޫއުތައް ފަށައިނުގަނެވިގެން އުޅެނީ ކައުންސިލް އިން އެ މަޝްރޫއު ހިންގަން ހަމަ ޖެހިފައިވާ ބިން ހަވާލު ނުކޮށްގެން ކަމަށެވެ. 

މިހާރުވެސް މިއަދުވެސް އަޅުގަނޑު ބަލާލި އިރުގަ އިނގޭތޯ، މިއަދުވެސް އަޅުގަނޑު ބަލަން އެކިއެކި މަޝްރޫއުތައް ހިނގާގޮތް. އެކިއެކި މަޝްރޫއުތައް އެކި ދާއިރާތަކުގައި ދިމާވެފައި ހުރި ދަތިތައް ބަލާލި އިރުގަ މިއަދުވެސް އަޅުގަނޑުމެން އަތައް ލިބުނު ލިސްޓެއްގަ އެތައް ރަށެއްގަ މީގެ މަހެއް ދެމަހެއް ނޫނީ ތިން މަސް ކުރިން ސޮއި ކޮށްފަ ހުރި ބައެއް މަޝްރޫއުތައް ފަށައިނުގަނެވިގެން އުޅޭނީ ކީއްވެތޯ ބަލާލިއިރުގަ ބިން ހަވާލުނުކޮށްގެން. ކައުންސިލުންނޭ ބިން ހަވާލުކުރަނީ. ކޮންކަމަކަށްތޯ. މިސްކިތް އަޅަން ސުކޫލުގެ އެކްސްޓެންޝަން ހަދަން ނޫނީ ހެލްތް ސެންޓަރު ކޮންމެސް ކަމެއް ކުރަން ނޫނީ އެކަހަލަ ކޮންމެސް ކަމަކު ސްޕޯޓްސް މަޝްރޫއުއެއް ހިންގަން ބިން ހަވާލުނުކުރެވިގެން ކައުންސިލުން ކުރަންޖެހޭ ކަމެއްް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މީގެއިތުރުން ރައީސް ވިދާޅުވީ، ބޭނުންވަނީ ކައުންސިލް އިންތިހާބަށް ފަހު ދެން ބާކީ އޮތް މުއްދަތުގަ އެތައް މަޝްރޫއު އެއް ބާރު ސްޕީޑުގަ ހިންގަން ކަމަށެވެ. އެކަން ކުރެވޭނީ ކައުންސިލް ތަކުން ސަރުކާރަށް އެއްބާރުލުން ދީގެން ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކައުންސިލް މެންބަރުންނަކީ ސަރުކާރު ޖަވަބުދާރީ ކުރުވަން ހޮވާ ބައެއް ނޫން ކަމަށާއި ކައުންސިލް އަކީ ތިން ބާރު ވަކިވެފައި އޮތް ނިޒާމެއްގައި ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށެވެ. 

މީގެ ތިން މަސް ކުރިން ސޮއި ކޮށްފައިވާ މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓިފައި އޮތީ ކައުންސިލްތަކުން ބިން ހަވާލުނުކޮށްގެން ކަމަށް ރައީސް ވިދާޅުވީއިރު ށ. ފޯކައިދޫ ގައި ހުރި ބޮޑު މިސްކިތް ތަޅާލީ ރައީސް މުޢިއްޒު ގެ ދަތުރުފުޅާ ގުޅިގެން އެތަނުގައި އިސްލާމީ މަރުކަޒެއް އެޅުމަށެވެ. އެހެން ނަމަވެސް އެރަށު ކައުންސިލް އިން ފާހަގަ ކުރި ގޮތުގައި އެތަނުގައި ހުރި މިސްކިތް ތަޅާލައި އިސްލާމީ މަރުކަޒުގެ މަސައްކަތް ފެށުމަށް އެޅި ބިންގާ ފެންނަން ވެސް ނެތް ކަމަށެވެ. 

އެރަށު ބޮޑު މިސްކިތް ތަޅާލިތާ 2 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު އެ ތަނުގައި އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެ އެވެ. އަދި ފާއިތުވެގެން ދިޔަ 2 މަސް ދުވަސް ވަންދެން އެރަށުގައި ހުކުރު ކުރީ ސުކޫލު ހޯލުގަ އެވެ. 

އޭގެ އިތުރުން ވެސް ވަރަށް ގިނަ ރަށްރަށުގެ ކައުންސިލް ތަކުން ރަށްރަށުގައި ބިންގާ އަޅާފައިވާ ޕްރޮޖެކްޓް ތައް ކުރިއަށް ނުދާކަން ވަނީ ފާހަގަ ކޮށްފަ އެވެ. 

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޕީއެންސީކައުންސިލުތައް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު އަބަދުވެސް ހުންނަވަނީ ބަނޑުހައިހޫނު ކަންމަތީގައި، އެފަދަ ބޭފުޅަކަށް ގައުމެއް ނުހިންގޭނެ: ކައުންސިލް މެންބަރު ޔަޝްފާ

ރައީސް މުއިއްޒު އަބަދުވެސް ހުންނަވަނީ ބަނޑުހައިހޫނު ކަންމަތީގައި، އެފަދަ ބޭފުޅަކަށް ގައުމެއް ނުހިންގޭނެ: ކައުންސިލް މެންބަރު ޔަޝްފާ

09 ޖެނުއަރީ 2026
ދުވާފަރަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދެއްވީ ކުރީގެ ރައީސް ސޯލިހު، މިސަރުކާރުން ދަނާލުގެ ބިންގާ ވެސް ދެ ފަހަރަށް މިހާރު ވަނީ އަޅާފައި!

ދުވާފަރަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދެއްވީ ކުރީގެ ރައީސް ސޯލިހު، މިސަރުކާރުން ދަނާލުގެ ބިންގާ ވެސް ދެ ފަހަރަށް މިހާރު ވަނީ އަޅާފައި!

09 ޖެނުއަރީ 2026
ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު

ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު

08 ޖެނުއަރީ 2026
ޕީއެންސީ ޖަގަހަ ހުޅުވުން: އާންމު ރައްޔިތުންނަށް ތުރާލަކަށް!

ޕީއެންސީ ޖަގަހަ ހުޅުވުން: އާންމު ރައްޔިތުންނަށް ތުރާލަކަށް!

08 ޖެނުއަރީ 2026
ކުރީ ސަރުކާރުގައި މާލެ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް އަނެއްކާ ވެސް ގޮވާލައިފި

ކުރީ ސަރުކާރުގައި މާލެ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް އަނެއްކާ ވެސް ގޮވާލައިފި

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު