Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސުއޭޒް ކެނަލް

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު މާސްކް ކުންފުނިން އަލުން ސުއޭޒް ކެނަލް އާއި ރަތް ކަނޑުން ދަތުރުތައް ފަށަނީ

15 ޖެނުއަރީ 2026 | ބުރާސްފަތި 11:13

ޔަމަނުގެ ހޫޘީން ހަމަލާދޭން ފެށުމުން ދެ އަހަރަށްވުރެ ގިނަ ދުވަހު ޝިޕިންގ ކުންފުނިތަކުން އެފްރިކާ ބައްރު ވަށާލައިގެން ދަތުރުކުރަމުންދިޔަ. ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެން ކަނޑުގެ ދަތުރުފަތުރުތައް އާންމު ހާލަތަކަށް އަތުވެދާނެ ކަމުގެ އުންމީދު ވަނީ އާވެފައި.

ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 11:13
މާސްކް ގެ ކޮންޓޭނަރު ބޯޓެއް ސުއޭޒް ކެނަލުން ދަތުރު ކުރަނީ

މާސްކް ގެ ކޮންޓޭނަރު ބޯޓެއް ސުއޭޒް ކެނަލުން ދަތުރު ކުރަނީ | ގެޓީ އިމޭޖަސް

ޝިޕިންގ ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ މާސްކް އިން، އެކުންފުނީގެ ބޯޓުތައް ރަތްކަނޑާއި ސުއޭޒް ކެނަލް ތެރޭން އަލުން ދަތުރުތައް ފެށުމަށް ނިންމައިފި ކަމަށް ޑެންމާކުގެ އެ ކުންފުނިން ބުރާސްފަތި ދުވަހު ހާމަކޮށްފި އެވެ. މިއީ މެދުއިރުމައްޗާއި އިންޑިއާ، އެމެރިކާގެ އިރުމަތީ އައްސޭރިފަށާ ގުޅުވައިދޭ މުހިންމު މަގެކެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކުންފުނީގެ ހުރިހާ ދަތުރުތަކެއް ސުއޭޒް ކެނަލް މެދުވެރިކޮށް ކުރާގޮތަށް އަލުން ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއީ އެކުންފުނީގެ އުޅަނދުފަހަރުތަކުގެ ދަތުރުތައް އާންމު ހާލަތަކަށް ގެނައުމަށްޓަކައި މަރުހަލާ ތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތެއްގެ ބައެއް ކަމަށްވެސް މާސްކް އިން ބުނެ އެވެ.

ޣައްޒާގެ ރައްޔިތުންނާ އެކު އޮތް ތާއީދު ހާމަކުރުމުގެ ގޮތުން، ޔަމަނުގެ ހޫޘީން ރަތްކަނޑުން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދޭން ފެށުމާ ގުޅިގެން، ވޭތުވެދިޔަ ދެ އަހަރަށްވުރެ ގިނަ ދުވަހު ޝިޕިންގ ކުންފުނިތަކުން ދަތުރުކުރަމުން ދިޔައީ އެފްރިކާ ބައްރު ވަށާލާފައެވެ. ނަމަވެސް، މިހާރު ގިނަ ކުންފުނިތަކަކުން ދަނީ އޭޝިއާ އާއި ޔޫރަޕާ ދެމެދު އޮންނަ މި މުހިންމު ވިޔަފާރި މަގަށް އަލުން ރުޖޫޢަވުމަށް ވިސްނަމުންނެވެ.

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތުމަކީ ކަނޑުގެ ދަތުރުފަތުރުތައް އާންމު ހާލަތަކަށް އަތުވެދާނެ ކަމުގެ އުންމީދު އާވި ކަމެކެވެ. މިގޮތުން، މިދިޔަ ހޯމަ ދުވަހު މާސްކްގެ އުޅަނދަކުން ވަނީ މި މަގުން ދަތުރުކޮށް، މަގުގެ ރައްކާތެރިކަން ޓެސްޓުކޮށްފަ އެވެ.

ޚިދުމަތަށް ގެނައި މި ބަދަލާއެކު، ފުރަތަމަ އުޅަނދު ފުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 26 ވަނަ ދުވަހު އޮމާންގެ ސަލާލާ ބަނދަރުންނެވެ.

ސުއޭޒް ކެނަލަކީ ޔޫރަޕާއި އޭޝިއާ ގުޅުވައިދޭ އެންމެ އަވަސް މަގެވެ. "ކްލާކްސަންސް ރިސާޗް" ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ހޫޘީންގެ ހަމަލާތައް ފެށުމުގެ ކުރިން ދުނިޔޭގެ ކަނޑު މަގުން ކުރާ ވިޔަފާރީގެ ގާތްގަނޑަކަށް 10 އިންސައްތަ ހިއްސާކުރަނީ މި މަގުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޣައްޒާގައި ހަނގުރާމަ ހުއްޓާލާފައި އޮތުމަކީ ރަތްކަނޑުގެ ދަތުރުފަތުރުތައް އާންމު ހާލަތަށް ގެނައުމަށް ލިބުނު އުންމީދެކެވެ. މި އެއްބަސްވުމުގެ ސަބަބުން ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ޣައްޒާގައި ކުރިއަށްދިޔަ ބޮޑެތި ކުރިމަތިލުންތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ނަމަވެސް، ދެފަރާތުންވެސް އެއްބަސްވުމާ ޚިލާފުވަމުންދާ ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ފަލަސްތީނުގެ 440 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އިޒްރޭލުގެ ތިން ސިފައިން ވަނީ މަރުވެފަ އެވެ.

މާސްކްސުއެޒް ކެނަލްހޫޘީންރަތް ކަނޑުއިޒްރޭލް-ފަލަސްޠީންޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

23 ޖޫން 2026

އިސްރާއީލުން ފަލަސްތީނުގެ ކުޑަކުދިން މަރަމުންދަނީ ގަސްތުގައި: އދ ގެ ތަހުގީގު

23 ޖޫން 2026
އިސްރާއީލުން ފަލަސްތީނުގެ ކުޑަކުދިން މަރަމުންދަނީ ގަސްތުގައި: އދ ގެ ތަހުގީގު
17 ޖޫން 2026

އިސްރާއީލުން އިބްރާހީމީ މިސްކިތުގެ ކޮންޓްރޯލް އަތުލައިފި: މީގެ މާނައަކީ ކޮބާ؟

17 ޖޫން 2026
އިސްރާއީލުން އިބްރާހީމީ މިސްކިތުގެ ކޮންޓްރޯލް އަތުލައިފި: މީގެ މާނައަކީ ކޮބާ؟
17 ޖޫން 2026

ހުޅަނގު އައްސޭރީގެ މިސްކިތެއްގައި ޔަހޫދީން ހުޅުޖަހައިފި

17 ޖޫން 2026
ހުޅަނގު އައްސޭރީގެ މިސްކިތެއްގައި ޔަހޫދީން ހުޅުޖަހައިފި
16 ޖޫން 2026

އދ ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ އިން ބައިވެރިވެއްޖެ

16 ޖޫން 2026
އދ ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ އިން ބައިވެރިވެއްޖެ
15 ޖޫން 2026

ޣައްޒާއަށް އިޒްރޭލުން ދޭ ހަމަލާތަކުގައި 4 މީހުން ޝަހީދު ކޮށްލައިފި

15 ޖޫން 2026
ޣައްޒާއަށް އިޒްރޭލުން ދޭ ހަމަލާތަކުގައި 4 މީހުން ޝަހީދު ކޮށްލައިފި
13 ޖޫން 2026

ފަލަސްޠީނުގެ ހައްގުގައި އިނގިރޭސިވިލާތުގައި އަޑު އުފުލާ ބަޔަކަށް ޓެރަރިޒަމްގެ ދައުވާކޮށް، އަށް އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި

13 ޖޫން 2026
ފަލަސްޠީނުގެ ހައްގުގައި އިނގިރޭސިވިލާތުގައި އަޑު އުފުލާ ބަޔަކަށް ޓެރަރިޒަމްގެ ދައުވާކޮށް، އަށް އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި
08 ޖޫން 2026

އިޒްރޭލް އަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް ހޫތީން އިން ބުނެފި

08 ޖޫން 2026
އިޒްރޭލް އަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް ހޫތީން އިން ބުނެފި
08 ޖޫން 2026

އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި

08 ޖޫން 2026
އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި
07 ޖޫން 2026

ހަމާސްގެ ކޮމާންޑަރަކު ޝަހީދު ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

07 ޖޫން 2026
ހަމާސްގެ ކޮމާންޑަރަކު ޝަހީދު ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި
03 ޖޫން 2026

ޣައްޒާގައި ޚިދުމަތްކުރި ސާޖަން ހަމާވީ، ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކޮށްފި

03 ޖޫން 2026
ޣައްޒާގައި ޚިދުމަތްކުރި ސާޖަން ހަމާވީ، ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް