Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއެލާ

އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރު، ވެނެޒުއެލާގެ ވަގުތީ ރައީސްއާ ބައްދަލު ކުރައްވައިފި

ރިޕޯޓު ތަކުގައި ބުނެފައިވާ ގޮތުން، ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީއާ ރެޓްކްލިފް ބައްދަލު ކުރައްވާފައި ވަނީ، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިރުޝާދުގެ މަތިން. އެގޮތުން އެމެރިކާ އިން ވެނެޒުއެލާއާ އެކު ގުޅިގެން މަސައްކަތް ކުރުމަަށް ބޭނުންވާ ކަމުގެ މެސެޖު ފޯރުކޮށްދީފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2026 | ހޮނިހިރު 07:09
ސީއައިއޭގެ ޑިރެކްޓަރު ޖޯން ރެޓްކްލިފް އާއި، ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް

ސީއައިއޭގެ ޑިރެކްޓަރު ޖޯން ރެޓްކްލިފް އާއި، ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް | އޭއެފްޕީ

އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރު ޖޯން ރެޓްކްލިފް، ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒްއާ ބައްދަލު ކުރައްވާފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ރިޕޯޓު ކޮށްފި އެވެ. 

ނިއު ޔޯކް ޓައިމްސް އިން މިކަން ރިޕޯޓު ކޮށްފައި ވަނީ، އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލެއްގެ ފަރާތުން ލިބުނު މައުލޫމާތުގެ މައްޗަށެވެ. އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. 

ރިޕޯޓު ތަކުގައި ބުނެފައިވާ ގޮތުން، ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީއާ ރެޓްކްލިފް ބައްދަލު ކުރައްވާފައި ވަނީ، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިރުޝާދުގެ މަތިންނެވެ. އެގޮތުން އެމެރިކާ އިން ވެނެޒުއެލާއާ އެކު ގުޅިގެން މަސައްކަތް ކުރުމަަށް ބޭނުންވާ ކަމުގެ މެސެޖު ފޯރުކޮށްދީފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ. 

އެ ބައްދަލު ކުރެއްވުމުގައި އިންޓެލިޖެންސް ދާއިރާ އިން ގުޅިގެން މަސައްކަތް ކުރުމާއި، އިޤްތިސާދީ ހަމަޖެހުމާއި، ވެނެޒުއެލާގެ ދުޝްމަނުން އަދި ޚާއްސަކޮށް މަސްތުވާ ތަކެތީގެ ވިޔަފާރިވެރިންނަށް ރައްކާތެރިކަމާއި، ހިމާޔަތް ނުދިނުން ކަށަަވަރު ކުރުމުގެ ބޭނުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. 

ނިއު ޔޯކް ޓައިމްސްގައި ބުނެފައިވާ ގޮތުން، ކުރިން ނައިބު ރައީސްގެ ހައިސިއްޔަތުން ވެސް ޑެލްސީ ވަނީ އެމެރިކާގެ ބައެއް އިސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. އެގޮތުން އެމެރިކާގެ ޚާއްސަ މަންދޫބު ރިޗާޑް ގްރެނެލް އާއި އެހެން އޮފިޝަލުންނާ އެކު ބައްދަލުކޮށް، އަމިއްލަ އިޚުތިޔާރުގައި ވެރިކަމުގެ ބާރުތައް ދޫކޮށްލުމަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އެއްބަސް ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް ނިއު ޔޯކް ޓައިމްސްގައި ބުނެފައިވެ އެވެ. 

އެމެރިކާ އިން މަދޫރޯ ހައްޔަރު ކުރުމާ އެކު، ޑެލްސީ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފަ އެވެ. އަދި މަދޫރޯ އަކީ ވެނެޒުއެލާގެ ހަގީގީ ރައީސް ކަމަށާއި، ވަގުތުން ވަގުތަށް މަދޫރޯ މިނިވަން ކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ. އޭގެ ފަހުން ވެނެޒުއެލާގެ ސުޕްރީމް ކޯޓުން ވަނީ އެ ޤައުމުގެ ވަގުތީ ރައީސް އަކީ ޑެލްސީ ކަމަށް ކަނޑައަޅައިފަ އެވެ. އަދި އެމެރިކާ އިން ވެސް ވަނީ ވަގުތީ ލީޑަރެއްގެ ގޮތުގައި ޑެލްސީ ބަަލައިގެންފަ އެވެ. 

މި ބައްދަލުވުން ބާއްވާފައި ވަނީ ވެނެޒުއެލާގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ހަލަބޮލި ވެފައިވާ ދަނޑިވަޅެއްގަ އެވެ. މި ބައްދަލުވުމުގެ ކުރިން، ޑެލްސީ ވަނީ އެމެރިކާގެ ރައީސް ޓްރަމްޕްއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. އޭގެ ފަހުން މި ބައްދަލުވުން ބާއްވާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާއިރު، މި ބައްދަލުވުން އޮތީ ވެނެޒުއެލާގެ ވެރި ރަށް ކަރަކާސްގައި ކަމަށް ވެސް ބުނެފައިވެ އެވެ.

މަސްދަރު: ރޮއިޓާސް

ޖޯން ރެޓްކްލިފްޑެލްސީ ރޮޑްރިގޭޒްރައީސް ޑޮނަލްޑް ޓްރަމްޕްނިކޮލަސް މަދޫރޯއެމެރިކާ-ވެނެޒުއެލާސީއައިއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ރޫބިއޯ އާއި ބްލެއާ ހިމަނައި، ޣައްޒާގެ ބޯޑު އޮފް ޕީސް އުފައްދަވައިފި

ރޫބިއޯ އާއި ބްލެއާ ހިމަނައި، ޣައްޒާގެ ބޯޑު އޮފް ޕީސް އުފައްދަވައިފި

17 ޖެނުއަރީ 2026
ބައިނަލްއަޤުވާމީ މަސްރަޙު ދުވަހުން ދުވަހަށް ދަނީ ނުރައްކާވަމުން

ބައިނަލްއަޤުވާމީ މަސްރަޙު ދުވަހުން ދުވަހަށް ދަނީ ނުރައްކާވަމުން

15 ޖެނުއަރީ 2026
ސުލްޙަ އަށް ހުރަސް އަޅަނީ ޔޫކްރެއިން އިން، ރަޝިޔާާ އަކުން ނޫން: ޓްރަމްޕް

ސުލްޙަ އަށް ހުރަސް އަޅަނީ ޔޫކްރެއިން އިން، ރަޝިޔާާ އަކުން ނޫން: ޓްރަމްޕް

15 ޖެނުއަރީ 2026
 އެމެރިކާ އިން ވެނެޒުއޭލާގެ ތެޔޮ ރަސްމީކޮށް ވިއްކަން ފަށައިފި

އެމެރިކާ އިން ވެނެޒުއޭލާގެ ތެޔޮ ރަސްމީކޮށް ވިއްކަން ފަށައިފި

15 ޖެނުއަރީ 2026
ވައިޓް ހައުސްގެ ބައްދަލުވުމަށް ފަހު ގްރީންލޭންޑާއި ޑެންމާކުން ބުނަނީ ޓްރަމްޕް ހުންނެވީ އެ ސަރަހައްދު "ހިފަން" ނިންމަވައިގެން ކަމަށް

ވައިޓް ހައުސްގެ ބައްދަލުވުމަށް ފަހު ގްރީންލޭންޑާއި ޑެންމާކުން ބުނަނީ ޓްރަމްޕް ހުންނެވީ އެ ސަރަހައްދު "ހިފަން" ނިންމަވައިގެން ކަމަށް

15 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު