Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޯހިޔާވަހިކަން އެންމެންނަށް

ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!

ބޯހިޔާވަހިކަން އެންމެންނަށް ކިޔައިގެން ވާހަކަ ދައްކަމުން ގެންދާ އިރު، މުއިއްޒުގެ ސަރުކާރުގެ ހަޔާތުން ދެ އަހަރު ފާއިތުވެ ތިންވަނަ އަހަރު ގުނަމުން ދާއިރު އަދި އެއްވެސް ފްލެޓެއްގެ މަސައްކަތް ފަށާފައި ނުވާއިރު، ކުރީގެ ސަރުކާރުން ފުރިހަމަ ކުރި 4،000 ފްލެޓު ލިބުނު އެންމެންނަށް ވަދެވޭނެ ގޮތް ވެސް މި ސަރުކާރަށް ފަހިކޮށް ދެވިފަ އެއް ނުވޭ. ބޯހިޔާވަހިކަމުގެ އަހަރު ކަމަށް އިއުލާނުކޮށް ބޮޑު ބަޖެޓެއް ކަނޑައަޅާފައި އޮތް ނަމަވެސް އަހަރު ނިމިގެން ދިޔަ އިރު އެ ފައިސާ އަށް ވީގޮތެއް ވެސް ރައްޔިތުންނަކަށް ނޭނގޭ.

ރާއްޖެ އެމްވީ | 18 ޖެނުއަރީ 2026 | އާދީއްތަ 12:55
ހުޅުމާލޭގެ ހުސް ބިމެއް

ހުޅުމާލޭގެ ހުސް ބިމެއް | ރާއްޖެއެމްވީ

ރައީސް މުހައްމަދު މުއިއްޒު ގެ ސަރުކާރުން "ބޯހިޔާވަހިކަން އެންމެންނަށް" ނަމުގައި މާ ވަރުގަދަ ޕްރޮގްރާމެއް އާދިއްތަ ދުވަހު ފަށާ އެ ޕްރޮގްރާމުގެ ދަށުން ގޯއްޗާ ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. 

ޒަމާނީ "ހިޔާވަހި ޕޯޓަލް" ހަދައި އެ ޕޯޓަލްގެ ތެރެއިން ފްލެޓާ ގޯޗަށް އެދެންވީ ކަމަށް ސަރުކާރުން ބުނެ، ދިގު އިންތިޒާރުގެ ނިމުން އައީ ކަމަށް ސިފަކޮށް ސަރުކާރަށް ސަނާ ކިޔާ ބައެއް މީޑިއާ ތަކުގެ ސުރުޚީތަކުގައި ހުއްޓާ ފެނުނެވެ.

ފްލެޓާއި ގޯއްޗަށް އެދުމުގެ ސުންގަޑި ވެސް އޮތީ ކަނޑައަޅާފަ އެވެ. އޭޕްރީލުގެ ކުރިން އެދެން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ހުށައެޅުމުގެ އުސޫލާއި ޝަރުތުތައް އަދި މާކްސް ދޭނެ އުސޫލުތައް ގެޒެޓުގައި ޝާޢިއުކޮށްފާވާނެ ކަމަށް ވެސް ހައުސިންގ މިނިސްޓްރީން ބުނެފައިވެ އެވެ. މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް ބުނެފައިވެ އެވެ.

މިއީ ރައީސް މުއިއްޒުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް ކަމަށް ވެސް ޚަބަރުތަކުގައިވެ އެވެ.

މާލެ ސަރަހައްދުން 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ. ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާ އޮތީ ނިމިފަ އެވެ.

މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނޭ ކަމަށާއި، މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައިވާ ކަމަށް ވެސް ބުނެ އެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބިގެންދާނެ ކަމަށް ވެސް ބުނެ އެވެ. ޓެކްސީ ޑްރައިވަރުންނާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މީހުންނަށް ޚާއްޞަ ކެޓަގަރީތަކެއް ފްލެޓް ދޫކުރާ އިރު ހުންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މުއިއްޒުގެ ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ގޯއްޗާއި ފްލެޓް ލިބޭ ފަރާތްތަށް ކަނޑަޅުމުގެ މަސައްކަތައް ފަހު މި ދައުރުގެ ތެރޭގައި ގޯއްޗާއި ފްލެޓް ހަވާލު ކުރާނެ ކަމަށެވެ.

މި ހުރިހާ އަދަދުތަކާއި، ކެޓަގަރީތަކާއި، މާކުސްދޭ އުސޫލާ މިހެން ގޮސް އެތައް ކަމެއްގެ ވާހަކަތައް ތަފްސީލު ކޮށް ދައްކާ އިރު އެވިދާޅުވާ ގޯއްޗާއި ފްލެޓް ކޮބާ ހެއްޔެވެ؟ އެއީ ކޮންތާކު ހުރި އެއްޗެއް ހެއްޔެވެ؟

ސަރުކާރަށް ދެ އަހަރު ފުރި ތިން ވަނަ އަހަރުގެ ދުވަސްތައް ގުނަމުން ދަނީ އެވެ. އިއުލާނު ކުރި ބޯހިޔާވަހި ކަމުގެ ޕްރޮގްރާމުތަކުގެ އަދަދު ވެސް ނޭނގެ އެވެ. އެރަށުގައި 100 ފްލެޓް މިރަށުގައި 200 ފްލެޓް އޭ ބުނެ އިއުލާނުތައް ކޮށް ރަށްރަށަށް މުއިއްޒު ވަޑައިގެން މަޝްރޫއުތަކުގައި ސޮއިވެސް ކޮށްފައިވެ އެވެ. އެއިން އެއްވެސް ތަނެއް ބިމުން މައްޗަށް އުފުލިފަ އެއް ނެތެވެ. ދެން މި އިވުނީ ބޯހިޔާވަހިކަން އެންމެންނަށް ދޭން ފެށި ވާހަކަ އެވެ.

ކައުންސިލް އިންތިޚާބު ބޯމަތިވަމުން އަންނަ އިރު ސަރުކާރުން ދަނޑިވަޅު ބަލާފައި އަނެއްކާ މޮޅު ކަމެއް ކޮށްލީ އެވެ. އެކަން އެގޮތައް ކުރި މި ސަރުކާރަކީ ރައީސް ސޯލިހް ގެ ވެރިކަމުގައި ހިންގަމުން ދިޔަ ބޯހިޔާވަހި ކަމުގެ ޕްރޮގްރާމަށް އިންތިހާ އަށް ފާޑު ކިޔަމުން ދިޔަ ބަޔަކު ހިމެނޭ ސަރުކާރެކެވެ. އޭގެ އެންމެ ކުރީގައި ހުންނެވީ ވެސް މިއަދު ރައީސް ކަމުގައި ހުންނެވި މުހައްމަދު މުއިއްޒު އެވެ. 

ރައީސް ސޯލިހް ގެ ސަރުކާރުން ދޭ ގޯއްޗަކީ ކަނޑުއަޑީ ގައި ހުރި އެއްޗެހި ކަމާއި، ދެމުންދާ ފްލެޓަކީ ނެތް އެއްޗެއްގެ ގޮތުގައި ދެއްކުމަށް ޚުދު މުއިއްޒު ވަރަށް މަސައްކަތް ކުރެއްވި އެވެ.

މިކަންކަން މިހެން ކުރެއްވުމަށް ފަހު މިއަދު ބޯހިޔާވަހި ކަމަށް އިއުލާނު ކުރުމުން ހީވީ ފްލެޓްތައް އަޅާ ނިމި، ބިންތައް އުފައްދާ އެތަންތާނގައި މަގުތަކާއި ފެނާއި ނަރުދަމާ އަޅަމުން ގެންދަމުން ފުރުސަތައް ހުޅުވާލީ ހެންނެވެ.

ހަގީގަތަކީ މި ސަރުކާރުން ފްލެޓެއް އަޅަން ކުރި އެއްވެސް ކަމެއް ފެންނާން ނެތުމެވެ. އަޑި ނޭނގޭ ޑީލުތަކެއްގެ ދަށުން ބޮޑެތި ބިންތަކެއް ހިއްކާ ކަމަށް ބުންޏެއް ކަމަކު ކުރިން ކިޔާފައިވާ ފާޑުގެ މަތިން ހަނދާން ހުރި ނަމަ އަދި އެތަންތާކަށް ފުރުސަތަކަށް ހުޅުވައެއް ނުލީހެވެ. އެއީ ހަމަ ހަގީގަތުގައި ވެސް ވުޖޫދުގައި އަދި ހުރި ތަންތަނެއް ނޫނެވެ. ބިމެއް ހިކުނަސް އެތަންތަނުގައި އަސާސީ ވަސީލަތްތަކާއި މަގުތަކާއި ކަންކަން ފުރިހަމަ ކުރެވޭނެ ދުވަހެއް ވެސް ނޭނގެ އެވެ. ގޯއްޗެއް ދިނަސް އެއީ ހަމަ ކަނޑުއަޑިން ދިނުން ފަދަ ނޫން އެއީ ދެން ކޮން ކަމެއްބާވަ އެވެ؟

މިހާރު ފަސް އެނބުރި ބަލާލާއިރު ފެންނަނީ ބޯހިޔާވަހި ކަމުގެ ދާއިރާ އިން ވެސް ނިމިދިޔަ ސަރުކާރުން ކަންކަން ކޮށްފައިވަނީ މި ސަރުކާރުން ކަންކަން މި ކުރާ ގޮތަށް ވުރެ ހާސްބައި ރަނގަޅަށް ކަމުގަ އެވެ. މާ ސީރިއަސް ކޮށް މާ ބޮޑަށް ވެސް އިޚުލާސްތެރިކަމާ އެކުގައި ކަމެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ ވަރަށް ކުރީ ކޮޅުގައި މިހާރު މިފެންނަ ގެދޮރުވެރިޔާ ސްކީމުގެ ފްލެޓް ތަކާ ގުޅޭ މަސައްކަތް ފެށިކަން އެއީ ފެންނާން އޮތް ހަގީގަތެކެވެ. 25 މާޗް 2019 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ވުޖޫދަށް ގެނެސްފި އެވެ. ސެޕްޓެމްބަރު 23، 2021 ގައި އިންޑިއާގެ އެގްޒިމް ބޭންކާ އެކު 227 މިލިއަން ޑޮލަރުގެ 4000 ހައުސިންގ ޔުނިޓުގެ މަޝްރޫއުގައި ސޮއި ކުރިއެވެ. 2021 ޑިސެމްބަރުގައި އަމަލީ މަސައްކަތް ފަށައިފި އެވެ. ފެބްރުއަރީ 2022 އާ ހަމަ އަށް އައިރު ފްލެޓް ތަކުގެ ޕައިލިންގ މަސައްކަތް ފެންނާން ހުއްޓެވެ. 2022 ވަނަ އަހަރުގެ މެއި މަހާ ހަމަ އަށް އައި އިރު ޓަވަރު ތަކުގެ ތަނބުތައް ބިންމައްޗަށް އަރައިފި އެވެ. ކޮވިޑްގެ ނުރައްކާތެރި ހާލަތާ އެކު ޓަވަރުތަކުގެ ކުރިއެރުމަށް ހީނަރު ކަމެއް އައި ނަމަވެސް ގެއްލުނު ތަން ހޯދުމަށް އެ ސަރުކާރުން އިންތިހާ އަށް މަސައްކަތް ކޮށް ފްލެޓަށް އެދެން ހުޅުވާލި އިރު ދޫކުރާ ފްލެޓްތަކުގެ މަސައްކަތް ހަލުއި ކަމާ އެކު ދިޔައީ ކުރިއަށެވެ. މި ތާރީޚްތަކާއި ކިތާބީ ހެކިތައް އެފްޑީސީ ގެ ވެބްސައިޓް ގައި އަދިވެސް އެހުރީ ފެންނާށެވެ. ނޫސްތަކުގައި އެވާހަކަތައް އެހުރީ ލިޔެވި ރެކޯޑް ކުރެވިފަ އެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޯށްދޭނަމޭ ވިދާޅުވެ މުއިއްޒު ވެރިކަމަށް ވަޑައިގެން ނިމިދިޔަ އަހަރު އެއީ ބޯހިޔާވަހިކަމުގެ އަހަރު ކަމުގައި ވެސް އޮތީ ކަނޑައަޅުއްވާފަ އެވެ. ބޯހިޔާވަހިކަން ނެތުމުގެ މައްސަލަ އަކީ ޤައުމީ ބޮޑު މައްސަލަ އެއް ކަމަށާއި، އެކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމުގެ ގޮތުން 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް ކަނއަޅާފައި އޮތީ ތާރީޚީ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ހުސްވި އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ބޭއްވި  ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު ވިދާޅުވި އެވެ. ދައުލަތުގެ ބަޖެޓުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅައި، އެ ވިދާޅުވި ތާރީޚީ ބަޖެޓުގެ ޒަރީއާ އިން، ވެރިރަށް މާލެ ނުހިމެނޭހެން، 12،940 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި ވިދާޅުވެ އަހަރު ނިމިގެން ދިޔައިރު އެޅި ފްލެޓެއް ލިބުނު ބޯހިޔާވަހިކަމެއް އަދި ނުވި ތާކަށް އެ ބޮޑު ބަޖެޓަށް ވީ ގޮތެއް ވެސް ދިވެހި ރައްޔިތުންނަކަށް ނޭނގުނެވެ.

އެންމެންނަށް ބޯހިޔާވަހިކަން ނަމުގައި ބޮޑު ކަންތައްގަނޑެއް ފަށާ، ދައުރު ނިމެންވާއިރަށް އެތަންތަނަށް މީހުންނަށް ވަދެވޭނެ ކަމަށް ބުނާ އިރު، ނިމިފައި ހުރި 4000 ފްލެޓަށް މީހުންނަށް ވަދެވޭނެ ގޮތް ދެ އަހަރު ތެރޭ މި ސަރުކާރަށް ފަހިކޮށް ނުދެވުނުު ކަމީ ފެންނަން އޮތް ހަގީގަތެކެވެ. އެހެން އެކަން އޮތް އިރު އަދި ސުމަކުން ފަށައިގެން ފްލެޓްތައް އަޅައިގެން ދެން މިއޮތް 3 އަހަރުގެ ތެރޭގައި އެތަންތަނަށް ބަޔަކަށް ވަދެވޭނެ ކަމަށް ގަބޫލު ކުރާނީ މޮޔައިންނެވެ. މުއިއްޒުގެ ބޭނުމަކީ ކޮންމެހެން ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމެއް ނޫނެވެ. އެ ދަޅައިގައި ރާއްޖޭގެ ގިނަ ބަޔަކު ޖައްސާ 4،000 ފްލެޓް ލިބުނު މީހުންނަށް ޖެއްސި އަހުވަ އަދި އެއަށް ވުރެ ގިނަ ބަޔަކަށް ޖެއްސުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުބޯހިޔާވަހިކަން އެންމެންނަށްއަބްދުﷲ މުއްތަލިބްފަހި ދިރިއުޅުން ކޯޕަރޭޝަންގެދޮރުވެރިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

މި ދައުރު ނިމެންވާއިރަށް ރަޖިސްޓްރީ ހަދާފައި ގޯތި ހަވާލުކުރާނަން: މިނިސްޓަރު މުއްތަލިބު

މި ދައުރު ނިމެންވާއިރަށް ރަޖިސްޓްރީ ހަދާފައި ގޯތި ހަވާލުކުރާނަން: މިނިސްޓަރު މުއްތަލިބު

18 ޖެނުއަރީ 2026
ރައީސް މުއިއްޒަކީ ވާހަކައެއް ދައްކަވަންޏާ ދޮގު ހެއްދެވޭ ބޭފުޅެއް، ހުޅުމާލޭގެ މުނިިސިޕަލް ޚިދުމަތްތައް ކައުންސިލްއާ ހަވާލުނުކޮށް ވެސް ހައްދަވަނީ ދޮގު: މޭޔަރު އާޒިމް

ރައީސް މުއިއްޒަކީ ވާހަކައެއް ދައްކަވަންޏާ ދޮގު ހެއްދެވޭ ބޭފުޅެއް، ހުޅުމާލޭގެ މުނިިސިޕަލް ޚިދުމަތްތައް ކައުންސިލްއާ ހަވާލުނުކޮށް ވެސް ހައްދަވަނީ ދޮގު: މޭޔަރު އާޒިމް

18 ޖެނުއަރީ 2026
މަސައްކަތެއް ނެތި މުސާރަ ދިނުމަކީ ރިޝްވަތު ދިނުން، ރަނގަޅު ވެރިއަކު އެހެން ކަންތަކެއް ނުކުރާނެ: މޭޔަރު އާޒިމް

މަސައްކަތެއް ނެތި މުސާރަ ދިނުމަކީ ރިޝްވަތު ދިނުން، ރަނގަޅު ވެރިއަކު އެހެން ކަންތަކެއް ނުކުރާނެ: މޭޔަރު އާޒިމް

18 ޖެނުއަރީ 2026
"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް އަށް އެދި ކުރިމަތިލާން ހުޅުވާލައިފި

"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް އަށް އެދި ކުރިމަތިލާން ހުޅުވާލައިފި

18 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ކައުންސިލް އިންތިޚާބާ ދިމާކޮށް ހީލަތްތެރި ރޭވުންތަކެއް ރާވަމުން: ފަލާހް

ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ކައުންސިލް އިންތިޚާބާ ދިމާކޮށް ހީލަތްތެރި ރޭވުންތަކެއް ރާވަމުން: ފަލާހް

17 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު