Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަން

"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް އަށް އެދި ކުރިމަތިލާން ހުޅުވާލައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭ އެ މަޝްރޫއުއަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް. އެންމެ ފުރަތަމަ ގޯއްޗާއި ފުލެޓަށް އެދި ކުރިމަތިލާން ހުޅުވާލަން ހަމަޖެހިފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހު. އެކަމަކު، ކުއްލި ގޮތަކަށް އެ ފުރުސަތު އާދިއްތަ ދުވަހަށް ލަސްކުރި.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2026 | އާދީއްތަ 07:57
"އެންމެންނަށް ބޯހިޔާވަހިކަން" - އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް

"އެންމެންނަށް ބޯހިޔާވަހިކަން" - އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް | ރާއްޖެ އެމްވީ

މި ސަރުކާރުގެ "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭޕްރީލް 17 ވަނަ ދުވަހުގެ ރޭގަނޑު 11:59 ގެ ނިޔަލަށް ކަމަށެވެ. އަދި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާޗު 4 ވަނަ ދުވަހުގެ ރޭގަނޑު 11:59 ގެ ނިޔަލަށް ކަމަށެވެ.

Advertisement - newsAdvertisement

 ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭ އެ މަޝްރޫއުއަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށެވެ. އެންމެ ފުރަތަމަ ގޯއްޗާއި ފުލެޓަށް އެދި ކުރިމަތިލާން ހުޅުވާލަން ހަމަޖެހިފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެކަމަކު، ކުއްލި ގޮތަކަށް އެ ފުރުސަތު އާދިއްތަ ދުވަހަށް ލަސްކުރި އެވެ.

މި ސަރުކާރުން އިއުލާނުކުރި "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ފުލެޓާއި ގޯތި ދޭނެ ގޮތުގެ އުސޫލު މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ގެޒެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ. އެ އުސޫލާ ގުޅުވައި ހައުސިން މިނިސްޓްރީން އޭރު ނެރުނު އިއުލާނެއްގައިވަނީ ގޯއްޗާއި ފުލެޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ ޖަނަވަރީ 15 އިން ފެށިގެން އޭޕްރިލް 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ކަމަށް އިއުލާނުގައިވެ އެވެ.

ފްލެޓް ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި މާލޭ މީހުންނަށް ވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެ އެވެ. ސަރުކާރުން ކަނޑައަޅާފައިވަނީ އެ މަޝްރޫއުގެ ދަށުން 7،900 ފްލެޓް ދޫކުރުމަށެވެ. އަދި ބިން ނުވަތަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާން ހަމަޖެހިފައިވާއިރު އެ ގޯތިތައް ދޫކުރަނީ ދެ ކެޓަގަރިއަކަށް ބަހާލައިގެންނެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ވައުދުވެވަޑައިގެންފައިވެ އެވެ. ރައީސް މުއިއްޒު 2024 ވަނަ އަހަރު އިއުލާން ކުރެއްވި ގޮތުގައި ނިމިދިޔަ 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމަށް ޚާއްސަ އަހަރެކެވެ. އެ އަހަރު ގިނަ މަޝްރޫއުތަކެއް ފައްޓަވާނެކަން އެތައް ފަހަރެއްގެ މަތިން އިއުލާން ކުރެއްވެވިއެވެ. ނަމަވެސް އަހަރު ނިމިގެން ދިޔައީ އެކަމަށް ކަނޑައެޅި ބަޖެޓުން ވެސް ބޮޑު ބައެއް އަތްނުލައި އޮއްވަ އެވެ.

ޑރ. މުއިއްޒުހައުސިންގް މިނިސްޓްރީބޯހިޔާވަހިކަން އެންމެންނަށްހިޔާވަހި ޕޯޓަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންގެ ޝަކުވާތައް ބަންޑުންކޮށްލައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންގެ ޝަކުވާތައް ބަންޑުންކޮށްލައިފި

15 ޖެނުއަރީ 2026
މާލެ ސަރަހައްދުން ދޫކުރާ ބިމާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލުން އާދިއްތަ ދުވަހަށް ފަސްކޮށްފި

މާލެ ސަރަހައްދުން ދޫކުރާ ބިމާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލުން އާދިއްތަ ދުވަހަށް ފަސްކޮށްފި

15 ޖެނުއަރީ 2026
ފުށިދިއްގަރު ފަޅުން ބޯހިޔާވަހިކަން ހޯދުމަށް ފޯމް ހުށަނޭޅުމަށް ގޮވާލައިފި

ފުށިދިއްގަރު ފަޅުން ބޯހިޔާވަހިކަން ހޯދުމަށް ފޯމް ހުށަނޭޅުމަށް ގޮވާލައިފި

15 ޖެނުއަރީ 2026
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ދައުވާ ކުރެވޭ މީހަކަށް، ރައީސް މުއިއްޒު މެނޭޖަރ ލެވެލް ގެ ވަޒީފާ އެއް ދީފި

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ދައުވާ ކުރެވޭ މީހަކަށް، ރައީސް މުއިއްޒު މެނޭޖަރ ލެވެލް ގެ ވަޒީފާ އެއް ދީފި

14 ޖެނުއަރީ 2026
ދުވާފަރުގައި 200 ހައުސިންގ ޔުނިޓު އަޅަން އޮތް ތަނެއްގައި 50 ޔުނިޓު އަޅާކަން އެނގުނީ ހަރުކޮށްފަ ހުރި ބޯޑުން: ކައުންސިލް މެމްބަރު ޔަޝްފާ

ދުވާފަރުގައި 200 ހައުސިންގ ޔުނިޓު އަޅަން އޮތް ތަނެއްގައި 50 ޔުނިޓު އަޅާކަން އެނގުނީ ހަރުކޮށްފަ ހުރި ބޯޑުން: ކައުންސިލް މެމްބަރު ޔަޝްފާ

13 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު