Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޯބޯހިޔާވަހިކަން

ފުށިދިއްގަރު ފަޅުން ބޯހިޔާވަހިކަން ހޯދުމަށް ފޯމް ހުށަނޭޅުމަށް ގޮވާލައިފި

ސޮބާހު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރަސްމާލެ އިން ބޯހިޔާވަހިކަން ލިބިފައިވާ މީހަކަށްވާތީ، މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓު ނުދޭނެ ކަމަށް. އަދި މާލެ ސަރަހައްދުގެ ބިންތައް މިސަރުކާރުގެ ބޭފުޅުން ބޭނުންކުރާނެ ކަމަށާއި، އެހެނިހެން ކަންކަމުގައި ބިންތައް ވިއްކާނެ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 07:20
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި އުތުރުތިލަފަޅު ޔޫނިއަންގެ ސްޕޯކް ޕަރސަން ސޮބާހު ރަޝީދު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި އުތުރުތިލަފަޅު ޔޫނިއަންގެ ސްޕޯކް ޕަރސަން ސޮބާހު ރަޝީދު ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

މި ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކައި ''ރަސްމާލެ'' ތަރައްގީ ކުރަނީ މާލެ ސަރަހައްދުން ރައްޔިތުންނަށް ބޯހިޔާވަހިކަން ނުދޭން ކަމަށާއި، އެރަށުން ބޯހިޔާވަހި ކަމަށް އެދި ފޯމް ހުށަނޭޅުމަށް އުތުރުތިލަފަޅު ޔޫނިއަންގެ ސްޕޯކް ޕަރސަން ސޮބާހު ރަޝީދު ގޮވާލައިފި އެވެ. 

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ސޮބާހު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާއިރު، ރަސްމާލެއިން ބިމާއި، ފްލެޓު ހޯދުމަށް ފޯމް ހުށަނޭޅުމަށް ގޮވާލާފަ އެވެ. 

Advertisement - newsAdvertisement

މާލެ އާ މާދުރުން ފަޅެއް ހިއްކައި، ރަސްމާލެ ތަރައްގީ ކުރަނީ ސަރުކާރުގެ މުޅިން އެހެން މަގުސަދެއް އޮވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ސޮބާހު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރަސްމާލެ އިން ބޯހިޔާވަހިކަން ލިބިފައިވާ މީހަކަށްވާތީ، މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓު ނުދޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ބިންތައް މިސަރުކާރުގެ ބޭފުޅުން ބޭނުންކުރާނެ ކަމަށާއި، އެހެނިހެން ކަންކަމުގައި ބިންތައް ވިއްކާނެ ކަމަށެވެ. 

އަޅުގަނޑުމެންގެ އިލްތިމާސްއަކީ އެއްވެސް ރައްޔިތަކު ފުށިދިއްގަރުފަޅަށް ލައްވާނެ ކަމެއް ނެތޭ މިހާރު އެނގޭތޯ. އެއީ ފުށިދިއްގަރުފަޅަށް މިވަގުތު މީހުން ލައްވާ އެޕްލިކޭޝަން ހައްދަންވެގެން އެއުޅެނީ އެޕްލައި ކުރުވަން އެއުޅެނީ  ވިދާޅުވާން ދިވެހި ރައްޔިތުން އެތަނުން ބޭނުންވެގެންނޭ ތިމަންމަނިކުފާނު އެތަނަށް  މީހުން ހަމަޖެއްސީ. އޭރުން މިހާރު މިތާގައި މިސަރަހައްދުގައި މިއޮތް ނުދީ ފަރު ޖެއްސޭނެއްނޫންތޯ. ފަރު ޖެއްސުމަށްފަހު އެތަންތަން ކޮންމެވެސް އެހެން ބޭނުމަކަށް ބޭނުން ކުރެވިދާނެ. ތަންކޮޅެއް ބޮޑު އަގުގައި ވިއްކައިލެވިދާނެ. ލަގްޒަރީ ފްލެޓު އެޅުމަށް މިކަހަކަ ކަންތައްތަކެއް ނޫންތޯ މިހިނގަނީ. އެހެންވީމަ ފުށިދިއްގަރުފަޅު ހިއްކަވަން ފެއްޓެވީ  އަސްލު ހަގީގަތުގައި މިތަންތަނުގެ ބިންތައް ނުދެއްވުމުގެ މަގުސަދުގައި.
އުތުރުތިލަފަޅު ޔޫނިއަންގެ ސްޕޯކް ޕަރސަން ސޮބާހު ރަޝީދު

ސޮބާހު ވިދާޅުވީ ރައްޔިތުން ބޯހިޔާވަހިކަން ބޭނުންވަނީ މާލެ ސަރަހައްދުން ކަމަށާއި، ކަނޑު ދަތުރުކޮށްފައި މާ ދުރަށްދާން ބޭނުން ނުވާ ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒު ކުރަން ޖެހޭ ކަމަށް ސޮބާހު ވިދާޅުވި އެވެ. 

ސޮބާހު ވިދާޅުވީ ހުޅުމާލެ ފޭސް-3، ގުޅީފަޅު، އުތުރުތިލަފަޅު އަދި ގިރާވަރުފަޅު ތަރައްގީ ކުރަން ޖެހޭ ކަމަށާއި، އަސާސީ ޚިދުމަތްތައް ގާއިމް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މި މަޝްރޫއުތަކަށް މާ ބޮޑު ސަމާލު ކަމެއް ނުދީ މިސަރުކާރުން ދެލައްކައެއްހާ މީހުންގެ ބޯހިޔާވަހިކަމަށް ހުރަސްއަޅާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސޮބާހު ރަޝީދުފުށިދިގަރު ފަޅުއުތުރުތިލަފަޅު ޔޫނިއަންރަސްމާލެ މަޝްރޫއުބޯހިޔާވަހިކަން އެންމެންނަށް

ކޮމެންޓް

އިތުރަށް ކިޔާލަން

ރަސްމާލެ ހިއްކުމާ ގުޅިގެން ކުރާ ތިމާވެށީގެ މައްސަލަތަކުގެ ޝަކުވާތަކަށް ރައީސް މުއިއްޒުގެ ތިމާވެއްޓާ ބެހޭ ވަޒީރު ޖަވާބެއް ނުދެއްވި!

ރަސްމާލެ ހިއްކުމާ ގުޅިގެން ކުރާ ތިމާވެށީގެ މައްސަލަތަކުގެ ޝަކުވާތަކަށް ރައީސް މުއިއްޒުގެ ތިމާވެއްޓާ ބެހޭ ވަޒީރު ޖަވާބެއް ނުދެއްވި!

04 ޖެނުއަރީ 2026
ސަރުކާރުން ދަނީ ފްލެޓަށް ވައްދާ ކޮންމެ މީހެއްގެ ވޯޓު ކަށަވަރު ކުރަން މަސައްކަތް ކުރަމުން: އަމްރު

ސަރުކާރުން ދަނީ ފްލެޓަށް ވައްދާ ކޮންމެ މީހެއްގެ ވޯޓު ކަށަވަރު ކުރަން މަސައްކަތް ކުރަމުން: އަމްރު

01 ޖެނުއަރީ 2026
ފުށިދިއްގަރު ފަޅު ހިއްކަމުންދާއިރު ކައިރީގައިވާ ފަރުތަކަށް ދަނީ ބޮޑެތި ގެއްލުން ވަމުން: ރައީސް ނަޝީދު

ފުށިދިއްގަރު ފަޅު ހިއްކަމުންދާއިރު ކައިރީގައިވާ ފަރުތަކަށް ދަނީ ބޮޑެތި ގެއްލުން ވަމުން: ރައީސް ނަޝީދު

25 ޑިސެމްބަރު 2025
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު