Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަން

"އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތުން ގޯއްޗާ ފެލެޓަށް ހުޅުވާލައިފި، އެކަމަކު އެޕްލައި ކުރާނެ އޮޕްޝަނެއް އަދިވެސް ނެތް!

ސަރުކާރުން އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް ހިޔާވަހި ޕޯޓަލްގައި އަދި ފޯމު ހުށަހެޅޭނެ އޮޕްޝަނެއް ނެތް. ބުރާސްފަތި ދުވަހުން އާދިއްތަ ދުވަހަށް ލަސްކުރި ފުރުސަތު ހުޅުވާލި ކަމަށް ބުނި ނަމަވެސް ޕޯޓަލްގައި އައު ސްކީމްތައް ނުފެނުމުން ރައްޔިތުން ޝަކުވާކުރަމުންދޭ. އުސޫލުގައި 7900 ފުލެޓާއި 15000 ގޯއްޗަށް އެދި ކުރިމަތިލެވޭނެ ކަމަށް ބުނެފައި ވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2026 | އާދީއްތަ 14:52
"ހިޔާވަހި ޕޯޓަލް" ގައި ހުރި ސްކީމް ތައް

"ހިޔާވަހި ޕޯޓަލް" ގައި ހުރި ސްކީމް ތައް | ރާއްޖެއެމްވީ

މި ސަރުކާރުގެ "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދުމުގެ ފުރުސަތު ހައުސިންގ މިނިސްޓްރީ އިން ހުޅުވާލި އިރު އަދިވެސް ފޯމު ހުށަހެޅޭނެ އޮޕްޝަނެއް ޕޯޓަލްގައި ނެތިގެން އެކަމުގެ ޝަކުވާ  ރައްޔިތުން ކުރަން ފަށައިފި އެވެ. 

އާދިއްތަ ދުވަހު މި ސަރުކާރުން ވަނީ "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދުމުގެ ފުރުސަތު ހައުސިން މިނިސްޓްރީ އިން ހުޅުވާލާފަ އެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭ އެ މަޝްރޫއުއަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށެވެ. 

Advertisement - newsAdvertisement

އެންމެ ފުރަތަމަ ގޯއްޗާއި ފުލެޓަށް އެދި ކުރިމަތިލާން ހުޅުވާލަން ހަމަޖެހިފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެކަމަކު، ކުއްލި ގޮތަކަށް އެ ފުރުސަތު އާދިއްތަ ދުވަހަށް ލަސްކުރި އެވެ.

އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ޕޯޓަލް ގައި އަދިވެސް އެޕްލައި ކުރެވޭނެ ގޮތެއް ނެތެވެ. އެ އޮޕްޝަނެއް ނެތެވެ. ގިނަ ބަޔަކު އެކަމުގެ ޝަކުވާ ކުރަމުންދާ އިރު ފުރުސަތު ހުޅުވާލި އިރު ވެސް އެ އޮޕްޝަން ނެތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ މި ސަރުކާރަށް އަމާޒު ވެފަ އެވެ. 

އެ ޕޯޓަލް އިން މި ހިނގާ 2026 ވަނަ އަހަރުގެ މުއްދަތު ހަމަ ނުވާ ސްކީމް ތަކަށް ފެންނަނީ ތ. ވިލުފުށި ހައުސިންގ ސްކީމާއި ގދ. ތިނަދޫ ރޯހައުސް ސްކީމުގެ އިތުރުން ބ. ތުޅާދޫ ހައުސިންގ ސްކީމެވެ. އޭގެ ފަހުން ދެން ހުރީ މުއްދަތު ހަމަވެފައިވާ ސްކީމުތަކެވެ. އައު ސްކީމަކަށް ހުޅުވާލެވިފައިވާ ކަމަކަށް ޕޯޓަލް ގައި ނެތެވެ. 

"ހިޔާވަހި ޕޯޓަލް" ގައި ހުރި ސްކީމް ތައް
"ހިޔާވަހި ޕޯޓަލް" ގައި ހުރި ސްކީމް ތައް
"ހިޔާވަހި ޕޯޓަލް" ގައި ހުރި ސްކީމް ތައް
"ހިޔާވަހި ޕޯޓަލް" ގައި ހުރި ސްކީމް ތައް
"ހިޔާވަހި ޕޯޓަލް" ގައި ހުރި ސްކީމް ތައް
"ހިޔާވަހި ޕޯޓަލް" ގައި ހުރި ސްކީމް ތައް

ހައުސިން މިނިސްޓްރީން ބުނީ ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭޕްރީލް 17 ވަނަ ދުވަހުގެ ރޭގަނޑު 11:59 ގެ ނިޔަލަށް ކަމަށެވެ. އަދި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާޗު 4 ވަނަ ދުވަހުގެ ރޭގަނޑު 11:59 ގެ ނިޔަލަށް ކަމަށެވެ.

މި ސަރުކާރުން އިއުލާނުކުރި "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ފުލެޓާއި ގޯތި ދޭނެ ގޮތުގެ އުސޫލު މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ގެޒެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.  އެ އުސޫލާ ގުޅުވައި ހައުސިން މިނިސްޓްރީން އޭރު ނެރުނު އިއުލާނެއްގައިވަނީ ގޯއްޗާއި ފުލެޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ ޖަނަވަރީ 15 އިން ފެށިގެން އޭޕްރިލް 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ކަމަށް އިއުލާނުގައިވެ އެވެ.

ފްލެޓް ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި މާލޭ މީހުންނަށް ވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެ އެވެ. ސަރުކާރުން ކަނޑައަޅާފައިވަނީ އެ މަޝްރޫއުގެ ދަށުން 7،900 ފްލެޓް ދޫކުރުމަށެވެ. އަދި ބިން ނުވަތަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާން ހަމަޖެހިފައިވާއިރު އެ ގޯތިތައް ދޫކުރަނީ ދެ ކެޓަގަރިއަކަށް ބަހާލައިގެންނެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ވައުދުވެވަޑައިގެންފައިވެ އެވެ. ރައީސް މުއިއްޒު 2024 ވަނަ އަހަރު އިއުލާން ކުރެއްވި ގޮތުގައި ނިމިދިޔަ 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމަށް ޚާއްސަ އަހަރެކެވެ. އެ އަހަރު ގިނަ މަޝްރޫއުތަކެއް ފައްޓަވާނެކަން އެތައް ފަހަރެއްގެ މަތިން އިއުލާން ކުރެއްވެވިއެވެ. ނަމަވެސް އަހަރު ނިމިގެން ދިޔައީ އެކަމަށް ކަނޑައެޅި ބަޖެޓުން ވެސް ބޮޑު ބައެއް އަތްނުލައި އޮއްވަ އެވެ.

ހައުސިންގް މިނިސްޓްރީބޯހިޔާވަހިކަން އެންމެންނަށްހިޔާވަހި ޕޯޓަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!

ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!

18 ޖެނުއަރީ 2026
މި ދައުރު ނިމެންވާއިރަށް ރަޖިސްޓްރީ ހަދާފައި ގޯތި ހަވާލުކުރާނަން: މިނިސްޓަރު މުއްތަލިބު

މި ދައުރު ނިމެންވާއިރަށް ރަޖިސްޓްރީ ހަދާފައި ގޯތި ހަވާލުކުރާނަން: މިނިސްޓަރު މުއްތަލިބު

18 ޖެނުއަރީ 2026
"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް އަށް އެދި ކުރިމަތިލާން ހުޅުވާލައިފި

"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް އަށް އެދި ކުރިމަތިލާން ހުޅުވާލައިފި

18 ޖެނުއަރީ 2026
މާލެ ސަރަހައްދުން ދޫކުރާ ބިމާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލުން އާދިއްތަ ދުވަހަށް ފަސްކޮށްފި

މާލެ ސަރަހައްދުން ދޫކުރާ ބިމާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލުން އާދިއްތަ ދުވަހަށް ފަސްކޮށްފި

15 ޖެނުއަރީ 2026
ފުށިދިއްގަރު ފަޅުން ބޯހިޔާވަހިކަން ހޯދުމަށް ފޯމް ހުށަނޭޅުމަށް ގޮވާލައިފި

ފުށިދިއްގަރު ފަޅުން ބޯހިޔާވަހިކަން ހޯދުމަށް ފޯމް ހުށަނޭޅުމަށް ގޮވާލައިފި

15 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު