Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާނުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ ޒިންމާ ނަންގަވަން ޖެހޭނީ އެމެރިކާގެ ރައީސް: އީރާނުގެ ލީޑަރު

ޚާމަނާއީ ވިދާޅުވީ މިފަހަރު ސީދާ އެމެރިކާގެ ރައީސް އީރާނުގައި ހަމަނުޖެހުން ހިންގާ މީހުންނަށް ހިތްވަރުދީ އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވުމާއި، އެމެރިކާ އާއި އިޒްރޭލުން ތަމްރީނުދީ ފައިސާދީގެން މީހުން ރެކްރޫޓްކޮށްފައިވާ ކަމަށް.

ރާއްޖެ އެމްވީ | 18 ޖެނުއަރީ 2026 | އާދީއްތަ 09:57
އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އަޔަތުالله ސައްޔިދު އަލީ ޚާމަނާއީ

އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އަޔަތުالله ސައްޔިދު އަލީ ޚާމަނާއީ | ޕްރެސްޓީވީ

އީރާނުގައި މިފަހަކުން ހިނގާދިޔަ ހަމަނުޖެހުންތަކާއި، އޭގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކުގެ މައިގަނޑު މަސްއޫލުވެރިޔަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

ކީރިތި ރަސޫލާ (ޞޢވ) އަށް ވަޙީ ބާވައިލައްވައި، ރަސޫލުކަމާއިގެން ފޮނުއްވުނު މަތިވެރި މުނާސަބަތު ކަމަށްވާ އީދުލް މަބްއަޘް ފާހަގަކުރުމުގެ ގޮތުން ހޯމަ ދުވަހުގެ ހެނދުނު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޚާމަނާއީ ވަނީ އެކި ދާއިރާތަކުން ހާޒިރުވި އެތައް ހާސް ބަޔަކާ މުޚާތަބު ކުރައްވާފަ އެވެ.

"އީރާނުގެ ރައްޔިތުންނަށް ލިބުނު ގެއްލުންތަކާއި، މަރުވި މީހުންނާއި، އަދި އެ ޤައުމާ ދެކޮޅަށް ކުރެވުނު ދޮގު ތުހުމަތުތަކުގެ ޒިންމާ އުފުލަން ޖެހޭނީ އެމެރިކާގެ ރައީސް،" ކަމަށް ވިދާޅުވެ، ޚާމަނާއީ ވަނީ ޓްރަމްޕަކީ މިކަމުގައި ކުށްވެރިއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. މީގެ އިތުރުން، މި ހަމަނުޖެހުންތަކުގެ އަސްލާއި، އެކަމުގައި ބޭނުންކުރި ވަސީލަތްތަކާއި، އަދި މިފަދަ ރޭވުންތަކާ ދެކޮޅަށް އީރާނުން އަދާކުރަންޖެހޭ ޒިންމާތަކުގެ މައްޗަށް ވެސް އޭނާ ވަނީ ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފަ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ސުލްހަވެރިކަމާއެކު ފެށުނު މުޒާހަރާތައް މަޑުމަޑުން ހަރުކަށި އަމަލުތަކަށް ބަދަލުވެ، އެކި ސިޓީތަކުގައި ހަމަނުޖެހުން ހިންގައި، ސަލާމަތީ ބާރުތަކުގެ މީހުންނާއި އާންމުން މަރައި، ދައުލަތުގެ އުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އީރާނުގެ އިސް މަސްއޫލުވެރިން ވަނީ މި ހަމަނުޖެހުންތަކާއި ޓެރަރިސްޓް އަމަލުތަކަކީ އެމެރިކާ އާއި އިޒްރޭލާ ގުޅުންހުރި ކަންކަން ކަމަށް ތުހުމަތުކުރައްވާފަ އެވެ.

އެމެރިކާ އާއި އިޒްރޭލުގެ ޖާސޫސީ އިދާރާ 'މޮސާޑް' އިން މިކަމުގައި އަމަލީ ގޮތުން ބައިވެރިވާކަން އެ ފަރާތްތަކުން ވަނީ އިއުތިރާފުވެފަ އެވެ. އެގޮތުން އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ކުރެއްވި ޓްވީޓެއްގައި، މަގުމަތީގައި ތިބި އީރާނުގެ ރައްޔިތުންނަށާއި އެމީހުންގެ ކައިރީގައި ހަރަކާތްތެރިވާ މޮސާޑްގެ އެޖެންޓުންނަށް އާ އަހަރުގެ ތަހުނިޔާ ފޮނުވާފައިވެ އެވެ. އަދި ފާރިސީ ބަހުން މޮސާޑުން ކުރި ޕޯސްޓެއްގައި، ހަމަނުޖެހުން ހިންގާ މީހުންނަށް މަގުމައްޗަށް ނުކުތުމަށް ބާރުއަޅައި، މޮސާޑްގެ އެޖެންޓުން އެމީހުންނާއެކު އަމަލީ ގޮތުން މައިދާނުގައި ހަރަކާތްތެރިވަމުންދާ ކަމަށް ބުނެފައިވެ އެވެ.

ޚާމަނާއީ ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން މިފަދަ ހަމަނުޖެހުންތަކުގައި ބައިވެރިވަނީ އެމެރިކާގެ މީޑިއާތަކާއި ދެވަނަ ދަރަޖައިގެ ސިޔާސީ މީހުންނެވެ. ނަމަވެސް މިފަހަރުގެ ހަމަނުޖެހުންތަކުގެ ތަފާތަކީ، ސީދާ އެމެރިކާގެ ރައީސް މިކަމުގެ ތެރެއަށް ވަދެވަޑައިގެން، ބަޔާންތައް ދެއްވައި، ހަމަނުޖެހުން ހިންގާ މީހުންނަށް ހިތްވަރުދީ، އަދި އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އެމެރިކާގެ ރޭވުމެއްކަން ވަރަށް ސާފުކޮށް އެނގޭ. ވޭތުވެދިޔަ 50 އަހަރުގެ ތަޖުރިބާ އަށް ބިނާކޮށް އަޅުގަނޑު ޔަގީންކަމާ އެކު ބުނަން އޮތީ، އެމެރިކާގެ ބޭނުމަކީ އީރާނު އަޅުވެތިކުރުން،" ކަމަށް ޚާމަނާއީ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، އިސްލާމީ އިންގިލާބަށް ފަހު އިމާމް ޚުމައިނީގެ އިސްނެންގެވުމާއެކު އީރާނުގައި އޮތް އެމެރިކާގެ ނުފޫޒު ނައްތާލެވުނު ނަމަވެސް، އެމެރިކާ އިން އަބަދުވެސް މަސައްކަތް ކުރަނީ އެމީހުންގެ ސިޔާސީ އަދި އިޤްތިޞާދީ ބާރުވެރިކަން އަލުން އީރާނުގެ މައްޗަށް ފަތުރަން ކަމަށެވެ.

އަދި މިއީ ހަމައެކަނި މިހާރުގެ އެމެރިކާ ސަރުކާރުގެ އަމަލެއް ނޫން ކަމަށާއި، މިއީ އެމެރިކާގެ ޒަމާންވީ ސިޔާސަތެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ. އީރާނުގެ ބޮޑުމިނާއި، ގާބިލިއްޔަތާއި، އަދި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ އިން ހޯދަމުންދާ ކުރިއެރުންތަކާއެކު އޮތް މިފަދަ ޤައުމެއްގެ ވަރުގަދަކަން ބަލައިގަންނަން އެމެރިކާ އަށް ކެތްނުކުރެވޭ ކަމަށް ލީޑަރު ވިދާޅުވިއެވެ.

"މި ހަމަނުޖެހުންތަކުގެ ތެރޭގައި އެމެރިކާ އިން ވަނީ، ތަންތަނުގައި ހުޅުޖަހައި މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގާ މީހުންނަކީ އީރާނުގެ ރައްޔިތުން ކަމަށް ސިފަކޮށްފައި. މިއީ އީރާނުގެ ރައްޔިތުންގެ އަބުރަށް އަރައިގަތުމަށް ކުރި ވަރަށް ބޮޑު އިހާނެތި ކަމެއް އަދި ޖަރީމާ އެއް،" ކަމަށް ޚާމަނާއީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހުރިހާ ކަމަކީ ވެސް ވަރަށް ސާފު ހެކިތަކާއެކު ފެންނަން ހުރި ކަންކަން ކަމަށްވާތީ، އެމެރިކާ އާއި އިޒްރޭލަކީ މިކަމުގައި ކުށްވެރިން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މި ހަމަނުޖެހުންތަކުގެ ފަހަތުގައި ތިބި ބައެއް މީހުންނަކީ އެމެރިކާ އާއި އިޒްރޭލުގެ އިދާރާތަކުން ތަމްރީނުދީ، ފައިސާދީގެން ރެކްރޫޓްކޮށްފައިވާ ބައެއް ކަމަށްވެސް ލީޑަރު ވިދާޅުވި އެވެ. "އެމީހުންނަށް ވަނީ ބިރުވެރިކަން ފެތުރުމާއި، ތަންތަން ހަލާކުކުރުމާއި، އަދި އާންމު ނިޒާމު ގެއްލުވާލާނެ ގޮތް ދަސްކޮށްދީފައި. އެމީހުން މަސައްކަތް ކުރީ ލީޑަރުންގެ ގޮތުގައި ފެންނަން،" އޭނާ ވިދާޅުވި އެވެ.

އީރާނުގެ ސަލާމަތީ ބާރުތަކުން އެމީހުންގެ ޒިންމާ ފުރިހަމައަށް އަދާކޮށް، މިފަދަ ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ވާހަކަފުޅު ނިންމަވާލައްވަމުން ޚާމަނާއީ ވިދާޅުވީ، އީރާނުން ޤައުމު ހަނގުރާމައަކަށް ނުގެންދާނެ ކަމަށާއި، ނަމަވެސް އެތެރެ އާއި ބޭރުގެ ކުށްވެރިންނަށް އެމީހުން ކުރި އަމަލުތަކުގެ އަދަބު ނުދީ ދޫކޮށްނުލާނެ ކަމަށެވެ.

އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީއެމެރިކާ-އީރާންމޮސާޑްއީރާން-އިޒްރޭލްއީރާން މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާމަނާއީ އަކީ ބަލި މީހެއް، އީރާން އޮތީ އައު ލީޑާޝިޕް އަކަށް ބޭނުން ވެފައި: ޓްރަމްޕް

ޚާމަނާއީ އަކީ ބަލި މީހެއް، އީރާން އޮތީ އައު ލީޑާޝިޕް އަކަށް ބޭނުން ވެފައި: ޓްރަމްޕް

18 ޖެނުއަރީ 2026
އީރާނުގެ މަސްރަހު މިވަގުތު ބަލިކަށިކޮށް އޮތް ނަމަވެސް، އެމެރިކާ އިން އެ ގައުމަށް ދޭ ކޮންމެ ހަމަލާ އަކީ ނުރައްކާތެރި ހަނގުރާމަ އެއް ފެށިދާނެ ކަމެއް: ތަޖުރިބާކާރުން

އީރާނުގެ މަސްރަހު މިވަގުތު ބަލިކަށިކޮށް އޮތް ނަމަވެސް، އެމެރިކާ އިން އެ ގައުމަށް ދޭ ކޮންމެ ހަމަލާ އަކީ ނުރައްކާތެރި ހަނގުރާމަ އެއް ފެށިދާނެ ކަމެއް: ތަޖުރިބާކާރުން

17 ޖެނުއަރީ 2026
އީރާނު ގައި ހަމަ ނުޖެހުން އުފައްދަން އެތެރެވި ޓެރަރިސްޓް ގްރޫޕެއް ހޯދައި، އެމީހުންގެ ހަރަކާތްތައް ހުއްޓުވައިފި

އީރާނު ގައި ހަމަ ނުޖެހުން އުފައްދަން އެތެރެވި ޓެރަރިސްޓް ގްރޫޕެއް ހޯދައި، އެމީހުންގެ ހަރަކާތްތައް ހުއްޓުވައިފި

17 ޖެނުއަރީ 2026
ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އީރާން އާއި ޗައިނާ އާއި ރަޝިޔާ އިން އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އީރާން އާއި ޗައިނާ އާއި ރަޝިޔާ އިން އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

16 ޖެނުއަރީ 2026
ބޭރުގެ ފަރާތްތަކުން ގޮވާލުމަން ދިޔަ ނަމަވެސް ހުކުރު ވިލޭރޭ އީރާނުގެ އެއްވެސް ތަނެއްގައި އެއްވުމެއް ނުބާއްވާ: ފުލުހުންގެ ވެރިޔާ

ބޭރުގެ ފަރާތްތަކުން ގޮވާލުމަން ދިޔަ ނަމަވެސް ހުކުރު ވިލޭރޭ އީރާނުގެ އެއްވެސް ތަނެއްގައި އެއްވުމެއް ނުބާއްވާ: ފުލުހުންގެ ވެރިޔާ

16 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު