Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

ސަލާމަތީ މަޖިލީހުގައި އެމެރިކާ އިން އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދީފި

އީރާނާ ދެކޮޅަށް އެމެރިކާ އިން ހިންގާ "ޣައިރު ޤާނޫނީ އަމަލުތައް" ކުށްވެރިކުރުމުގައި އދ. އިން އަދާ ކުރަން ޖެހޭ ދައުރު ފުރިހަމަ އަށް އަދާ ކުރުމަށް އީރާނުގެ ޚާރިޖީ ވަޒީރު ވަނީ އދ ގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހުން އެދިވަޑައިގެންފަ.

ރާއްޖެ އެމްވީ | 16 ޖެނުއަރީ 2026 | ހުކުރު 06:12
އދ.ގެ ގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ވޯލްޓްޒް އީރާނާ ބެހޭ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ. - ޖެނުއަރީ 15، 2026

އދ.ގެ ގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ވޯލްޓްޒް އީރާނާ ބެހޭ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ. - ޖެނުއަރީ 15، 2026 | ރޮއިޓަސް

އދ. ގެ ސެކިއުރިޓީ ކައުންސިލް (ސަލާމަތީ މަޖިލިސް) ގެ ކުއްލި ބައްދަލުވުމެއްގައި، އީރާނާ ދެކޮޅަށް "ހުރިހާ ފިޔަވަޅެއް އެޅުމުގެ އިޚްތިޔާރު އޮތްކަމުގެ" އިންޒާރު އެމެރިކާ އިން ދީފި އެވެ.

ބުރާސްފަތި ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާގެ މަންދޫބު ވަނީ އީރާނަށް އަމާޒުކޮށް ވަރުގަދަ އިންޒާރުތަކެއް ތަކުރާރުކުރައްވާފަ އެވެ.

އީރާނުގައި ކުރިއަށްދާ މުޒާހަރާތައް ހުއްޓުވުމަށް އެ ޤައުމުގެ ސަރުކާރުން ބާރުގެ ބޭނުންކޮށް ހިންގަމުންދާ ލޭއޮހޮރުވުންތައް، އެމެރިކާ އާއި އީރާނުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި، މި ހަމަނުޖެހުންތަކުގައި މިހާތަނަށް މަދުވެގެން 2,637 މީހުން ވަނީ މަރުވެފަ އެވެ.

އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ވޯލްޓްޒް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް ޓްރަމްޕަކީ އދ. އިން ފެންނަ ފަދަ ހުއްޓުމެއް ނެތް ވާހަކަދެއްކުމުގެ ބަދަލުގައި، އަމަލީ ގޮތުން ފިޔަވަޅު އަޅުއްވާ ބޭފުޅެއް ކަމަށެވެ. އަދި މި ލޭއޮހޮރުވުންތައް ހުއްޓުވުމަށްޓަކައި ހުރިހާ ފިޔަވަޅެއް އެޅުމުގެ އިޚްތިޔާރު އޮތްކަން ރައީސް ޓްރަމްޕް ޞަރީޙަކޮށް ބަޔާންކުރައްވާފައިވާ ކަމަށާއި، މިކަން އީރާނުގެ ވެރިންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވޯލްޓްޒް މިހެން ވިދާޅުވީ، މުޒާހަރާގެ ބައިވެރިން މަރަމުންދާތީ އެމެރިކާ އިން ބަދަލުހިފުމުގެ ފުރުސަތު އޮތް ކަމަށް ބެލެވިފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް، ރައީސް ޓްރަމްޕް ވަނީ މީހުން މެރުން ހުއްޓެމުންދާ ކަމަށް ފެންނަ ކަމަށް ވިދާޅުވެ، މަސްރަހް ފިނިކުރެއްވުމުގެ އިޝާރާތެއް ދެއްވާފަ އެވެ. ބުރާސްފަތި ދުވަހާ ހަމަ އަށް އައިއިރު، އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތައް ވަނީ ވަރަށް ބޮޑަށް މައިތިރިކޮށްފަ އެވެ. އެހެން ނަމަވެސް، ސަރުކާރުގެ އަމުރަށް މުޅި ގައުމުން އިންޓަނެޓާއި މުވާސަލާތީ ޚިދުމަތްތައް ކަނޑާލާފައި އޮތް އޮތުން އަދިވެސް ދެމިއޮތެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ މި ކުއްލި ބައްދަލުވުމަށް އެދިފައި ވަނީ އެމެރިކާ އިންނެވެ. އަދި މި ބައްދަލުވުން ފެށުމުގެ ގޮތުން، އީރާނުގެ ސަރުކާރާ ދެކޮޅު ދެ އެކްޓިވިސްޓުން ކަމަށްވާ މަސީހް އަލީ ނެޖާދު އަދި އަޙްމަދު ބާޠިބީ ވަނީ، އެ ގައުމުގެ ސަރުކާރުން އެމީހުންނަށް އަމާޒުކޮށް ހިންގާފައިވާ އަނިޔާވެރި އަމަލުތަކުގެ ތަފްޞީލުތައް ހިއްސާކޮށްފަ އެވެ.

ބައްދަލުވުމުގެ ތެރެއިން ފެނިގެންދިޔަ ފާހަގަކޮށްލެވޭ ކަމަކީ، އަލީ ނެޖާދު ސީދާ އީރާނުގެ މަންދޫބާ މުޚާތަބުކޮށް ވާހަކަދެއްކުމެވެ. އޭނާ ބުނި ގޮތުގައި، އޭނާ މަރާލުމަށް އީރާނުން ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވެ އެވެ. އަދި ބްރޫކްލިން ގައި ހުންނަ އޭނާ ގެ ގޭގެ ބޭރުން، އޭނާ މަރާލަން އައި މީހާ އަމިއްލަ ލޮލުން ދުށް ކަމަށް ވެސް އޭނާ ބުންޏެވެ. އަލީ ނެޖާދު މި ވާހަކަތައް ދެއްކިއިރު، އީރާނުގެ މަންދޫބު އިނީ އެއްވެސް ސަމާލުކަމެއް ނުދީ ކަން ފާހަގަ ކުރެވެ އެވެ.

މި ބައްދަލުވުން ފެށުމުގެ ކުރިން، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ފޯނުން ވާހަކަދައްކަވާފަ އެވެ. އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކުރި ގޮތުގައި، އީރާނާ ދެކޮޅަށް އެމެރިކާ އިން ހިންގާ "ޣައިރު ޤާނޫނީ އަމަލުތައް" ކުށްވެރި ކުރުމުގައި އދ. އިން އަދާ ކުރަން ޖެހޭ ދައުރު ފުރިހަމައަށް އަދާ ކުރުމަށް އަރާގްޗީ ވަނީ އެދިވަޑައިގެންފަ އެވެ.

ސެކިއުރިޓީ ކައުންސިލްއެމެރިކާ-އީރާންމައިކް ވޯލްޓްޒްއައްބާސް އަރަގްޗީއީރާން މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނަށް އެމެރިކާ އިން ހަމަލާ ދިނުން ހުއްޓުވުމަށް ސައުދީ، ގަތަރު އަދި އުމާނުން އިސްނަގައިގެން ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށް ބުނެފި

އީރާނަށް އެމެރިކާ އިން ހަމަލާ ދިނުން ހުއްޓުވުމަށް ސައުދީ، ގަތަރު އަދި އުމާނުން އިސްނަގައިގެން ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށް ބުނެފި

15 ޖެނުއަރީ 2026
އިރާނުގެ މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރި އިސްވެރިންނަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އިރާނުގެ މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރި އިސްވެރިންނަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

15 ޖެނުއަރީ 2026
އީރާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ޤައުމު ދޫކޮށް ދިޔުމަށް އަންގައިފި

އީރާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ޤައުމު ދޫކޮށް ދިޔުމަށް އަންގައިފި

15 ޖެނުއަރީ 2026
އީރާނުގެ މައްސަލައިގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވަނީ

އީރާނުގެ މައްސަލައިގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވަނީ

15 ޖެނުއަރީ 2026
އެމެރިކާ އިން އީރާނަށް ހަމަލާދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް ރަޝިޔާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ

އެމެރިކާ އިން އީރާނަށް ހަމަލާދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް ރަޝިޔާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ

14 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު