Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

ބޭރުގެ ފަރާތްތަކުން ގޮވާލުމަން ދިޔަ ނަމަވެސް ހުކުރު ވިލޭރޭ އީރާނުގެ އެއްވެސް ތަނެއްގައި އެއްވުމެއް ނުބާއްވާ: ފުލުހުންގެ ވެރިޔާ

ބުރާސްފަތި ދުވަހުގެ ރޭ އިރާނުގައި ބޭރުން ގޮވާލުންތައް އައި ނަމަވެސް އެއްވެސް އެއްވުމެއް ބާއްވާފައި ނުވާއިރު، ފަހުގެ ތާރީޚެއްގައި އެންމެ އަމާން ރެއެއް ވެގެން ދިޔަ ކަމަށް އެ ގައުމުގެ ފުލުހުންގެ އިސްވެރިޔާ ބުނެފައިވޭ. ރައްޔިތުންގެ ހޭލުންތެރިކަމާއެކު ޓެރަރިޒަމްގެ މައްޗަށް ފަހު މޮހޮރު ޖަހާފައިވާ ކަމަށް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ރިޒާ ރަދާން ވިދާޅުވި.

ރާއްޖެ އެމްވީ | 16 ޖެނުއަރީ 2026 | ހުކުރު 09:49
2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ތެހެރާނުގެ އިންގިލާބު މައިދާނުގައި ސަރުކާރަށް ތާއީދު ކޮށް ބޭއްވި ބޮޑު އެއްވުމުގެ ތެރެއިން

2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ތެހެރާނުގެ އިންގިލާބު މައިދާނުގައި ސަރުކާރަށް ތާއީދު ކޮށް ބޭއްވި ބޮޑު އެއްވުމުގެ ތެރެއިން | އިގްނާ

ބޭރުގެ އެހީތެރިކަމާއެކު ހިންގި ހަމަނުޖެހުންތަކަށް ހަފުތާއެއް ފާއިތުވެފައި ވަނިކޮށް، މުޅި އިރާނުގައި އަލުން އަމާންކަން ގާއިމުކުރެވިފައިވާ ކަމަށް އެ ގައުމުގެ ފުލުހުންގެ އިސްވެރިޔާ ވިދާޅުވެއްޖެ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ސަލާމަތީ ބާރުތަކަށް ރައްޔިތުން ދިން ފުރިހަމަ އެއްބާރުލުމަކީ ޓެރަރިޒަމްގެ ނުބައި ރޭވުންތައް ނިމުމަކަށް ގެނައުމަށް ލިބުނު އެންމެ ބޮޑު ބާރެވެ.

ބުރާސްފަތި ދުވަހުގެ ރޭ އިރާނުގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުން ހިންގުމަށް އެ ގައުމުން ބޭރުން އާ ގޮވާލުންތަކެއް އައި ނަމަވެސް، ގައުމުގެ އެއްވެސް ހިސާބެއްގައި އެއްވުމެއް ބާއްވާފައެއް ނުވެ އެވެ. އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ރެއަކީ ފަހުގެ ތާރީޚެއްގައި އިރާނަށް އައި އެންމެ އަމާން ރެއެވެ.

"ﷲގެ ރަޙުމަތްފުޅާއި، ރައްޔިތުންގެ ހޭލުންތެރިކަމާއެކު، ޓެރަރިޒަމްގެ މައްޗަށް މިވަނީ ފަހު މޮހޮރު ޖަހާފައި،" ބްރިގޭޑިއާ ޖެނެރަލް އަހުމަދު ރިޒާ ރަދާން ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ސާބިތުކަމަކީ ސަލާމަތީ ބާރުތަކަށް ލިބުނު އާ ދިރުމެއް ކަމަށާއި، އާންމުންނާއި ސަލާމަތީ ބާރުތަކުގެ މެދުގައި އޮތް ބަދަހި ގުޅުމަކީ މި ކާމިޔާބީގެ އަސްލު ސިއްރު ކަމަށެވެ. އޭނާ މިފަދައިން ވިދާޅުވީ، ބޭރުގެ ނުފޫޒުން ހިންގި ހަމަނުޖެހުންތައް ކުށްވެރިކޮށް، ގައުމުގެ އިސްލާމީ ނިޒާމަށް ތާއީދު އޮތްކަން ހާމަކުރުމަށް ހޯމަ ދުވަހު މުޅި ގައުމުގައި ބޭއްވި ބޮޑެތި އެއްވުންތަކަށް އިޝާރާތް ކުރައްވަ އެވެ.

ރަދާން ވިދާޅުވި ގޮތުގައި، އިރާނުގެ އެއްވެސް ސަރަހައްދެއްގައި މަގުމަތީގެ އެއްވުމެއް ނެތި، ރޭގައި ފެނިގެންދިޔައީ މީގެ ކުރިން ނުފެންނަ ފަދަ އަމާންކަމާއި ރައްކާތެރިކަމެވެ.

ފުލުހުންގެ އިސްވެރިޔާ މިފަދައިން ވިދާޅުވެފައި މިވަނީ، ބައެއް ވިޔަފާރިވެރިން ފެށި ސުލްހަވެރި މުޒާހަރާތަކެއްގެ ނާޖާއިޒު ފައިދާ ބަޔަކު ނަގައި، އެކަން އަނިޔާވެރި ހަމަނުޖެހުންތަކަކަށް ބަދަލުކޮށްލުމާ ގުޅިގެން ގައުމު ހަލަބޮލިވެފައި އޮތުމަށްފަހުއެވެ.

މަސްދަރު: ޕްރެސް ޓީވީ

އީރާން މުޒާހަރާއީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

ތެހެރާން ގައި ހުންނަ ނިއުޒީލެންޑްގެ އެމްބަސީ ބަންދުކޮށް، އެ ގައުމުގެ ޑިޕްލޮމޭޓުން ފުރައިފި

ތެހެރާން ގައި ހުންނަ ނިއުޒީލެންޑްގެ އެމްބަސީ ބަންދުކޮށް، އެ ގައުމުގެ ޑިޕްލޮމޭޓުން ފުރައިފި

16 ޖެނުއަރީ 2026
އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ފުރައިގެން މެދުއިރުމައްޗަށް މިސްރާބު ޖަހައިފި

އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ފުރައިގެން މެދުއިރުމައްޗަށް މިސްރާބު ޖަހައިފި

16 ޖެނުއަރީ 2026
ސަލާމަތީ މަޖިލީހުގައި އެމެރިކާ އިން އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދީފި

ސަލާމަތީ މަޖިލީހުގައި އެމެރިކާ އިން އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދީފި

16 ޖެނުއަރީ 2026
އީރާނަށް އެމެރިކާ އިން ހަމަލާ ދިނުން ހުއްޓުވުމަށް ސައުދީ، ގަތަރު އަދި އުމާނުން އިސްނަގައިގެން ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށް ބުނެފި

އީރާނަށް އެމެރިކާ އިން ހަމަލާ ދިނުން ހުއްޓުވުމަށް ސައުދީ، ގަތަރު އަދި އުމާނުން އިސްނަގައިގެން ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށް ބުނެފި

15 ޖެނުއަރީ 2026
އިރާނުގެ މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރި އިސްވެރިންނަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އިރާނުގެ މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރި އިސްވެރިންނަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

15 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު