Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އީރާނު ގައި ހަމަ ނުޖެހުން އުފައްދަން އެތެރެވި ޓެރަރިސްޓް ގްރޫޕެއް ހޯދައި، އެމީހުންގެ ހަރަކާތްތައް ހުއްޓުވައިފި

މި ގްރޫޕް ހައްޔަރުކުރަން ހިންގި އޮޕަރޭޝަންގައި އެއް ޓެރަރިސްޓަކު މަރުވެ ހަތަރު މީހަކު ހައްޔަރުކުރި ކަމަށާއި 60،000 ހަތިޔާރު އަތުލައިގެންފައިވާ ކަމަށް ސަރުކާރުން ބުނުމުގެ އިތުރުން މި ހަމަނުޖެހުންތަކުގެ ފަހަތުގައި އެމެރިކާ އާއި އިޒްރޭލުގެ އަތެއްވާ ކަމަށް އީރާނުން ތުހުމަތުކުރޭ.

ރާއްޖެ އެމްވީ | 17 ޖެނުއަރީ 2026 | ހޮނިހިރު 09:07
އީރާނުގައި ދާދި ފަހުން ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި އާންމު މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގާ ތަންތާގައި ރޯކުރާ މަންޒަރެއް.

އީރާނުގައި ދާދި ފަހުން ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި އާންމު މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގާ ތަންތާގައި ރޯކުރާ މަންޒަރެއް. | ޕްރެސްޓީވީ

އީރާނުގެ ހުޅަނގު ބޯޑަރު ހުރަސްކޮށް އެ ގައުމަށް އެތެރެވި ޓެރަރިސްޓް ގްރޫޕެއް ހޯދައި، އެމީހުންގެ ހަރަކާތްތައް ކާމިޔާބުކަމާއެކު ހުއްޓުވައިފި ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން ބުނެފި އެވެ. މި ގްރޫޕަކީ ދާދިފަހުން އެ ގައުމުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި މީހުންގެ ފުރާނަ އަށް ގެއްލުންދިނުމަށާއި، ތެހެރާން ގައި ހަތިޔާރު ބޭނުން ކޮށްގެން ނުރައްކާތެރި ހަމަލާތަކެއް ދިނުމަށް ރާވައިގެން އައި ބައެއް ކަމަށް އީރާނުން ބުނެ އެވެ.

އެ މިނިސްޓްރީން ހާމަކުރި ގޮތުގައި، ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުގެ ރޭ މި ޓެރަރިސްޓް ގްރޫޕުން ވަނީ ތެހެރާންގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް ހަތިޔާރު ބޭނުން ކޮށްގެން ހަމަލާދީފަ އެވެ. އެ މަރުކަޒު ހިސާރުކޮށް، އެތަނުގައި ހުރި ހަތިޔާރުތައް އަތުލުމުގެ ނިޔަތުގައި ދިން މި ހަމަލާގައި، އަސްކަރީ ހަތިޔާރު ބޭނުން ކޮށްގެން 850 އަށް ވުރެ ގިނަ ވަޒަން ޖަހާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

މި ހަމަލާގެ ސަބަބުން ފުލުހުންނާއި، ބަސީޖް ފޯސްގެ މެންބަރުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ޝަހީދުވެފަ އެވެ.

މި މީހުން ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރޭގައި ޓެރަރިސްޓުން ވަނީ ސަލާމަތީ ބާރުތަކަށް ބަޑީގެ ހަމަލާދީފަ އެވެ. ދެފަރާތުގެ ދެމެދުގައި ބަދަލު ކުރެވުނު ހަމަލާތަކުގައި އެއް ޓެރަރިސްޓަކު މަރުވެފައިވާއިރު، އިތުރު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ސަރުކާރުން ބުނެ އެވެ.

ވަކިން ނެރުނު ބަޔާނެއްގައި އިންޓެލިޖެންސް މިނިސްޓްރީން ވަނީ، ތެހެރާންގައި ހިނގި ބޮޑެތި ހަމަނުޖެހުންތަކާއި ކުށެއްނެތް އާންމުންގެ ފުރާނަ ގެއްލުމުގެ ޒިންމާ އުފުލަންޖެހޭ މައިގަނޑު އެއް ނެޓްވޯކް ވެސް ރޫޅާލާފައިވާ ކަމަށް ކަށަވަރުކޮށްދީފަ އެވެ. މި ނެޓްވޯކްގައި ހިމެނޭ ބައެއް މީހުންނާއި އާންމުންނަށް އަނިޔާވެރިވުމުގައި ބައިވެރިވި މީހުން މިހާރު ވަނީ ބަންދުކޮށްފަ އެވެ.

ހުކުރު ދުވަހު އީރާނުގެ ސަލާމަތީ ބާރުތަކުން ބުނި ގޮތުގައި، ތެހެރާނަށް އެތެރެކުރަން އުޅުނު 60،000 ހަތިޔާރު ވަނީ އަތުލައިގެންފަ އެވެ. އަދި އިޒްރޭލުގެ މޮސާޑުން ތަމްރީނު ދީފައިވާ ޓެރަރިސްޓް ސެލްއެއް ވެސް ވަނީ ހޯދާފަ އެވެ. މި ގްރޫޕުން ވަނީ ދާދިފަހުން ހިނގި ހަމަނުޖެހުންތަކުގެ ބޭނުން ހިފައިގެން ނުރައްކާތެރި ހަމަލާތަކެއް ދީފަ އެވެ.

އީރާނުގެ ލޯ އެންފޯސްމަންޓް ކޮމާންޑް (ފަރާޖާ) އިން ހާމަކުރި ގޮތުގައި "ބުޝެހްރު" ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި ހަމަނުޖެހުން ހިންގާ މީހުންގެ އަތުން 60،000 ހަތިޔާރު ފެނިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. އަދި މި އޮޕަރޭޝަން ގައި ދެ ޓެރަރިސްޓަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ސުލްހަވެރިކަމާއެކު ފެށުނު މުޒާހަރާތައް ފަހުން ވަނީ އަނިޔާވެރި ހަމަނުޖެހުންތަކަކަށް ބަދަލުވެފަ އެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި މުޒާހަރާކުރާ ބަޔަކު ވަނީ ސަލާމަތީ ބާރުތަކުގެ މީހުންނާއި އާންމުން މަރައި، ދައުލަތުގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

އީރާނުގެ އޮފިޝަލުން މި ހަމަނުޖެހުންތަކާއި ޓެރަރިސްޓް އަމަލުތަކުގެ ފަހަތުގައި ވަނީ އެމެރިކާ އާއި އިޒްރޭލުގެ ޔަހޫދީ ސަރުކާރު ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާ އާއި އިޒްރޭލުގެ މޮސާޑުން ވަނީ އެގައުމުގެ ތެރޭގައި އެމީހުންގެ ބައިވެރިވުން އޮތްކަމަށް އިއުތިރާފުވެފަ އެވެ. އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ކުރެއްވި ޓްވީޓެއްގައި، މަގުމަތީގައި ތިބި އީރާނު މީހުންނާއި އެމީހުންގެ ކައިރީގައި ހަރަކާތްތެރިވާ މޮސާޑް އެޖެންޓުންނަށް އާ އަހަރުގެ ތަހުނިޔާ ވަނީ ފޮނުވާފަ އެވެ.

މީގެ އިތުރުން، މޮސާޑުން ފާރިސީ ބަހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއް ގައި، މުޒާހަރާކުރާ މީހުން އެންމެން އެކުގައި މަގުމައްޗަށް ނުކުތުމަށް ބާރުއަޅައި، އެމީހުންގެ އެޖެންޓުން ތިބީ ހަމައެކަނި ދުރުގައި ނޫން ކަމަށާއި، އަމަލީ ގޮތުން މުޒާހަރާކުރާ މީހުންނާއެކު މައިދާނުގައި ހަރަކާތްތެރިވަމުންދާ ކަމަށް ބުނެފައިވެ އެވެ.

އެމެރިކާ-އީރާންއީރާން މުޒާހަރާއީރާން-އިޒްރޭލްއީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އީރާން އާއި ޗައިނާ އާއި ރަޝިޔާ އިން އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އީރާން އާއި ޗައިނާ އާއި ރަޝިޔާ އިން އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

16 ޖެނުއަރީ 2026
ބޭރުގެ ފަރާތްތަކުން ގޮވާލުމަން ދިޔަ ނަމަވެސް ހުކުރު ވިލޭރޭ އީރާނުގެ އެއްވެސް ތަނެއްގައި އެއްވުމެއް ނުބާއްވާ: ފުލުހުންގެ ވެރިޔާ

ބޭރުގެ ފަރާތްތަކުން ގޮވާލުމަން ދިޔަ ނަމަވެސް ހުކުރު ވިލޭރޭ އީރާނުގެ އެއްވެސް ތަނެއްގައި އެއްވުމެއް ނުބާއްވާ: ފުލުހުންގެ ވެރިޔާ

16 ޖެނުއަރީ 2026
ތެހެރާން ގައި ހުންނަ ނިއުޒީލެންޑްގެ އެމްބަސީ ބަންދުކޮށް، އެ ގައުމުގެ ޑިޕްލޮމޭޓުން ފުރައިފި

ތެހެރާން ގައި ހުންނަ ނިއުޒީލެންޑްގެ އެމްބަސީ ބަންދުކޮށް، އެ ގައުމުގެ ޑިޕްލޮމޭޓުން ފުރައިފި

16 ޖެނުއަރީ 2026
އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ފުރައިގެން މެދުއިރުމައްޗަށް މިސްރާބު ޖަހައިފި

އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ފުރައިގެން މެދުއިރުމައްޗަށް މިސްރާބު ޖަހައިފި

16 ޖެނުއަރީ 2026
ސަލާމަތީ މަޖިލީހުގައި އެމެރިކާ އިން އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދީފި

ސަލާމަތީ މަޖިލީހުގައި އެމެރިކާ އިން އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދީފި

16 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު