Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނިއުޒިލެންޑް-އީރާން

ތެހެރާން ގައި ހުންނަ ނިއުޒީލެންޑްގެ އެމްބަސީ ބަންދުކޮށް، އެ ގައުމުގެ ޑިޕްލޮމޭޓުން ފުރައިފި

ނިއުޒީލެންޑުގެ އެމްބަސީގެ މަސައްކަތްތައް މިހާރު ތުރުކީގެ އަންކާރާ އަށް ބަދަލުކޮށްފައިވާއިރު، އީރާނުގައި ތިބި ނިއުޒީލެންޑްގެ ރައްޔިތުންނަށް ވެސް އެ ގައުމުން ބޭރުވުމަށް ނިއުޒީލެންޑް ސަރުކާރުން ވަނީ ބާރުއަޅާފައި.

ރާއްޖެ އެމްވީ | 16 ޖެނުއަރީ 2026 | ހުކުރު 09:37
ނިއުޒީލެންޑްގެ ދިދައެއްގެ ފޮޓޯ އެއް

ނިއުޒީލެންޑްގެ ދިދައެއްގެ ފޮޓޯ އެއް | އައިސްޓޮކް

އީރާނުގެ ސަލާމަތީ މަސްރަހު ގޯސްވަމުންދާތީ، ތެހެރާން ގައި ހުންނަ ނިއުޒީލެންޑްގެ އެމްބަސީ ވަގުތީ ގޮތުން ބަންދުކޮށް، އެ ގައުމުގެ ޑިޕްލޮމޭޓުން އީރާނުން ބޭރުވެފައިވާ ކަމަށް ނިއުޒީލެންޑް ސަރުކާރުން ހުކުރު ދުވަހު ހާމަކޮށްފި އެވެ.

ނިއުޒީލެންޑްގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، އެމްބަސީގެ މުވައްޒަފުން ރޭގެ ވަގުތެއްގައި އީރާނުން ފުރާފައި ވަނީ އާންމު ދަތުރުފަތުރުގެ ފްލައިޓްތަކެއްގައި ރައްކާތެރިކަމާއެކުގަ އެވެ. އީރާނުގެ މަސްރަހު ނުރައްކާތެރިވަމުންދާތީ، ތެހެރާން ގައި ހުންނަ އެމްބަސީގެ މަސައްކަތްތައް މިހާރު ވަނީ ތުރުކީގެ އަންކާރާ އަށް ބަދަލުކޮށްފަ އެވެ.

"އީރާނަށް އެއްވެސް ބޭނުމަކު ދަތުރު ނުކުރުމަށް އަޅުގަނޑުމެން އަދިވެސް އިލްތިމާސްކުރަން. އަދި މިވަގުތު އީރާނުގައި ތިބި ނިއުޒީލެންޑްގެ ހުރިހާ ރައްޔިތުން ވެސް މިހާރުން މިހާރަށް އެ ގައުމުން ފޭބުމަށް ބާރުއަޅަން،" ތަރުޖަމާނު ވިދާޅުވި އެވެ.

މީގެ އިތުރުން، އީރާނުގައި ތިބި ނިއުޒީލެންޑްގެ ރައްޔިތުންނަށް ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން މިވަގުތު ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

މުވާސަލާތީ ގޮތުން ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން، އީރާނުގައި ތިބި މީހުންނާއި އެމީހުންގެ އާއިލާތަކާ ގުޅުމަށް ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި، އީރާނުގައި ތިބި ނިއުޒީލެންޑްގެ ރައްޔިތުންނަށް ފުރުސަތު ލިބުނުހާ އަވަހަކަށް އާއިލާތަކަށް ޚަބަރު އެންގުމަށް އެ މިނިސްޓްރީން ވަނީ އިރުޝާދު ދީފަ އެވެ.

ނިއުޒިލެންޑްއީރާން މުޒާހަރާނިއުޒީލެންޑް-އީރާންއީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ފުރައިގެން މެދުއިރުމައްޗަށް މިސްރާބު ޖަހައިފި

އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ފުރައިގެން މެދުއިރުމައްޗަށް މިސްރާބު ޖަހައިފި

16 ޖެނުއަރީ 2026
ސަލާމަތީ މަޖިލީހުގައި އެމެރިކާ އިން އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދީފި

ސަލާމަތީ މަޖިލީހުގައި އެމެރިކާ އިން އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދީފި

16 ޖެނުއަރީ 2026
އީރާނަށް އެމެރިކާ އިން ހަމަލާ ދިނުން ހުއްޓުވުމަށް ސައުދީ، ގަތަރު އަދި އުމާނުން އިސްނަގައިގެން ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށް ބުނެފި

އީރާނަށް އެމެރިކާ އިން ހަމަލާ ދިނުން ހުއްޓުވުމަށް ސައުދީ، ގަތަރު އަދި އުމާނުން އިސްނަގައިގެން ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށް ބުނެފި

15 ޖެނުއަރީ 2026
އިރާނުގެ މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރި އިސްވެރިންނަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އިރާނުގެ މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރި އިސްވެރިންނަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

15 ޖެނުއަރީ 2026
އީރާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ޤައުމު ދޫކޮށް ދިޔުމަށް އަންގައިފި

އީރާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ޤައުމު ދޫކޮށް ދިޔުމަށް އަންގައިފި

15 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު