Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެސްޓް ބޭންކް

މޫނު ނިވާކޮށްގެން ތިބި ޔަހޫދީންތަކެއް ފަލަސްތީނުގެ ނުކުޅެދޭ މީހެއްގެ ގައިގާ ވަރަށް ރަހުމު ކުޑަކޮށް ލަޓިގަނޑުންނާއި ކޮޅުފައިންތަޅާ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުވެއްޖެ

ހުޅަނގު އައްސޭރީގައި ހުރި މަރުކަޒަކަށް މޫނު ނިވާކޮށްފައިވާ ޔަހޫދީ ވަޒަންވެރިން ވަދެ، 67 އަހަރުގެ ނުކުޅެދޭ ފަލަސްތީނު ރައްޔިތަކު ގައިގައި ލަޓިގަނޑުންނާއި ކޮޅުފައިން ތަޅައި އަނިޔާވެރިކޮށް ހަމަލާދީ އޭނާގެ އަތުގެ ކަށިތައް ބިންދާލި. އޭނާ އޮތީ ބިންމައްޗަށް ވެއްޓި ހަބަރު ހުސްވެފައި.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 12:20
ވީޑިއޯއިން ދައްކާ ގޮތުގައި މާސްކު އެޅި އިޒްރޭލުގެ 12 މީހުން ލަޓިންނާއި ކޮޅުފައިން ފަލަސްތީނު މީހެއްގެ ގައިގައި ތަޅަމުން ގެންދޭ

ވީޑިއޯއިން ދައްކާ ގޮތުގައި މާސްކު އެޅި އިޒްރޭލުގެ 12 މީހުން ލަޓިންނާއި ކޮޅުފައިން ފަލަސްތީނު މީހެއްގެ ގައިގައި ތަޅަމުން ގެންދޭ | ސްކްރީން އިމޭޖް

ހުޅަނގު އައްސޭރީ (ވެސްޓް ބޭންކް) ގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ރަހުމު ކުޑަކޮށް ފަލަސްތީނުގެ ނުކުޅެދޭ މީހެއްގެ ގައިގާ ލަޓިގަނޑުންނާއި ކޮޅުފައިންތަޅާ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުވެއްޖެ އެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ލިބިފައިވާ ވީޑިއޯ ފުޓޭޖްތަކުންނާއި އެ ހާދިސާ ލޮލުން ދުށް މީހުން ކިޔައިދީފައިވާ ގޮތުގައި، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި، މޫނު ނިވާކޮށްގެން ތިބި އަދި ދަނޑިގަނޑު ފަދަ ތަކެތި ހިފައިގެން ތިބި އެތައް ބަޔަކު ދަނޑުވެރިކަން ކުރާ ތަނަކަށް ވަދެ، ފަލަސްތީނުގެ ރައްޔިތަކަށް ވަރަށް އަނިޔާވެރިކޮށް ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ.

ސެކިއުރިޓީ ކެމެރާތަކުން ރެކޯޑުކުރެވިފައިވާ މި ވީޑިއޯ އިން ފެންނަ ގޮތުގައި، ކަޅު ހެދުމުގައި ތިބި މޫނު ނިވާކޮށްފައިވާ ބަޔަކު، ބިމަށް ވެއްޓިފައި އޮތް މީހެއްގެ ގައިގައި ތަޅައި ކޮޅުފައިން ޖަހަމުންދެ އެވެ.

މި ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެ މަރުކަޒު ހިންގާ އާއިލާގެ ދެ މެންބަރަކު ބުނި ގޮތުގައި، ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ދީރު ޝަރަފް އަވަށުގައި ހުރި އެ މަރުކަޒު ތެރެއިން ނުކުންނަން މަސައްކަތް ކުރަނިކޮށް، އުމުރުން 67 އަހަރުގެ ބާސިމް ސާލިޙް ޔާސީނަށް ހަމަލާދިނީ ހައްދުފަހަނަޅާފައިވާ ޔަހޫދީ ވަޒަންވެރިންނެވެ. 

އެމީހުން ބުނި ގޮތުގައި މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ޔާސީންގެ އަތުގެ ކަށިތައް ބިންދައިގެން ގޮސްފައިވާއިރު، އޭނާގެ މޫނަށާއި، މޭމައްޗާއި، އަދި ބުރަކަށީގެ އެކި ތަންތަނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މީގެ އިތުރުން އެ މަރުކަޒުގައި އޮތް ހަތަރު ކާރެއްގައި ހުޅުޖަހައި ވަނީ މުޅިން އަންދާލާފަ އެވެ.

މިއީ ހުޅަނގު އައްސޭރީގައި ހައްދުފަހަނަޅާފައިވާ ވަޒަންވެރިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް އިތުރުވަމުންދާ ކަމުގެ ހެއްކެކެވެ. މިދިޔަ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހުގެ ކުރީކޮޅު ފަލަސްތީނުގެ ޒައިތޫނި ބިންނަ މޫސުމުގައި މިފަދަ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި އަމަލުތައް ހިންގާ މީހުންނަކީ "ހައްދުފަހަނައެޅި ބައެއް" ކަމަށް ސިފަކޮށް، ގާނޫނު އަތަށް ނުނެގުމަށް ގޮވާލާފައިވީ ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުންނާއި ފަލަސްތީނުގެ ރައްޔިތުން ބުނާ ގޮތުގައި މިއީ ވަރަށް ފުޅާކޮށް، ކޮންމެ ދުވަހަކު ހުޅަނގު އައްސޭރީގައި ހިންގަމުންދާ ނިޒާމީ ޖަރީމާތަކެކެވެ.

މި ހާދިސާއާ ގުޅިގެން އިޒްރޭލުގެ ސިފައިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޖަރުމަނާއި ފަލަސްތީނުން ގުޅިގެން ހިންގާ މި މަރުކަޒުގެ ވެރިންގެ ތެރެއިން އެކަކު ބުނި ގޮތުގައި، މިއީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އެތަނަށް ހަމަލާދިން ތިންވަނަ ފަހަރެވެ. މީގެ ކުރިން ސެޕްޓެމްބަރު މަހު ދިން ހަމަލާގައި އެތަނުގެ އޮފީސްތަކާއި ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއްދީ، 600،000 އަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

ބުރާސްފަތި ދުވަހު ޔަހޫދީ ވަޒަންވެރިން އެ ސަރަހައްދަށް އަންނަތަން ފެނުމުން، އެތަނުގައި މަސައްކަތްކުރާ މީހުން ވަނީ އެތަނުން ފިލާފައެވެ. ނަމަވެސް، ޔާސީނަކީ ބީރު މީހަކަށް ވާތީ، އެތަނުން ދިއުމަށް މީހުން ދިން އިންޒާރުތައް އޭނާ އަށް ނީވުނު ކަމަށް ރިޕޯޓް ތައް ބުނެފައިވެ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި، މޫނު ނިވާކޮށްގެން ތިބި ބަޔަކު ޔާސީންގެ ފަހަތުން ދުވަމުން ދަނިކޮށް އޭނާ ބިންމައްޗަށް ވެއްޓެ އެވެ. އެވަގުތު އެކަކު އޭނާގެ ގައިގައި ކޮޅުފައިން ޖަހާއިރު، އަނެކަކު ދަނޑިބުރިއަކުން އޭނާގެ ގައިގައި ތަޅަ އެވެ. އަދި އޭނާ ކަކޫ މައްޗަށް ތިރިވެގެން އޮއްވައި އަލުން ހަމަލާދީ، އޭނާ ބިންމައްޗަށް ވެއްޓިފައި އޮއްވައި ވެސް ބޮލުގައި ކޮޅުފައިން ޖަހައި އަނިޔާކުރެއެވެ. އެމީހުން އެތަން ދޫކޮށް ދިޔައިރު ޔާސީން އޮތީ ބިންމައްޗަށް ވެއްޓި ހަބަރު ހުސްވެފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ވެސްޓް ބޭންކްފަލަސްތީނުއިޒްރޭލް-ފަލަސްޠީން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ފަސް ކުޑަކުދިން ހިމެނޭހެން މަދުވެގެން 13 މީހުން ޝަހީދުކޮށްލައިފި

އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ފަސް ކުޑަކުދިން ހިމެނޭހެން މަދުވެގެން 13 މީހުން ޝަހީދުކޮށްލައިފި

09 ޖެނުއަރީ 2026
 އިޒްރޭލުން ހިސޯރު ކޮށްފައިވާ ހުޅަނގު އައްސޭރީ ގައި އިލެކްޓްރޯނިކް ޓެގް ބޭނުން ކުރަން ނިންމައިފި

އިޒްރޭލުން ހިސޯރު ކޮށްފައިވާ ހުޅަނގު އައްސޭރީ ގައި އިލެކްޓްރޯނިކް ޓެގް ބޭނުން ކުރަން ނިންމައިފި

06 ޖެނުއަރީ 2026
އިޒްރޭލުން ހަމަލާދީ ޣައްޒާ ގައި ތިން މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ހަމަލާދީ ޣައްޒާ ގައި ތިން މީހަކު ޝަހީދުކޮށްލައިފި

04 ޖެނުއަރީ 2026
ހުޅަނގު އައްސޭރި ގައި އިޒްރޭލުގެ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްލައިފި

ހުޅަނގު އައްސޭރި ގައި އިޒްރޭލުގެ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްލައިފި

02 ޖެނުއަރީ 2026
އިޒްރޭލުން ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި ހުރި 25 ގެ ތަޅާލަން ފަށައިފި

އިޒްރޭލުން ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި ހުރި 25 ގެ ތަޅާލަން ފަށައިފި

01 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު