Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

ޣައްޒާގެ އިންސާނީ ހާލަތު އަލުން ގޯސްވަމުންދާތީ ނުހަނު ކަންބޮޑުވާކަން އިނގިރޭސިވިލާތާއި، ކެނެޑާ އަދި ފަރަންސޭސިވިލާތް ހިމެނޭހެން އެތައް ގައުމަކުން ހާމަ ކޮށްފި

އިޒްރޭލުން އަސާސީ ތަކެތި އެތެރެކުރުމަށް އަދިވެސް ހުރަސްއަޅަމުންދާ ކަމަށް އިންސާނީ އެހީދޭ ޖަމިއްޔާތަކުން ބުނަމުންދާއިރު ވެސް އިޒްރޭލުން ބުނަނީ ބޭނުންވާ މިންވަރަށް ކާބޯތަކެތި އެތެރެކުރެވެމުންދާ ކަމަށް.

ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 02:23
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ މަވާސީ ސަރަހައްދުގައި ހުންނަ ޗެރިޓީ ބަދިގެ އަކުން ފަލަސްތީނުގެ ރައްޔިތުންނަށް ކާއެއްޗެހި ބަހަނީ - ޖުލައި، 22، 2025

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ މަވާސީ ސަރަހައްދުގައި ހުންނަ ޗެރިޓީ ބަދިގެ އަކުން ފަލަސްތީނުގެ ރައްޔިތުންނަށް ކާއެއްޗެހި ބަހަނީ - ޖުލައި، 22، 2025

ޣައްޒާގެ އިންސާނީ ހާލަތު އަލުން ގޯސްވަމުންދާތީ އެކަމާ މެދު ނުހަނު ކަންބޮޑުވާކަން އިނގިރޭސިވިލާތާއި، ކެނެޑާ އަދި ފަރަންސޭސިވިލާތް ހިމެނޭހެން އެތައް ގައުމުތަކުން ހާމަ ކޮށްފި އެވެ.

އަންގާރަ ދުވަހު މި ގައުމުތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވަނީ، ޣައްޒާގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކުއްލި ފިޔަވަޅުތަކެއް އެޅުމަށް އިޒްރޭލަށް ގޮވާލާފައެވެ.

އިނގިރޭސި ޚާރިޖީ ވުޒާރާއިން އާންމުކުރި މި ބަޔާނުގައި ބުނެފައިވަނީ، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށް އެއްވެސް ހުރަހެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އިޒްރޭލުން ފަހިކޮށްދޭންޖެހޭނެ ކަމަށެވެ. އަދި ފަލަސްތީނުގެ ސަރަހައްދުތަކުގައި އދ. އިން ކުރިއަށްގެންދާ އިންސާނީ އެހީގެ މަސައްކަތްތަކަށް ހުރަސްނޭޅުމަށް ވެސް ބަޔާނުގައިވެއެވެ.

ކެނެޑާ، ޑެންމާކް، ފިންލޭންޑް، ފަރަންސޭސިވިލާތް، އައިސްލޭންޑް، ޖަޕާން، ނޯވޭ، ސްވިޑަން، ސްވިޒަލޭންޑް އަދި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުން ސޮއިކުރައްވާފައިވާ މި ބަޔާނުގައި، ޣައްޒާގެ އިންސާނީ ހާލަތު އަލުން އިންތިހާއަށް ގޯސްވަމުންދާ ދިއުމާމެދު ނުހަނު ބޮޑަށް ކަންބޮޑުވާކަން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، ބޭހާއި ވަގުތީ ހިޔާވަހިކަން ގާއިމުކުރުމަށް ބޭނުންވާ ސާމާނު ފަދަ ތަކެތި އެތެރެކުރުމުގައި އިޒްރޭލުން ގެންގުޅޭ "އަސާސެއް ނެތް ހުރަސްތައް" ނައްތާލުމަށާއި، ޣައްޒާ އަށް އިންސާނީ އެހީގެ ސާމާނު ވެއްދޭ މިންވަރު އިތުރުކުރުމަށްޓަކައި ބޯޑަރުތައް ހުޅުވައިދިނުމަށް ވެސް ވަނީ ބާލާފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލަށް ދިން ހަމަލާތަކާ ގުޅިގެން، ދެ އަހަރެއްހާ ދުވަހު އިޒްރޭލުން ޣައްޒާ އަށް ދެމުންދިޔަ ވަރުގަދަ ހަމަލާތަކަށްފަހު، މިދިޔަ އޮކްޓޯބަރު މަހު ދެފަރާތުން ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައެވެ.

ދުނިޔޭގެ ބަނޑުހައިހޫނުކަމުގެ ނުރައްކާތެރިކަން ބަލާ މޮނިޓަރިން އިދާރާތަކުން ޑިސެމްބަރު 19 ގައި ބުނެފައިވަނީ، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށްފަހު އިންސާނީ އެހީ އާއި ކާބޯތަކެތި ވެއްދުމުގެ ފުރުސަތު ކުރިއަށްވުރެ ބޮޑަށް ލިބުމާ ގުޅިގެން، ޣައްޒާގައި އޭރު އޮތް ބޮޑު ތަދުމަޑުކަމުގެ ހާލަތު މިހާރު ނެތް ކަމަށެވެ.

ނަމަވެސް، އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުން ބުނަމުންދަނީ، ތޮއްޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް މިހާރު ފޯރުކޮށްދޭ އެހީގެ މިންވަރު ވަރަށް މަދު ކަމަށާއި، އަސާސީ ގިނަ ތަކެތި އެތެރެކުރުމަށް އިޒްރޭލުން އަދިވެސް ހުރަސްއަޅަމުންދާ ކަމަށެވެ. މިއާ ޚިލާފަށް އިޒްރޭލުން ބުނަމުންދަނީ ބޭނުންވާ މިންވަރަށް ކާބޯތަކެތި އެތެރެކުރެވެމުންދާ ކަމަށާއި، މައްސަލައަކީ ޣައްޒާގެ އެތެރޭގައި އެތަކެތި ބެހުމުގައި ހުރި ގޮންޖެހުންތައް ކަމަށެވެ.

އިޒްރޭލް-ޣައްޒާހަމާސްފަލަސްތީނުޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުކްލިއާ ޕްރޮގްރާމް ތަރައްޤީ ކުރާ ނަމަ، އީރާން އަށް ހަމަލާ ދިނުމަށް ތާއީދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ނިއުކްލިއާ ޕްރޮގްރާމް ތަރައްޤީ ކުރާ ނަމަ، އީރާން އަށް ހަމަލާ ދިނުމަށް ތާއީދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޑިސެމްބަރު 2025
ހަމާސްގެ މަގުބޫލު ތަރުޖަމާނު އަބޫ އުބައިދާ ޝަހީދުވެފައިވާކަން ހަމާސް އިން ކަށަވަރުކޮށް ދީފި

ހަމާސްގެ މަގުބޫލު ތަރުޖަމާނު އަބޫ އުބައިދާ ޝަހީދުވެފައިވާކަން ހަމާސް އިން ކަށަވަރުކޮށް ދީފި

29 ޑިސެމްބަރު 2025
ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ

ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ

29 ޑިސެމްބަރު 2025
ވިއްސާރަ އާއި ފިނީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކަށް އުނދަގޫކަން ކުރިމަތިވެފައި

ވިއްސާރަ އާއި ފިނީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކަށް އުނދަގޫކަން ކުރިމަތިވެފައި

28 ޑިސެމްބަރު 2025
ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް

ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް

27 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު