Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެސްޓް ބޭންކް

ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ހުއްޓުވުމަށް އިޒްރޭލުން ވެސްޓް ބޭންކުގައި އިތުރު 19 އާބާދީ ގާއިމުކުރަން ހުއްދަދީފި

އިޒްރޭލުގެ ފައިނޭންސް މިނިސްޓަރު ސްމޮޓްރިޗްގެ އޮފީހުން ބުނި ގޮތުން ފާއިތުވި ތިން އަހަރު ތެރޭގައި ހުއްދަ ދީފައިވާ ސެޓްލްމަންޓްތަކުގެ ޖުމްލަ އަދަދު 69 އަށް އަރައިފި. އދ.ގެ ސެކްރެޓަރީ ޖެނެރަލް ގުޓެރޭސް ވަނީ އިޒްރޭލުން ވެސްޓް ބޭންކުގައި އާބާދީތައް އިންތިހާ އަށް ފުޅާކުރަމުން ގެންދާތީ ނުރުހުން ފާޅުކުރައްވާފައި.

ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2025 | އާދީއްތަ 16:05
އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީ ގައި ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ އާބާދީތަކެއްގެ ކުރިމަތީގައި އިޒްރޭލުގެ ދިދަ ނަގާފައި - އޮގަސްޓް 14، 2025

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީ ގައި ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ އާބާދީތަކެއްގެ ކުރިމަތީގައި އިޒްރޭލުގެ ދިދަ ނަގާފައި - އޮގަސްޓް 14، 2025

އިޒްރޭލުގެ ސަލާމަތީ ކެބިނެޓުން ވެސްޓް ބޭންކުގައި 19 އާ އާބާދީ ގާއިމުކުރުމަށް ހުއްދަ ދީފިއެވެ. އާދީއްތަ ދުވަހު އެ ގައުމުގެ ހައްދުފަހަނަ އެޅި ވާތުފިޔައިގެ ފައިނޭންސް މިނިސްޓަރު ހާމަ ކުރި ގޮތުގައި މި ފިޔަވަޅަކީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ހުއްޓުވުމަށް އަމާޒުކޮށްގެން އެޅި ފިޔަވަޅެއް ކަމަށެވެ.

ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗްގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ނިންމުމާއެކު ފާއިތުވި ތިން އަހަރު ތެރޭގައި ހުއްދަ ދީފައިވާ ސެޓްލްމަންޓްތަކުގެ ޖުމްލަ އަދަދު 69 އަށް އަރައެވެ.

މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ޤަވާއިދާ ޚިލާފު ތަންތަން ކަމަށް ބެލެވޭ އިރު އެންމެ ފަހުގެ ހުއްދަ މި ދިނީ، ވެސްޓް ބޭންކުގައި އިޒްރޭލުން ގަވާއިދާ ޚިލާފަށް އާބާދީތައް ފުޅާކުރުން ކުރާ މަސައްކަތުގެ ދަށުން 2017 ވަނަ އަހަރުން ފެށިގެން އެންމެ މަތީ ދަރަޖައަށް އާބާދު ކުރުން އިތުރުވެފައިވާ ކަމަށް އދ. އިން ބުނިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

"ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އާއި ޑިފެންސް މިނިސްޓަރު އިޒްރޭލް ކަޓްޒް ހުށަހެޅި، ޔަހޫދިއްޔާ އާއި ސަމާރިޔާ ގައި 19 އާ ސެޓްލްމަންޓް އިއުލާންކޮށް ރަސްމީކުރުމަށް ހުށަހެޅި ހުށަހެޅުން ކެބިނެޓުން ފާސްކޮށްފިއެވެ،" ބަޔާނުގައި ބުނެފައިވެއެވެ. މި ނިންމުން ނިންމާފައިވަނީ ކޮން އިރަކު ކަމެއް އެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

ސްމޮޓްރިޗް އަކީ އާބާދީތައް ފުޅާކުރުމަށް ވަރަށް ބޮޑަށް ވަކާލާތުކުރާ ފަރާތެކެވެ. އޭނާ ވެސް ހިމެނެނީ ވެސްޓް ބޭންކުގައި އިޒްރޭލުން ޤަވާއިދާ ޚިލާފަށް ހަދާފައިވާ އާބާދީއެއްގައި ދިރިއުޅޭ މީހުންގެ ތެރޭގައެވެ.

"އަހަރެމެން މިވަނީ ފަލަސްތީނުގެ ޓެރަރިސްޓް ދައުލަތެއް ޤާއިމުވުން ހުއްޓުވާފައެވެ،" އޭނާގެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

"އަހަރެމެންގެ ކާބަފައިންގެ ވާރުތަ ބިމުގައި، އަހަރެމެންގެ ހައްގުގެ މަގުގައި ކުޑަވެސް ޝައްކެއްނެތި، ތަރައްޤީކޮށް، އިމާރާތްކޮށް، އާބާދުކުރުން ކުރިއަށް ގެންދާނެކަން ކަށަވަރެވެ."

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ އިޒްރޭލުން އެ ބިމުގައި އާބާދީތައް "އިންތިހާއަށް" ފުޅާކުރަމުން ގެންދާތީ އެކަމާ ނުރުހުން ފާޅުކުރައްވާފަ އެވެ.

މި މަހުގެ ކުރީކޮޅު އޭނާ ވިދާޅުވީ "މިކަމުގެ ސަބަބުން ހަމަނުޖެހުންތައް އިތުރުވެ، ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ބިމަށް އެނބުރި ދިއުމަށް ހުރަސްއެޅި، ފުރިހަމަ އަށް މިނިވަން، ޑިމޮކްރެޓިކް، ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމުގެ ފުރުސަތަށް ނުރައްކާވާނެ އެވެ."

ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމަށް ގޮވާލާ ގޮވާލުންތައް ވަނީ އިތުރުވެފައެވެ. ޔޫރަޕުގެ ބައެއް ޤައުމުތަކާއި، ކެނެޑާ އަދި އޮސްޓްރޭލިއާ އިން ވަނީ މިފަދަ ދައުލަތެއް ރަސްމީކޮށް ބަލައިގަތުމަށް މަސައްކަތް ކޮށްފައެވެ. މިކަމުގެ ސަބަބުން އިޒްރޭލުން ވަނީ އެ ޤައުމުތަކަށް ފާޑުކިޔައިފައެވެ.

ވެސްޓް ބޭންކްފަލަސްތީނުބެޒަލެލް ސްމޮޓްރިޗްއިޒްރޭލް-ފަލަސްޠީންއެންޓޯނިއޯ ގުޓެރެސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވެސްޓް ބޭންކްގައި އިޒްރޭލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލައިފި

ވެސްޓް ބޭންކްގައި އިޒްރޭލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލައިފި

21 ޑިސެމްބަރު 2025
އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

20 ޑިސެމްބަރު 2025
ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

19 ޑިސެމްބަރު 2025
ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

16 ޑިސެމްބަރު 2025
އދ ގެ ރެފިއުޖީންގެ ހައި ކޮމިޝަނަރަކަށް އިރާގުގެ ކުރީގެ ރައީސް ސާލިހް

އދ ގެ ރެފިއުޖީންގެ ހައި ކޮމިޝަނަރަކަށް އިރާގުގެ ކުރީގެ ރައީސް ސާލިހް

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު