Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް-ޣައްޒާ

ޣައްޒާގެ ޚާން ޔޫނިސް އަށް އިޒްރޭލުން ދިން ހަމަލާއެއްގައި ތިން މީހަކު ޝަހީދުކޮށްލައިފި

2023 އޮކްޓޯބަރުން ފެށިގެން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 71،400 އަށްވުރެ ގިނަ މީހުން ޣައްޒާ ގައި ޝަހީދުވެފައިވާއިރު، އޮކްޓޯބަރު 10 އިން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް އިޒްރޭލުން 1،193 ފަހަރު އެއްބަސްވުމާ ޚިލާފުވެފައިވޭ.

ރާއްޖެ އެމްވީ | 12 ޖެނުއަރީ 2026 | ހޯމަ 14:25
ހުކުރު ދުވަހު އިޒްރޭލުގެ ހަމަލާ އެއް ގައި ޝަހީދު ކޮށްލި ފަލަސްތީނު މީހުންގެ ހަށިތައް ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލަށް ގެންނަނީ

ހުކުރު ދުވަހު އިޒްރޭލުގެ ހަމަލާ އެއް ގައި ޝަހީދު ކޮށްލި ފަލަސްތީނު މީހުންގެ ހަށިތައް ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލަށް ގެންނަނީ | ރޮއިޓަސް

އިޒްރޭލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިން، މިދިޔަ އޮކްޓޯބަރު މަހު އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ޣައްޒާގެ ދެކުނަށް ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލައިފި ކަމަށް ޣައްޒާގެ މަސްދަރުތަކުން ބުނެފި އެވެ.

މީގެ އިތުރުން، ހަމާސް އާ ދެކޮޅު ހަތިޔާރުއެޅި ގުރޫޕަކުން ދިން ހަމަލާއެއްގައި ސަލާމަތީ ބާރުތަކުގެ އިސް އޮފިސަރަކު ވެސް ވަނީ ޝަހީދު ކޮށްލާފަ އެވެ.

އަލްޖަޒީރާ އަށް މައުލޫމާތު ދިން މަސްދަރުތަކާ ހަވާލާދީ ބުނި ގޮތުގައި، ހޯމަ ދުވަހު އިޒްރޭލުގެ ކުއަޑްކޮޕްޓަރު ޑްރޯންއަކުން ޚާން ޔޫނިސް އަށް ދިން ހަމަލާއެއްގައި ތިން މީހަކު ވަނީ ޝަހީދުވެފަ އެވެ. އަދި ޚާން ޔޫނިސްގެ އަލް-ބަޠަން އަލް-ސަމީން ސަރަހައްދުގައި އިޒްރޭލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ އަންހެނަކު ޒަޚަމްވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މި ހަމަލާތައް ދީފައިވަނީ ހޯމަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުންނާއި ބޮޑުބަޑިން ވަރުގަދަ ހަމަލާތަކެއް ދެމުންދަނިކޮށެވެ.

ފަލަސްތީނުގެ ނޫސް އެޖެންސީ 'ވަފާ' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި ޝަހީދުވެފައި ވަނީ ވިސާމް ޢަބްދުﷲ ސާލިމް އަލް-އަމޫރު އާއި، މަޙްމޫދު ސުބްޙީ ބްރައިކާ އަދި އާޠިފް ސަމީރު އަލް-ބަޔޫކް އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ކުރަމުންދާ މި ހަނގުރާމައިގައި މިހާތަނަށް 71,400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 171,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގެ ގެދޮރާއި، ހޮސްޕިޓަލްތަކާއި، ސުކޫލުތަކުގެ އިތުރުން އާންމު ޚިދުމަތްތައް ދޭ ހުރިހާ ވަސީލަތްތަކެއް ވަނީ ސުންނާފަތިކޮށްލާފަ އެވެ.

އޮކްޓޯބަރު 10 ވަނަ ދުވަހުން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިޒްރޭލު ސިފައިން ދަނީ މެދުކެނޑުމެއްނެތި ހަމަލާތައް ދެމުންނެވެ. ޣައްޒާގެ ސިއްހީ ވުޒާރާ އިން ހާމަކޮށްފައިވާ ގޮތުގައި އެ ދުވަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 440 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 1,200 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފަ އެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނި ގޮތުގައި، އޮކްޓޯބަރު 10 އިން ފެށިގެން މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް އިޒްރޭލުން ވަނީ މަދުވެގެން 1,193 ފަހަރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފަ އެވެ. މީގެ ތެރޭގައި ވައިގެ މަގުންނާއި، ބޮޑުބަޑިން އަދި ބަޑީގެ ހަމަލާތައް ހިމެނެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އިޒްރޭލް-ޣައްޒާފަލަސްތީނުޚާން ޔޫނިސްހަމާސްނަސްލު ނައްތާލުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ޣައްޒާގެ ފަލަސްތީީނު ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އުޅޭކަމަށް ސޯމާލިއާގެ މިނިސްޓަރަކު ތުހުމަތުކުރައްވައިފި

އިޒްރޭލުން ޣައްޒާގެ ފަލަސްތީީނު ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އުޅޭކަމަށް ސޯމާލިއާގެ މިނިސްޓަރަކު ތުހުމަތުކުރައްވައިފި

11 ޖެނުއަރީ 2026
މޫނު ނިވާކޮށްގެން ތިބި ޔަހޫދީންތަކެއް ފަލަސްތީނުގެ ނުކުޅެދޭ މީހެއްގެ ގައިގާ ވަރަށް ރަހުމު ކުޑަކޮށް ލަޓިގަނޑުންނާއި ކޮޅުފައިންތަޅާ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުވެއްޖެ

މޫނު ނިވާކޮށްގެން ތިބި ޔަހޫދީންތަކެއް ފަލަސްތީނުގެ ނުކުޅެދޭ މީހެއްގެ ގައިގާ ވަރަށް ރަހުމު ކުޑަކޮށް ލަޓިގަނޑުންނާއި ކޮޅުފައިންތަޅާ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުވެއްޖެ

10 ޖެނުއަރީ 2026
އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ފަސް ކުޑަކުދިން ހިމެނޭހެން މަދުވެގެން 13 މީހުން ޝަހީދުކޮށްލައިފި

އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ފަސް ކުޑަކުދިން ހިމެނޭހެން މަދުވެގެން 13 މީހުން ޝަހީދުކޮށްލައިފި

09 ޖެނުއަރީ 2026
އިޒްރޭލުން ލުބުނާނަށް ބޮން އަޅައިފި

އިޒްރޭލުން ލުބުނާނަށް ބޮން އަޅައިފި

05 ޖެނުއަރީ 2026
އިޒްރޭލުން ހަމަލާދީ ޣައްޒާ ގައި ތިން މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ހަމަލާދީ ޣައްޒާ ގައި ތިން މީހަކު ޝަހީދުކޮށްލައިފި

04 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

7 ފެބުރުއަރީ
"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"
20251 އަހަރު ކުރިން
ރިޕޯޓު

"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް
20242 އަހަރު ކުރިން
ރާއްޖެ

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި
20233 އަހަރު ކުރިން
ރިޕޯޓު

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް
20224 އަހަރު ކުރިން
ރާއްޖެ

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!
20215 އަހަރު ކުރިން
ރިޕޯޓު

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު