Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

އިޒްރޭލުން ހަމަލާދީ ޣައްޒާ ގައި ތިން މީހަކު ޝަހީދުކޮށްލައިފި

4 ޖެނުއަރީ 2026 | އާދީއްތަ 13:01

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި ހަނގުރާމަ ހުއްޓާލި ފަހުން ފަލަސްތީނުގެ 420 މީހުން ޝަހީދުވެފައިވާ އިރު، މުޖާހިދުންގެ ހަމަލާތަކުގައި އިޒްރޭލުގެ ތިން ސިފައިން މަރުވެފައިވޭ.

ރާއްޖެ އެމްވީ | 4 ޖެނުއަރީ 2026 | އާދީއްތަ 13:01
ޣައްޒާ ސްޓްރިޕް ގައި ޓެންކެއްގައި އިޒްރޭލު ސިފައިން ދަތުރުކުރަނީ

ޣައްޒާ ސްޓްރިޕް ގައި ޓެންކެއްގައި އިޒްރޭލު ސިފައިން ދަތުރުކުރަނީ

އާދީއްތަ ދުވަހު ޣައްޒާގެ ދެކުނުގެ ރަށެއް ކަމަށްވާ ޚާން ޔޫނިސްގެ އެކި ސަރަހައްދުތަކުގައި އިޒްރޭލު ސިފައިން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ މަދުވެގެން ތިން މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހީ އިދާރާތަކުން ބުނެފިއެވެ.

ސިއްހީ އެހީތެރިން މައުލޫމާތު ދޭ ގޮތުގައި، ޝަހީދުވި މީހުންގެ ތެރޭގައި 15 އަހަރުގެ ކުއްޖަކާއި، އިޒްރޭލުން ހިފާފައިވާ ސަރަހައްދުން ބޭރުގައި މަސައްކަތް ކުރަނިކޮށް ބަޑިޖަހާ މަރާލި މަސްވެރިއެއްގެ އިތުރުން، ޚާން ޔޫނިސްގެ އިރުމަތީ ގައި އިޒްރޭލުގެ  ކޮންޓްރޯލް އޮންނަ ސަރަހައްދެއްގައި ހުއްޓާ ބަޑިޖަހާ މަރާލި މީހަކު ހިމެނެއެވެ.

މި ހާދިސާތަކާ ގުޅޭގޮތުން އިޒްރޭލުގެ އަސްކަރިއްޔާ އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އޮކްޓޫބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައި ފަހުން ވެސް، އިޒްރޭލުން ގެންދަނީ ތަކުރާރުކޮށް ވައިގެ ހަމަލާތައް ދެމުންނެވެ. އިޒްރޭލުން ދައުވާ ކުރާ ގޮތުގައި މި ހަމަލާތަކަކީ ހަމަލާ ދިނުން ހުއްޓުވުމަށާއި މުޖާހިދުންގެ އިންފްރާސްޓްރަކްޗާ ހަލާކުކޮށްލުމަށް ދޭ ހަމަލާތަކެކެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި ހަނގުރާމަ ހުއްޓާލި ފަހުން ފަލަސްތީނުގެ 420 މީހުން ޝަހީދުވެފައިވާ އިރު، މުޖާހިދުންގެ ހަމަލާތަކުގައި އިޒްރޭލުގެ ތިން ސިފައިން މަރުވެފައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުވެރިކަމުގައި ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވަމުންދާ ކަމަށް ބުނެ އިޒްރޭލާއި ހަމާސް އިން ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތު ކުރަމުންނެވެ.

ޓްރަމްޕްގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭންގެ ފުރަތަމަ މަރުހަލާގައި ޣައްޒާގެ 53 އިންސައްތަ އޮތީ އިޒްރޭލު ގެ ކޮންޓްރޯލްގެ ދަށުގައެވެ. މި މަރުހަލާގައި ހިމެނެނީ ޣައްޒާގައި ތިބި އަސީރުން މިނިވަންކުރުމާއި އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނު މީހުން ދޫކޮށްލުމެވެ.

އެންމެ ފަހުން ހަވާލުކުރަން އޮތް އަސީރަކީ 2023 އޮކްޓޫބަރު 7 ގައި މަރުވި އިޒްރޭލުގެ ފުލުހެއްގެ ހަށިގަނޑެވެ. 

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނާ ގޮތުގައި އިޒްރޭލުން ޣައްޒާ އަށް ދެމުންދާ އަސްކަރީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 71,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ. މިކަމާ ގުޅިގެން އިޒްރޭލުގެ މައްޗަށް ނަސްލު ނައްތާލުމާއި ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތު ކުރެވުނު ނަމަވެސް، އިޒްރޭލުން އެ ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރެ އެވެ.

މަސްދަރު: ރޮއިޓާސް

ޚާން ޔޫނިސްފަލަސްތީނުއިޒްރޭލް-ފަލަސްޠީންޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 ޖެނުއަރީ 2026

އިޒްރޭލުން ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި ހުރި 25 ގެ ތަޅާލަން ފަށައިފި

01 ޖެނުއަރީ 2026
އިޒްރޭލުން ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި ހުރި 25 ގެ ތަޅާލަން ފަށައިފި
31 ޑިސެމްބަރު 2025

ޣައްޒާ އަދި ހުޅަނގު އައްސޭރީގައި އެހީ ފޯރުކޮށްދޭ ބައިނަލްއަޤްވާމީ 37 ޖަމްއިއްޔާ ގެ ހުއްދަ ބާތިލު ކުރަން އިޒްރޭލުން ނިންމައިފި

31 ޑިސެމްބަރު 2025
ޣައްޒާ އަދި ހުޅަނގު އައްސޭރީގައި އެހީ ފޯރުކޮށްދޭ ބައިނަލްއަޤްވާމީ 37 ޖަމްއިއްޔާ ގެ ހުއްދަ ބާތިލު ކުރަން އިޒްރޭލުން ނިންމައިފި
31 ޑިސެމްބަރު 2025

ޣައްޒާގެ އިންސާނީ ހާލަތު އަލުން ގޯސްވަމުންދާތީ ނުހަނު ކަންބޮޑުވާކަން އިނގިރޭސިވިލާތާއި، ކެނެޑާ އަދި ފަރަންސޭސިވިލާތް ހިމެނޭހެން އެތައް ގައުމަކުން ހާމަ ކޮށްފި

31 ޑިސެމްބަރު 2025
ޣައްޒާގެ އިންސާނީ ހާލަތު އަލުން ގޯސްވަމުންދާތީ ނުހަނު ކަންބޮޑުވާކަން އިނގިރޭސިވިލާތާއި، ކެނެޑާ އަދި ފަރަންސޭސިވިލާތް ހިމެނޭހެން އެތައް ގައުމަކުން ހާމަ ކޮށްފި
30 ޑިސެމްބަރު 2025

ނިއުކްލިއާ ޕްރޮގްރާމް ތަރައްޤީ ކުރާ ނަމަ، އީރާން އަށް ހަމަލާ ދިނުމަށް ތާއީދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޑިސެމްބަރު 2025
ނިއުކްލިއާ ޕްރޮގްރާމް ތަރައްޤީ ކުރާ ނަމަ، އީރާން އަށް ހަމަލާ ދިނުމަށް ތާއީދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
29 ޑިސެމްބަރު 2025

ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ

29 ޑިސެމްބަރު 2025
ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ
28 ޑިސެމްބަރު 2025

ވިއްސާރަ އާއި ފިނީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކަށް އުނދަގޫކަން ކުރިމަތިވެފައި

28 ޑިސެމްބަރު 2025
ވިއްސާރަ އާއި ފިނީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކަށް އުނދަގޫކަން ކުރިމަތިވެފައި
27 ޑިސެމްބަރު 2025

ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް

27 ޑިސެމްބަރު 2025
ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް
25 ޑިސެމްބަރު 2025

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީިފި

25 ޑިސެމްބަރު 2025
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީިފި
25 ޑިސެމްބަރު 2025

ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

25 ޑިސެމްބަރު 2025
ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން
22 ޑިސެމްބަރު 2025

އިޒްރޭލުގެ ބުލްޑޯޒަރުތަކުން އިރުމަތީ ގުދުސްގައި ހަތަރު ބުރީގެ އިމާރާތެއް ތަޅާލާ ފަލަސްތީނުގެ އެތައް ބަޔަކު މަގުމަތި ކޮށްފި

22 ޑިސެމްބަރު 2025
އިޒްރޭލުގެ ބުލްޑޯޒަރުތަކުން އިރުމަތީ ގުދުސްގައި ހަތަރު ބުރީގެ އިމާރާތެއް ތަޅާލާ ފަލަސްތީނުގެ އެތައް ބަޔަކު މަގުމަތި ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް