Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް-ސޯމާލީލޭންޑް

އިޒްރޭލުން ޣައްޒާގެ ފަލަސްތީީނު ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އުޅޭކަމަށް ސޯމާލިއާގެ މިނިސްޓަރަކު ތުހުމަތުކުރައްވައިފި

ސޯމާލިއާގެ ރައީސް ޙަސަން ޝައިޚް މަޙްމޫދު ކުރިން ވިދާޅުވެފައި ވަނީ، އިޒްރޭލުން ހުށަހެޅި ތިން ޝަރުތަކަށް ސޯމާލީލޭންޑުން އެއްބަސްވެފައިވާ ކަމަށް. އެއީ ފަލަސްތީނު މީހުން ވަޒަންވެރިކުރުވުމާއި، ގަލްފް އޮފް އަދަންގެ އައްސޭރިފަށުގައި އަސްކަރީ މަރުކަޒެއް ގާއިމުކުރުމާއި، އަދި އިޒްރޭލާއެކު ގުޅުން އާންމުކުރުމުގެ "އަބްރަހަމް އެކޯޑްސް" ގައި ބައިވެރިވުން.

ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 14:52
ސޯމާލިއާގެ ޑިފެންސް މިނިސްޓަރު އަހުމަދު މުއައްލިމް ފިގީ

ސޯމާލިއާގެ ޑިފެންސް މިނިސްޓަރު އަހުމަދު މުއައްލިމް ފިގީ | ޝަބެލްމީޑިއާ

ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން، ސޯމާލިއާ އިން ވަކިވެގަތުމަށް މަސައްކަތްކުރާ ސޯމާލީލޭންޑަށް ގަދަކަމުން ބަދަލުކުރުމަށް އިޒްރޭލުން  ރާވަމުންދާކަމަށް ސޯމާލިއާގެ ޑިފެންސް މިނިސްޓަރު އަޙްމަދު މުޢައްލިމް ފިޤީ ތުހުމަތުކުރައްވައިފި އެވެ. އަދި މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، ނުރައްކާތެރި ރޭވުމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފަ އެވެ.

އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި ފިޤީ ވިދާޅުވީ، އިޒްރޭލުން ފަލަސްތީނު މީހުން ސޯމާލީލޭންޑަށް ފޮނުވާލުމަށް ރާވާފައިވާކަމުގެ ކަށަވަރު މަޢުލޫމާތު ސޯމާލިއާ ސަރުކާރަށް ލިބިފައިވާ ކަމަށެވެ. މި ތުހުމަތުތަކާ ގުޅިގެން އިޒްރޭލާއި ސޯމާލީލޭންޑުން ވަނީ އެފަދަ ކަމެއް ހިނގަމުން ނުދާކަމަށް ބުނެ އިންކާރުކޮށްފަ އެވެ.

1991 ވަނަ އަހަރު ސޯމާލިއާ އިން ވަކިވެ މިނިވަންކަން އިޢުލާނުކުރި ނަމަވެސް، ސޯމާލީލޭންޑަކީ އދ. އިން ބަލައިގަންނަ ދައުލަތެއް ނޫނެވެ. ނަމަވެސް، މިދިޔަ ޑިސެމްބަރު މަހު އިޒްރޭލުން ވަނީ ސޯމާލީލޭންޑަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައެވެ. މިއީ ދުނިޔޭގެ ޤައުމަކުން މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރް ވިދާޅުވި ގޮތުގައި، ފަލަސްތީނު މީހުން ސޯމާލީލޭންޑަށް ބަދަލުކުރުމަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ބައެއް ނޫނެވެ. ނަމަވެސް، ސޯމާލީލޭންޑާއެކު ސިޔާސީ، ސަލާމަތީ އަދި ތަރައްޤީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ސޯމާލިއާގެ ރައީސް ޙަސަން ޝައިޚް މަޙްމޫދު ކުރިން ވިދާޅުވެފައި ވަނީ، އިޒްރޭލުން ހުށަހެޅި ތިން ޝަރުތަކަށް ސޯމާލީލޭންޑުން އެއްބަސްވެފައިވާ ކަމަށެވެ. އެއީ ފަލަސްތީނު މީހުން ވަޒަންވެރިކުރުވުމާއި، ގަލްފް އޮފް އަދަންގެ އައްސޭރިފަށުގައި އަސްކަރީ މަރުކަޒެއް ގާއިމުކުރުމާއި، އަދި އިޒްރޭލާއެކު ގުޅުން އާންމުކުރުމުގެ "އަބްރަހަމް އެކޯޑްސް" ގައި ބައިވެރިވުމެވެ.

މިނިސްޓަރު ފިޤީ ވަނީ ސޯމާލީލޭންޑް ބަލައިގަތުމަށް އިޒްރޭލުން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައްވާފަ އެވެ. އަދި މިއީ ސޯމާލިއާގެ އިސްތިޤްލާލަށް ދިން ސީދާ ޙަމަލާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. މީގެ އިތުރުން، އިޒްރޭލުން މަސައްކަތް ކުރަނީ މެދުއިރުމައްޗާއި އެ ސަރަހައްދުގެ ޤައުމުތައް ބައިބައިކޮށް، އެ ތަންތަނުގެ ކޮންޓްރޯލް ހޯދުމަށް ކަމަށްވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

އަދަން ކަނޑު ގައި އިޒްރޭލުގެ އަސްކަރީ މަރުކަޒެއް

ސޯމާލިއާގެ މިނިސްޓަރު އިތުރަށް ތުހުމަތުކުރެއްވި ގޮތުގައި، ރަތް ކަނޑާއި އަދަން ކަނޑު ގުޅުވައިދޭ ބާބުލް މަންދަބް ކަނޑުއޮޅީގައި އަސްކަރީ މަރުކަޒެއް ބިނާކުރުމަށް އިޒްރޭލުން ދަނީ މަސައްކަތް ކުރަމުންނެވެ. ސޯމާލީލޭންޑުގެ އޮފިޝަލަކު ވަނީ މިފަދަ މަޝްވަރާތަކެއް ކުރިއަށްދާކަން ކަށަވަރުކޮށްދީފައި ކަމަށް އަލްޖަޒީރާ އިން ބުނެފައިވެ އެވެ. ނަމަވެސް، ޔަމަނުގެ ޙޫޘީން ބުނެފައިވަނީ އެ ސަރަހައްދުގައި އިޒްރޭލުގެ އެއްވެސް ހަރަކާތެއް އޮތުމަކީ ނުރައްކަލެއް ކަމަށާއި، އެފަދަ ތަނަކަށް ޙަމަލާދޭނެ ކަމަށެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓަރު ސޯމާލީލޭންޑުގެ ވެރިރަށް ހަރްގޭސާ އަށް ކުރެއްވި ޒިޔާރަތާ ގުޅިގެން، އިސްލާމީ އުއްމަތުގެ ޤައުމުތަކާއި (OIC) އަދި އިތުރު 22 ޤައުމަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާން ވިދާޅުވީ، އެހެން ޤައުމުތަކުން ސޯމާލީލޭންޑް ބަލައިގަތުން ހުއްޓުވުމަށް އިސްލާމީ ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިންޑިއާއިން ވެސް ވަނީ ސޯމާލިއާގެ އިސްތިޤްލާލާއި ސަރަހައްދީ ފުރިހަމަކަމަށް އިޙްތިރާމްކުރާކަން ހާމަކޮށް، ސޯމާލީލޭންޑް ބަލައިގަތުމުގެ ވިސްނުމެއް ނެތްކަން ހާމަކޮށްފަ އެވެ.

ރައީސް މަޙްމޫދު ވަނީ ސޯމާލީލޭންޑުގެ ލީޑަރުންނަށް އިޒްރޭލާ އެކު އޮތް ގުޅުން ކަނޑާލައި، މޮގަދިޝޫ އާއެކު މަޝްވަރާ ކުރުމަށް ގޮވާލައްވާފަ އެވެ. އަދި ސޯމާލިއާ ސަރުކާރުގެ ރުހުމާ ނުލައި ސޯމާލީލޭންޑަށް ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަތުމެއް ނުލިބޭނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ސޯމާލީލޭންޑުގެ އޮފިޝަލުން ބުނަމުންދަނީ އިޒްރޭލުގެ ފިޔަވަޅާ އެއްގޮތަށް އިތުރު ޤައުމުތަކަކުން ވެސް އެތަން ބަލައިގަންނާނެ ކަމަށެވެ. 

އިޒްރޭލް-ސޯމާލީލޭންޑްފަލަސްތީނުއަޙްމަދު މުޢައްލިމް ފިޤީގިޑިއަން ސާރުޙަސަން ޝައިޚް މުޙައްމަދުސޯމާލިއާ-ސޯމާލީލޭންޑްސޯމާލިއާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މޫނު ނިވާކޮށްގެން ތިބި ޔަހޫދީންތަކެއް ފަލަސްތީނުގެ ނުކުޅެދޭ މީހެއްގެ ގައިގާ ވަރަށް ރަހުމު ކުޑަކޮށް ލަޓިގަނޑުންނާއި ކޮޅުފައިންތަޅާ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުވެއްޖެ

މޫނު ނިވާކޮށްގެން ތިބި ޔަހޫދީންތަކެއް ފަލަސްތީނުގެ ނުކުޅެދޭ މީހެއްގެ ގައިގާ ވަރަށް ރަހުމު ކުޑަކޮށް ލަޓިގަނޑުންނާއި ކޮޅުފައިންތަޅާ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުވެއްޖެ

10 ޖެނުއަރީ 2026
ސޯމާލީލޭންޑަށް އިޒްރޭލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރް ޒިޔާރަތްކޮށްފި

ސޯމާލީލޭންޑަށް އިޒްރޭލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރް ޒިޔާރަތްކޮށްފި

07 ޖެނުއަރީ 2026
އިޒްރޭލުން ހަމަލާދީ ޣައްޒާ ގައި ތިން މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ހަމަލާދީ ޣައްޒާ ގައި ތިން މީހަކު ޝަހީދުކޮށްލައިފި

04 ޖެނުއަރީ 2026
ޣައްޒާގެ އިންސާނީ ހާލަތު އަލުން ގޯސްވަމުންދާތީ ނުހަނު ކަންބޮޑުވާކަން އިނގިރޭސިވިލާތާއި، ކެނެޑާ އަދި ފަރަންސޭސިވިލާތް ހިމެނޭހެން އެތައް ގައުމަކުން ހާމަ ކޮށްފި

ޣައްޒާގެ އިންސާނީ ހާލަތު އަލުން ގޯސްވަމުންދާތީ ނުހަނު ކަންބޮޑުވާކަން އިނގިރޭސިވިލާތާއި، ކެނެޑާ އަދި ފަރަންސޭސިވިލާތް ހިމެނޭހެން އެތައް ގައުމަކުން ހާމަ ކޮށްފި

31 ޑިސެމްބަރު 2025
ސޮމާލީލޭންޑް ގައި ހަރަކާތްތެރިވާ އިޒްރޭލުގެ ކޮންމެ ފަރާތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ ޙޫޘީ ޖަމާޢަތުން އިންޒާރު ދީފި

ސޮމާލީލޭންޑް ގައި ހަރަކާތްތެރިވާ އިޒްރޭލުގެ ކޮންމެ ފަރާތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ ޙޫޘީ ޖަމާޢަތުން އިންޒާރު ދީފި

29 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު