Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް

އިޒްރޭލު ފުލުހުން ނަތަންޔާހޫގެ ޗީފް އޮފް ސްޓާފް ހައްޔަރު ކޮށްފި

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭ އަސްކަރީ ސިއްރު މައުލޫމާތުތަކެއް ލީކުވި މައްސަލައެއްގެ ތަހުގީގަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި އިޒްރޭލުގެ ބޮޑުވަޒީރުގެ ޗީފް އޮފް ސްޓާފް ސާކީ ބްރޭވްމަން ފުލުހުން ހައްޔަރުކޮށްފި. ނަތަންޔާހޫގެ ކުރީގެ އެހީތެރި އެއް ކަމަށްވާ އެލީ ފެލްޑްސްޓީން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިޒްރޭލު ސިފައިންގެ ސިއްރު ލިޔުމެއް ޖަރުމަނުގެ ބިލްޑް ނޫހަށް ލީކުކޮށްލާފައިވާއިރު، އެ ލިޔުން ލީކުކޮށްލީ ހަމާސް އިން ހަނގުރާމަ ހުއްޓާލަން ބޭނުން ނުވާކަން ދައްކައި ނަތަންޔާހޫގެ ވާހަކަތަކަށް ބާރުދީ އާންމުންގެ ތާއީދު ހޯދުމަށް.

ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 13:29
އިޒްރޭލުގެ ކެބިނެޓް ބައްދަލުވުމެއްގައި ސާކީ ބްރޭވްމަން (ކ) ނަތަންޔާހޫ އާ ވާހަކަ ދައްކަނީ

އިޒްރޭލުގެ ކެބިނެޓް ބައްދަލުވުމެއްގައި ސާކީ ބްރޭވްމަން (ކ) ނަތަންޔާހޫ އާ ވާހަކަ ދައްކަނީ | ގެޓީ އިމޭޖަސް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޗީފް އޮފް ސްޓާފް އެ ގައުމުގެ ފުލުހުން ހައްޔަރު ކޮށްފި އެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭ އަސްކަރީ ސިއްރު މައުލޫމާތުތަކެއް ލީކުވި މައްސަލައެއްގެ ތަހުގީގަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިސް މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށް ފުލުހުން ބުނެފައިވާ އިރު އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ހައްޔަރުކޮށްފައިވަނީ ނަތަންޔާހޫގެ މިހާރުގެ ޗީފް އޮފް ސްޓާފް އަދި އިނގިރޭސިވިލާތަށް ސަފީރު ކަމަށް ކަނޑައަޅަން ނިންމާފައިވާ ސާކީ ބްރޭވްމަން އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޮޑުވަޒީރުގެ އޮފީހުގެ އިސް އޮފިޝަލަކު ތަހުގީގަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ސުވާލުކުރުމަށްޓަކައި އާދީއްތަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

މި މައްސަލަ އަކީ ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، އަސްކަރީ ސިއްރު މައުލޫމާތުތަކެއް ބޭރުގެ މީޑިއާތަކަށް ފޯރުކޮށްދިން މައްސަލައެކެވެ. ނަތަންޔާހޫގެ ކުރީގެ އެހީތެރި އެއް ކަމަށްވާ އެލީ ފެލްޑްސްޓީން ދާދިފަހުން ވަނީ، މި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅުމަށް ބްރޭވްމަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.

2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެލްޑްސްޓީން ވަނީ އިޒްރޭލު ސިފައިންގެ ސިއްރު ލިޔުމެއް ޖަރުމަނުގެ "ބިލްޑް" ނޫހަށް ލީކުކޮށްލާފަ އެވެ. މި މައްސަލައިގައި އޭނާ ހައްޔަރުކޮށް، ދައުވާވެސް ވަނީ އުފުލާފަ އެވެ. އެ ލިޔުން ލީކުކޮށްލުމުގެ ބޭނުމަކީ، ހަމާސް އިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަންނަން ބޭނުން ނުވާކަން ދެއްކުމާއި، ރަހީނުން މިނިވަން ކުރެވޭނީ ހަމައެކަނި އަސްކަރީ ބާރުގެ ބޭނުންކޮށްގެން ކަމަށް ބުނެ ނަތަންޔާހޫ ދައްކަވާ ވާހަކަތަކަށް ބާރުދީ، އާންމުންގެ ތާއީދު ހޯދުން ކަމަށްވެ އެވެ.

އިޒްރޭލުގެ ދައުލަތުގެ މީޑިއާ "ކާން" (KAN) އަށް ދިން އިންޓަވިއުއެއްގައި ފެލްޑްސްޓީން ބުނީ، މައުލޫމާތުތައް ލީކުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އޭނާއާ ބައްދަލުކުރުމަށް ބްރޭވްމަން އެދުނު ކަމަށެވެ. އަދި އެ މައްސަލަ އަސްކަރިއްޔާއިން ތަހުގީގު ކުރަމުންދާ ކަމަށާއި، އެ ތަހުގީގު "ހުއްޓުވާލެވިދާނެ" ކަމަށް ބްރޭވްމަން ބުނި ކަމަށްވެސް ފެލްޑްސްޓީން ތުހުމަތުކުރި އެވެ.

މީގެ އިތުރުން، މި މައުލޫމާތު ލީކުކުރުމުގެ ކަންކަން ނަތަންޔާހޫ އަށް އެނގިވަޑައިގަންނަވާ ކަމަށާއި، ހަނގުރާމަ އަށް އާންމުންގެ ތާއީދު ހޯދުމަށް އެ ލިޔުން ބޭނުންކުރުމަށް ބޮޑުވަޒީރު ބޭނުންފުޅުވި ކަމަށްވެސް އޭނާ ބުންޏެވެ. އިޒްރޭލުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި މައްސަލައިގެ ތަހުގީގަށް އާދީއްތަ ދުވަހު ފުލުހުން ވަނީ ބްރޭވްމަންގެ ގެ ބަލައި ފާސްކޮށްފައެވެ.

ބެންޖަމިން ނަތަންޔާހޫސާކީ ބްރޭވްމަންއެލީ ފެލްޑްސްޓީންޣައްޒާ ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި

11 ޖެނުއަރީ 2026
އީރާނަށް އެެމެރިކާ އިން ހަމަލާ އެއް ދީފާނެ ކަމަށް އިޒްރޭލް ހައި އެލާޓް ގައި

އީރާނަށް އެެމެރިކާ އިން ހަމަލާ އެއް ދީފާނެ ކަމަށް އިޒްރޭލް ހައި އެލާޓް ގައި

11 ޖެނުއަރީ 2026
އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ފަސް ކުޑަކުދިން ހިމެނޭހެން މަދުވެގެން 13 މީހުން ޝަހީދުކޮށްލައިފި

އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ފަސް ކުޑަކުދިން ހިމެނޭހެން މަދުވެގެން 13 މީހުން ޝަހީދުކޮށްލައިފި

09 ޖެނުއަރީ 2026
އިޒްރޭލުން ހަމަލާދީ ޣައްޒާ ގައި ތިން މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ހަމަލާދީ ޣައްޒާ ގައި ތިން މީހަކު ޝަހީދުކޮށްލައިފި

04 ޖެނުއަރީ 2026
އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހިތްވަރު ދީފި

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހިތްވަރު ދީފި

04 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު